[އަމް.. ބަލާލަ..] ސްނެޕްތަށް ބަލަމުން ގޮސް ނޫރާ ކޮއްފައި އިން ސްނެޕްގައި ވިޝާމް އަޅައިގަތެވެ. [ކައިވެނި ކުރަން ކީތީ މަށަށް ރަން] ޖަހާފައި ނޫރާ ކޮއްފައި ސްނެޕް އީންއަށާއި ލާރާއަށް ވިޝާމް ދައްކާލިއެވެ. ހެވިފައި އިން ލާރާގެ ކުޑަ ދެލޮލަށް ކަރުނަތަށް ޖަމާވާން ސިކުންތެއްވެސް ނުނެގިއެވެ.
******
[ސޯ އައި ވޯސް ރައިޓް ދޯ… ދޭ ވާރ ސީއިންގް އީޗް އަދާރ.. އަދިމިއުޅެނީ ކައިވެނި ރޫޅި މަހެއް ނުވެ.. އެންޑް ނައު ދެއަރ މެރިޑް؟ ވަރި ވިފަހުން ކޮންމެ ދުވަހަކު ވެސް ހެނދުނާ ރޭގަނޑު މާއިލް ގުޅާ.. މެސެޖް ކުރޭ.. ދެޓް ވޯސް އޯލް އަ އެކްޓް؟ ހައު ކުޑް ހީ؟] ރޮމުން ދިޔައިރު ލާރާގެ ހިތުގެ ޝަކުވާތަށް ދުލާ ހަމަޔަށްވެސް އައެވެ. ވިޝާމްއާއި އީން ލާރާއާއި ދިމާލަށް ބަލަން އިނީ ކަރުނައިން ފުރި ބާރުވެފައި ވާލޮލަކުންނެވެ. އީން ކަރުނަތަށް ފުހެލަމުން އެކުވެރިޔާ ގައިގައި ބައްދާލީ މިވަގުތު އީންގެ ނަފްސު ބަލިކަށި ވެއްޖެނަމަ އެކުވެރިޔާ މާބަލިކަށިވާނެ ކަމަށް އަމިއްލަ ނަފްސު ގޮވާލުމުންނެވެ. [ލާރާ؟؟] ލާރާގެ ހަށިގަނޑުން ވާގިދޫވާހެން ހީވެގެން އީން ލާރާއަށް ގޮވާލިއެވެ. [ލާރާ؟؟ ލާރާ؟؟ ވިޝާމް!!!]
*****
[ނިދިހަމަ ނުވުމުގެ ސަބަބުންނާއި ރަނގަޅަށް ނުކައިހުރިކަމުގެ ސަބަބުންވެސް ވީކަމަކަށް ވެދާނެ. ސީދާ ޖަވާބެއް ދޭން އިނގޭނީ ޓެސްޓު ތަކުގެ ނަތީޖާ ލިބުމުން. ޑަކްޓަރުވިދާޅުވީ އިހަކަށް ނިދާ އިންޖެކްޝަނެއް ޖެހުމަށްފަހު ނިންދަވާލާފައި ބާއްވާލަން. ޓެސްޓުގެ ނަތީޖާ ލިބޭނެ 30 3 ގަ] ލާރާގެ އަތުގައި އިން އައިވީ ވާގަނޑަށް ނިދާ އިންޖެކްށަނެއް ޖަހާލަމުން ނަރުސް ކުއްޖާބުނެލިއެވެ. ލާރާ ގާތުގައި އީންއާއި ވިޝާމްގެ އިތުރުން ރައްޒާގުއާއި ޖަޒްލާވެސް އިނެވެ. މުޅިތަނުގައި ހަމަހިމޭންކަންވީ އިރު ހަތަރު މީހުންވެސް އިންތިޒާރު ކުރަމުން ދިޔައީ ލާރާގެ ޓެސްޓުގެ ނަތީޖާ ލިބޭނެ ވަގުތަކަށަށެވެ.
