Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ވީމޭ އިންތިޒާރުގައި – 8

Baby Devil Level 610 Stories100 Stories
January 22, 2022 6 Mins Read
0 Comments

އަނެއް ދުވަހު ހެނދުނު އާނިޔާ ހޭލި އިރު ހާނިމް އޮތީ ގަދަ ނިދީގައެވެ. ކުރިން އުޅުނު ގޮތަށް އާދައިގެ މަތިން އާނިޔާ ތައްޔާރު ވެގެން ނިކުމެ ސައި ހެދި އިރު ރީޝަމް ދަބަސް ހިފައިގެން ނިކުންނަނީއެވެ. ކޮލެޖަށް ދަނީ ކަމަށް ބުނެ ސައި ނުބޮއި ރީޝަމް ދިޔައީ ހާނިމް އިނދެދާނެ ކަމަށެވެ. ރީޝަމް ދިއުމުން އާނިޔާ ފުން ނޭވާއެއް ލިއެވެ. މިހާރު ހާނިމް އަދާ ކުރާ ވަޒީފާއާއި މެދުވެސް އާނިޔާގެ ހިތުގައި ޝައްކު އުފެދިއްޖެ އެވެ. ރަނގަޅު ވަޒީފާއެއް އަދާ ނުކުރާނެ ކަން އާނިޔާއަށް ޔަޤީނެވެ. އެކަމުން ވެސް އިތުރު ބޮލުގަ ރިހުމެއް ނޫނީ އާނިޔާއަކަށް ނުލިބުނެވެ. އަނެއްކޮޅުން އާނިޔާ ވަޒީފާއަށް ދާ ގަޑީގައި މާހީ އާއި ރީޝަމް ހާނިމް ކައިރީގައި އެކަނި ބަހައްޓާކަށް އާނިޔާ ބޭނުމެއް ނޫނެވެ. އަނެއްކާ ވެސް އަނެއް ކަންތަކެވެ. ހާނިމް ވެސް ހަމަ ކުއްލިއަކަށް ހުރެފަ މިކަހަލަ ކަމެއް ކުރަން ޖެހޭ ހެއްޔެވެ؟ ގޭތެރޭގެ ކަންތައްތައް ހަމަޖެއްސުމަށް އާނިޔާއަށް ވެސް ވަގުތު ބޭނުންވާކަން ހާނިމްއަށް ނޭނގި ނުހުންނާނެއެވެ.

 

**8 ވަނަ ޕާޓު**

 

★★★

 

ދެލޮލުން އައިސްފައި ހުރި ކަރުނަތައް ފުހެލަމުން ރީހާން ނޭފަތް ދަމާލިއެވެ. ބޮލުގަ ވެސް އޭރު ރިއްސަން ފަށައިފިއެވެ. ކުޑަގޮތަކަށް ތައްޔާރު ވެލައިގެން ރީހާން ނިކުމެ ބޭރުގައި މަޑުކޮށްލިއެވެ. ދެވަނަ ފަހަރަށް ރީހާން ފުން ވިސްނުމަކަށް ދާން ބޭނުންވިއެވެ. މުޅި އުމުރު މިހެން ހުސް ކުރިއެކޭ ކިޔައިގެން ލިއީޝް އަނބުރާ އަންނާނީއެއް ނޫނެވެ. ރަނގަޅު ވަޒީފާއަކަށް ގޮސް އެހެން މީހަކާ އެކީ ދިރިއުޅުމެއް ފެށުން އެއީ ރަނގަޅު ނިންމުމެއް ކަންނޭނގެއެވެ. ނަމަވެސް ހިތް އެކަމަށް އިންކާރު ކުރިއެވެ. އެއާއެކު ދެންވެސް ރީހާންއަށް ރުޅި އާދެވުނީ އަމިއްލަ ނަފްސު ދެކެއެވެ. އެވަގުތު ލިހުއާން ގުޅައިގެން ރީހާންއަށް ދާން ޖެހުނެވެ.

