“ދެން.. އަހަރެން ބޭނުންވީ ޒާން ބޭނުންހާ ހުރިހާ ކަމެއް ކޮށްގެން ވެސް ޒާން ކާމިޔާބު ކުރަން.. އެއްދުވަހު ޒާން އަހަންނަށް ވަރަށް ގިނަ ވާހަކަ ކިޔާދިން.. ބުނި ލިއީޝްގެ ކުރީގެ ބީއެފް އަކީ ރީހު އޭ.. ލިއީޝް އޭނައާއި މެދު ވިސްނާތަން ބަލާކަށް ޒާންއަށް ނުހުރެވޭނެއޭ ކިޔާފަ ބުނީ ކަމެއް ކޮށްދެވެންޏާ ކޮށްދެން.. އަހަރެން ކޮންކަމެއްހޭ އެހީމަ ބުނީ.. ރީހު އަށް ލިއީޝް ފެންނަ ހިސާބުގައި ނޫޅެވޭ ވަރު ކުރުވަން.. އަހަންނަކަށް ހިއެއް ނުވޭ މަރާ […]
“ދައްތާ އޭނާ ނިދާފަ ކަންނޭނގެ އޮތީ..” ރީޝަމްގެ ޖަވާބުން އާނިޔާ ވެސް އެއްޗެކޭ ބުންޏެވެ.”އެކަމް ގޮވިއްޔާ އޭނާއަށް އުނދަގޫ ވެދާނެ..” ދެންވެސް ރީޝަމް ބެލީ ކިޔާންއަށް އުނދަގޫ ނުކޮށް ވޭތޯއެވެ. އިރުކޮޅެއް ފަހުން ރީޝަމްގެ ފިޔަވަޅުތައް ކައިރި ވާހެން ހީވިއެވެ.”ކިޔާން.. ދައްތަގެ ފޯނެއް.. ނިދާފަތަ؟..” ފޯނުން ގައިގައި ކޮއްޓާލުމުން ރީޝަމް އެހިއެވެ. ކިޔާން ދެލޯ ނުހުޅުވުމުން ދެވަނަ ފަހަރަށް ވެސް ރީޝަމް ގޮވާލިއެވެ.”ދައްތާ އޭނަ ނިދާފައޭ.. ދެން އޯކޭ ވާނެ.. ޓްރައި ކުރާނަން އިނގޭ.. އެކަނި އުޅެން […]
“ރީޝަމް ދިޔައީ ތި ގެއަށް ދޯ؟..” ކިޔާން އެހެން އެހުމުން އާނިޔާ ދެބުމަ ކައިރިވިއެވެ.”ހްމްމް.. ރުޅި އައިސްގެން؟..” އާނިޔާ އެހިއެވެ.”ނޫނޭ.. ހެހެ.. އޯކޭ ވާނެ ރީޝަމްގެ ޗޮއިސް އެއް އެއީ.. އަހަރެން މަޖުބޫރެއް ނުކުރާނަން އިނގޭ ގެއަށް ގެންނާކަށް.. ފަހަރެއްގާ ނާވަސް ވެސް ވެދާނެ..” ކިޔާންގެ އަޑުން އާނިޔާއަށް މާޔޫސްކަން ފާހަގަވިއެވެ. އިތުރު އެއްޗެއް ނުބުނެ ކިޔާން ފޯނު ކަނޑާލިއެވެ. މަޑުމަޑުން ހުރިހާކަމެއް ހަމައަކަށް އެޅޭނެކަމަށް ނިންމަމުން އާނިޔާ ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަތް އިރު ހާނިމް […]
އިރުކޮޅެއް ނުވެ ރީޝަމް ވެސް އަންނަތަން ފެނެއެވެ. ހުއްޓިފައި ފަހަރަކު މީހަކަށް ބަލާލާފައި ރީޝަމް އިސްޖަހާލިއެވެ. އެތާ ހުންނަން ވެސް ބޭނުން ނުވީ ކަންނޭނގެ އެވެ. އަވަސް ފިޔަވަޅު ތަކެއްގައި ގޭތެރެއަށް ވަދެގެން ދިޔަތަން ބަލަން މާއިލް ހުރީ ހިނިތުންވެގެންނެވެ. ކިޔާން މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ.”ރީޝް.. އަންގާ ވެސް ނުލާ ބަލާބަލަ..” ރީޝަމް ވަތް ތަނުން އާނިޔާ ބުންޏެވެ.”ކޮން ކަމެއްތަ އަންގާ ނުލަނީ..” ވާނުވާގައި ހުރެފައި ރީޝަމް އެހިއެވެ.”ކިޔާން އެ ބުނީނު މެރީ ކުރަނީ އޭ..” […]
“އެލީ..” އެލީޒާއަށް ވީ ގޮތުން ރީހާން އަށް ހެވުނެވެ.”އެހެން ހުންނާނީ ރީހު އޯލްޑް ވާ ދުވަހުން ވެސް އައި ބެޓް..!!”ޔަޤީންކަން އެކުލެވޭ އަޑަކުން އެލީޒާ ބުންޏެވެ.”އެބަ ވިސްނަން ޕްލާސްޓިކް ސާޖަރީ އެއް ހަދަން..” އެލީޒާ ހުއްޓުމެއް ނެތި ތަޢުރީފު ކުރަން ފެށުމުން ރީހާން ބުންޏެވެ.”ނޯ ނޯ!..” ވަގުތުން އެލީޒާ ދެކޮޅު ހެދިއެވެ.”އެލީއަށް ޔަމާން އެހާ ކަމު ދަންޏާ މެރީ ކުރަން ވީއެއްނު..” ރީހާން އެއްލޯ މަރާލިއެވެ. އެ ލާނެއް ކަމާއި ހެދި އެލީޒާ މޫނު ބަނަވެގެން ދިޔައެވެ.”އިއު […]