***** 6 ގަޑި އިރު ކުރިން *****
އަރާމު ނިންޖަކުން ނިދާލާފައި އޮތް މާއިލްއަށް ހޭލެވުނީ ފޯނު އެލާރމް ވަމުންދާއަޑަށެވެ. ކަންނެތް ކަމާއި އެކު ތެދުވެ ފޯނު އޮފް ކޮއްލިއެވެ. އިސްތަށިގަނޑު ހާވާލަމުން ފޯނު ނަގާ ގަޑި ބަލައިލިއެވެ. ގަޑިން 30 7 ވީއެވެ. ރަންކިޔުން އޮތީ 30 8 ގައެވެ. ފޫހިވެފައި ހުރެ މާއިލް ފެންވަރައިގެން ލާން އިން ގަމީސް ލިއެވެ. ކްރީމް ކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ޖީސްއެއްލައިގެން ހުރި އިރު މާއިލްގެ ރީތިކަމަށް މީހަކު ތައުރީފް ކޮއްކޮއް ފޫހިނުވާނެކަން ގައިމެވެ. ޖެލްކޮޅެއް ބޮލުގައި ހާކާލަމުން އިސްތަށިގަނޑު ރީތި ކޮއްލަމުން [ފޮގް] ސެންޓް ފުޅި ނަގާ ވަސްމީރު ކޮއްލިއެވެ. ބަލާލަން ކިތަންމެ ރީތި ނަމަވެސް މާއިލްގެ ދެލޮލުގައި ވަނީ ހިތާމައިގެ ސާލެއް އޮޅާލެވިފައެވެ.
ސިޓިންގރޫމްއަށް ނިކުން އިރު ސިޓިންގރޫމްވަނީ ރަންކިޔުމަށް ތައްޔާރު ކޮއްލެވިފައެވެ. ސިޓިންގރޫމް މެދުގައި ކްރީމް ކުލައިގެ ފޮތިގަނޑެއް އަޅާފައި ވީއިރު ފާރުގައި ފެއަރީ ލައިޓްސް އިން [ކީފަހު މަށަށް ރަން] ޖަހާލެވިފައިވީ އިރު މަންޒަރު ވަރަށްވެސް ހިތްގައިމެވެ. ނަމަވެސް މާހިލްއާއި މައިރީންގެ މެދުގައި ސޯފާގައި އިން ނޫރާފެނި މާއިލްގެ ހިތަށްވަނީ ފޫހިކަމެވެ. ފަލަމަސްގަނޑާ ހަމަޔަށް އަރާ ވަރުގެ ކްރީމްކުލައިގެ ސިލްކް ފޮތީގެ ގަޔަށް ބާރު ހެދުމުގައި ނޫރާ އިން އިރު ހަށިގަނޑުގެ ވަނާތަށް ފައުޅުވަމުން ދިޔައިރު ނޫރާގެ ދޮން ފައި އޮތީ ހާމަޔަށެވެ. ކޮނޑުނެތް ހެދުމެއްކަމުން މޭމަތިވެސް އޮތީ ފެންނަންށެވެ. ތުންފަތުގައި ރަތް ލޭ ކުލަ ޖައްސާލާފައިވީ އިރު ނޫރާގެ ކޮނޑާހަމަޔަށް ކޮށާލެވިފައިވާ ކުރު އިސްތަށިކޮޅު ބުޅި ކޮއްލާފައިވީ އިރު ހުދުކުލައިގެ ތާޖެއް ވަނީ އަޅާލާފައެވެ. މާއިލް ފެނުމުން ބުޅާ ހިނގުމެއްގައި ނޫރާ އަހިސް މާއިލް ކުރިމަތީގައި ހުއްޓުނެވެ. [ހެއި ސޫން ޓުބީ ހަޒް] ތުއިވެލަމުން މާއިލްގައިގައި އޮޅުލައިގަންނަމުން ނޫރާ ބުނެލިއެވެ. މާއިލްގެ މޫނަށް ބަލައިލި ކޮންމެ މީހަކަށްވެސް މާއިލް ފޫހިވެފައިވާ ވަރު އިނގޭނެއެވެ.