 

އެލީޒާ އާއި އެކީ އެރޭ ރީހާން ކާރު ދުއްވަން ނިކުތީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. އެލީޒާގެ ބަސްމަދުކަމާއި ރީހާންގެ ޚިޔާލު އެހެން ދިމާއަކަށް އެނބުރިފައި ވުމުން ކާރު ތެރޭގައި ވަނީ އާދަޔާ ޚިލާފް ހިމޭންކަމެވެ.”ރީހާން..” ހިތްވަރު ކޮށްލާފައި އެލީޒާ ގޮވާލިއެވެ.”ހްމްމް..” ކުޑަކޮށް އެލީޒާ އާއި ދިމަ ބަލަމުން ރީހާން ބުންޏެވެ.”ރީހާން އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ؟..” އެލީޒާ އެހި ސުވާލުން ރީހާން ދެލޯ ބޮޑުވި ގޮތަށް ކާރުވެސް މަޑު ޖައްސާލެވުނެވެ.”ނޫން.. ކިހިނެއްވީ؟؟..” ހަމަޖޭހޭކަން ދެއްކޭތޯ ރީހާން ބެލިއެވެ.”އަހަރެން….” ނަމަވެސް އެލީޒާ ދައްކަންފެށި ވާހަކައަށް ސަމާލުކަން ނުދެވުނީ އެވަގުތު ކުރިމަތިން އަތުގުޅާލައިގެން އައި ދެމީހުން ފެނުމުންނެވެ. އެހެން ދެވަނަ ބައެއް ނޫނެވެ. ލިއީޝް އާއި ޒާންއެވެ.

 

“..އައި ލަވް ޔޫ ރީހާން..” ހުރިހާ ވާހަކައެއް ދެއްކުމަށްފަހު އިސްޖަހައިގެން އިނދެ އެލީޒާ އެންމެ ފަހު ޖުމްލަ ބުނީ ހުރިހާ ހިތްވަރެއް އެއްކޮށްގެންނެވެ. އެހެނަސް ލިބެންވާ ސަމާލުކަން ނުލިބޭކަމަށް ހީވެގެން އެލީޒާ އިސް އުފުލާލި އިރު ރީހާން ކަޅި ޖަހާ ނުލައި ބަލަން އިނީ މަގުމައްޗަށެވެ. އެލީޒާ ވެސް ކުޑަކޮށް ކަރު ދަމާފައި ރީހާން ބަލަން އިން ދިމާއަށް ބަލާލެވުނެވެ. އެހާ ބޮޑަށް ފާހަގަ ނުވުމުން އެލީޒާ އެކަން ދޫކޮށްލިއެވެ.”ރީހާން؟؟.” ދެވަނަ ފަހަރަށް އެލީޒާ ގޮވާލުމުން ރީހާން ދިޔައީ ސިއްސައިގެންނެވެ.”ކީކޭ؟؟..” ހިތް އަވަސްވެފައި އިނދެ ރީހާން އެހިއެވެ.”އެއްޗެކޭ ނޫން.. ކޮން އެއްޗެއް ތި ބަލަނީ..” އެލީޒާ އިނީ އިނގެން ބޭނުން ވެފައެވެ.”ނޭނގެ..” ހިތްހަމަ ނުޖެހިފައި ރީހާން ޖަވާބު ދިނެވެ.

 

