Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ރިވާ ލޭކް، 15- ފަހުބައި

umny Level 210 Stories
March 25, 2024 3 Mins Read
3 Comments

” ބޭބެ މަރުވީތަ؟ ” އަހަރެން ޒުހުރާކުރެ ސުވާލުކުރީމެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ޒުހުރާ ތުން ފިއްތާލަމުން ބޯ ޖަހާލިއެވެ. އަހަރެންނަށް އިސްޖަހާލެވުނެވެ. ދެން ބުނަންވީ އެއްޗެއް އަހަރެންނަކަށް ނޭނގުނެވެ.

” އާމިރުގެ އެއްބަނޑު އެއްބަފާ ދެން އިތުރު މީހަކު ނުހުންނާނެ. ޢުމަރުގެ ސިހުރުގެ ސަބަބުން ކަންނޭނގެ. އާމިރު ފިޔަވާ އިތުރު ކުއްޖަކު ޢުމަރުއަކަށް ނުލިބޭ… ރިވާ ލޭކް އެއީ މިހާރު ނަވީންގެ ވެސް ގެ… ” ޒުހުރާ ބުނެދިނެވެ.

” މިރޭ އިޝާ ނަމާދުގެ ފަހުގައި ކަށު ނަމާދު އޮތީ… ދަރިފުޅު ދާނަން ދޯ؟ ” ޒުހުރާ އެހެން ބުނެލުމުން އަހަރެންނަށް އޭނައާއި ދިމާއަށް ބަލާލެވުނެވެ. ޒުހުރާގެ ދެލޮލުން ފެންނަމުން ދިޔައީ އުއްމީދުގެ އަސަރުތަކެވެ. އަހަރެން ބޯޖަހާލުމުން އޭނަ ތެދުވެ އަހަރެންގެ ނިތައް ބޮސްދެމުން ޝުކުރު އަދާކުރިއެވެ. ޒުހުރާ ނުބުންޏަސް ވެސް އަހަރެން މިހުރީ ދާންށެވެ. ހަޔާތުގައި ވެސް ފުރަތަމަ ފަހަރަށް ބޭބެއެއް ހުރިކަން އެނގި، ލިބުނު ބޭބެގެ އެންމެ ފަހު ވަގުތުގައި އެކުގައިވާން އަހަރެން ބޭނުމެވެ.

ޒުހުރާ މިވަގުތު ދަނީކަމުގައި ބުނެ ނުކުތުމުން ދޮރުންވަނީ ރާހިލްއެވެ. މެއާ ދިމާލުން ހަށަން ބަނދެލައިގެން އޭނަ ދޮރުގައި ލެނގިލަމުން އަހަރެންނާއި ދިމާއަށް ބަލާލަމުން ފަަނޑު ހިނިތުންވުމެއް ދިނެވެ. ހީވާ ގޮތުން އޭނައަށް ވެސް މިހާރު ހުރިހާ ވާހަކައެއް އިނގޭ ކަހަލައެވެ.

އަހަރެން އަތަށް ބަލާލީމެވެ. އަހަރެންގެ އަތުގައި ކުރިން އިން ކަޓަރު އަޅާފައި އިން ހެން ހީވާ ތަނުގެ ނިޝާނެއް މިހާރު ފެންނާކަށް ނެތެވެ.

” އަހަރެން ބޭނުން ހައްވައިދީއާއި ބައްދަލުކޮއްލަން… ” ރާހިލްއާއި ދިމާއަށް ބަލާލަމުން އަހަރެން ބުނެލީމެވެ.

