ދެލޯ ހުޅުވާލެވުމާއި އެކު ޙަދީޖާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ލެއިން ތައިތް ތެޅިފައި އޮތް މާހިލްއާއި މައިރީންއެވެ.
*******
[މާހިލޫ؟ މައިރީން؟ ހެޔޮނުވާނެ ކޮންމެސް މީހަކު އަހަރެމެން ސަލާމަތް ކޮއްދީ މަގޭ ދަރިން މިތިބީ މަރާފައޭ ހެޔޮނުވާނެ.. މީހެކޭ!! މާއިލޫ!!] އަތްފައި ބަނދެފައި އިނުމުން ޙަދީޖާއަށް އިންތަނުން ހިރުވައިވެސް ނުލެވުނެވެ. ފެނިގެން ދިޔަ މަންޒަރުން ޙަދީޖާގެ ހިތަށް ފުންއަސަރު ތަކެއް ކުރުވިއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ބަފަޔަކާ ނުލާ ނިކަމެތި ހާލުގައި ބަލާ ބޮޑު ކުރި ދަރިން އެފަދަ ހާލެއްގައި އޮއްވާ ފެނުމުން އަސަރު ނުކުރާނީ ކޮން މަޔަކަށް ހެއްޔެވެ؟ ރޮމުން ދިޔަ ޙަދީޖާގެ ރުއިން ހުއްޓުނީ ފަހަތުން މީހަކު އަތް ޖަހަން ފެށުމުންނެވެ. [ކަ..ކާ…ކާކު؟]
[ހެލޯ މާއިލްސް މޮމް..] ތުއިވެ ގަންނަމުން ނޫރާ ބުނެލިއެވެ. ނޫރާ ފަހަތުގައި ނޫރާއެކޭ އެއްފަދައިން ކަޅު ކުލައިގެ ހޫޑީ އަކާ ޖީންސްއެއް ލައިގެން ޔާއިދުވެސް ހުއްޓެވެ. [ތީ ކާކު؟ ހެޔޮނުވާނެ އަހަރުމެން ދޫކޮއްލާ.. މަށަށް ކޮންމެ ކަމެއް ކުރިޔަސް މަގޭ ދަރިންނަށް ތިހެން ނުހަދާ އާދޭސް ކޮއްފަ މިބުނީ..] ރޮމުން ރޮމުން ޙަދީޖާ އާދޭސް ކުރަން ފެށިއެވެ. [ހެހެ ހަމަޖެހިބާ ދޯ. މާހިލްއަކަށްވެސް މައިރީންއަކަށްވެސް އެއްވިސް ކަމެއް ނުވޭ. އެމީހުންގަޔަށް އެއޮތީ ހޭކަނޑުވާ އިންޖެކްޝަންއެއް ޖަހާފަ.. އެންޑް އެއީ އަސްލު ލެޔެއްވެސް ނޫން.. ސޯ ޗިލް] ނޫރާ ބުނެލިއެވެ. [ދެން އެހެންވިއްޔާ މަށަށާ މަގޭ ދަރިންނަށް ތިހެން ހެދުމުގެ ބޭނުމަކީ ކޮބާ؟] ޙަދީޖާގެ އަޑުގައިވީ ހައިރާންކަމެވެ. [މާއިލް] ޙަދީޖާގެ މޫނާކައިރިވެލަމުން ނޫރާ ބުނެލިއެވެ. [މާއިލްއޭ؟]
[ހޫމް މާއިލް.. އަހަރެން މާއިލްދެކެ ވަރަށް ވަރަށް ލޯބިވޭ. އަހަރެން ކަހަލަ ރީތި ކުއްޖަކު ލިބުނީމަވެސް މާއިލްއަށް މެރީ ކުރަން އެނގުނީ ލާރާކަހަލަ ބޮޑު ގޯންޏަކަށް އެރިގެން އޮތް މީހަކަށްތަ؟ ޗި! މަބޭނުން މާއިލް. އާން!! މާއިލްއާއި ލާރާ ދުރުކުރުވީމަ! މަދޭނަން މަންމައަށް 2 ހަފްތާ.. އެހާއިރު ވާންވާއިރަށް މަށާ އިންނަން މާއިލްއަށް ކޮންވިސް ނުކުރެވުނިއްޔާ…….. މަންމަވެސް، މާހިލްވެސް އަދި މައިރީންވެސް….. އިސް ޑެޑް! އަޑު އިވިއްޖެތަ؟!؟!] ކަރާ ދިމާލުން އަތް ހުރަސް ކޮއްލަމުން ނޫރާ ބުނެލިއެވެ. [އާން…އާން.. ހެޔޮނުވާން އަހަރެމެން ދޫކޮއްލާ…] ގަންނާކުރެއްވި ބިރުން ޙަދީޖާއަށް އެއްބަސް ވެވުނެވެ. ނޫރާގެ ތުންފަތް މަތިން ކާބިޔާބީގެ ހިނިތުންވުމެއް ފެންނަމުން ދިޔައިރު، ޔާއިދުގެ ލޮލުން ވިދަމުންދިޔައީ ކަރުނައިގެ ކޯރެކެވެ.