“އެލީ ދިވެހިރާއްޖެ ދާ ހިތްވޭތަ؟؟..” ފަނަރަ ވަރަކަށް މިނެޓަށްފަހު ރީހާން ހިމޭންކަން ނަގާލިއެވެ.”އާނ ދާ ހިތްވޭ..” އެލީޒާގެ ޖަވާބުން ރީހާން ކުޑަކޮށް ކަރުކެހިލިއެވެ.”އަހަރެންނާ އެކު ދާނަންތަ؟..” ރީހާން އެހިއެވެ.”މަންމަ ނުފޮނުވާނެ ކަންނޭނގެ.. އަހާލާނަން.. ކޮން އިރަކުންތަ ދަނީ؟..” ހިނިތުންވަމުން އެލީޒާ އެހިއެވެ.”އަނެއްހެން ނޭނގެ.. ވީހާވެސް އަވަހަކަށް ދާން ބޭނުން..” ރީހާން އެހެން ބުނީ ދެވިސްނުމެއްގައި އިނދެގެންނެވެ.”އެހެންތަ.. ކީއްކުރަން ދަނީ؟؟..” ދެންވެސް އެލީޒާ އެހިއެވެ.”އެ ދެން.. ދާ ހިތްވީ..” ރީހާންގެ ޖަވާބަށްފަހު އަނެއްކާވެސް ހިމޭންކަން ވެރިވިއެވެ. އޭރުވެސް ދާންވީބާއޭ ހިތަށް އަރަމުން ދިޔައެވެ. ރީހާން ބޭނުންވަނީ މި ޖެހިގެން އުޅޭ “ލިއީޝް” ބަލިން ސަލާމަތް ވާންށެވެ. ކޮންމެ ރެއެކޭ އެއްގޮތަށް ފުދޭވަރަކަށް ދަންވަންދެން ދުއްވަން އުޅެފައި ރީހާން ގެއަށް އައީ ފޫހިވެފައެވެ. ގެއަށް ވަތް ގޮތަށް މަސްތުވާތަކެއްޗަށް ފެންބޮވައިގެންފައިވުމުން ރީހާން ދިޔައި ގުދަނަށެވެ. ލިއީޝް ފެނުން ފަހުން ރީހާންގެ ތާވަލަކީ އެއީއޭ ބައެއްފަހަރު ހީވެއެވެ.

 

ހެނދުނު އިރު އެރުމުން ގުދަނުން ނިކުމެ ރީހާން ތާޒާ ވެލައިގެން ސޯފާގައި އޮށޯތެވެ. އަދި ފޯނު ނަގައި ލިހުވާން އަށް ގުޅިއެވެ.”ކިހިނެއްވީ؟..” ފޯނު ނެގި ގޮތަށް ލިހުވާން އެހިއެވެ.”ކުޑަކޮށް ރާއްޖެ ދާން މިއުޅެނީ..ހަބަރެއް ވަންދެން މަ ނުހޯދާށޭ ބުނަން..” ކަންނެތް އަޑަކުން ރީހާން ބުންޏެވެ.”އައްދެ.. އާނ އެންމެ ރަނގަޅު.. ގޮސް އެއުޅޭ..” ލިހުވާން ވާހަކަ ދައްކަން ފެށުމުން ރީހާން ގާތަށް ރުޅިއައެވެ. މަލާމާތް ކުރަން އެ އުޅެނީ ކޮން ބަޔަކަށް ކަން އިނގުނީއެވެ. އެހާ ވަރުން ޒުވާބުކުރަން ވެސް ރީހާން ބޭނުމެއް ނޫނެވެ. ބޮޑު އުނދަގުލެއް ނޫނީ ނުވާނެއެވެ.

 

އެލީޒާ ކޮއްކޮ ގޮވައިގެން އުޅެލާފައި ކޮޓަރިއަށް ވަނީ ވަރުބަލިކަން އިހްސާސްވުމުންނެވެ. ގެއަށް ވަތް އިރު ރީހާންގެ ކޯލެއް އަންނަނީއެވެ.”ހެއި ރީހު.. ގެސް ކޮށްބަލަ..” އެނދަށް ވެއްޓިގަނެގެން އޮވެ އެލީޒާ ވާހަކަ ދެއްކިއެވެ.”ދެން ބުނޭ..ގެސް ކުރާ ކުޅިވަރު ވަރަށް ފޫހި ބައެއް ފަހަރު..” ކުޑަކުއްޖެއްގެ ރާގަކަށް ރީހާން ބުންޏެވެ.”މަންމަ ބުނި އޯކޭއޭ ދާން.. އިނގޭތަ ވަރަށް އާދޭސް ކޮށްގެންނޭ ދާން ހުއްދަ ދިނީ..” އުފާވެފައި އެލީޒާ ބުންޏެވެ.”ގަދަ.. ޓިކެޓް ހަމަ ޖައްސާނަން.. ރެޑީ ވީމަ ބުނޭ އިނގޭ..” ރީހާން ކުޑަ ހިނިގަނޑެއް ޖަހާލިއެވެ. އެގޮތުގައި އެމީހުން އެކި ވާހަކަތައް ދައްކަން ފެށިއެވެ.

