އަތުގައި ބެންޑޭޖު އަޅައިލަމުން ޔާއިދު އަތުގައި ފިރުމާލިއެވެ. މި ލަކުނު މިއީ ޔާއިދު ނޫރާދެކެ އުމުރު ދުހު ލޯބިވާނެކަމަށް އޭނާ އަމިއްލަ ނަފްސަށް ވީ ވައުދުގެ ނިޝާން ކަމުގައި ޔާއިދު ދެކުނެވެ. ކުއްލިއަކަށް ސިހިފައި ޔާއިދު ފަހަތް ބަލައިލީ ދޮރު ހުޅުވާފައި ވައިން ނޫރާ ފެނިފައެވެ. [ޔާދު އިޓްސް ޓައިމް ޓު ޕްލޭ.. ނައު ވީ ހޭވް ދި ބޯލް.. މާއިލް ވިލް ބީ މައިން ސޫން ހެހެ] ނޫރާގެ ލޮލުގައި ވިދަމުން ދިޔައީ ޝައިތާނީ ވިދުމެކެވެ.
******
ފަތިހުގެ ހިތްގައިމު ވަގުތެވެ. ހުކުރު ދުވަސް ކަމުން ޙަދީޖާ ނިކުތީ މަގުމަތި ކުނިކަހާލުމަށެވެ. ލާރާ ދިޔަތާ މިހާރު 2 ހަފްތާ ވެއްޖެއެވެ. އަދިވެސް ލާރާނެތް ކަމުގެ ފަޅުކަން ޙަދީޖާއަށް ދިޔައީ އިންތިހާތަށް އިހުސާސް ކުރެވެމުންނެވެ. ކަންވެ ނިމިގެން ދިޔައީ އެސްފިޔަ ޖަހާލާހާ އަވަހަށެވެ. ގަބޫލު ކުރަންވީ ފަރާތެއް ހަގީގަތުގައި ޙަދީޖާއަކަށް ނޭނގެއެވެ. ދަރިންގެ އަމިއްލަ ކަންކަމާ ނުބެހެންވެގެން ޙަދީޖާ އެއްޗެކޭ ނުބުނެ ހުރީއެވެ.
އިރު އަރާ މުޅި ފަޒާއަށް ހޫނުކަން ގެނެސްދިން އިރު ޙަދީޖާ ހުރީ ކުނި ކަހާ ނިމިފައެވެ. ނިއްކުރި މަތީގައި ހުރި ދާތިކިތަށް ފުހެލަމުން ޙަދީޖާއެތެރެއަށް ވަނުމަށް ހިނގައިގަތެވެ. ގޭގެ އަނެއްފަރާތަށް އިލޮށިފަތި ބަހައްޓަން ދިޔަ ޙަދީޖާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ހަލާކު ކޮއްލާފައި ވީ ދެކުޑަ ދޮރެވެ. އަތުގައި އޮތް އިލޮށި ފަތި ދޫވި އިރު ދުއްވައިގަނެވުނީ އެދެ ކޮޓަރި ތެރެއަށެވެ. އެފަރާތުގައި ހުންނަނީ މާހިލް އާއި މައިރީންގެ ކޮޓަރިއެވެ. ކޮޓަރީގައި ދެކުދިންނެތުމުން ޙަދީޖާގެ ހާސްކަން އެތަށް ގުނައަކަށް އިތުރުވެގެން ދިޔައެވެ. އަވަސް އަވަހަށް ޙަދީޖާ ދުއްވައިގަތީ މާއިލްއަށް އެޙަބަރު ދިނުމަށެވެ. ނަމަވެސް ހަމަ ދުއްވައިގަން އިރަށް ފަހަތުން މީހަކު އަހިސް ޙަދީޖާ އަނގަ މަތީގައި މީހަކު ފޮތިގަނޑެއް އެޅިއެވެ. ދެން ވީނުވީއެއް ޙަދީޖާއަކަށް ނޭނގުނެވެ.
