ހަސްފަތާލުގައި ޙަދީޖާ އެޑްމިޓް ކޮއްފައި އޮތް އިރު ކައިރީގައި މާހިލްއާއި މައިރީންވެސް އިނެވެ. އެދެކުދިންގެ ލޮލުންވެސް ދިޔައީ ކަރުނައިގެ މުތީތަށް ބަބުޅަމުންނެވެ. ކުއްލިއަކަށް މަންމަ މިފަދަ ކަމެއް ކުރިޔަތީވެ ގަބޫލު ކުރަން ދަތިވެފައިވާ ހާލުގައެވެ. [ދޮންބެ އެބަ އަންނަން އިނގޭ] ބޮލުގައި އަތްއަޅައިގެން އިނދެފައި މަޑު ހިނގުމެއްގައި މާއިލް ނިކުމެ ހޮސްޕިޓަލް ބޭރުގައި އިންތަނުން ބެންޗްއެއްގައި އިށީނެވެ. އަދި ފޯނުނަގާ ނޫރާގެ ނަންބަރަށް ޑައިލް ކޮއްލިއެވެ. [އަންނަ ހޯމަ ދުވަހަށް ރަން ކިޔަން ކުރަންތައްޔާރުވޭ… ހަފްތާއެއްފަހުން ކައިވެނި […]
ދެލޯ ހުޅުވާލެވުމާއި އެކު ޙަދީޖާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ލެއިން ތައިތް ތެޅިފައި އޮތް މާހިލްއާއި މައިރީންއެވެ. ******* [މާހިލޫ؟ މައިރީން؟ ހެޔޮނުވާނެ ކޮންމެސް މީހަކު އަހަރެމެން ސަލާމަތް ކޮއްދީ މަގޭ ދަރިން މިތިބީ މަރާފައޭ ހެޔޮނުވާނެ.. މީހެކޭ!! މާއިލޫ!!] އަތްފައި ބަނދެފައި އިނުމުން ޙަދީޖާއަށް އިންތަނުން ހިރުވައިވެސް ނުލެވުނެވެ. ފެނިގެން ދިޔަ މަންޒަރުން ޙަދީޖާގެ ހިތަށް ފުންއަސަރު ތަކެއް ކުރުވިއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ބަފަޔަކާ ނުލާ ނިކަމެތި ހާލުގައި ބަލާ ބޮޑު ކުރި ދަރިން […]
އަތުގައި ބެންޑޭޖު އަޅައިލަމުން ޔާއިދު އަތުގައި ފިރުމާލިއެވެ. މި ލަކުނު މިއީ ޔާއިދު ނޫރާދެކެ އުމުރު ދުހު ލޯބިވާނެކަމަށް އޭނާ އަމިއްލަ ނަފްސަށް ވީ ވައުދުގެ ނިޝާން ކަމުގައި ޔާއިދު ދެކުނެވެ. ކުއްލިއަކަށް ސިހިފައި ޔާއިދު ފަހަތް ބަލައިލީ ދޮރު ހުޅުވާފައި ވައިން ނޫރާ ފެނިފައެވެ. [ޔާދު އިޓްސް ޓައިމް ޓު ޕްލޭ.. ނައު ވީ ހޭވް ދި ބޯލް.. މާއިލް ވިލް ބީ މައިން ސޫން ހެހެ] ނޫރާގެ ލޮލުގައި ވިދަމުން ދިޔައީ ޝައިތާނީ ވިދުމެކެވެ. […]
ދެލޯ ބޮޑުވެފައި އިން ނޯޔާއަށް ޓީވީ ނިއްވާލެވުނެވެ. މަޑު މަޑު ތުރުތުރެއްހަށިގަނޑުގައިވީ އިރު ސިކުނޑިވީ ޝައްކާއި ވަހުމުން ފުރިފައެވެ. ލަސް ހިނގުމެއްގައި ނޯޔާގޮސް ރުވާންގެ ކޮޓަރީގެ ދޮރުހުޅުވާލިއެވެ. ނޯޔާގެ ޝައްކު ޔަގީންވީ އެހިސާބުންނެވެ. ******** ޖޯލި ފަތީގައި އޮތް ޔޫރާ އޮތީ ބިރުން ރޫރޫ އަޅައެވެ. އަތުގެ ނިޔަފަތިތަށް ހަފަމުން ދިޔައިރު ދެން ޔުސްރާ މިކަމާމެދު ބުނާނެއެއްޗަކާއި މެދު ޔޫރާގެ ހިތުގައި ދިޔައީ ބިރުވެރިކަން އުފެދެމުންނެވެ. މެންދުރު 12 ޖެހި އިރުވެސް ޔުސްރާ ފެންނަން ނެތުމުން ޔޫރާގެ […]