 

ކަން ދިމާ ކުރި ގޮތުން ޓިކެޓް ހަމަ ޖެހުން ދުވަހު ރީހާން ކުޑަކޮށް ހުން ވައްތަރު ވިއެވެ. އެހެނަސް އެލީޒާ މާ ބޮޑަށް ދާ ހިތްވެފައި ހުރުމުން ކެންސަލް ކުރެވޭކަށް ނެތެވެ. ފުރަތަމަ ދިޔަ ފަހަރު ވެސް ފްލައިޓް ޑިލޭ ވީއެވެ. ދެވަނަ ފަހަރަށް އެލީޒާ މާޔޫސް ކުރާކަށް ހިތެއް ނޭދުނެވެ. ލަގެޖް ދަމަމުން ދެމީހުން ދިޔައީ އެކި ވާހަކައިގައެވެ. އުފާވެފައި ވާ ވަރުން އެއްފަހަރު ވެސް އެލީޒާ އަނގަ ހުއްޓައެއް ނުލިއެވެ. ހެމުން އެއްލި ކަޅިއަކުން ރީހާންގެ ލޮލުގައި އަޅައިގަތީ އެއަރޕޯޓްގައި ތިބި ލިއީޝްގެ މަންމަ އެވެ. ހިން ދިރުވާލާފައި ރަނގަޅަށް ނޭވާ ނުލެވެނީސް އެމީހުންގެ ނަޒަރު ވެސް ހުއްޓުނީ ރީހާންއަށެވެ. އެދެމީހުން ދެލޯ ބޮޑުކޮށް ލޯ އަޅައިލި ގޮތުން ރީހާން ކުޑަކޮށް ޖެހިލުންވިއެވެ.

 

“ކޮންތާކަށް ތަ ތި ބަލަނީ އެހާ ވަރަށް؟؟..” އެލީޒާއަށް އެކަން ފާހަގަވެގެން އެހިއެވެ.”އެއީ .. ދިއުމުގެ ކުރިން ބަލާލަން ވާނެ ދޯ..” ރީހާން ނުތަނަވަސްކަމެއް އެކުލެވިގެންވި ހުނުމެއް ހީނލިއެވެ. ނަސީބަކުން އެކަން އެލީޒާއަށް ފާހަގައެއް ނުވިއެވެ. ފަސް ވަރަކަށް މިނެޓް ފަހުން އަނެއްކާ ވެސް ރީހާން ވަރަށް ނޭނގޭ ކަމަށް ހަދާލާފައި ދެކޮޅު ހޯދާލިއެވެ. މިފަހަރު ކައިރީގައި ހުރި ޒާން ކައިރީގައި ލިއީޝްގެ މަންމަ އެއްޗެކޭ ބުންޏެވެ. އެ ބުނި އެއްޗެއް ބުނުމުން ރީހާން އާއި ދިމާއަށް ޒާން އެނބުރުނެވެ. އެވަގުތު ރީހާން މޫނުމައްޗަށް ފޫހިކަން ވެރިވިއެވެ. މިހިރީ ވާ ކަމެކޭ ހިތާއި ހިތުން ކިޔަމުން ރީހާން ކުރިއަށް ހިނގައިގަތީ އެލީޒާއާއި އެކީއެވެ. ފްލައިޓަށް އަރާ ހަމަޖެހިލާފައި ވެސް ރީހާން ބަލާލީ ލިއީޝްގެ މައިންބަފައިނަށެވެ. ތަދުވަމުން ދިޔަ ހިތަކާ އެކީ ރީހާން ދުރު ބަލާލިއެވެ. އެލީޒާގެ ވާހަކަތަކަށް ހޫމް ލައްވަމުން ރީހާން ބެލީ ނިދޭތޯއެވެ.