*********
ދެލޯ ހުޅުވާލެވުމާއި އެކު މާއިލްއަށް ހޯދާލެވުނީ ލާރާއެވެ. ނަމަވެސް މިހާރު ލާރާ މާއިލް ކައިރި އަކު ނުހުންނާނެކަން ހަނދާން ވުމާއި އެކު މާއިލްމެއަށް ތޫނު ތަދެއްއެރިއެވެ. ހަމަ އެ ހިނދު މާއިލްގެ ދެލޯ ކަރުނައިން ފުރުނެވެ. މިހާރު މާއިލް 24 ގަޑީއިރު އޮންނަނީ ކޮޓަރި ތެރޭގައެވެ. އެއްޗެއްކާފަހަރަކު ކަނީވެސް ޙަދީޖާ ރޮއެ އާދޭސް ކުރާ ފަހުންނެވެ. މާއިލްގެ އެންމެ ގާއިތް އެކުވެރިއަކީ މިހާރު މާއިލްގެ [ވޭޕް] އެވެ. މިއަދުވެސް ހޭލި ގޮތަށް ހުސްބަނޑާ އޮވެ މާއިލް ޕޮޑު ނަގާ ދަމަންފެށިއެވެ. ނުނަގާނެ ކަން އެނގި ހުރެވެސް ކޮންމެ ދުވަހެކޭ އެއްފަދައިން މިއަދުވެސް މާއިލް ލާރާގެ ނަންބަރަށް ޑައިލް ކޮއްލިއެވެ.
ނިދިފައި އޮތް ލާރާއަށް މިއަދުވެސް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ދެލޯ މަޑު މަޑުން ހުޅުވާލަމުން ފޯނު ބަލައިލީ ގުޅަމުން ދަނީ ކާކުކަން އެނގި ހުރެއެވެ. އާއެކެވެ. ހަމަ މާއިލް އެވެ. ކައިވެނި ރޫޅުނު ފަހުން މިހާރު 2 ހަފްތާ ވެއްޖެއެވެ. ނަމަވެސް ކޮންމެ ދުވަހަކު ހެނދުނާއި ރޭގަނޑު މާއިލްގެ ކޯލެއް އާދެއެވެ. ހަމަ ކެނޑޭއިރަށް ހެނދުނާއި ރޭނގަޑުގެ ތަހުނިޔާ ލިބެއެވެ. މިހާރު ލާރާއަށް ކުރެވުނީ ކުންހީ އެކޭ ލާރާ ހިތަށް އަރާ ފަހަރު ވަކި މަދެއްވެސް ނޫނެވެ. ނަމަވެސް ލޮލަށް ފެނުނު މަންޒަރު ސިފަ ވުމާއި އެކު ޙިޔާލު ބަދަލު ވަނީ އެވެ. ތުންފަތުގައި ދަތް އަޅާލަމުން ދެލޯ މަރާލީ ބޮލުގައި ރިއްސައިގަތުމުންނެވެ.
********
ދެލޯ ހުޅުވާލެވުމާއި އެކު ޙަދީޖާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ލެއިން ތައިތް ތެޅިފައި އޮތް މާހިލްއާއި މައިރީންއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Shiherr pls adhivx vhk ga episode thah thankolheh dhigu koh liyeba pls😊
And mi part vx vrh reethi ❤️❤️
Jazaakllah love<3
I'm really really sorry mihr episode's thah kuruveema shihaa these days vrh bzy plus i'm going through lotss of stress these days 🙁
Hey shihaa
Mi part vx vrh reethi Masha Allah
Kon irakun next part kiyaalan libeyni
Noora mn haadha kanthah bodey dho
Hehe curiously waiting for the next part
Love you darlsss
Heii rifoo
Hehe jazaakallah happy to hear u liked it..
Admin approve libunu haa avahah kiyaalan libeyne mihr upload kollaifin
Lym darls<3