Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ރިވާ ލޭކް، 7

umny Level 210 Stories
March 10, 2024 4 Mins Read
0 Comments

ރޭގަނޑު ކެއުން ހެދުމަށް ހަނޑޫ ދޮންނަން ނިކުތް އައިމިނައަށް އޭނަގެ ހަރަކާތްތައް މަޑުކޮއްލަން ޖެހުނީ ފެނުނު އެއްޗެއްގެ ސަބަބުންނެވެ. ސަތޭކައަށްވުރެ ގިނަ ކަކުނި ގޭގެ މެދުގޯތީގެ އެތެރެ ފާރު ވަށައިގެން ހިނގަމުން ދިއުމުން އައިމިނަ ނުހަނު ބިރުގަތެވެ.

” ސުބްހާނަﷲ… ” އައިމިނަ އޭނަ ދޮންނަން ނިކުތް ހަނޑޫ ތެލި ހިފައިގެން ބަދިގެޔަށްވަނެވެ. އަދި ބޭރު މެދު ގޯއްޗަށް ނުކުމެ އެއްއަތުން ކަނޑިކި ކޮށިކޮއްލަމުން ކަކުނިތައް ދުވަމުން ދިޔަ ދިމާ ބަލާލި އިރު އެންމެ ކަކުންޏެއްގެ ހިލަމެއްވެސް ފެންނާކަށް ނެތެވެ. މިހާ އަވަހަށް އެސޮރުމެން ގެއްލި ދިޔަ ސަބަބު އައިމިނައަށް ވަގުތުން ރޭކާލިއެވެ.

އައިމިނަ އިރުއޮއްސި އަނދިރިވަމުން ދިޔަ އުޑު މައްޗަށް ބަލާލިއެވެ. ބޯވިއްސާރަ ވިލާތަކުން އުޑުމަތި ފުރެމުން ދިއުމުން ހަނދު ފެންނާކަށް ނެތެވެ. އެހެންވެ އޭނަ އިނގިލިން ކޮންމެވެސް އެއްޗެއް ގުނާލިއެވެ. އާނއެކެވެ. މިއަދު މިއީ ބުރު ހަނދު ފުރިހަމަވާނެ ރެއެކެވެ. ކަތީބު ގާތަށް މިވާހަކަ ނަންގަންނަން ދާން ހިތަށް އަރާފައި ވެސް އޭނަގެ މައްސަރުގެ ދުވަސްވަރުގައި ހުރުމުން މިވަގުތުގައި ބޭރަކަށް ނުނިކުމެވޭނެއެވެ. ދެނަމާދު ދޭތެރޭ ދުވަސްވަރުގައި ހުންނަ ދުވަސްތަކުގައި ބޭރަށް ނުނިކުތުމަކީ އައިމިނަ އޭނަގެ ރައްކަލަށް އަޅާ ފިޔަވަޅެކެވެ. ނަމަވެސް ގޯތި ތެރެއިން މިދިމާވީ އަދި އެހެން ކަމެކެވެ.

ގޭގެ މެދުގޯތީގައި އެހެން ހުއްޓާ އައިމިނަ ސިހިގެން ދިޔައީ ކައިރީގައިވި ބޮޑިއަކަށް ހުރި މާގަސްތަކެއް ހެލި ގަތް އަޑަށެވެ. ވައެއް ނުޖެހޭ އެގޯތީތެރޭގައިވި ގަސްތައް ފަހަރަކު ގަހެއް ގަދަޔަށް ހެލެން ފަށައިފިއެވެ. ދެލޯ ބޮޑުކޮއްލަމުން އައިމިނަ ރޭގަނޑަށް ނުކެއްކި ހުރި އެއްޗެއް ވިއްޔާ އެހުރި ގޮތަށް ބަހައްޓާފައި ދުވެފައި އަވަސް އަވަހަށް ގެޔަށް ވަދެ ދޮރު ލައްޕާލި އިރު މާނޭވާ ލެވެނީއެވެ. އަދި އަވަސް އަވަހަށް އޭނަ ފާނޫޒުތައް ދިއްލުމަށްފަހު ގޮސް ކޮޓަރިއަށް ވަތް އިރު ލަކުޑި އެނދުގެ ބޯ ގޮދަނޑިމަތީގައި އޮތް ހަސްނާގެ ގާތުގައި އިށީނދެލިއެވެ.