—

އިޝާ ނަމާދަށްފަހު މުހުސިންގެ ކަށު ނަމާދުކުރެވިގެން ދިޔައެވެ. ގިނަ ބަޔަކަށް ވީކަމެއް ނޭނގުނަސް މުހުސިންއަކީ ރަށުގެ ކައުންސިލަރަށްވުމުން އެޖަނާޒާގައި މިރަށު އެތައް ބަޔަކު ބައިވެރިވިއެވެ. ސަހަރާ ކައިރިން މުހުސިންގެ އަންހެނުން ރިޝްފާއާއި ޒުހުރާއާއި ދިމާވުމުން އެދެމިހުންނާ ވާހަކަދައްކާލަން ކުޑަކޮށް މަޑުކޮއްލުމަށްފަހު އަހަރެން ސިކުނޑި ހަމަޖައްސާލުމުގެ ގޮތުން ނުކުމެލީ ގެޔާއި ކައިރީގައިވި މޫދާ ދިމާއަށެވެ. އަހަރެންނާއި އެކީގައި ރާހިލް ވެސް އައެވެ.

” ކޮން އިރަކު ފުރަން މާދަމާ އިނީ؟ ” ބުރުހަމަ ހަނދުގެ އަލިކަމުގައި މޫދާއި ކައިރި ޖޯލި ފައްޗަކުން ޖޯއްޔެއްގައި އިށީނދެލަމުން ރާހިލް އަހަރެންކުރެ ސުވާލުކުރިއެވެ.

” ހަވީރު… ” އަހަރެން ދުރު ބަލާލަމުން ބުނެލީމެވެ.

”  އެހެރީ ހައްވައިދީ… އަހަރެން ބުނިން އޭނަ ގާތުގައި މިތަނަން އަންނަން. އެކަމަކު ބުނަން… އެނގޭ ވެދިޔަ ހުރިހާ ކަމަކީ ނަވީން ބޭނުންވެގެން ހިނގި ކަންކަމެއް ނޫންކަން. މިވަޒީފާއަށް ނޫނަސް އެކަމަކު އުއްމީދުކުރަން އެނބުރި އަދި މިރަށަށް އަންނާނެކަމަށް. ރިވާލޭކްގެ ހަޤީޤީ ވާރިސަކީ މިހާރު ނަވީން. މުހުސިން ނެތުމުން ޒުހުރާގެ ވެސް ހުރި ދަރިޔަކަށް ވިއްޔާ ހުންނާނީ ދެން ނަވީން… އުއްމީދުކުރަން މިކަންކަމާއިމެދު އަދި ވިސްނާނެކަމަށް… އަހަރެން މިދަނީ… އިން ޝާ ﷲ މާދަމާ ފުރާތަނަށް ދާނަން… ” ރާހިލް ތެދުވެ އަހަރެންގެ ކޮނޑުގައި ޖަހާލިއެވެ. އަދި އޭނަ ރަށުތެރެއާއި ދިމާއަށް ހިނގައިގަތް ތަން ބަލަން ހުރި ހައްވައިދީ އައިސް އަހަރެންގެ ގާތުގައި އެއްޖޯލި ދޫކޮށް ޖެހިގެން ހުރި ޖޯލީގައި އިށީނެވެ.

