ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކުގެ ސަބަބުން މަންޒަރު ދިޔައީ ފުސްވަމުންނެވެ. ހިތުގައި އަޅަމުން ދިޔަ ވޭން ދިޔައީ ހިނދަކަށް ފަހު ހިނދެއްގަދަވަމުންނެވެ. މިއަދު އޮޕަރޭޝަން ކުރާ އެނދުމަތީގައި މިއޮތީ އަހަރެން އެންމެ ބޭނުން ނުވި ފަރާތެވެ. ކައިރީގައި ތިބި ނަރުހުން އަހަރެންނާއި ދިމާލަށް ބަލަހަށްޓަން ހުރީ ހަމްދަރުދީގެ ލޮލަކުންނެވެ. ހަގީގަތުގައި އަހަރެން ހުރީ އޮޕަރޭޝަނެއް ކުރެވޭފަދަ ހާލެއްގައެއް ނޫނެވެ. ނަމަވެސް މިއަދު މިއެނދުމަތީގައި މިއޮތީ އަހަރެން މުޅި ހަޔާތުގަވެސް އެންމެ ލޯބިވި ފަރާތެވެ. މި އޮޕަރޭޝަން ކުރަން […]
މަންމަ ގާތުގައި ވަރަށް އަވަހަށް ބެރަށް ގޮސްލާފަ އެބަ އަންނަމޭ ބުނެ ކުޑަ ގޮތެއްހަދައިގެން ލާރާ އަވަސް ހިނގުމެއްގައި ހިނގައިގަތެވެ. ނަމަވެސް ބޭރު ދޮރު ހުޅުވާލުމާއެކު ފެނުނު މަންޒަރުން ލާރާއަށް ހީވީ މުޅި ދުނިޔެވެސް އެނބުރި ގައިންހެންނެވެ. އިސާހިތަކު ލާރާގެ ދެލޮލަށް ކަރުނަ ޖަމާވެގަތެވެ. [މާއިލް!!!!] ލާރާގެ އަޑުގައި ރުޅިވެރި ކަމާއި ހިތާމަވެރިކަންވެސް ވިއެވެ. ********* ހެނދުނުގެ ހަމަހިމޭން މަގުތަކުގައި މާއިލް ދުވަމުން ދިޔައެވެ. ލާރާއާއި ކައިވެނި ކުރި ފަހުން ކޮންމެ ދުވަހަކުވެސް ހެނދުނު މާއިލް ދުވަންދެއެވެ. […]
ލޯގަނޑު ކުރި މަތީ ހުއްޓި ޔޫރާ އޭނާގެ އަމިއްލަ ސޫރައަށް ބަލައިލިއެވެ. އެވަގުތު މޫސަގެ އެ ހަޑި މުޑުދާރު އަމަލުތަށް ޔޫރާއަށް ސިފަވެގެން ދިޔައެވެ. އެވަގުތު ޔޫރާ ލޮލުގައި އަޅައިގަތީ މާދުރު ނޫން ހިސާބެއްގައި އޮތް ބޮޑު ކަތުރެވެ. ******** ޔޫރާ ބަލާކަށް ނުހުރެ ގޮސް ކަތުރު ނެގިއެވެ. އަވަސް ހިނގުމެއްގައި ހިނގާފައި އަހިސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ޔޫރާގެ އަމަލުތަށް އަވަސް ވެފައި ހުރުމުން ޔޫރާގެ ދެއަތް ވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ. ބޮޑު ކަތުރު […]
ލާރާ ގޮވައިގެން މާއިލް އަހިސް މަޑު ކޮއްލީ އަތިރި މަތީގައެވެ. ލާރާ އަތުގައި ހިފައިގެން މާއިލް ހިނގައިގަތެވެ. ވެލިގަނޑު މަތީގައި މާއިލް އިށީންދެލައިގެން އިން އިރު ލާރާ އޮތީ މާއިލް އުނގުގައެވެ. [އައިމް އޯކޭއޭ ނައޫ.. ދެން ޑޯންޓް ވޮރީ ލަވް] މާއިލް ލާރާ ގާތު މާފަށް އެދުމުން ލާރާ ބުނެލިއެވެ. މާއިލް ހިނިތުން ވެލަމުން ލާރާ އަތުގައި ބޮސް ދިނެވެ. [ލޫކް.. ޝޫޓިންގް ސްޓާރ އެއް.] ކުއްލިއަކަށް ތެދުވެ އިށީންނަމުން ލާރާ ބުނެލިއެވެ. [އަވަސް ވިޝްއެއް […]
