މިދިޔަ ހަފްތާ ހޮނިހިރުން ފެށިގެން އަދިވެސް އަޅުގަނޑު ބަލިވެ އުޅޭތީވެ ރަނގަޅުވަންދެން ވާހަކަ ނުލިޔެވޭނެ ވާހަކަ ހިތާމަޔާއިއެކު ދަންނަވާލަން… އިންޝާ ﷲ ރަނގަޅުވީހާ އަވަހަކަށް “މަގޭ މާއިލް” ޕާރްޓް 10 އަދި 11 އަޕްލޯޑް ކޮއްލަދޭނަންން… އަދި “ބްލަޑް” ގެ ޕާރްޓް 2 އަދި 3 އަޕްލޯޑް ކޮއްލަދޭނަން އިންޝާ ﷲ … އަދިވެސް ވާހަކަ ލަސްވާނެތީވެ ހުރިހާ ކިޔުންތެރިން ކިބައިން މަޢާފަށް އެދެން… ހޯޕް ޔޫ އޯލް ވިލް އަންޑާރސްޓޭންޑް…
3 ހަފްތާ ފާއިތުވެގެން ދިޔައީ އެސްފިޔަ ޖަހާލާހާ އަވަހަށެވެ. އެގޮތުން މިއަދު މިއީ ލާރާ އަދި މާއިލް، އީން އަދި ވިޝާމްގެ ކައިވެނި ކުރެވޭނެ ދުވަހެވެ. ޔަގީނުންވެސް އެހަތަރު މީހުންގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި އެއް ދުވަހެވެ. ނަމަވެސް އުސްގަނޑަކަށް ފަހު އަޑިގަނޑަކާވެސް ކުރިމަތި ލާން ޖެހެއެއްނޫން ހެއްޔެވެ؟ ކައިވެނީގެ ބޮޑު ހެދުމުގައި ތައްޔާރުވަމުން ދިޔަ ލާރާއާއި އީން އާއި އެއްފަދައިން ކޯޓު ފަޓުލޫނުގައި ތައްޔާރުވަމުން ދިޔަ މާއިލްއާއި ވިޝާމް އެކޭ އެއްފަދައިން އެ ކައިވެންޔަށް […]
ހަމަ ހިމޭންވެފައި އޮތް ފަޒާގައި ގުގުމާލީ ފަތިސް ނަމާދުގެ ބަންގީގެ މޫރިތި ކަލިމަ ތަކުގެއަޑެވެ. ރަތް ކުލައިންނާއި ކަޅު ކުލައިން ޖަރީ ކުރެވިފައިވާ ބޮޑު ކޮޓަރި ތެރޭގައި، އަރާމު ނިންޖަކުން ނިދާލާފައި އޮތް ރުވާންއަށް ހޭލެވުނީ ވެސް އެވަގުތެވެ. މަޑު މަޑުން އެސްފިޔަތައް ތަޅުވާލަމުން ރުވާން ދެލޯ ކަހާލިއެވެ. އަވަހަށް މިސްކިތަށް ދާން ތައްޔާރުވުމަށް ރުވާން ތެދުވެ އެނދުމަތި ރީތި ކޮއްލިއެވެ. މަޑު ހިނގުމެއްގައި ހިނގާލާފައި ގޮސް ފާހާނާއަށް ވަނެވެ. ފާހާނައިގައިވެސް ރަތް ކުލައާއި ކަޅު ކުލައެވެ. […]
[އޯހް ވާއު… ސޯ ދޭ ގެޓިން މެރިޑް އެޓް ދަ ސޭމް ޑޭ؟ ހެހެހެ އަވަރ ޕްލޭން ޖަސްޓް ގޮޓް އީޒިއާރ..] މަންޒަރު ބަލަން ހުރެފައި، ކައިރީގައި ހުރި ނޫރާ ގާތުގައި ޔާއިދު ބުނެލިއެވެ. ދެމީހުން އެކީ ޖަހާލީ ނުލަފާ ހިނިގަނޑެކެވެ. މަކަރުން ފުރިފައިވާ މި ދެމީހުންގެ ސަބަބުން ދެން މި ދެ ޖޯޑަށް ވާނީ ކިހިނެތްބާއެވެ؟ ******** އަރާމު ނިދިން ނިދާލާފައި އޮތް މާއިލްއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ކުކުރާލަމުން އެއްލޯ ހުޅު ވާލާފައި […]