” ނަވީން މައާފު ނުކުރިޔަސް ދައިތަ ހިތް ބުރައެއް ނުކުރާނަން.. އެކަމަކު ބުނެލަން އޮތީ ކުރިން އެކަމުން ސަލާމަތް ކުރަން މަސައްކަތް ނުކޮއްދެވުނީތީ މައާފަށް އެދެމޭ… އެރޭ ވެސް އަހަރެން ދިޔައީ ޒުހުރާއަށް މުހުސިންއާއި ނަވީން ދެއްކި ވާހަކަތައް އަޑު އިވިގެން ނަވީން ސަލާމަތްކުރުމަށް އެދި ޒުހުރާ އާދޭސްކުރީމައި. އެކަމަކު އެރޭ އެކަންތައް ނިމޭނީ މުހުސިންގެ މަރާއި އެކުގައި ކަން އަހަރެންނަށް ކުރިން އެނގުނުނަމަ ނަވީންއާއި މުހުސިންއާ ދެމިހުން ވެސް ސަލާމަތްކުރުމަށް ކުރިން ތައްޔާރުވެވުނީސް. ޢުމަރު ހެދި ސިހުރު ބާތިލް ކުރަން ބޭނުންވާނަމަ އެކަމުގެ ބަދަލަށް ޢުމަރުގެ ލެޔާއި ގުޅިފައިވާ މީހެއް ޤުރުބާންވާނެކަން އަހަރެންނަށް ކުރިން އެނގުނުނަމަ މުހުސިން ވެސް ސަލާމަތް ކުރެވުނީސް…. އަހަރެން އަހަރެންގެ ބައްޕަ ފަދައިން ސިހުރު ހަދައެއް ނޫޅެން. އެކަމަކު ސިހުރާ ބެހޭ ކަންކަން އެނގޭތީ އެއެއްޗެހި ބާތިލް ކުރަން މަސައްކަތް ކޮއްދެން. އަހަރެން ހުރީ ނަވީން ސަލާމަތްނުކުރަން. ބައްޕަ އަހަރެންނަށް ނަސޭހަތްތެރިވެފައި އޮތީ ރިވާ ލޭކްއަށް ހަދާފައިވާ ސިހުރު ބާތިލް ނުކުރަން. އެކަމުގެ އަދަބު ލިބެންޖެހޭ މީހުންނަށް އަދަބު ލިބެން ޖެހޭނެކަމަށް ބައްޕަ ބުނެފައި އޮތީމައި. އެކަމަކު އެކަމުގައި ނަވީންގެ ކުށެއް ނެތްކަން އެނގުނީ ޒުހުރާ ބުނެދިނީމައި. އެންމެ ފުރަތަމަ ދުވަހަކުވެސް ނަވީން ފެނުމުން އަހަރެންނަށް ނަވީންގެ ހިޔަނި ފަހަތުގައި ހުރި ޖިންނި ފެނުނު. އޭތި އެގޭގައި ތާށިވެފައި ވިޔެއްކަމަކު ނަވީން ރިވާލޭކްއަށް ވަންނަ ކޮންމެ ހިނދަކު އޭތި އުޅުނީ ނަވީންގެ ހިޔަނި ފަހަތުގައި. ނަވީންއަށް ހަޤީޤަތް އެނގެން ދެން އޭތި އެހާ ގޯނާ ނުކޮށް ހުރީ… ނަވީންގެ އަތުގައިވި ނިޝާން މިހާރު ނެތް ދޯ؟ އެއީ އެޖިންނި ނަވީންއަށް ގޯނާ ކުރުމަށް ކުރި ކަމެއް. އެނިޝާނަކީ އޭތި ކުރާ ކަމަކުން ނަވީންގެ ފުރާނައަށް ނުރައްކާ ވެދާނެ ކަހަލަ ނިޝާނެއް… ” ހައްވައިދީ ހުރިހާ ހަޤީޤަތެއް ކިޔައިދެމުން ދިޔައެވެ. އިވެމުން ދިޔަ ވާހަކަތަކުން އަހަރެންގެ ސިކުނޑީގައި މިހާރު ރިއްސަން ފަށައިފިއެވެ. ކިތަންމެ ބަލިމީހެއްގެ ވާހަކަތައް އަޑުއެހިޔަސް މިފަދަ ގޮތެއް ހަޔާތުގައިި ވެސް މިދިމާވީ އަލަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަހަރެންގެ ހަޔާތާއި ގުޅިފައިވާ ބޮޑެތި ކަންތައްތަކެއް ހިނގާފައިވާކަން އެނގުމުން ކަމަށް ވެސް ވެދާނެއެވެ.

” ދައިތައަށް މާފްކުރާތި. އުއްމީދުކުރަން ﷲ އިރާދަކުރެއްވިއްޔާ ކޮޔެ ހެޔޮ ހާލުގައި ދުނިޔޭގައި ގިނަ ދުވަހު ހުންނާނެކަމަށް… އިން ޝާ ﷲ ” އަހަރެންގެ ބަހެއް ނުލިބުމުން ހައްވައިދީ ތެދުވެ ހިނގައިގަތެވެ.