ރީޝަމް ބަލަން ހުއްޓައި ކިޔާން ފޯނާއި ކުޅެމުން ދާން ހިނގައިގަތެވެ.”ކިޔާން..” ހިތްވަރު ކޮށްފައި ރީޝަމް ގޮވާލިއެވެ. ކިޔާން ހުއްޓިފައި ފަހަތަށް އެނބުރުނެވެ.”ހެޕީ ބާރތްޑޭ..” އިސްޖަހާލައިގެން ރީޝަމް ބުންޏެވެ. އެވަގުތު ކިޔާންއަށް ކަޑި ބަލާލެވުނެވެ. ބަރާބަރު އެގާރަ ގަޑި ފަންސާސް ނުވައެކެވެ. އުފަންދުވަހުގެ ތަހުނިޔާ ރީޝަމް އެ ކީ އެންމެ ފަހު މިނެޓްގައެވެ.”ތެންކްސް..” ޝުކުރު އަދާ ކޮށްފައި ކިޔާން ދިޔަ ދިމާއަށް ބަލަން ހުރި ރީޝަމްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.”ރީޝް!..” **21 ވަނަ ޕާޓު** ފަހަތުން […]
އެދުވަސްތައް ރީޝަމް ވޭތު ކުރީ ގޭތެރޭގައެވެ. އާނިޔާއަށް ޝައްކެއް ވެދާނެތީ ކުޑަކޮށް ބޭރަށް ނިކުމެލިޔަސް ނުލާހިކު އަވަހަށް އެތެރެއަށް ވަދެއެވެ. ކިޔާންގެ ޚިޔާލުތަކުން މިންޖު ވުމަށް ރީޝަމް ގިނަވަގުތު މާހީ އާ އެކީ އުޅެން ފެށިއެވެ. ހާނިމް އެގޭގައި އުޅޭ ދޭތެރެއަކުން ބަސް ބުނަން އުޅޭތީ ރީޝަމް ހިތްހަމަ ނުޖެހެއެވެ. އޭނާ ބަލަނީ ހާނިމް ނޫޅޭ ގަޑިއަކު ނިކުމެ އުޅެވޭތޯއެވެ.”ރީޝް.. ދޭބަލަ ފިހާރައަށް..” އެވަގުތު ހެނދުނު ސައި ހަދަން ހުރެފައި އާނިޔާ އެދުނެވެ. އަބަދުވެސް ކޮންމެސް އެއްޗެއް […]
ގާތްގަނޑަކަށް ތިރީހަކަށް މިނެޓު ފަހުން ލިއީޝް ކުޑަކޮށް ކުކުރާލިއެވެ. ރީހާން އަވަސް އަވަހަށް ގޮނޑިން ތެދުވިއެވެ.”ޒާން..” ހޭ އެރިތަނުން ވެސް ލިއީޝްއަށް ގޮވާލެވުނެވެ. އަސަރެއް ނެތްކަމަށް ދެއްކި ނަމަވެސް ރީހާން ހިތުގައި ރިއްސާލި އެވެ. ލޯ ހުޅުވާލި ވަގުތު ކުރިމަތިން ރީހާންގެ ސޫރަ ފެނުމުން އަލުން ލޯ މަރާލީ ބޮލުގައި އަތް އަޅައިގެން ހުރެއެވެ.”އާރ ޔޫ އޯކޭ ލިއީޝް؟..” ލިއީޝްއަށް ވީގޮތް ފެނުމުން ރީހާން ކަންބޮޑުވިއެވެ. ފުރަތަމަ ބަލާލުމާއިއެކު ލޮލުން ފެނުނު ހައިރާންކަން ދެވަނަ ފަހަރަކު ނުފެނުނެވެ. […]
“ކިޔާން..” ފެންކަޅި ވަމުން ދިޔަ ރީޝަމް ގޮވާލިއެވެ.”ސޮރީ ރީޝަމް.. އަހަރެން އެކުވެރި ކަމަށްޓަކާ ކޮށްދިން ކަންތައްތަކުން ރީޝަމްއަށް ނުބައި މާނައެއް ދޯ ނެގުނީ؟.. އެއީ އަހަރެން ރީޝަމް ދެކެ ލޯބި ވާ ކަމުގެ އިޝާރާތެއްހެން ހީވާ ނަމަ އެގޮތަށް ނުވިސްނާ..” ގަދަކަމުން ކިޔާން ހިތާއި ދެކޮޅަށް ވާހަކަ ދެއްކިއެވެ. ރީޝަމްގެ ދެލޯ ބޮޑުވިއެވެ.”އަހަރެން ކިހިނެއްތަ ދެވަނަ މީހަކު ދެކެ ލޯބި ވާނީ؟ އަދި މިއުޅެނީ ޖޫލީގެ މަތިން ހަނދާން ނައްތާ ނުލެވިގެން.. ލޯތްބަކީ ބޭނުން މީހަކު ދެކެ […]