ދުރުގައި މަންޒަރުބަލަން ހުރި ޙަދީޖާވެސް ހުރީ ފޫހިވެފައެވެ. އެކަހަލަ ކުއްޖަކާ މާއިލްދެވަން މަޖުބޫރު ކުރެވުނީތީވެސް މޮޔަހީވާ ހާލުގައެވެ. ނަމަވެސް ތަގުދީރުގެ ނިންމުން ޙަދީޖާއަށް ދިނީ މުޅިން އެހެން ކުޅިވަރެކެވެ. މާއިލްއާއި ލާރާގެ ރަންކިޔުން އޮތް ދުވަސްމަތިން ޙަދީޖާ ހަނދާން ވުމުން ކަރުނައިގެ ތެރެއިންވެސް ޙަދީޖާއަށް ހިނިތުންވެވުނެވެ. ލާރާ އެދުވަހު ހުރީ ގަޔަށް ދޫ ކަޅު ކުލައިގެ އަބާޔާއަކާއި އަޅި ކުލައިގެ ޝޯލްއެއް އަޅައިގެންނެވެ. އަދި މިއުޅެނީ ކައިވެނި ނުކުރެވިގެންނެވެ. މިހާރުވެސް ދެމީހުންގެ ހުރި ތަފާތު މިހިރަ ވިދަނީއެވެ.
5000 ރުފިޔާއަށް ރަންކިޔުމަށްފަހު ބޭއްވިގެން ދިޔައީ ކުޑަޕާރޓީއެކެވެ. އެޕާރޓީގައި ހަގީގަތުގައި ހިތްހަމަ ޖެހިފައި ހުރީ ނޫރާ އެކަންޏެވެ. ފޯނު ހިފައިގެން ނޫރާ ގޮސް ސޯފައިގައި ޖޫސްތަށްޓެއް ބޯން އިން މާއިލް ގާތުގައި އިށީނެވެ. [ހިނގާބަ ސެލްފީއެއް ނަގާލަން؟] ނޫރާ އަހާލިއެވެ. [ތި އަހަރެން މާ ކުރާ ހިތްވާ ކަމެއްނޫން..] މާއިލްގެ ޖަވާބު ކުރެވެ. [ދެންއަޅެ ޕްލީޒް…. އައި ވޯންޓު ޝޯ އޮފް މައި ލޯބްސް ޓޫ.. ގައިމު ލާރާއާއި ރަންކީ ދުހު އިންސްޓާ އާއި އެފްބީ ސްޓޯރީސްއާއި ސެންޕްތަކުން ހީވަނީ ފޯނުވެސް ގޮއްވާލަ ދާނެހެން.. ދެން އަޅެ ނޫރާއާއި އެކީ އެންމެ ޕިކް-] ހޫމް ތިނަގާއެއްޗެއްނަގާބަލަ ދެން] ލާރާގެ ވާހަކަ ދައްކަން ފެށުމުން މާއިލްގެ ހިތަށް ތަދުވެލިއެވެ. އެހެންކަމުން ނޫރާ ދައްކަމުން ދިޔަ ވާހަކަ ހުއްޓުވާ އެކަމަށް އެއްބަސް ވިއެވެ.
*****
ޕާރޓީ ނިމުމުން ޔާއިދު މާއިލްމެންގެޔާ މާދުރު ނޫން ހިސާބެއްގައި އިން ޕާރކްއަކަށް ދިޔައެވެ. އެތަނުން ބެންޗްއެއްގައި އިށީންނަމުން އިސްތަށިގަނޑުގައި ހިފާ ބާރު ކޮއްލިއެވެ. އާއެކެވެ. މިހާރު މާއިލްއާއި ނޫރާ ގުޅުވަން މަސައްކަތް ކުރެވުނީތީވެ ޔާއިދު އެކަމާ ދެރަވެ ހިތާމަ ކުރެއެވެ. ހިނދުކޮޅެއްތެރޭގައި ޔާއިދުގެ ކުޑަ ދެލޮލުން ކަރުނައިގެ މުތީތަށް ބަބުޅަން ފެށިއެވެ.
[ޔާދު؟] ފަހަތުން އިވުނީ ވިޝްކާގެއަޑެވެ. ކަރުނަތަށް ފުހެލަމުން ޔާއިދު ފަހަތަށް އެނބުރި ވިޝްކާއާއި ދިމާލަށް ބަލައިލާ ހިނިތުންވެލިއެވެ. [ކޮންފިކުރެއްގަ؟] ޔާއިރު ކައިރީ ބެންޗްގައި ވިޝްކާ އިށީނެވެ. [ދެން ޖަސްޓް.. ތިންކިންގެ އެބައުޓް ލައިފް..] ޔާއިދު ފުން ނޭވާއެއް ދޫކޮއްލަމުން ބުނެލިއެވެ. [ވެއަރ ހޭވް ޔޫ ބީން އޯލް ދިސް ލޯންގް؟] ވިޝްކާއާއި ދިމާލަށް ބަލައިލަމުން ޔާއިދު އެއްސެވެ. ފުންނޭވާއެއް ދޫކޮއްލަމުން ވިޝްކާ ބެންޗްއިން ތިދުވިއެވެ.