އަހަރެން ޖޯލީގައި އޮށޯވެލަމުން ލޯމަރާލީމެވެ. ހަޔާތުގައި ވެސް ރާއްޖެތެރެއަށް ކުރެވުނު ފުރަތަމަ ދަތުރު ނިމިގެން މިދިޔައީ ހިތި ގޮތަކަށެވެ. ހަޤީޤަތް ނޭނގި ހުރި އެތައް ވާހަކަތަކެއް އިނގި ހުރި ހަމައެކަނި ބޭބެ ވެސް މިދުނިޔެއާއި ވަކިވެގެންނެވެ. އަހަރެންގެ ހިތުގައި ބޭބެއާއި ބައްޕައާއި ދޭތެރޭ ވެސް އެއްވެސް ބުރަކަމެއް ނެތެވެ. މަންމައާއި ދޭތެރޭގައި ވެސް މެއެވެ. ކުރިމަތި ކުރެވިގެން ދިޔައީ ބޮޑު އިމްތިހާނެކެވެ. އަހަރެންނަށް ތެދުމަގު ދެއްކެވުމަށް ﷲ ދެއްވި އިމްތިހާނެކެވެ.  އިން ޝާ ﷲ ހުރިހާ ކަމެއް ދެން ރަނގަޅުވާނެއެވެ.

ނިމުނީ

ހުުރިހާ ކިޔުންތެރިންގެ ކައިރީގައި ވެސް ބުނެލަން އޮތީ ދީނާ އެއްގޮތަށް އުޅުމަށް އަމަލުކުރާށެވެ. އަމިއްލަ ފައިދާއަށް މީހަކައަށް ދެރައެއް ނުދޭށެވެ. އެކަމުގެ ބަދަލު އެމީހަކަށް ﷲ ދެއްވާނެކަން އަބަދުވެސް ހަނދާންކުރާށެވެ. ސިހުރު ހާހޫރައިގެ ކަންކަމުގައި ބައިވެރިނުވާށެވެ. ﷲ ދެއްކެވި ހެޔޮ މަގުގައި އުޅުމަށް އަބަދުވެސް މަސައްކަތް ކުރާށެވެ.

މިއީ މުޅިން ހަޤީޤީ ވާހަކައެއް ނޫނެވެ. މިއީ ހަޤީޤީ ހާދިސާތަކެއް އެކުލެވޭހެން ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. އުއްމީދުކުރަނީ ކިޔުންތެރިންނަށް މިވާހަކަ ކަމުދިޔަ ކަމަށެވެ. ހިޔާލެއް އޮވެއްޖެނަމަ ކޮމެންޓް ކޮއްލާށެވެ. އިން ޝާ ﷲ އަދި އެހެން ވާހަކައެއް ވަރަށް އަވަހަށް ގެނެސްދޭނަމެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

ވެވުނީ ލޮތްބޭ – 8

Next

ހިތުގެ ކޮންމެ ވިންދެއްގައި ކަލާގެ ނަން… ކިޔުންތެރިން ގެ ސަމާލުކަމަށް

Next
March 26, 2024

ހިތުގެ ކޮންމެ ވިންދެއްގައި ކަލާގެ ނަން… ކިޔުންތެރިން ގެ ސަމާލުކަމަށް

Previews
March 25, 2024

ވެވުނީ ލޮތްބޭ – 8

3 Comments!

  1. Meeeeee says:
    March 25, 2024 at 1:03 pm

    ♥️

  2. Bts lover says:
    March 27, 2024 at 10:08 pm

    Love this stry ❤️
    Hope to see one of ur story soon in sha allah😍
    Tc lysm💞

  3. Mau says:
    January 12, 2025 at 8:11 pm

    Ithuru vhk eh rh avh kiyaalan libeyne kamah ummeedhu kurann……. Vrh reethi vaahaka eh….. Tc.

Comments are closed.



All Right Reserved!