ރީޝަމް ހީކުރި ގޮތާއި ޚިލާފަށް ހޭލެވުން އިރު އެ ހުވަފެން ހަނދާން ހުއްޓެވެ. އެހެންކަމުން ހެނދުނު ތެދުވެ ފާޚާނާއަށް ވަތް އިރު ވެސް ރީޝަމްގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ސްވެޓާރ ވައްތަރުގެ ޓީޝާޓަކާއި ޖީންސްއެއް ލުމަށްފަހު ކޮލެޖަށް ދާން ދަބަސް ހިފައިގެން ގެއިން ނިކުތެވެ. ހަމަ އެ ހިނިތުންވުމުގައި ހުރެ ކޮލެޖަށް ރީޝަމް ވަނެވެ. ލައުރާ އާއި ޝަލީން ތިބީ ބެންޗެއްގައި އިށީނދެލައިގެންނެވެ. އެމީހުން ކައިރީގައި ރީޝަމް ވެސް އިށީނެވެ.”ހާދަ އުފާވެފަ އިން ދުވަހެއްހެން ހީވެއޭ..” ރީޝަމް […]
އަވަސް އަވަހަށް ދުއްވައި ގަންނަން އުޅުނު ވަގުތު ވާރޭ އޮއްސައިލީ ހަމަ ކުއްލިއަކަށެވެ. ވީ ދެރައިންނާއި ގަތް ބިރުން ރީޝަމް ގެ ލޯ އަނެއްކާވެސް ފެންކަޅިވިއެވެ. އެންމެ ކައިރީގައި ހުރި ހިޔާކޮޅަށް ރީޝަމް ވަނީ މީހަކު ހުރެދާނެ ކަމަށް ވިސްނާފައެއް ނޫނެވެ.”އޯހ ސޮރީ..” މީހެއްގެ ގައިގައި ޖެހުމުން ރީޝަމް މަޢާފަށް އެދުނެވެ. ދެބުމަ ކައިރި ކޮށްލައިގެން ބަލަން ހުރި ކިޔާން ފެނި ރީޝަމް ސިހުނެވެ.”ރީޝް؟ އެކަނިތަ؟..” ކިޔާން އެހިއެވެ.”ހޫމް..” އިތުރު ވާހަކައެއް ދައްކަން ރީޝަމް ބޭނުމެއް ނުވީ […]
އެތަން ބަލަން ހުރި ރީހާންގެ ހިތުގައި ރިއްސާލި ވަރަށް އެލީޒާ ފެނިފައި ލިއީޝްގެ ހިތުގައި ވެސް ރިއްސާލިއެވެ. ޒާން ހިންގަން އުޅުނު ޖަރީމާ ލިއީޝްއަށް ނުފެނުނީ އެވަގުތު އޭނާ ފިހާރަ ތެރޭގައި ހުރުމުންނެވެ. ހަމައެކަނި ފެނުނު މަންޒަރަކީ ޒާންއަށް ރީހާން އަނިޔާކުރި މަންޒަރެވެ. މީގެ ދުވަސްތަކެއް ކުރިން ރީހާން ފެނުމުން ހިތަށް ކުރި އުނދަގޫތައް ނެތި ދިޔައީ ރީހާން އަކީ ގޮތެއް ފޮތެއް ނެތް މީހެއް ކަމަށް ހީވުމުންނެވެ. ހިތުގައި ރިއްސާލި ނަމަވެސް އެއީ މާ ބޮޑު […]
އަވަސް އަވަހަށް ރީހާން ކޮފީތަށީގައި ތުން ޖަހާ ކޯވަރެއް ބޯލިއެވެ. އެހެނަސް ކަރަށް އަރައިގެން ދިޔަ ތޫނު ތަދާއި އެކީ އަނގައި ތެރޭގައި ލި ބޯ އަނބުރާ ކަހަލަ ރަހައަކުން ރީހާން މޭނުބައި ކުރިއެވެ. ކޮފީ ތައްޓާއި ދިމަ ބަލާލެވުނީ ދެނެވެ.”ނުބައީތަ؟ އެކަމް ހީކުރީ މީ ކަމަށް މި ހިސާބުގަ ހުންނަ ބެސްޓް ތަނަކީ.. އެހެން ތާކަށް ދަމާ؟..” ހަނާ އެހިއެވެ.”ނޯ އޯކޭ ވާނެ..” މާ ކުރިން ހަނާ ރުފިޔާ ދައްކާފައި ވުމުން ރީހާން އަށް އެބަސް […]