*********
ހަވީރުގެ ހިތްގައިމު ވަގުތެވެ. މާއިލްގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލަމުން ޙަދީޖާ އެތެރެއަށްވަނެވެ. ތަކުރާރުވަމުން ދިޔައީ ހަމަ ކޮންމެދުވަހަކުވެސް ފެންނަ މަންޒަރެވެ. މާއިލްއާއި ލާރާގެ ކައިވެނީގެ ފޮޓޯއެއް ހިފައިގެން އިނދެ މާއިލް ކަރުނައަޅަމުން ދިޔަ މަންޒަރެވެ. ތުންފަތުގައި ދަތް އަޅާލަމުން ޙަދީޖާ ކުރިއަށް ހިނގައިގަތީ މަޖުބޫރުވެފައި ވާ މީހެއްފަދައިނެވެ. [ދަރިފުޅު؟ އުޅޭދޯ ކާން؟ މިހުރީ ކުކުޅާ ބަތާ.. އަވަހަށްތެދުވޭ..] ޙަދީޖާ ބުނެލިއެވެ. [މަންމާ.. ލާރާ ހަމަ ނާންނާނެ-] [ދަރިފުޅޫ.. ލާރާ ދެނެއްނާންނާނޭ.. ޕްލީޒްދެން ލާރާގެ ހަނދާތަކާ ދުރަށްގޮސް އެހެން ކައިވެންޏެއް ކުރަންވީނުން؟ ހެޔޮނުވާނެ މަންމައަށްޓަކާ…] މާއިލްގެ ޖުމްލަ ފުރިހަމަ ނުވަނީސް ޙަދީޖާ ބުނެލިއެވެ. މާއިލް ޙަދީޖާއާއި ދިމާލަށް ބަލައިލީ ހައިރާންވެ ހުރެއެވެ. ޙަދީޖާއަބަދުވެސް ބުނަނީ ހިތްވަރު ކުރުމަށެވެ. ލާރާ އަދި އަންނާނެ ކަމަށެވެ. ދެން މިއަދު ކުއްލިއަކަށް އެހެން ބުނުމުން މާއިލްގެ ހައިރާންކަން ދެގުނައަށް އިތުރުވިއެވެ. [މަންމާ..؟] މާއިލްއަށް މަޑު މަޑުން ގޮވާލެވުނެވެ. [ހޫމް… ދަރިފުޅު ކައިވެނި ކުރާނެ ކުއްޖަކުވެސް މަންމަ ހޯދައިދީފިން.. ދަރިފުޅު ނޫރާއާއި މެރީ ކުރަންވީނުން؟] ޙަދީޖާ ހިތްވަރު ކޮއްފައި ބުނެލިއެވެ. ހަމަ އެހެން ބުނުމާއި އެކު ކުއްލިއަކަށް މާއިލް ކޮޅަށް ތެދުވިއެވެ. [މަންމާ!!! މަންމަ މޮޔަވީތަ؟] މަންމައަށް ހަމަ ރަނގަޅަށް އެނގޭނެ ނޫރާއާއި ހުރެކަން މަށާ ލާރާއާގެ ކައިވެނި ރޫޅުނީ.. ދެން؟ ނޫން.. ތިކައިވެންޏެއް މަ ނުކު-] [މަންމައެއް ނޫން ދަރިފުޅު މޮޔައީ.. ބަލަ ވިސްނާލަބަ.. ނުރާ އެހެން އެ ކަންކުރީ ދަރިފު ދެކެ ލޯބިވާ ވަރުންނެއްނުން؟ ދެން ލާރާ ދިޔައީއާ ކީއް؟ އޭނަ ދަރިފުދެކެ ލޯބި ވީނަމަ ދަރިފު ދައްކާވާހަކަ އަޑު އަހަން ހިނދުކޮޅަކު ނަމަވެސް ހުރީސް. އެކަމަކު ވީއެއްނުވީ އެއް ނުބަލާ ވަރިވާން ފޯމުލީ. އެއީ އޭނަ ދިރުފު ދެކެ ލޯބި ނުވާތީއޭ ނިކަންވިސްނާލަބަލަ] މާއިލްގެ ވާހަކަ ހުއްޓުވާ ޙަދީޖާ ވާހަކަ ދައްކަން ފެށީ ހިތްމަތީ ހިލަގަނޑެއް ބާއްވައިގެންނެވެ. [މަހަމަހޭގަ ހުރެގެން ނުކުރާނަން ތި ކައިވެންޔެއް. ހަމަ މިހާރު ނިކުމޭ މިކޮޓަރިން..] މާއިލްއަށް އެހިސާބަށް ބުނެވުނު އިރު ދެލޯ ކަރުނުން ފުރިއްޖެއެވެ.