 

ރަންވޭ އަށް ބޯޓު ޖެއްސުމާއެކު ވީހާވެސް އަވަހަކަށް ރީހާން ފޭބިއެވެ. އެލީޒާ އާޝޯޚު ވެފައި ވަށައިގެން ފެންނަމުން ދިޔަ ޤުދުރަތީ ރީތިކަމަށް ބަލަން ފެށިއެވެ. ރީހާން އެ އައީ އޭނާ ކުޑައިރު އުޅެބޮޑުވި ރަށަށެވެ. މީހުންގެ ނަޒަރު ރީހާންއަށް ހުއްޓުނީ އެހެންވެ ކަންނޭނގެއެވެ. ކުރިއަށް ވުރެ ރީހާންގެ ހައިބަތު ބޮޑު ކަމަށް ދައްކާތީ އަންހެން ކުދިންގެ ދެފައި އެއްތާކު ނުޖެހެއެވެ. އެހެނަސް އެލީޒާ ކައިރީގައި ހުރުމުން އެމީހުން އެހާ ހިތްހަމަ ޖެހޭ ކަމަކަށް ނުވިއެވެ. އެ ނަޒަރުތަކުން ހިތުގައި ނުތަނަވަސްކަން އުފެދުނީ އެމީހުން ސިއްރު ވާހަކަތައް ދައްކަން ފެށުމުންނެވެ. ދިޔަ މަގުމަތީން ސްކޫލް ދައުރުގެ އެކުވެރިންނާއި އޭނާ ދެކެފަރިތަ އެތައް މޫނެއް ފެނުނެވެ. އެކަމަށް އަޅާ ނުލައި ރީހާން ސީދާ ދިޔައީ އޭނާގެ މަންމަގެ ގެއަށެވެ. މައި ދޮރު ހުރީ ހުޅުވާފައެވެ.

 

އެހެނަސް ރީހާން އަށާއި އެލީޒާއަށް އެ ގެއިން މަރުހަބާކީ މަރުފަދަ ހިމޭންކަމެވެ.”ރީހާން މީ ކޮންތަނެއް؟..” ޝައުގުވެރިވެފައިވާ ވަރުން އެލީޒާއަށް އެތެރެއަށް ވަދެވުނީ އަނގަ ހުޅުވިފައި ހުރެއެވެ.”ކީއްކުރަން ތިގެއަށް ތި ވަންނަނީ..” އެލީޒާ ފަހަތުން އެތެރެއަށް ވަންނަން ރީހާން ނެގި ފިޔަވަޅު ހުއްޓާލަން ޖެހުނީ ފަހަތުން އަންހެނެއް ވާހަކަ ދެއްކުމުންނެވެ.”މީ އަހަރެންގެ މަންމަގެ ގެ.. މަންމަ އުޅޭތޯ ބަލަން މި އައީ..” ނުދަންނަ މެދު އުމުރުގެ މީހާއަށް ރީހާން ޖަވާބު ދިނެވެ.”އޭނ؟ ތިގޭގަ މީހަކު ނޫޅޭތާ މިހާރު ފަސް އަހަރު ކަންނޭގެ އެ ވަނީ.. އަހަރެން ވެސް މިރަށަށް ބަދަލުވީ މީގެ ދެ އަހަރު ކުރިން.. މީހަކު ބުނީމަ އިނގުނީވެސް..” އެމީހާ ހައިރާންވިއެވެ. ރީހާން މޫނުމަތިން ކަންބޮޑުވުން ފާޅުވިއެވެ. އެވަގުތު އެލީޒާ ރީހާންއަށް ގޮވަމުން ދުވެފައި ނިކުތެވެ.”ފަޅު ގެއަކަށް ކީއްކުރަން އައީ؟ މިގޭގަތަ އުޅެން ޖެހޭނީ..” ބިރުން ހުރެ އެލީޒާ އެހިއެވެ. އެމީހާ ފާޑަކަށް އެލީޒާ އާއި ދިމަ ބަލާލީ އިނގިރޭސިން ވާހަކަ ދެއްކުމުންނެވެ.”ނޫނޭ.. ހެހެ ދަނީ..” އެމީހާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލާފައި ރީހާން ހިނގައިގަތެވެ.