“އައްދެ.. އެ މަންޖެ ހުރީމަ ބިރުގަތީ؟ ހާސް ނުވޭ ނުކެރޭނެ ކަލޭ ދޫކޮށްލާކަށް..” ލިހުވާން ބުންޏެވެ. ރީހާން ގާތަށް އައީ ރުޅިއެވެ.”މަށަށް އިނގޭ ތިކަން.. އެކަމަކު މަޑުން ވާހަކަ ދެއްކޭނެ.. އެހެން ނޫނަސް މަށަށް ދެވެން ޖެހޭނެ މަގޭ ރަށަށް! ކުރާހާ ކަމެއް ބަލާކަށް ނުވެސް ޖެހޭނެ..” ރީހާން ވީހާ ވެސް މަޑުން ލިހުވާން ކައިރީގައި ބުންޏެވެ.”މަ ވެސް ބޭނުމެއް ނުވޭ އެމީހުން އުޅޭނެ ވައްތަރެއް ބަލާކަށް.. މަރުވިޔަސް ދިރި ތިއްބަސް ވަރިހަމަ.. މަ ނާރާ ފޯރިއެއް […]
ކެއި ގޮތަށް ވެފައި ހުރި ވަރުބަލިން ލައުރާ އަށާއި ޝަލީންއަށް ނިދުނެވެ. ކޮޓަރީގައި ހުރި އެނދު ބޮޑު ކަމުން ތިން މީހުންނަށް ބާލީސް ޖަހާ ވަކި ކޮށްގެން ނިދޭ ވަރު ވެއެވެ. ކިޔާންމެން އޮތީ ލިވިންގް ރޫމް ގައި ހުރި ދެ ސޯފާގައެވެ. އެ ސޯފާތައް ފުދޭވަރަކަށް ކުޑަކަމުން ކިޔާންމެންގެ ކަކުލުން ތިރީގެ އެއްބައި އޮތީ ބޭރުގައެވެ. ދެމީހުން ދެ ސޯފާގައި އޮތްނަމަވެސް މާއިލްއަށް ނިދެންދެން ދެމީހުން ވާހަކަ ދެއްކިއެވެ. ގޭތެރެ ހިމޭންވެ އަނދިރި އިރު ވެސް […]
ގެއަށް އައި ގޮތަށް ރީޝަމް އުޅުނީ ޕެކް ކުރުމުގައި އަވަދިނެތިއެވެ.”ދައްތާ ހަނދާން ނެތުނީއޭ ބުނަން..ލައުރާ އާ ޝަލީން ވެސް ދޭ.. ވަރަށް މަޖާ ވާނެ ދޯ..” ބޭނުން ކުރަން މަޖުބޫރު އެއްޗެހި ދަބަހަށް އަޅަމުން ދިޔައިރު ރީޝަމް ވާހަކަ ދެޖީ އުފަލުންނެވެ. ހާނިމް ގޭގައި ނޫޅުމާ އެކީގައި އެންމެންގެ ހިތަށް ލިބިފައި ވަނީ ހިތްހަމަ ޖެހުމެވެ. ފަހުން ނުކުމެގެން ދިޔަ ގޮތަށް ހާނިމް ގެއަކަށް ނުވަދެއެވެ.”އާނ މަޖާ ވާނެ.. މާހީ ވެސް ރޮއިރޮއިފަ އެ ނިދީ ގެންދާށޭ […]
“ހެވޭ ދޮގު ނުހެދިޔަސް ރީހާން.. އަހަރެންނަށް ފެނިއްޖެއޭ ރީހާންގެ މޫނު.. ދޮގު ނުހަދާ ބަލަ.. ކީއްހޭ ވީ.. އަހަރެން ހެލްޕް ވާނަމޭ.. ކީއްވެތަ ތިހާ ދެރަވެ ތިއޮތީ..” އެލީޒާ ކުރަމުން ދިޔަ ޝަކުވާ މަޑު ޖެހުނީ އޭނައާއި ރީހާންގެ ދެމެދުގައި ވި ޖާގަ ހަނިކަން އިހުސާސް ވުމުން އެވެ. ފުން ނޭވާއެއް ލާފައި ރީހާން އެލީޒާ އާއި ދިމާއަށް ފުންކޮށް ބަލާލިއެވެ. އޭނައަށް އައި ކުޑަ ކުޑަ ބަދަލު ވެސް އެލީޒާ ފާހަގަ ވެއްޖެއެވެ.”ޕްލީޒް ބުނެބަލަ..” ހިތް […]
ބިރުން މޭގައި އަތް އަޅައިގެން ހުއްޓައި ރީޝަމް ސިހުނީ ދުވެފައި އައި މީހަކާ އެއްކޮށް ރީޝަމް ވެއްޓެން ދިއުމުންނެވެ. ނުބައި ޚިޔާލުތައް އައިސް ސިކުނޑި ވަށާލުމުން ރީޝަމްއަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައި ގަނެވުނީ ޖިންނިއެއް ކަމަށް ހީކޮންނެވެ. އެމީހަކު ވެސް ސިހުންކަން ރީޝަމްއަށް އިނގުނެވެ. ފައި ދަށުގައި ގިނައީ އަކިރި ތަކެވެ. ވެއްޓެން ދިޔަ ވަގުތު ވާނެ ތަދު ހިތަށް އެރުމުން ވެސް ހަޅޭކުޑެ އަޑު ވީ ބާރެވެ. ނަމަވެސް ވެއްޓުން އިރު އެއްވެސް ގޮތެއް ނުވުމުން […]