Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ރިވާ ލޭކް، 10

umny Level 210 Stories
March 13, 2024 2 Mins Read
0 Comments

ބަލަބަލާ ހުއްޓާ ވިއްސާރަ ވިލާތަކުން ބޯވާރޭގަނޑު އޮއްސާލައިފިއެވެ. އޮށްގަލުން ތަޅަމުން ދިޔަ ވާރޭގައި ވިޔަސް ޢަލީ ހުރީ ދަތުރު ހުއްޓާ ގޮތަކަށް ނޫނެވެ. ވުމާއިއެކު އޭނަ އެންމެ ސިކުންތު ކޮޅަކުވެސް ހުންގާނުން އަތެއް ދުލެއް ނުކޮއްލައެވެ.

ކުއްލިއަކަށް އައި ނައިތަނެއް ނޭނގި ބިޔަ ބޮޑު ރާޅަކާއި އެކު ދޯނި ބަންޑުން ޖަހާލިއެވެ. ރާޅުގަނޑުގެ ދަށުން ދޯނި އިދިފުށަށް މައްޗަށް އެރި އިރު ފަޅުވެރި ދެމިހުން ވެސް މާގިނައިރެއް ނުވެ މައްޗަށް އަރައިފިއެވެ. ނަމަވެސް ޢަލީގެ ޙަބަރެއް ނުވެއެވެ.

” ކައްޕި ޢަލީ! ” ފަޅުވެރިޔަކު ގޮވާލިއެވެ. އަދި އަނެއް ފަޅުވެރިޔާއާއި އެކު ފުން ކަނޑުގެ ތެރެއަށް ގޮސް ޢަލީ ފެންނަން އޮތްތޯ ބަލަން ފެށިއެވެ.

—

” އަހަން މިއޮތް ދެމިހުން ނަގަން އުޅޭ…! ” ފާލަންމަތީގައި ތިބި ބަޔަކަށް ފަޅުވެރި ދެމިހުން ފެނުނެވެ. އެހާ ކައިރީގައި އޮތް ރަށަކަށް ހެނދުނު ހަނިމާދޫން ފުރި މީހުންނަށް ގަދަ ވިއްސާރައިގެ ސަބަބުން އެނބުރި ރަށަށް އާދެވުނު އިރު ހަވީރުވެއްޖެއެވެ. ވަރުބަލިވެ ވައާތާވެގެން ދެމިހުން އައި އިރު އެކަކުވަނީ އެކަށް ހުދުވާން ކައިރިވެފައެވެ. ދެމިހުން ވެސް އަވަހަށް އަވަސް ފަރުވާ ދިނުމަށް މުދިންބެގެ ގެޔަށް ގެންދެވުނެވެ.

—

ޢަލީ ދޯނީގައި ބަންޑުން ޖަހަލައި ގެއްލުނު ފަހުން މަހެއް ވަރު ވެއްޖެއެވެ. މީހުންތައް އެވާހަކަތައް ހަނދާން ނެތެންފެށިއެވެ. ރުކުގެއަކީ ދެން ހަމަ ހުރި ގެއެއް ގޮތުގައި ހުއްޓެވެ. ނަމަވެސް އެއްވެސް ބަޔަކަށް އެގެޔަށް ވަންނާކަށް ނުކެރެއެވެ. ނާސިރާ ވެސް މުދިންބެގެ އެހީގައި ރަނގަޅުވެ އަލުން އުޅެން ފެށި ފަހުން މާ ގިނަ ދުވަހެއް ނުވެއެވެ. ފަޅުވެރި ދެޒުވާނުން ވެސް އެމިހުންގެ އަމިއްލަ ކަންކަމައިގެން އުޅެމުން ދިޔައެވެ.

—

އަތިރިމަތީގައި ހުރި އަށްވަރަކަށް އަހަރުގެ ކުޑަ އަންހެންކުއްޖާގެ ނަޒަރު ހުރީ އޭނަގެ ބޭބެމެންނަށެވެ. މޫދުގައި އޭނަގެ ބޭބެމެން ހެސްކިޔާފައި ސަކަރާތް ޖަހަމުން ދިޔަ އިރު އަންހެންކުއްޖާ ހުރީ އޭނަގެ މަންމަގެ ގާތުގައެވެ. ގާތުގައި ހުރި އޭނަގެ މަންމަ ތެލިދޮންނަން ހުރުމުން ދަސްކުރަން ޖެހޭތީ އޭނައަށް ޖެހުނީ މޫދަށް ނޭރި ހުންނާށެވެ.

