ހަސްފަތާލުގައި ޙަދީޖާ އެޑްމިޓް ކޮއްފައި އޮތް އިރު ކައިރީގައި މާހިލްއާއި މައިރީންވެސް އިނެވެ. އެދެކުދިންގެ ލޮލުންވެސް ދިޔައީ ކަރުނައިގެ މުތީތަށް ބަބުޅަމުންނެވެ. ކުއްލިއަކަށް މަންމަ މިފަދަ ކަމެއް ކުރިޔަތީވެ ގަބޫލު ކުރަން ދަތިވެފައިވާ ހާލުގައެވެ. [ދޮންބެ އެބަ އަންނަން އިނގޭ] ބޮލުގައި އަތްއަޅައިގެން އިނދެފައި މަޑު ހިނގުމެއްގައި މާއިލް ނިކުމެ ހޮސްޕިޓަލް ބޭރުގައި އިންތަނުން ބެންޗްއެއްގައި އިށީނެވެ. އަދި ފޯނުނަގާ ނޫރާގެ ނަންބަރަށް ޑައިލް ކޮއްލިއެވެ. [އަންނަ ހޯމަ ދުވަހަށް ރަން ކިޔަން ކުރަންތައްޔާރުވޭ… ހަފްތާއެއްފަހުން ކައިވެނި ކުރާނީ….]
******
އެނދުމަތީގައި ބަންޑުން އޮތް ޔާއިދުގެ ސިކުނޑީގައި ދިޔައީ ހަނގުރާމައެއް ކުރަމުންނެވެ. ޔާއިދު ހަނދާނުގައި ނޫރާ ނުދަންނަ އިރެއް ހަގީގަތުގައި ޔާއިދު އަކަށް ނޭނގެއެވެ. ޔާއިދު އާއި ނޫރާގެ އިތުރުން ވިޝްކާއައީ އެކު އެކީ ބޮޑު ވަމުންނެވެ. ޔާއިދު އެންމެ ކުޑައިރުން ސުރެ ވިޝްކާދެކެ އިންތިހާއަށް ލޯބިވެއެވެ. ޔާއިދުއަކީ ބޮޑު ވަމުންއައި އިރު ދީންވެރި ޞާލިޙު ކުއްޖެކެވެ. އޯލެވެލް ނިމުމަށްފަހުވެސް ޓޮޕް 10 އިން ޔާއިދު އެއްވަނަ ހޯދިއެވެ. ވިޝްކާވެސް ހަމައެއި ޔާއިދުފަދަ ދީންވެރި ކިޔެވުމަށް މޮޅު ކުއްޖެކެވެ. ޔާއިދު ވިޝްކާދެކެ ލޯބިވާވާހަކަ ނުބުނީ ދެން ގުޅިގެން ކިޔެވުމަށް ބުރޫ އަރައިފާނެ ތީއެވެ. އޭގެ އިތުރުން ކައިވެނި ނުކޮށް އަންހެނަކާ ފިރިހެނަކު ލޯބީގެ ގޮތުން ގުޅުމަކީ ހަރާމްކަމެއްކަމުން އެކަން ކުރަން ޔާއިދު ބޭނުން ނުވީއެވެ. އެހެން ކަމުން ވިޝްކާއަށް 18 އަހަރުވީ ދުވަހު ޔާއިދު ވިޝްކާ ގާތު ކައިވެނި ކުރަން އެއްސެވެ. ވިޝްކާ ފާޅުގައި އެކައިވެންޏަށް ދެކޮޅު ހެދީއެވެ. [ޔާދު.. ނޯ އައި ކޭންޓް އައި އޭމް ސޮރީ.. ޔުއާރ ލައިކް އަ ބްރަދާރ ޓު މީ..] އަދިވެސް ވިޝްކާގެ އެ ޖުމްލަ ޔާއިދުގެ ސިކުނޑީގައި ހަރުލާފައިވެއެވެ. އާއެކެވެ. ޔާއިދުގެ ލޮލުގެ ހިމަކޮޅުން ކަރުނަ ތިއްކެއް ވެއްޓުނެވެ. [އައިމް ސޮރީ ވިކީ.. ޔާދު ވިކީދެކެ ލޯބިވޭ.. ވަރަށް ވަރަށް ލޯބިވޭ.. އައިމް ސޮރީ ނޫރާއާއި ދޭތެރޭ ނުބައި ނަޒަރަކުން ދެކެވުނިތީ.. ވިކީ ޔާދުދެކެ ލޯބި ނުވިޔަސް ޔާދު އަމިއްލަ ނަފްސަށް