 

ގެސްޓް ހައުސް އެއް ފެނުމުން ރީހާން އެތަނަށް ވަނެވެ. ފެންވަރު ރަނގަޅު ކަމަށް ދައްކައެވެ. ދެ ރޫމް ހިފުމަށްފަހު ރީހާން އެލީޒާ އަށް ކޮޓަރީގެ ތަޅުދަނޑި ދީފައި އަމިއްލައަށް ލިބުނު ރޫމަށް ވަނެވެ. އޭރުވެސް ސިކުނޑި ފުރިފައިވިީ ސުވާލު ތަކުންނެވެ. އޭނަ ވިސްނައިގެން ހުރީ ރީޝަމް އާއި މަންމަ، ރޭޝްމާ ގޮވައިގެން ލަންޑަނަށް ދާންށެވެ. އެމީހުން ކޮބައި ހެއްޔެވެ؟ އެސުވާލު އަހާނެ މީހެއް ނެތެވެ. މިރަށު އެންމެން ވެސް ރީހާން ދެކެ ރުޅި އަންނާނެކަން ޔަޤީން ވާއިރު ބޭނުމަކީ ވެސް ކޮބައި ހެއްޔެވެ؟ ފެންކަޅިވަމުން ދިޔަ ދެލޮލުން ފެންނަމުން ދިޔަ ޝަކުވާ އިން އެކަނިވެސް އަންހެން ކުއްޖެއްގެ ހިތް ކަތިލާނެއެވެ.

 

ކަރުނަތައް ވެއްޓުނަ ނުދީ މޫނު ފުހެލާފައި ރީހާން ބެލްކަންޏަށް ނިކުމެ ރެއިލިންގައި އަތް އަޅުވާލިއެވެ. އިރު އޮއްސެމުން ދިޔަ މަންޒަރު ބަލަމުން ފުންނޭވާއެއް ދޫކޮށްލި އެވެ. ކުއްލިއަކަށް ސިހުނީ މީހަކު ހަޅޭއްލަވައި ހަތް އަޑު އިވުމުންނެވެ. އެ އަޑުގައިވާ ރުޅި ވެރިކަމުން ވެސް ރީހާން ހިތަށް އިތުރު ޒަޚަމެއް ނޫނީ ނުލިބުނެވެ.”އަނެއްކާ.. ޕިސް ޕިސް.. ދާންއުޅޭ.. ކަލޭ ތީ މިރަށު މީހެއް ނޫނޭ..” އެމީހަކު ތިރީގައި ހުރެގެން ހަޅޭއްލެވިއެވެ.”މިފަހަރު އަދި ކާކު ގޮވައިގެންތަ އެ އައީ؟. ” އެމީހާ ކިޔާ އެއްޗަކަށް އަޅާ ނުލައި ވޭތޯ ބަލަމުން ރީހާން ރޫމަށް ވަދެ ބެލްކަނީ ލެއްޕިއެވެ.

 