” މަންމާ… ހީސްލަވަނީ… ” އަންހެންކުއްޖާ ކުއްލިއަކަށް އެހެން ހުރެފައި ކުސްތަޅައިގަތެވެ. އޭނަގެ މަންމަ އެހެން ވިއްޔާ ތަންކޮޅެއް ދުރަށް ގޮސް އެދިމާލުން މޫދަށް އެރިގެން މިކޮޅަށް އަންނަން ބުނެ ޖަވާބުދިނެވެ. އެކުއްޖާ އުފަލުން އަވަސް އަވަހަށް ގޮސް މޫދަށް އެރުނެވެ. މޫދަށް އެރޭ ހިތުން އޭނައަށް ކެތްނުވީއެވެ.

ބޭބެމެންނާއި ގާތަށް ދިއުމަށް އޭނަ މޫދު އަޑީގައިވި ވެލިގަނޑުމަތީގައި ހިނގަމުން ދަނިކޮށް އަރިމަތިން ކޮންމެވެސް އެއްޗެއް އަންނަހެން އެކުއްޖާއަށް ހީވެގެން ބަލާލި ވަގުތު ފެނުނު މަންޒަރުން އޭނަ ހަޅޭލަވައިގަނެފައި ރޮއެގަތެވެ. އެވަގުތު އަތިރިމަތީގައި ތިބި އެތައް ބަޔަކު އެއަޑަށް ބަލާލިއެވެ. ހިތް ބަލި ބަޔަކު ވިއްޔާ އެކުއްޖާއެކޭ އެއްފަދައިން ހަޅޭލަވައިގަތެވެ.

ޢަލީގެ ފުރާނަ ނެތް މަސްގަނޑު އައިސް ހަނިމާދޫގެ އަތިރިމަތީ އެއްގަމަށް ލައްގައިފިއެވެ. ރަށުގެ ފިރިހެނުންތައް އޭނަ ގެންދިއުމަށް މަސައްކަތް ކުރަމުން ދިޔަ އިރު ބަލަން ނުކެރުނުނަސް މަންޒަރު ބަލަން ވެސް އެތައް ބަޔަކު ތިއްބެވެ. ގައިގެ އެތައް މަސްގަނޑު ނެތް އިރު އެދިމާލުން ކަށި ފެންނަން ހުއްޓެވެ. ހަންގަނޑުވެސް އެއްކޮށް ހުދުވެފައިވާ ޢަލީގެ ދެތުންފަތުގެ ދެފަރާތުން ލޭފާޑުގެ ސޮނި ފައިބަމުން ދިޔައެވެ.

—

ރުކުގެ ދޮރާށި ކުރިމައްޗަށް މަޑުކޮއްލި ޒުވާނާ ގޭގެ ދޮރާއްޓާއި ދިމާއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. އާދައިގެ ލަކުޑިއެއްގައި ރުކުގެ ނަން ލިޔެފައި ގޭގެ ބޭރު ފާރުގައި ހަރުކޮއްފައިވެއެވެ. ތިރީހަކަށް އަހަރުގެ ހެޔޮވަރެއްގެ އިސްކޮޅަކާއި ފަލަނޫން ހަށިގަނޑެއް ހުރި އެޒުވާނާ ދޮނެވެ. ލައިގެން ހުރި ކަޅުކުލައިގެ ފަޓުލޫނާއި އަތްކުރު ނޫ ގަމީހުން މާ މުންޑު ލާހިތްވާ ޒުވާނެއް ނޫންކަން އަންގައިދެއެވެ.

އޭނަ އަތުގައިވި ކުޑަ ފޮށި އަނެއް އަތަށް ލަމުން މަގުގެ ދެކޮޅު ބަލާލައިލައިފައި އޭނަ ދޮރާށި ތަޅުގައި ހިފާލި ތަނާ މީހަކު އޭނަގެ ކޮނޑުމަތީގައި އަތް ބާއްވާލައިފިއެވެ. ސިހިފައި އޭނަ ފަހަތަށް އެނބުރުނު އިރު ހަސަންފުޅު ފެނިގެން އޭނަ ނިއްއަރުވާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

ކުށަކީ ކޮބާ – 07

Next

އަސަރުކުރީ މަށަށެވެ.

Next
March 13, 2024

އަސަރުކުރީ މަށަށެވެ.

Previews
March 12, 2024

ކުށަކީ ކޮބާ – 07



All Right Reserved!