” ދަރިފުޅު؟ ” ކޮނޑާ ހަމަޔަށް ރަޖާގަނޑެއް އަޅާފައިވާ ހަސްނާގެ މޫނުގައި އައިމިނަ މަޑުމަޑުން ފިރުމާލިއެވެ. ބޮލުގައި ތެތް ރުމާލެއް އަޅާފައިވާ ހަސްނާގެ ދެލޯވަނީ މެރިފައެވެ. އެކުއްޖާ ހުން އައިސް އޮންނަތާ ދެ ދުވަސްވަނީއެވެ. އިރު އިރުކޮޅާ ހުން ގަދަވެ ހުން މަޑުވެއެވެ. މުދިންބެ ނެތުމުން އެކުއްޖާއަށް ފެނެް ކިޔެވޭނެ ގޮތެއް ނެތެވެ. ކައިރި އަވައްޓެރިން ވެސް އައިސް ދިވެހި ބޭސް ހަދަން ބުންޏެވެ. ނަމަވެސް މާދަމާ ނޫން އަނެއް ދުވަހު ޢަލީ މާލެއިން އަންނަ އުޅޭ ވާހަކަ ސިޓީއެެއްގައި ލިޔެފައި ފޮނުވުމުން އައިމިނަ ބޭނުންވަނީ ޢަލީ އައުމުން ދިވެހި ބޭސް ކުރާށެވެ.

ބިރުން ފިތްކެނޑިފައި އިން އައިމިނައަކަށް ހަދާނެ ގޮތެއް ނޭނގުނެވެ. ހަސްނާ އޮތީ ލޯނުހުޅުވޭވަރަށް ހުން ގަދަވެފައެވެ. ބޭރަށް ނިކުމެވޭކަށް ނެތެވެ. ދެންމެ ފެނުނު ކަނުނިތަކަކީ ގެޔަށް ކޮންމެވެސް މީހަކު ސިހުރު ހަދާފައިވާކަމުގެ ނިޝާނެކެވެ. ހަނދުގެ ބުރުހަމަވާ ރޭ އެކަހަލަ ކަމެއްވެފައިވާ ނަމަ އެއެއްޗެހީގެ ބާރު ފޯރާވަރު އެރޭ ތަކުގައި ބޮޑުވެސް ވާނެއެވެ.

ހިތުން ހަނދާން ހުރި ވަރަކުން އައިމިނަ ބަޤަރާ ސޫރަތް ކިޔަވަން އުޅެނިކޮށް ފުރާޅު މައްޗަށް ހީވީ އޮއްގާތަކެއް އުކާ ގަތް ހެންނެވެ. ބޯވާރޭގެ ތިކިތަކުގެ އަޑާއި އެކު ބިރުން ގޮސް އައިމިނަގެ އަޑު ކަރުތެރޭގައި ތާށިވި ކަހަލައެވެ. އޭނަ އަވަސް އަވަހަށް ހަސްނާގެ މަގަތުގައި އެނދުގައި އޮށޯވެލަމުން ހަސްނާ ގަޔާ ކައިރިކޮއްލިއެވެ. އަދި މަޑުމަޑުން ކުރުސި ކިޔެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ކޮންމެ ދުވަހަކު އަބަދުމެ ޤަވައިދުން ކުރުސި ކިޔަވަމުން ދިޔަ އައިމިނައަށް މިރޭ ކުރުސި ކިޔަންވީ ގޮތެއް ނޭނގުނެވެ. ފަށާނެ ގޮތްވެސް އޭނަ ހަނދާން ނެތިއްޖެއެވެ. ސިހުރުގެ ބާރަކީ މިފަދަ އެއްޗެއްކަން އޭނައަށް އެނގުމުން ދެލޯ ކަރުނުން ފުރި ބަރުވިއެވެ. ކުރުސި ނުކިޔެވުނެއްކަމަކު ހިތާ ހިތުން އޭނަ އޮތީ ﷲއަށް ދުޢާ ކޮއްލުމުގައެވެ.