[ވިކީ މިއައީވެސް ޔާދުއަށް މިހަގީގަތް އަންގަން.. ޔާދު ގަބޫލު ކުރާނަންތަ އަހަރެން އެންމެ ކުރިންސުރެ ވެސް ޔާދުއެކޭ އެއްފަދައިން އަހަރެންވެސް ޔާދު ދެކެ ލޯބިވެޔޭ ބުނެފިއްޔާ؟] ވިޝްކާ ބުނެލިއެވެ. ޔާއިދުގެ މޫނު މަތިން ފައުޅުވީ ހައިރާން ކަމެވެ.
[ދެން ވައި ޑިޑް ޔޫ ރިޖެކްޓެޓް މީ؟؟] އޭރު ހަމަ ރަނގަޅަށްވެސް ޔާއިދުއަށް ރޮވިއްޖެއެވެ. ކުރިމަތީގައި ހުރި ވިޝްކާ ހުރީ ހިނިތުން ވެލައިގެން ނަމަވެސް ވިޝްކާގެ ކުޑަ ދެލޮލުގައިވެސް ދިޔައީ ކަރުނަތަށް ބަބުޅަމުންނެވެ. މިހާހިސާބުން ވިޝްކާގެ މާޒީ ބަލައިލަމާތޯއެވެ؟
***** ވިޝްކާގެ މާޒީ *****
[ވިޝްކާ!!! ވިޝްކާ!!! ކޮބާތަ އޭއްޗަކު؟!؟!] ބަރުފިޔަވަޅު ތަކެއްގައި ގެއަށް އަހިސް ވައިން ވަސީމް ފެލިގަތެވެ. ކޮޓަރި ތެރޭގައި އިން ކުޑަ ސްޓަޑީ ޓޭބަލް ކައިރީގައި ކިޔަވަން އިން ވިޝްކާ ދިޔައީ ސިހިގެންނެވެ. ބައްޕަ އެހާ ރުޅިއަހިސްގެން އެވަނީ ކީއްވެކަން ވިޝްކާއަށް އެނގޭތީއެވެ. ކިޔަވަން ގެންގުޅުނު ފޮތްތަށް ލައްޕާފައި ދުވެފައިގޮސް ފާހަނައަށް ވަދެ ދޮރު ތަޅުލިއެވެ. ތަށިގަނޑު މައްޗަށް ތިރިވެވުން އިރު މުޅި ފާހަނަ ތެރޭގައި ވިޝްކާގެ ގިސްލުމުގެ އަޑުވަނީ ހަރުލާފައެވެ. [ވަސީމް ނޫން.. ހެޔޮނުވާނެ ވިޝްކާއަށް ގޮތެއް ނަހަދާތި. ބަލައެއީ މިހާރު ފުރާ ހަމަ ވެފައި ހުރި ބޮޑު އަންހެން ކުއްޖެކޭ.. އަދި ގައިމު ވިޝްކާއަށް 18 އަހަރު ވީކީވެސް ނޫން ދެން މިހާރު ކީއްކުރަން އެމަންޖެއަށް ތި މަޖުބޫރު ކުރުވަނީ؟؟] ވަސީމްގެ އަޑަށް ބަދިގެ ތެރެއިން ދުވެފައި ނިކުމެ ވަސީމް ފައި ބުޑަށް ވެއްޓި ވިޝްކާގެ މަންމަ މިޝްކާ އާދޭސް ކުރަން ފެށިއެވެ. ނަމަވެސް މިޝްކާ ދެއްކި ވާހަކަ ވަސީމްއަށް އިވުނު ހެންނެތް ހިޔެއްނުވެއެވެ. މިޝްކާއަށް ވަސީމް ހަދިޔާ ކުރީ ހޫނު އަތް ތިލައެކެވެ. [ބަލަ ކަލޭ ކައިރީ މަށަކަށް ނުބުނެވޭތަ މަ ކުރަން އުޅޭ ކަންކަމަށް ހުރަސް ނާޅާށެކެ؟؟ މިދެން ކިހާބޮޑު ނޮހޮރޮއްޕާނެއް؟؟؟؟] މިޝްކާގެ އިސްތަށިގަނޑުގައި ހިފާދަމަމުން ކޮޓަރިއަށް ވައްދާ އެނދަށް ކޮއްޕާލަމުން ވަސީމް ބުނެލިއެވެ.