އެދުވަހު ވައި ދަތުރުކުރާ ބާރުމިނެއްގައި ރީހާން އައި ވާހަކަ ރަށުގައި ފެތުރުނެވެ. ރޭޝްމާ އާއި ރީޝަމް އުޅޭނަމަ މިހާރު އޭނަ ހޯދަން އަންނާނެކަން ރީހާންއަށް ކަށަވަރެވެ. އަނެއްކާވެސް އެ ސުވާލު ހިތަށް އެރިއެވެ. އެމީހުން ކޮބައި ބާއެވެ؟”އެލީ.. ޕްލޭން ޗޭންޖް ވެއްޖެ.. ރިޒޯޓަކަށް ދާން މިއަދު ހަވީރު ފުރާނަން.. ރެޑީވެގެން ހުންނާތި އިނގޭ..” އެލީޒާ އައުމުން ރީހާން އޭނާގެ މާޔޫސްކަން ފޮރުވަން މަސައްކަތް ކުރިއެވެ.”އަސްލު؟ ކީއްވެފަ ތީނީ؟..” އެވަރުން ވެސް އެލީޒާއަށް ސިއްރެއް ނުވިއެވެ.”ކީއްވެ އެމީހުން ފާޑަކަށް ބަލަނީ ރީހުއާ ދިމަ؟..” ދެންވެސް އެހިއެވެ.”ނޭނގެ.. ވަރަށް ރުޅި އަންނާނެ މަ ދެކެ..” އާދައިގެ ރާގަކަށް ބުނި ނަމަވެސް ހިތުގައި ކިތަންމެ ކޫރެއް އެޅުނެވެ. ވީ ވަރަކުން އެލީޒާ ބެލީ ރީހާން ހިތް އުފާ ކޮށްދެވޭތޯ އެވެ. އެކަން އިނގިގެން ރީހާންވެސް ކުޑަކޮށް މޫޑް ރަނގަޅުވި ކަމަށް ހެދުނެވެ.

 

★★★

 

ރީޝަމް ގެއަށް އައި އިރު އާނިޔާ ގެއަކު ނެތެވެ. މާހީ ކޮޓަރީގައި އޮންނާނެކަން އިނގުމުން ރީޝަމް ލަސް ފިޔަވަޅު ތަކެއްގައި ގޮސް އެ ކޮޓަރި ދޮރުމައްޗަށް އެރިއެވެ. މާހީ ކައިރީގައި ހާނިމް އިށީނދެ އިންތަން ފެނުމުން ރީޝަމް ގަނޑުވިއެވެ.”އައީދޯ..” ރީޝަމް ފެނުމުން ހާނިމް ބުންޏެވެ. އަދި ނުކުމެގެން ދިޔައީ ރީޝަމްއަށް ބަލާ ވެސް ނުލައެވެ. ނިދިފައި އޮތް މާހީ ބާއްވާފައި އެކަނި ކާން ދާ ހިތް ނެތުމުން ދޮރު ތަޅުލާފައި ރީޝަމް ދަބަހުން ފޮތްތައް ނަގައި މަސައްކަތް ނިންމަން އުޅުނެވެ. ދޭތެރެ އަކުން ގަޑިއަށް ބަލާލެވެނީ ތަނަކަށް ދާން ލަސްވެގެން އިންނަ ހެންނެވެ.

 

ރީޝަމްގެ އިންތިޒާރަށް ނިމުމެއް އައީ ބޭރުން މާއިލް ސަލާމް ގޮވި އަޑަށެވެ. އޭރު މާހީ ވެސް ހޭލައިގެން ރީތި ވެގެން އިނެވެ. ހާނިމް ބޮޑު ސޯފާގައި އިށީނދެ އިނުމުން މާއިލްގެ ދެބުމަ ގޮށްޖެހުނެވެ. އެކަން ފާހަގަ ވުމުން ރީޝަމް އަވަސް އަވަހަށް މާހީ ގޮވައިގެން ނިކުމެ ދޮރު ލެއްޕިއެވެ.”ކީއްކުރަނީ ހާނިމް ގޭގަ ބައިންދައިގެން..” ކަންބޮޑުވުން އެކުލެވޭ އަޑަކުން މާއިލް އެހިއެވެ.”ދައްތަ އިއްޔަ މެރީ ކުރީމަ..” ރީޝަމް އިސްޖަހާލިއެވެ.”ވާޓް..” މާއިލް ސިއްސައިގެން ދިޔައެވެ.”ރީޝަމް..” ހާނިމް ކޮންމެފަދަ ކަމެއް ކޮށްފާނެތީ ރީހާން ބިރުގަތެވެ.”ދެން އަޅާ ނުލާ.. އޯކޭ ވާނެ.. މިއަދު ދާނީ އެ ދިމާއަށް ދޯ؟؟..” ހިނިތުންވަމުން ރީޝަމް ބުންޏެވެ.