—

ދަންވަރު އައިމިނައަށް ހޭލެވުނީ ހޫނުވާވަރުން ނޯވެވިގެންނެވެ. މަޑުމަޑުން އައިމިނަ ދެލޯ ހުޅުވާލި އިރު ދާދި ގާތުގައި ހިނިއައިސްފައި އިން ކަޅު އެއްޗެއް ފެނުމުން އޭނައަށް ފުންމައިގެން ތެދުވެވުނެވެ. އަދި އެނދުގެ ކަނަށް ޖެހި ހަސްނާގެ އަތުގައި ހިފާ ދަމާ ގެނެސް އެމަންޖެ ވެސް ގަޔާލައި ބޮނޑިކޮއްލިއެވެ. ސިފަ ވަކިނުވާ އެއެއްޗެއް ވަރުގަދަ ހިނިގަނޑެއް ޖަހާލި އިރު ހީވީ ދުންމާރިއެއް ގޮއްވާލި ހެންނެވެ. އައިމިނަ ދެލޯ މަރާ ތަގުލިކޮއްލިއެވެ.

” ކަލޭމެން އެންމެންވެސް މަރުވާނެ…! ”

ނިދިފައި އޮތް އައިމިނައަށް ސިހިފައި ތެދުވެވުނީ ފެނުނު ހުވަފެނެއްގެ ސަބަބުންނެވެ. އޭރު ކައިރީގައި އޮވެގެން ހުންގަދަވެގެން ކުކުރަމުން ދިޔަ ހަސްނާ ފެނިފައި އައިމިނަގެ ހާސްކަން ކެނޑި ދެލޯ ކަރުނުން ފާއްދާލިއެވެ. ދަރިފުޅު ވޭނުގައި އުޅޭތަން ބަލަން އައިމިނައަކަށް ކުޅަދާނައެއް ނުވެއެވެ. އެހާ ދުވަސް ފަހުން ލިބުނު ދަރިފުޅު އެހެން އޮވެ މަރުވާކަށް އޭނަ ބޭނުމެއް ނޫނެވެ.

ހަސްނާގެ ނިއްމަތީގައިވި ފޮތިގަނޑު ބަދަލުކޮށްލުމަށް އައިމިނަ އެނދު ކައިރީގައިވި ފާނޫޒު ހިފައިގެން ވަނީ ގޭތެރެއިން ވަދެވޭ ފާހާނައަށެވެ. ގޭތެރެއިން ވަދެވޭ ގޮތަށް ފާޙާނާ ހުރުމުން ކިތަންމެ ހާވެސް ފަސޭހައެވެ. ނަމަވެސް އިތުރު ޓިނު ލިބެން ނެތުމުން ފާޙާނައިގެ މަތިވަނީ އަދި ނިވާ ނުކުރެވިއެވެ. މިވަގުތު ވާރޭ ނުވެހޭކަމީ އައިމިނަގެ ނަސީބެވެ.

އަތުގައި އޮތް ފޮތިގަނޑު ވަޅުގެ އަރިމަތީގައި އަޅުވާލަމުން ދާނި ވަޅު ތެރެއަށްލައި އޭނަ ފެން ނަގައި ކައިރީގައި ހުރި ބާލީދިއަށް އަޅާލިއެވެ. އަދި ބާލީދި ތެރެއަށް ކައިރީގައިވި ފާރުގައި އަޅުވާފައި ހުރި ތައްޓެއް ލިއެވެ. ތައްޓަށް ފެން އަޅައި އެފެންގަނޑުން ވަޅުގެ އަރިމަތީގައި އޮތް ފޮތިގަނޑު ނަގައި ދޮވެލިއެވެ. އަދި އެފޮތިގަނޑު އަލުން ތެތްމައިގެން ގޮސް ހަސްނާ އޮތް ކޮޓަރިއަށް ވަތް އިރު ހަސްނާ އޮތީ ހަމަޖެހިލައިގެން ނިދާފައެވެ. ކުރިން ކުކުރި ކުކުރުމެއްގެ އަޑެއްވެސް ނީވެއެވެ.

” ދަރިފުޅު ހަސްނާ… ” އައިމިނަ ގޮސް ހަސްނާގެ ކަރުގައި އަތް ޖައްސާލިއެވެ. ހުސް އައި ކަމުގެ އެއްވެސް އަސަރެއް މިހާރަކު ނެތެވެ.