*****
ނިދިފައި އޮތް ވިޝްކާއަށް ހޭލެވުނީ ކަނދުރާއަށް ތަދުވެގެންނެވެ. އޭރު ވައިންގޮތަށް ވިޝްކާ އިރު އެރި އިރުވެސް އެއިނީ ފާހާނާ ތެރޭގައެވެ. [މަންމަ….] ކުއްލިއަކަށް ވިޝްކާ ތެދުވެ ދުއްވައިގަތީ ވިޝްކާ ނުފެނިއްޖެ ނަމަ އެވަރު އޭނާ މަންމައަށް ކުރާނެކަން ވިޝްކާއަށް އެނގޭތީއެވެ. ދުވެފައި ގޮސް މިޝްކާގެ ކޮޓަރި ހުޅުވާލި އިރު ފެނުނު މަންޒަރުން ވިޝްކާފައިދަށުން ބިންގަނޑު ކަހައިގެން ދިޔަފަދައެވެ. ފަންކާގައި ދަންޖެހި މަރުވެފައި އެއިނީ ވިޝްކާގެ ލޯބިވާ މަންމައެވެ.
ޒަނާޒާ ކަންތަށް ނިންމުމަށްފަހު ގެއަށް ވަދެ ވިޝްކާ ފުރަތަމަވެސް ހޯދީ ވަސީމްއެވެ. ކޮޓަރި އެނދުމަތީގައި މަމީ ކަޕް ނޫޑްލްސް ކާންއިން ވަސީމް ފެނި ވިޝްކާގެ ލޭ ކެކިގަތެވެ. [ކަލޭ… ކަލޭ ދޯ މަގޭ މަންމަ މަރާލީ؟؟؟ ޔަގީން.. މަގޭ މަންމަ އަމިއްލައަކަށް މަރެއް ނުވާނެ.. މަންމައެއީ އެހާ އީމާން ތެރިކަން ކުޑަ މީހެއް ނޫން.. އަޑު އިވިއްޖެތަ؟!؟!] ވިޝްކާ އަޑުގެ ނެއްތަނައް ފެލިގަތެވެ. ބަދަލުގައި ވަސީމް ޖަހާލީ ނުލަފާ ހިނިގަނޑެ ކެވެ. ލަސް ހިނގުމެއްގައި ހިނގާލާފައި އަހިސް ވިޝްކާ ކުރިމަތީގައި ހުއްޓި އަތުގައި އޮތް ކަޕް ނޫޑްލްސްގެ ބާކީ ހުރިބައި ވިޝްކާގެ ބޮލައް އޮއްސާލިއެވެ. [ބުނަންތަ ރަނގަޅު ވާހަކައެއް؟ ކަލޭ މަންމަ މަރުވީ ކަލެއާ ހުރެ.. ކަލޭ ފުރަތަމަވެސް ރިޝްވާންއާއި އިންނަށް އެއްބަސްވީ ނަމަ މިހެން ނުވީސް. ދެންވެސް މަގޭ ބަސް އަހާބަލަ! ނޫނީ މިއަދު ކަލޭ މަންމައޮތް ހެން އޮންނާނީ ކަލޭ!! އަޑު އިވިއްޖެތަ؟؟] ވަސީމް ފެލިގަތެވެ. [އެކަމަކު.. ވިކީ ޔާދު ދެކެ ވަރަށް ލޯބިވޭ..] ރޮމުން ރޮމުން ވިޝްކާ ބުނެލިއެވެ. [ޔާއިދުއަށް އެނގޭތަ ކަލޭ އޭނަ ދެކެ ލޯބިވާކަން؟؟] ވަސީމްއެއްސެވެ. ނޫނެކޭ ބުނުމުގެ ގޮތުން ވިޝްކާ ދެފަރާތަށް ބޯ ހޫރުވާލިއެވެ. ވަސީމްގެ މޫނު މަތީގައި ކުޅެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ.