އައްސަލާމު އަލައިކުމް، މި ވާހަކަ މިއީ އަޅުގަނޑުގެ ދެވަނަ ކުރުވާހަކައެވެ. މިއީ ރޯދަމަހާއި އެކު ގެނެސްދޭން އަޅުގަނޑު ލިޔުނު ވާހަކައެކެވެ. ނަމަވެސް އަޕްލޯޑް ކޮއްލެވުނެއް ލަސްވީ، މިވާހަކަ މިއީ އަޅުގަނޑު ވަރަށް ގިނަ ރީސާރޗެސް ހަދައިގެން ލިޔުނު ވާހަކައަކަށް ވާތީއެވެ. މި ވާހަކައަކީ “ފޭންޓަސީ” ވާހަކައެވެ. ކިޔާލަން ތަފާތު ލޯބީގެ ވާހަކަ އެކެވެ. ކިޔުންތެރިންގެ ޙިޔާލު ކޮމެއްންޓުގައި ފާޅު ކޮއްލަދިނުން އެއީ އަޅުގަނޑުގެ ވަރަށް ބޮޑުއެދުމެކެވެ. މި ވާހަކަ ލިޔުމުގައިވެސް ކިޔުންތެރިންގެ ހިތްވަރު ލިބޭނެކަމަށް އުންމީދުކުރަމެވެ. އިރާދު […]
[އޯކޭ ސޯ ގާއިޒް. ވަޓްއައި ވޯންޓެޑް ޓު ޓެލް ޔޫ އިސް އައި ގޮޓް އަ 6 އިއާރ ކޯރސް ޓު ސްޓޑީ ބައޮލޮޖިސްޓް އިން ކެނެޑާ. އޯ އެމް ޖީ މައި ޑްރީމް އިސް ފައިނަލީ ކަމިން ޓްރޫ] އައި ޖަހާލަމުން އީން ބުނެލި ގޮތުން ހީވަނީ ހަމަ ކުޑަ ކުއްޖެއް ހެންނެވެ. އެންމެ ކުޑަ އިރުން ސުރެވެސް އީން ބޭނުންވަނީ ބައޮލޮޖިސްޓްއަކަށް ވާށެވެ. އީންގެ އެ އުންމީދު ފުރިހަމަ ވާތީ އުފާވި ނަމަވެސް ވިޝާމް […]
ދުވެފައި ގޮސް އަނާގެ ކޮޓަރި ދޮރު ހުޅުވާލި އިރު ފެނުނު މަންޒަރުން އީންގެ މުޅި ދުނިޔެ ފުނޑު ފުނޑުވި ފަދައެވެ. ހިނދުކޮޅަކަށް ދުނިޔެ ހިނގުން ހުއްޓުނުހެންވެސް އީންއަށް ހީވިއެވެ. ގަބުވެފައި ހުރި އީން ފެނުމުން ވިޝާމް ވެސް ގޮސް ބަލައިލިއެވެ. ފެނުނު މަންޒަރުން ވިޝާމްވެސް ދިޔައީ ސިއްސައިގެންނެވެ. އީންގެ ހިތައް ވާނެ ތަދު ހިތައް އަރާފައި ވިޝާމްގެ ހިތައްވެސް އަސަރު ކުރިއެވެ. [މަންމާ!!!] އިށީންދެއިން ފުރޮޅުލީ ގޮނޑިއާއި އެކު ބިންމައްޗައްވެއްޓިފައި އޮތް އަނާފެނި އީން ދުވެފައި ގޮސް […]
ކޮޓަރީގެ ކަނެއްގައި އިށީންދެ އިން ނޫރާގެ ލޮލުގައިވީ ނަފްރަތެވެ. ކޮޓަރި ތެރޭގައި ވީ ހުރިހާ އެއް އެތަން މިތަނަށް އުކާލާފައި ވީ އިރު ބިންމަތީގައި ތަޅައިން ގޮސް އޮތް ސެންޓުފުޅިއެތް އޮތެވެ. ބާލިސް ތަކާ ބެޑުޝީޓާވެސް އޮތީ ބިންމަތީގައެވެ. މުޅި ކޮޓަރި ތެރެއަށް ހީވަނި ތޫފާނެއް އަހިސްފައި ހެންނެވެ. [އެވަރުންވެސް އަޅެ އޭއްޗަކު މަރުވާކަށް ނޫޅުނެއް ނުން.. ނޫންނޫން.. މިވަރަކުން މަ މިކަމެއް ނުނިންމާނަން. އަހަރެން މާއިލް ހޯދާނަން.. އެއީ އަހަރެންގެ ހައްގެއް.] ނޫރާ ބުނެލިއެވެ. އަދި […]
ލާރާ އެނދުން ތެދުވެ އަލަމާރި ކައިރީ ހުއްޓުނެވެ. އެވަގުތު މީހަކު ދޮރު ހުޅުވާލިއެވެ. އިއަރ ޕޮޑްސް ޖަހައިގެން ހުރުމުން މީހަކު ވައިން ކަމެއް ލާރާއަކަށް ނޭނގެއެވެ. އޭނަ އެތެރެއަށް ވަދެ ދޮރު ތަޅުލިއެވެ. އަދި ޖީބުގައި އޮތް ވަޅި ނެގިއެވެ. ކަޅު ކުލައިގެ ލޭސް ފޮތީގެ އަބާޔާއެއް ނަގާ ފަހަތައް އެނބުރުނު ލާރާ ދިޔައީ ސިއްސައިގެނެވެ. ދޮރު ކުރިމަތީގައި ކަޅު ކުލައިގެ ހޫޑީ އަކާއި ކަޅު ކުލައިގެ ޖިންސް އެއް ލައިގެން މޫނު މަތީގައި މާސްކެއް އަޅައިގެން […]