 

ދެމީހުން ވާހަކަ ދައްކަމުން ހިނގަ ހިނގާ ހުއްޓާ މާއިލްގެ ފޯނަށް މެސެޖެއް އައެވެ.”ޕިސް.. ދާން ޖެއްހިޖެ.. ރީޝް ގެއަށް ލައިދެންވީތަ؟..” ނިއްކުރީގައި އަތުން ޖަހާލަމުން މާއިލް އެހިއެވެ.”ނޫނޭ އޯކޭ ވާނެ.. މާއިލް އަށް ވެސް ލަސް ވާނެ ދޯ..” އެހާ ލަސްނުވާތީ ގެއަށްދާން ރީޝަމް ބޭނުމެއް ނުވިއެވެ. ޓެކް ކެއަރ އޭ ބުނެފައި މާއިލް އަވަސް އަވަހަށް ހިނގައިގަތެވެ. މާހީ ކުރަމުން ދިޔަ ސުވާލުތަކަށް ޖަވާބު ދެމުން ރީޝަމް ދިޔައީ މާ ދުރުނޫން ހިސާބެއްގައި ފެންނަން އޮތް ބީޗަށެވެ. އެއީ ރަށުގެ އެންމެ ގަސް ގިނަ ހިސާބެވެ. ރީޝަމް އާއި މާހީގެ އިތުރުން މުސްކުޅި ދެމަފިރިއަކު ފިޔަވައި އިތުރު ބަޔަކު އެ ހިސާބަކުވެސް ފެންނާކަށް ނެތެވެ. އެ ދެމަފިރިން ވެސް އޮލަ ވާހަކައެއްގައި ތިބެ ރަށަށް އަރައިގެން ދިޔައީއެވެ. ހިސާބަކަށް ބިރުގަތެވެ. މީހަކު އުޅޭހެން ހީވާން ފެށީ ފަތްތައް ތެޅޭ ހެން ހީވުމުންނެވެ.

 

ބިރުން މޭގައި އަތް އަޅައިގެން ހުއްޓައި ރީޝަމް ސިހުނީ ދުވެފައި އައި މީހަކާ އެއްކޮށް ރީޝަމް ވެއްޓެން ދިއުމުންނެވެ. ނުބައި ޚިޔާލުތައް އައިސް ސިކުނޑި ވަށާލުމުން ރީޝަމްއަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައި ގަނެވުނީ ޖިންނިއެއް ކަމަށް ހީކޮންނެވެ. އެމީހަކު ވެސް ސިހުންކަން ރީޝަމްއަށް އިނގުނެވެ. ފައި ދަށުގައި ގިނައީ އަކިރި ތަކެވެ. ވެއްޓެން ދިޔަ ވަގުތު ވާނެ ތަދު ހިތަށް އެރުމުން ވެސް ހަޅޭކުޑެ އަޑު ވީ ބާރެވެ. ނަމަވެސް ވެއްޓުން އިރު އެއްވެސް ގޮތެއް ނުވުމުން ބަލާލި އިރު އޭނާއަށް އޮވެވުނީ މީހެއްގެ މޭމަތީގައެވެ. އެމީހަކު އޭނާ ސަލާމަތް ކުރުމަށްޓަކައި އެމީހާގެ ގައި މައްޗަށް ވެއްޓޭ ގޮތަށް ހެދީއެވެ. ކުރިމަތީގައި އޮތް މީހާ ފެނުމުން ރީޝަމްގެ ހިތުގެ ހިނގުން ހިނދުކޮޅަކަށް މަޑުޖެހުނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ލޯބި ވެވުމުން ( ޓްރޭލާ )

Next

ލޯބީގެ ހިނދުކޮޅު 12

Next
January 22, 2022

ލޯބީގެ ހިނދުކޮޅު 12

Previews
January 22, 2022

ލޯބި ވެވުމުން ( ޓްރޭލާ )



All Right Reserved!