” ދަރިފުޅު ރަނގަޅުތަ؟ ބޮލަށް ތަދުވޭތަ.؟ ” ކުޑަ އިރުކޮޅެއް ކުރިން ވޭނަށް ކެތް ނުވެގެން އުޅުނު ހަސްނާ މިހާރު މަޑުން އޮތުން އައިމިނަ ހައިރާންވެފައި ހަސްނާގެ ގައިގައި ކޮއްޓާލިއެވެ. ހަސްނާ މަޑުމަޑުން ލޯ ހުޅުވާލައި އައިމިނައަށް ބަލާލިއެވެ. ހަތަރުކަޅި ހަމަވެފައިވާ ހަސްނާގެ ދެލޯ ފާނޫޒުގެ އަލީގައި ތަފާތުކަމެއް ވާހެން އައިމިނައަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ. އެދެލޮލުން ފެންނަމުން ދިޔައީ އައިމިނަގެ ލޯބިވާ ދަރިފުޅު އޭނަދެކެ ވާ ލޯތްބެއް ނޫނެވެ. އެދެލޮލުން ބުނެދެމުން ދިޔައީ ހަސްނާ އައިމިނަ ނުވެސް ދަންނަ ކަހަލަ އިހުސާސްތަކެވެ.

” ހަސްނާ… މަންމައާ ވާހަކަދައްކަބަލަ… ދަރިފުޅު ރަނގަޅުތަ؟ ” އައިމިނަ ހަސްނާގެ ކޮލުގައި ކޮއްޓާލިއެވެ. ހަސްނާ ވަކި އެއްޗެއް ނުބުނެ ބޯޖަހާލަމުން އަނެއް ފަރާތަށް އެނބުރުނެވެ. އައިމިނަ ހައިރާން ވިޔަސް ﷲއަށް ޝުކުރު އަދާކުރަމުން އޭނަ ވެސް ހަސްނާގެ މަގަތުގައި އޮށޯވެލިއެވެ.

—

ދޫނިސޫފާސޫފީގެ އަޑުން ފަތިސް ވިކަން އެނގުނެއްކަމަކު އިރު ނާރަނީސް އައިމިނަ މިއަދު ގެއިން ނިކުންނާކަށް ބޭނުމެއް ނުވިއެވެ. ހެނދުނުގެ އިރާއެކު އައިމިނަ ގެއިން ނިކުތެވެ. ބޯވާރޭގެ ސަބަބުން ގަސްތަކުން ފައިބައިވާ އެތަކެއް ފަތްތަކެއްގައި ފެން ހަރުލާފައިވެއެވެ. މުޅި ގޯތިތެރެވަނީ ހަމަހިމޭންކަން މަތީގައެވެ. ހީވާ ކަހަލައެވެ. ދިރޭ އެއްޗެހިވެސް އެގެ ދެކެ ބިރުން އުޅޭ ކަހަލައެވެ. ކަތީބް ހޯދަން ދިއުމަށްވަރު އައިމިނަށް މިވަގުތު މުހިންމުވީ ހަސްނާ ނިދާފައި އޮތުމުން ހޭލަންވާ އިރަށް އަވަހަށް ހަސްނާއަށް ސައި ހެދުމަށެވެ. އައިމިނަ ފުންނޭވާތަކެއް ލަމުން ބަދިގެއަށް ވަނެވެ. ރޭގައި ތައްޔާރު ކުރަން ފަށާފައި ތައްޔާރު ނުކޮށް ހުރި ސާމާނުތައް ވެސް އަލުން ހަދަން ފެށިއެވެ.

” އައިމިނާ… ކޮބާ މިރުހެއް ލިބިދާނެތަ؟ ” ގެޔާއި ޖެހިގެން ހުރި ގޭ އަވައްޓެރިޔަކު ގޮވާލި އަޑު އައިމިނައަށް އިވުމުން އޭނަ ބަދިގެއިން ނުކުތް އިރު ހުރީ ޖެހިގެން ހުރި ގޭ ޢަލީގެ ބޮޑުބޭބެގެ އަންހެނުން ނާސިރާއެވެ. ހެނދުނުގެ ވަގުތުވެސް ދުފާ ރަތްކޮއްލައިގެން އޭނަ ހުރީ ބަދިގެ ފާރު ކައިރީގައި ހުރި މާގަސްތަކާ ކުޅޭށެވެ.