**********
ދުވަސްތަށް ފާއިތުވަމުން ގޮސް މިއަދު މިއީ 2 ހަފްތާވާން އިން އެންމެފަހު ދުވަހެވެ. ފާއިތުވި 13 ދުވަހެކޭއެއްފަދައިން މިއަދުވެސް ޙަދީޖާ މާއިލް ކޮޓަރިއަށް އެވަނީ އެކައިވެނީގެ ވާހަކަ ދެއްކުމަށެވެ. އިންކާރު ކޮއްފިނަމަ އެންމެ ތޫނު ހަތިޔާރުވެސް ބޭނުން ކުރަންށެވެ. [މަންމާ ޕްލީޒް.. އައި ޑޯންޓް ވޯޓްޓު މެރީ ހާރ] މާއިލް ބުންޔެވެ. އިސް ޖަހާލަމުން ޙަދީޖާ ފުންނޭވާއެއް ދޫކޮއްލިއެވެ. [އެންމެ ރަނގަޅު. މިހާރު މަންމައަށް ޔަގީންވެއްޖެ މާއިލް މަންމަދެކެ ލޯބިނުވާކަން.. ވާނަމަ މާއިލް މަންމައަށް މިކަން ކޮށްދިނިސް.. މަންމަ ހުއްޓުވަން ނޫޅޭތި.. ތައްޔާރުވޭ މަންމަގެ ފުރާނަ ނެތް މަސްގަނޑު ބަލަން..] މިހެން ބުނެ ޙަދީޖާ ހަލުވި ހިނގުމެއްގައި ގޮސް ބަދިގެއަށްވަނެވެ. ޙަދީޖާ އެންމެ ފަހުން ބުނި ޖުމްލަ މާއިލްގެ ކަންފަތުގައި ގުގުމައި ގަތީ ހޮނު ގުގުރިއެއް ސިފައިގައެވެ. ދުއްވައިގަންފައި ބަދިގެއަށް ވައިން އިރު މަންމަގެ އަތުގައި ލެއިންކަޅިވެފައިވާ ވަޅިއެއް އޮތެވެ. އަތުގެ ކުޑަހުޅުން ލޭ އަންނަމުން ދިޔައެވެ. [މަންމާ!!!!!!!!]
***********
ހަސްފަތާލުގައި ޙަދީޖާ އެޑްމިޓް ކޮއްފައި އޮތް އިރު ކައިރީގައި މާހިލްއާއި މައިރީންވެސް އިނެވެ. އެދެކުދިންގެ ލޮލުންވެސް ދިޔައީ ކަރުނައިގެ މުތީތަށް ބަބުޅަމުންނެވެ. ކުއްލިއަކަށް މަންމަ މިފަދަ ކަމެއް ކުރިޔަތީވެ ގަބޫލު ކުރަން ދަތިވެފައިވާ ހާލުގައެވެ. [ދޮންބެ އެބަ އަންނަން އިނގޭ] ބޮލުގައި އަތްއަޅައިގެން އިނދެފައި މަޑު ހިނގުމެއްގައި މާއިލް ނިކުމެ ހޮސްޕިޓަލް ބޭރުގައި އިންތަނުން ބެންޗްއެއްގައި އިށީނެވެ. އަދި ފޯނުނަގާ ނޫރާގެ ނަންބަރަށް ޑައިލް ކޮއްލިއެވެ. [އަންނަ ހޯމަ ދުވަހަށް ރަން ކިޔަން ކުރަންތައްޔާރުވޭ… ހަފްތާއެއްފަހުން ކައިވެނި ކުރާނީ….]
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.







Whattt no nooo
Maail and noora ey.pls pls shiherrr laara and maail dhuru nukurey.
Noora just blackmail maail ge mom 😡
Hehe anyway story varah reethi Masha Allah
Kon irakun next part kiyaalan libeyni
Curiously waiting ingey…
Hey kihinei vany o level i hope its good.adhi ingey results nulibeyne kan ingey.ekam easy tha??
Love you shiherrr ❤️
Dhn less c dhw kaakah thw maail libeni shihaa akh neynge hehe >-<
Jazaakallah love happy you liked this part <<33
Alhamdhulihllah O levels hama rangalhu alhamdhulihllah 13 ga nimeyne
Lym rifoo <3
Vv Reethi alhey noora ah maail nulibeyne nama dhw vv reethi inge when’s next?
heehee dhn less c dhw.. very happy mibai vess kamudhiyaima <3
mihr prt 18 n 19 vesss submit koffin dhn admin approve libunu haa avahah kiyaalan libeyne
Alhe no why thihen nahadhaaa please shihaa
Curiously waiting
When is the next part
Lysm dear shihaa😘😘
hehe jazaakallah dear <3
submit kollaifin mihr part 18 n 19 vess
admin approve libunu haa avahah kiyaalan libeyne
Lym darls<3
Mi part vx v Reethi masha allah
Can’t wait for next part
Laara and maail dhuru nukurachey