ޕްރޮމިސް ކުރިން ވިކީ ނޫން އެހެން ކުއްޖަކު ދެކެ ލޯބިވާން.. އައިމް ސޮރީ.. އައި ލެޓް މައި ސެލްފް ގޯ… މިހާރު އެންމެ ފަހުން ނަމާދު ކުރި ޤުރުއާން ކިޔެވި ދުހެއް ހަނދާނެއްވެސްނެއް.. ޔާދު ވޯސް ޖަސްޓް ސްލީޕިންގް ވިތް އެވްރީ ސިންގަލް ގާލް އައި ސީ.. އައިމް ސޯ ސޮރީ.] އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ދިޔައިރު ޔާއިދު ރޮމުން ދިޔައީ ހިތް ފުނޑު ފުނޑު ވާފަދަ ގޮތަކަށެވެ. ކަރުނަތަށް ފުހެމުންގޮސް ޔާއިދު ވުޞޫ ކޮއްލަމުން ތަޢުބާ ނަމާދު ކޮއްލިއެވެ. އެއަށް ފަހު ފާފަތަކާއި މެދު ހިތާމަ ކުރާ ހާލު ރޮމުން ﷲ ގެ ހަޞްރަތަށް ދުޢާދެންނެވިއެވެ. 2 ގަޑި އިރު ވަންދެން ޔާއިދު ދުޢަށް އަތް ނަގައިގެން އިނެވެ. އަސުރު ނަމާދަށް ބަންގި ގޮވުމުން ކަރުނަ ފުހެލާފައި މިސްކިތަށް ދިޔައެވެ.
*******
[ޔާދޫ ކޮންތާކުތަ؟ އާދެބާ ވަރަށް އަވަހަށް ގެއަށް އައި ހޭވް ވެރީ ވެރީ ގުޑް ނިއުސް] ނަމާދުކޮށްގެން ގުރްޢާން ކިޔަވަން އިން ޔާއިދުއަށް ނޫރާ ގުޅާފައި ބުނެލިއެވެ. މިދަނީއޭ ބުނެ ޔާއިދު ސައިކަލަށް އަރާ ގެއަށް ދިޔުމަށް ދުއްވާލިއެވެ.
ގެއަށް އަހިސް ވައިން އިރު ނޫރާ ކޮޓަރި ދޮރުމަތީގައި ހުއްޓެވެ. ޔާއިދު އަހިސް ވައިން އިރަށް ދުވެފައި އަހިސް ޔާއިދު ގައިގައި ބައްދައިގަތެވެ. ކުރިން އެބެއްދުމުން ޔާއިދު ހިތްހަމަ ޖެހުނަސްވެސް މިފަހަރު ޔާއިދު ހުރީ އުނދަގޫވެފައެވެ. [ޔާދު ގެސް ވަޓް؟ މައި ޕްލޭން ވޯރކްޑް.. މާއިލް އެއްބަސް ވެއްޖެ މެރީ ކުރަން. ނެކްސްޓް މަންޑޭގަ ރަންކިޔަނީ.. އެންޑް ދެން ވީކް އެއް ފަހުން މެރީ ކުރަންވީ ޔޭ] އެހެން ހޭ ބުނެލި އިރު ހަގީގަތުގައިވެސް ޔާއިދު ހުރީ ނޫރާދެކެ ފޫހިވެފައެވެ. [އެންޑް ވަން މޯރ ސަޕްރައިޒް.. ދޭބަ ރޫމް ދޮރު ހުޅުވާލަން..] ނޫރާ ހީލަމުން ބުނެލިއެވެ. ލަސް ހިނގުމެއްގައި ގޮސް ދޮރު ހުޅުވާލި އިރު ކޮޓަރި ސޯފާމަތީގައި އިން ކުއްޖާފެނި ޔާއިދުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. [ވިކީ؟] ވައި އަޑުން ޔާއިދުއަށް ވިޝްކާއަށް ގޮވާލެވުނެވެ. ސޯފާގައި އޭނީ ހަމަ ވިޝްކާ ހެއްޔެވެ؟ މިއީ އޭނާގެ ދެލޯ އޭނާއަށްދޭ ކެއްސެއް ނޫންބާއެވެ؟ [ވިކީ ކޭމް ފޯރ މައި ވެޑިން. ކުރިން ދުހާކު އައި މެޓް ހާރ އޮން އެފްބީ.. ހޫމް ވަރަށް ފޫހިވޭ ބޭރަށް ދިޔަ ފަހުން އަހަރުން ދުރު ކޮއްލީ ވިއްޔަ ހަމަ] ނޫރާ ތުއި ވެލަމުން ބުނެލިއެވެ. [ހެހެ ސޮރީ..] ވިޝްކާ ކަޅި ޖަހާނުލާ ޔާއިދުއާއި ދިމާލަށް ބަލަން ހުރެ ބުނެލިއެވެ. ޔާއިދުއަށް ދެލޯމަރާލެވުނީ ހިތަށް ލިބުނު ހިތް ހަމަ ޖެހުމަކުންނެވެ. އަހަރުތަކަކަށް ފަހު ޔާއިދުގެ ހިތުގެ ރާނީގެ އަޑު އިވުމުން ހިތަށް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ.
**1 ހަފްތާ ފަސް**
[ކޮންގްރާޓްސް އޮން ޔުއާރ 100 ޑޭ އޮފް ބިއިން ޕްރެގްނެންޓް ހެހެ] ވިޝާމް އަތުގައި [ހެޕީ 100] ޖަހާފައި އިން އިރު ލާރާ އަތުގައި ރަތް ކުލައިގެ ފިނިފެންމާ ބުކޭއެއް އޮތްވެ. [ޕިސް ޕިސް ދެން މިދެމީހުން އަޅެ.. މިދެން ސެލެބްރޭޓް ކުރާކަހަލަ ދުވަހެއްތަ؟ ތެންކިޔޫ އެކަމްވެސް ލޮލް އައި ވޯސް ކްރޭވިންގް ފޯރ އަ ކޭކް ޓުޑޭ ހަހަ] ހެމުން ހެމުން އީން ބުނެލިއެވެ. ތިން ކުދިން އުފަލުގައި ކޭކް ފަޅާ ލާރާ ހަދާފައި ހުރި ޓޮމާޓޯ ޕާސްތާ ކާންފެށިއެވެ. ލާރާއާއި އީން ބޭބީއަށް އެއްޗެހި ގަންނަވާހަކަ ކިޔަންތިބި އިރު ވިޝާމް އެދެކުދިންގެ ވާހަކަ ދެއްކުމަށް ބޭންދުމަށް ފަހު ފޯނު ނަގާ ސްނެޕްޗެޓަށް ވަދެލާފައި ނުބަލާ ހުރި ސްނެޕްތަށް ބަލަން ފެށިއެވެ. [އަމް.. ބަލާލަ..] ސްނެޕްތަށް ބަލަމުން ގޮސް ނޫރާ ކޮއްފައި އިން ސްނެޕްގައި ވިޝާމް އަޅައިގަތެވެ. [ކައިވެނި ކުރަން ކީތީ މަށަށް ރަން] ޖަހާފައި ނޫރާ ކޮއްފައި ސްނެޕް އީންއަށާއި ލާރާއަށް ވިޝާމް ދައްކާލިއެވެ. ހެވިފައި އިން ލާރާގެ ކުޑަ ދެލޮލަށް ކަރުނަތަށް ޖަމާވާން ސިކުންތެއްވެސް ނުނެގިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Woww shiherrr
This part is amazing.i was speechless.hama ehaa vx reethi.
Laara dhera vaathy Rifoo varah dhera vey 😥😓
Alhe mi noora dho islaahu nuvaan mi ulheny ekam naseebei yaaidh islaahu vi kan.i am so happy for him
Ekam maail and noora nuves gulhe.that monster 💀
Hehe love you shiherrr ❤️
Hehehe jazaakallah vrh vrh vrh ufaa vejje mi part ehaa kamudhiyaiima .<
frrr shiher vess agree noora nd maail nugulhey
Love u moreee rifoo <<33