Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބްލަޑް 7

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 23, 2024 2 Mins Read
1 Comment

ދެލޯ ބޮޑުވެފައި އިން ނޯޔާއަށް ޓީވީ ނިއްވާލެވުނެވެ. މަޑު މަޑު ތުރުތުރެއްހަށިގަނޑުގައިވީ އިރު ސިކުނޑިވީ ޝައްކާއި ވަހުމުން ފުރިފައެވެ. ލަސް ހިނގުމެއްގައި ނޯޔާގޮސް ރުވާންގެ ކޮޓަރީގެ ދޮރުހުޅުވާލިއެވެ. ނޯޔާގެ ޝައްކު ޔަގީންވީ އެހިސާބުންނެވެ.

********

ޖޯލި ފަތީގައި އޮތް ޔޫރާ އޮތީ ބިރުން ރޫރޫ އަޅައެވެ. އަތުގެ ނިޔަފަތިތަށް ހަފަމުން ދިޔައިރު ދެން ޔުސްރާ މިކަމާމެދު ބުނާނެއެއްޗަކާއި މެދު ޔޫރާގެ ހިތުގައި ދިޔައީ ބިރުވެރިކަން އުފެދެމުންނެވެ. މެންދުރު 12 ޖެހި އިރުވެސް ޔުސްރާ ފެންނަން ނެތުމުން ޔޫރާގެ ހިތުގައި އޮތް ބިރުވެރިކަން ދިޔައީ ބޮޑު ވަމުންނެވެ. ތުރުތުރު އަޅާ ހާލު ފޯނު ނަގާ ރުވާންގެ ނަންބަރަށް ގުޅާލެވުނީ ރުވާންގެ ފަރާތުން ހިމާޔަތް ލިބޭނެ ކަމަށް ޔޫރާގެ ހިތް ބުނަމުން ދިޔައީތީވެއެވެ.

[ޔޫރާ!!!!!!!]

*******

އެނދުމަތީގައި ނިދިފައި އޮތް ރުވާންގެ އަނގަ މަތީގައި އޮތީ ހުސް ލެޔެވެ. ލައިގެން އޮތް ހުދު ޓީޝާޓުގަޔާއި އަތުގައިވެސް އޮތީ ހުސް ލެޔެވެ. މަޑު މަޑުން ދޮރު ލައްޕާލަމުން ނޯޔާ ގުޅާލީ ނަބީލްގެ ނަންބަރަށެވެ. އޭރުވެސް ނޯޔާގެ ހިތް ކެއްނުވާވަރަށް ދިޔައީ ތެޅެމުންނެވެ.

[ރުވާން؟؟ ރުވާން؟؟] ނިދިފައި އޮތް ރުވާންއަށް ހޭލެވުނީ ނަބީލް ގޮވަމުންނެވެ. ދެލޯ ހުޅުވާލުމަށް ފަހު އަނެއްކާވެސް ދެލޯ މަރާލީ ހަށިގަނޑުގައި ލޮޑު ކަން ހުރުމުންނެވެ. [ރުވާން…. އިސް ދެޓް ޔޫ..؟ ހޫ ޑިޑް ދެޓް ޓު މޫސަ؟] ނަބީލް އެއްސެވެ. ދެލޯ ހުޅުވާލަމުން ރުވާން ތެދުވެ އިށީނެވެ. [ހޫމް..] ރުވާންގެ ޖަވާބު ކުރެވެ. އޭރު ވެސް އެ މޫނު މަތީގައި ބަބުޅަމުން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. [ކީއްވެ؟-] [ނަބީލް ޕްލީޒް ސްޓޮޕް އެކްޓިންގް އިނޮސެންޓް… ޔޫ ނޯ އައި ލަވް ޔޫރާ.. އޭނަ މަންމަ އެއުޅުނީ އެ މުސްކުޅި މީހާއަށް މަގޭ ޔޫރާ ދެވަން ވެގެން.. ލައިކް އައިވުޑް އެވާރ ލެޓް ދެޓް ހެޕެން..] ނަބީލް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވުނީ ރުވާން ވާހަކަ ދައްކަން ފެށުމުންނެވެ. ބޭރުގައި ދެމީހުންގެ ވާހަކަ އަޑުއަހަން ހުރި ނޯޔާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަވަސް އަވަހަށް ފޯނު ހޯދާލީ ރަވާންއަށް ގުޅާ އެ ޙަބަރު ދިނުމަށެވެ. ނަމަވެސް ރަވާންވީ ސިންގަޕޫރުގައި ސައިންސް އެކްސްޕެރިމެންޓްއެއް ހެދުމުގައި ކަމުން، އެ ޙަބަރުދީ ރަވާންއަށް އެކަން ނުވުމުގެ ސަބަބަށް ވާން ނޯޔާ ބޭނުން ނުވުމުން ރަވާންއަށް ގުޅުމުގެ ޙިޔާލު ނޯޔާ ދޫކޮށްލިއެވެ. ނަމަވެސް ނޯޔާއަށް ނޭނގުނު ކަމަކީ އެއީ ނޯޔާއަށް، ނޯޔާގެ އަމިއްލަ ހަޔާތަށް ހިތާމަވެރިކަމުގެ ދޮރު ހުޅުވާލި ކަމަކަށް އެކަންވާނެ ކަމެވެ.

*******

ފެންވަރައިގެން ނިކުން ރުވާން ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ރިންގުވަމުން ދިޔަ ފޯނެވެ. ނޫނެކެވެ. ގުޅަމުން ދިޔަ ފަރާތެވެ. ގުޅަމުން ދިޔައީ ޔޫރާ ކަމުން އަވަސް އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖެހިއެވެ. ދެންފެނުނީ ބާރު ދުވެއްޔެއްގައި ރުވާން ގެއިން ނުކުންތަނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

މަގޭ މާއިލް 15

Next

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…31

Next
May 23, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…31

Previews
May 23, 2024

މަގޭ މާއިލް 15

One Comment

  1. ސްލީޕިން ބިއުޓީ says:
    May 23, 2024 at 4:55 pm

    Haadha kuree mi part
    But vrh superb
    Anehkaa kihineh v baa
    Next part dhigukoh genesdhehchey
    Lysm dear shihaa😘

Comments are closed.

Next Episodeބްލަޑް 2 (1)←


All Right Reserved!