ކޮޓަރިއަށް ރަނގަޅަށް ނަޒަރު ހިންގާލި އިރަށް ޔާއިދުގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ރީތިވާ މޭޒު މަތީގައި އޮތް ކަޓަރު ތިލައެވެ. ******** ލަސް ހިނގުމެއްގައި ގޮސް ޔާއިދު އެކަޓަރު ތިލަ ނެގިއެވެ. އެ ހިފައިގެން ކުރިންވެސް އިންތަނަށް ޔާއިދު ނިކުތެވެ. ކަޓަރު ތިލަޔަށް ބަލަން އިނުމަށް ފަހު ޔާއިދު އޭނާގެ އަތުގައި ތިލައަޅުވާލިއެވެ. ހަންގަނޑު ތޮރުފަމުން ޔާއިދު އެލިޔަނީ އެހެން ދެވަނަ މީހެއްގެ ނަމެއް ނޫނެވެ. ނޫރާގެ ނަމެވެ. ********* [އަދިވެސް ބަލަން ހުރީތަ؟ ހަމަ […]
ޖެހިގެންއައި ދުވަހު ރަށު އެންމެންގެ ދުލުކުރީގައި އޮތީ އިހާނަތި ގޮތަކަށް މަރާލާފައި އޮތް ފިރިހެނެއްގެ ވާހަކައެވެ.. ******** ***10 ގަޑި އިރު ކުރިން*** [ސަނީ ސައިޑް] ބޮޑު ފިހާ ބަންދު ކޮއްފައި މޫސަ ހިނގައިގަތީ ގެއަށް ދިޔުމަށެވެ. ސައިކަލު ޕެޓްރޯލް ހުސްވެފައި ވުމުގެ ސަބަބުން މޫސަ ގެއަށް ދިޔައީ ހިނގާފައެވެ. ކުއްލިއަކަށް އައިނައި ތަނެއް ނޭނގި މީހަކު މޫސަ އަނގަމަތީގައި ފޮތި އެޅިއެވެ. ދެންވީނުވީއެއް މޫސައަކަށް ނޭނގުނެވެ. ދެލޯ ހުޅުވާލެވުނު އިރު މޫސަ އޮތީ އަތިރި މަތީގައި […]
ލާރާގެ ދަބަހުގައި އޮތް ވަރީގެ ފޯމު ފެނި އީން ހައިރާންވިއެވެ. [ލާރާ މިއީ ކޮންކަމެއް.؟] އަވަސް އަވަހަށް އީން އަހާލިއެވެ. ލާރާއަށް ކެއްވީ އެހިސާބުންނެވެ. ރޮއިގަންނަމުން އީން ގައިގައި ލާރާ އޮޅުލައިގަތެވެ. ********* [އިއްނޫ…. މާއީ.. މާއިލް… ހީ ޗީޓެޑް އޮންމީ…] ރޮމުން ރޮމުން ލާރާ ބުނެލިއެވެ. އީންގެ ދެލޯ ދިޔައީ ބޮޑު ވެގެންނެވެ. [ވަޓް ދި ހެލް؟ ހީ ޗީޓެޑްއޭ؟؟؟ ކިހިނެތް ވީ ކަމެއްތިއީ؟] މިއަދު ހެނދުނު ފެނުނު މަންޒަރު ލާރާ އީންއަށް ކިޔައިދިނެވެ. އަދި […]
ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކުގެ ސަބަބުން މަންޒަރު ދިޔައީ ފުސްވަމުންނެވެ. ހިތުގައި އަޅަމުން ދިޔަ ވޭން ދިޔައީ ހިނދަކަށް ފަހު ހިނދެއްގަދަވަމުންނެވެ. މިއަދު އޮޕަރޭޝަން ކުރާ އެނދުމަތީގައި މިއޮތީ އަހަރެން އެންމެ ބޭނުން ނުވި ފަރާތެވެ. ކައިރީގައި ތިބި ނަރުހުން އަހަރެންނާއި ދިމާލަށް ބަލަހަށްޓަން ހުރީ ހަމްދަރުދީގެ ލޮލަކުންނެވެ. ހަގީގަތުގައި އަހަރެން ހުރީ އޮޕަރޭޝަނެއް ކުރެވޭފަދަ ހާލެއްގައެއް ނޫނެވެ. ނަމަވެސް މިއަދު މިއެނދުމަތީގައި މިއޮތީ އަހަރެން މުޅި ހަޔާތުގަވެސް އެންމެ ލޯބިވި ފަރާތެވެ. މި އޮޕަރޭޝަން ކުރަން […]
މަންމަ ގާތުގައި ވަރަށް އަވަހަށް ބެރަށް ގޮސްލާފަ އެބަ އަންނަމޭ ބުނެ ކުޑަ ގޮތެއްހަދައިގެން ލާރާ އަވަސް ހިނގުމެއްގައި ހިނގައިގަތެވެ. ނަމަވެސް ބޭރު ދޮރު ހުޅުވާލުމާއެކު ފެނުނު މަންޒަރުން ލާރާއަށް ހީވީ މުޅި ދުނިޔެވެސް އެނބުރި ގައިންހެންނެވެ. އިސާހިތަކު ލާރާގެ ދެލޮލަށް ކަރުނަ ޖަމާވެގަތެވެ. [މާއިލް!!!!] ލާރާގެ އަޑުގައި ރުޅިވެރި ކަމާއި ހިތާމަވެރިކަންވެސް ވިއެވެ. ********* ހެނދުނުގެ ހަމަހިމޭން މަގުތަކުގައި މާއިލް ދުވަމުން ދިޔައެވެ. ލާރާއާއި ކައިވެނި ކުރި ފަހުން ކޮންމެ ދުވަހަކުވެސް ހެނދުނު މާއިލް ދުވަންދެއެވެ. […]