***** މާޒީ ނިމުނީ *****
[ވިކީއަށް 18 އަހަރު ވީދުހު ނޫން އޭގެ އަނެއް ދުވަހު ބައްޕަ ވިކީ ގޮވައިގެން ލަންކާއަށް ފުރީ.. އެދުވަހު ވިކީގެ ފޯނު އަތުލާ އެހެން ފޯނެއް ދިނީ ވިކީ ކުރާ ހުރިހާކަމެއް ބައްޕައަށް ފެންނަހެން ހަދާފަ.. އަސްލު ފޯން ޔޫސްވެސް ނުކުރަން އެހެންވެ. ވިކީ މެރީ ކުރީ ދެން ރިޝްވާންއާ.. ރިޝްވާން އަބަދު ވިކީއަށް އަނިޔާ ކުރޭ.. ދުހާކުވެސް ލޯބިން ފިރުމާލާފައި ނުވެ.. މަސްތުވާ ތަކެތި ވިއްކުމާ ބުއިންފަދަ ކަންކަމުގަ 24 ގަޑިއިރު އުޅެނީ.. ވިކީ އާއި މެރީ ކޮއް ހުރި ވިކީމެންގެ އެނދުމަތީގައި އެހެން އަންހެން ކުދިން ގޮވައިގެން އަހިސް ގުޅުން ހިންގާ.. ވިކީއަށް މަޖުބޫރުކޮށް އެމަންޒަރު ދައްކަމުން ދިޔައީ.. އެކަމަކު.. އަލްހަމްދުލިއްލާހް.. މިހާރު އެކަމުން ސަލާމަތް ވެއްޖެ.. ވިކީ ބައްޕައަށާއި ރިޝްވާންއަށް ސިއްރުން ފޯންއެއްގަނެ ހުރިހާ އެއްޗެއް ރިކޯރޑްކޮއް ޕޮލިސްއަށް މައްސަލަ ޖެއްސީ.. މިހާރު ރިޝްވާންވެސް ވިކީ ބައްޕަވެސް އެހުރީ ލައިފް ސެންޓެސްއެއްގަ ޖަލުގަ.. ބައްޕަ މަންމަ މަރާލި ކަމަށްވެސް ކުއް ސާބިތު ކުރެވުނު.. އެޔަށްވުރެ ވިކީ އުފާވި ދުވަހެއް މުޅި ހަޔާތުގަވެސް ނާދޭ.. މިހާރު އޭގެ ފަހުން 1 އިއާރ ވެއްޖެ] ހުރިހާވާހަކައެއް ދައްކާ ނިމުން އިރު ވިޝްކާއަށް ގިސްލަގިސްލާފައި ރޮވެއެވެ. ޔާއިދުގެ ލޮލުންވެސް ދިޔައީ ކަރުނައަންނަމުންނެވެ. ޔާއިދު މަޑު މަޑުން ގޮސް ވިޝްކާ ގައިގައި ބައްދާލިއެވެ.
2 ގަޑިއިރުގެ ދިގު އިންތިޒާރަކަށް ފަހު ޑަކްޓަރު އަހިސް ލާރާ އޮތް ކޮޓަރިއަށް ވަނެވެ. އޭރު ލާރާވެސް އޮތީ ހޭލާއެވެ [ޑަކްޓަރ އަޅުގަނޑުގެ ދަރިފުޅު ކިހިނެތްތަ؟] ޑަކްޓަރ ވަނުމާއި އެކު ޖަޒްލާ އެއްސެވެ. އެންމެންގެ މޫނު މަތިން ހާސްކަން ފެންނަމުންދިޔަ އިރު ލާރާގެ މޫނު މަތީގައި ވީ އިހުސާސް ބުނެލަން ދައްޗެވެ. [ނޫނޭ ދައްތާ.. އެއްވިސް ވަރަކަށް ހާސް ވާނެކަމެއްނެތް.. ލާރާ ބަނޑުބޮޑު.. ބަނޑަށް 12 ހަފްތާ]
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.







Hey shiherrr
Kuree episode ekey eh fadhain mi epi vx varah reethi maasha Allah.
Alhey haadha dhera gothekey dho e vani.
Eyru vx heevi ey laara preg ey enburun araiganegen vettunyma.hehe
Kon irakun next part kiyaalan libeyni
Waiting for the next part ingey
Love you darling ❤️
hehe jazaakallah luvv <<33
In sha allahh part 20 mirey or maadhamaa will submit dhn admin approve libunu haa avahakh kiyaalan libeyne
Love u more darlss<3
Gshshhhs