އެކުވެރިންނާއި އެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮއްލުމަށް ފަހު ޔޫރާ މަޑު ހިނގުމެއްގައި ގެއާދިމާލަށް ހިނގައިގަތެވެ. ކިތަންމެ ހިތް ހަމަ ޖެހިފައި ހުއްޓަސް ރުވާން ނެތުމުގެ ފަޅުކަން ދިޔައީ އިންތިހާއަށް ކުރެވެމުންނެވެ. ފުން ނޭވާއެއްލާ ހަމަ ޖެހިލަމުން އަވަހަށް ހިނގައިގަތެވެ. ލަސް ހިނގުމެއްގައި ހިނގާފައި ގެއަށް ވައިން ޔޫރާއަށް މަރުހަބާކީ ހޫނު އަތް ތިލައެކެވެ. ********* [ކަލޭ މިހާރު ކޮންތާކަށް ވަދެފަ ތިއައީ؟؟ މިދެން ކިހާ ދެރަކަމެއް؟ ރަނގަޅަށް ވާއިރު ކޮންމެސް ފިރިހެނެއްގާތުގައި އޮވެފައި އެ އަންނާނީ.. […]
އޭތި ފެނުމުން އިބްރާހިމްބެ މޫނު މަށްޗަށް އެރި ކުލަވަރުންވެސް މާއިލްއާއި ވިޝާމްގެ ބިރުވެރިކަން ދެގުނަވިއެވެ. އެއީ ކިހިނެތް ލިބުނު އެއްޗެއްކަން މާއިލް ކިޔައިދިނެވެ. އިބްރާހިމްބެ ދޫކޮށްލީ ފިނި ނޭވާއެކެވެ. މިއީ ބޮޑު ވާހަކައެކެވެ. މިވާހަކަ މާއިލް ގާތުގައި ބުނާނީވެސް ވަކި ކިހިނެތް ހެއްޔެވެ؟ ނަމަވެސް ބުނުން ވަރަށް މުހިއްމެވެ. [މާއިލް.. މިއީ ދެމަފިރިން ދުރުކުރުމަށް ސިހުރު ހެދުމުގައި ގެންގުޅޭ ބާވަތެއް….] އިބްރާހިމްބެގެ އަޑު ކިތަންމެ މަޑުވިޔަސް މާއިލްއަށާއި ވިޝާމްއަށް އެއަޑު އިވުނީ ހޮނު ގުގުރިއެއް ފަދައިނެވެ. [ވަޓް […]
[ރުވާން…އައި..އައި ލައިކް ޔޫ..ނޯ.. އައި ލަވް ޔޫ ރުވާން.. ވަރަށް ވަރަށް ބޮޑަށް…] ދެލޯމަރާ ތަގުޅިކޮށްލަމުން ހެއްދެވި ފަރާތަށް ވަކީލު ކޮށްލަމުން ޔޫރާ ބުނެލިއެވެ. އިރުކޮޅެއްވީ އިރުވެސް ރުވާން އެއްޗެކޭ ނުބުނުމުން ޔޫރާ ހިތުގައި ރިއްސާލިއެވެ. ޔޫރާ މަޑު މަޑުން އެއްލޯ ހުޅުވާ ރުވާންއާއި ދިމާލަށް ބަލައިލިއެވެ. ފެނުނު މަންޒަރުން ޔޫރާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އަބަދުވެސް ހަމަޖެހިލާފައި ހުންނަ ރުވާން މިއަދު އެހުރީ ރުޅި އަހިސް ރަތްވެފައެވެ. ޔޫރާ ދުވަހަކުވެސް ރުވާން އެހާ ރުޅި އަހިސް […]
އަޅުގަނޑުގެ ޖީސީ ދުވަސް ކޮޅު ކަމުން މިދުވަސް ކޮޅު ވާހަކަ ނުގެނެވިދާނެ ވާހަކަ އަޅުގަނޑު ހިތާމަޔާއި އެކު ބުނެލަމެވެ. ޖީސީ ނިމުމުން ކޮންމެ ދުވަހަކުވެސް ވާހަކަ އަޕްލޯޑް ކޮއްލަދޭނެ ވާހަކަވެސް ބުނެލަމެވެ. ހުރިހާ ކިޔުން ތެރިންވެސް އަޅުގަނޑުގެ ވާހަކައަށް އިންތިޒާރު ކުރާނެ ކަމަށް އުންމީދުކުރަމެވެ. ލަވް ޔޫ އޯލް އެޑް މިސް ޔޫ އޯލް ❤️
މިވާހަކައަކީ 04/04/2024 ގައި އއ.ރަސްދޫގައި ހިނގި ބުލީގެ ހާދިސާއާއި ގުޅުވައިގެން އަޅުގަނޑު ލިޔުނު ވާހަކައެެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކަކީ އަސްލު ނަންތަކެއްނޫނެވެ. ******* އިރު އޭގެ ރަންދޯދިތަށް ދުނިޔެއަށް ދަށްކާލިއެވެ. މުޅި ހިސާބުގައި ދޫނި ސޫފާ ސޫފީގެ އަޑު ލުއި މިއުޒިކެއްފަދައިން ދިޔައީ އިވެމުންނެވެ. އަނެއްކާވެސް އާ ދުވަހެއް ފެށުނީއެވެ. އެއްބައެއްގެ ހަޔާތުގައި އުފާވެރި ކަމުގެ ކުލަ ޖައްސަމުންނެވެ. އަނެއް ބައެއްގެ ދިރިއުޅުމުގައި ހިތާމަވެރިކަމުގެ ސާލެއް އޮޅާލަމުންނެވެ. ފަތިސް ނަމާދުކޮށްގެން އަހިސް އެނދުގައި އޮށޯއޮތް ގޮތަށް އަހަރެން […]