” އަހަން ނާސިރާ… ޖޯލީގައި އިށީނދޭ… މިއަންނަނީ.. ” އައިމިނަ ވަނީގޭތެރެއަށެވެ. މީދާ އެއްޗެހި އަރާނެތީ ކާބޯތަކެތި ރައްކާ ކުރަނީ ގޭގެ މައި ކޮޓަރީގައެވެ. އައިމިނަ ދެ މިރެހެއްވަރު އަތަށް ލައިގެން ނިކުންނަމުން ހަސްނާ ހޭލި ތޯ ބަލަން އެކޮޓަރިއަށް ވަދެލިއެވެ. އޭރުވެސް އަރާމުގައި އެކުއްޖާ ނިދާފައި އޮތުމުން އައިމިނަ ގޮސް އެކުއްޖާގެ ނިއްކުރީގައި އަތް ޖައްސާލިއެވެ. ރޭގެ ދަންވަރު ފަދައިން ހުމެއް ނެތެވެ. އައިމިނަ ހިނިތުންވެލުމަށްފަހު ހަސްނާގެ ނިތުގައި ބޮސްދެމުން ކޮޓަރިން ނިކުންނަން އުޅެނިކޮށް ނާސިރާ ބާރަކަށް ރޮއެގަތް އަޑު އިވުނެވެ.

އައިމިނަ ކަނޑިކި އަރުވާ ޖަހަމުން ބޭރަށް ނިކުތް އިރު ނާސިރާ ދެކަކޫ ޖަހައިގެން އިނީ ފެންގަނޑު ކައިރީގައެވެ. އައިމިނަ ގޮސް ނާސިރާއާއި ހަމަވި އިރު އޭނަގެ ލޯބިވާ ދަރިފުޅު ހަސްނާގެ ފުރާނަ ނެތް މަސްގަނޑު އޮތީ ފެންގަނޑު ތެރޭގައެވެ. ދެލޯ ކޮޅަށް ޖެހި މުޅީ ކުއްޖާވަނީ އެކަށް ހުދުވެފައެވެ. އަނގައިގެ ދެކައިރިން އޭރުވެސް ސޮނި ފާޑު އެއްޗެއް ފައިބަމުން ދިޔައެވެ.

” އައިމިނަ. މިއީ ކިހިނެތްވީ ކަމެއް؟ ” ނާސިރާ ކުރިއަށްވުރެ ބޮޑަށް ރޮއެ ގަންނަމުން އައިމިނައާއި ސުވާލުކުރިއެވެ. ހަރަކާތް ހުއްޓިފައިވި އައިމިނަގެ އަނގައިން އެންމެ ބަހެއްވެސް ނުނިކުތެވެ. އޭނަ ހަސްނާ ކައިރިން ކޮޓަރިން އެއައީ ދެންމެއެވެ. އެތުއްތުކުއްޖާގެ ނިތައް ބޮސްދީފައެވެ. މިވީ ކިހިނެތް ހެއްޔެވެ؟ މިފެންގަނޑުގައި މިއޮތީ އޭނަގެ ދަރިފުޅު ކަމަށް ވަންޏާ އެނދުގައި އެއޮތީ ކާކު ހެއްޔެވެ؟ ރޭގައި ފާޙާނައަށް ވަދެފައި އައި ފަހުން ހަސްނާގެ ދެލޮލުން ތަފާތުކަމެއް ފެނުނީ އެއީ ހަސްނާއަށް ނޫން ވީމައި ހެއްޔެވެ؟ ސުބްހާނަﷲއެވެ. އެއީ ހަސްނާގެ ސިފައިގައިވި ޖިންނިއެއް ހެއްޔެވެ؟

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

ކުށަކީ ކޮބާ – 06

Next

ދީވާނާ ކޮއްލީ ތިޔަ ލޯބިންނޭ….._3

Next
March 11, 2024

ދީވާނާ ކޮއްލީ ތިޔަ ލޯބިންނޭ….._3

Previews
March 10, 2024

ކުށަކީ ކޮބާ – 06



All Right Reserved!