Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަގޭ މާއިލް 15

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 23, 2024 2 Mins Read
4 Comments

ކޮޓަރިއަށް ރަނގަޅަށް ނަޒަރު ހިންގާލި އިރަށް ޔާއިދުގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ރީތިވާ މޭޒު މަތީގައި އޮތް ކަޓަރު ތިލައެވެ.

********

ލަސް ހިނގުމެއްގައި ގޮސް ޔާއިދު އެކަޓަރު ތިލަ ނެގިއެވެ. އެ ހިފައިގެން ކުރިންވެސް އިންތަނަށް ޔާއިދު ނިކުތެވެ. ކަޓަރު ތިލަޔަށް ބަލަން އިނުމަށް ފަހު ޔާއިދު އޭނާގެ އަތުގައި ތިލައަޅުވާލިއެވެ. ހަންގަނޑު ތޮރުފަމުން ޔާއިދު އެލިޔަނީ އެހެން ދެވަނަ މީހެއްގެ ނަމެއް ނޫނެވެ. ނޫރާގެ ނަމެވެ.

*********

[އަދިވެސް ބަލަން ހުރީތަ؟ ހަމަ މިހާރު މީގަ ސޮއި ކުރާށޭ!!!] ވިޝާމް އަޑުގެ ނެތްތަނަށް ފެލިގަތެވެ. ކަރުނަވީ ލޮލަކުން މާއިލް ލާރާއާއި ދިމާލަށް ބަލައިލިއެވެ. ދެލޯ މަރާ ތަގުޅި ކޮށްގެން ހުރިގޮތުންވެސް ލާރާ މާއިލްއާއި ދިމާލަށް ބަލައިލަންވެސް ބޭނުން ނުވޭކަން މާއިލްއަށް ދޭހަވިއެވެ. ހިތްމަތީ ހިލަގަނެއް ބާއްވާފައި ތުރުތުރު އަޅާއޮތް އަތުން މާއިލް އެގަނޑުގައި ސޮއިކުރިއެވެ. އެއަށް ފަހު މާއިލް ލާރާއާއި ދިމާލަށް ބަލައިލިއެވެ. އެވަގުތު އެއީ ލާރާވެސް ދެލޯ ހުޅުވާލަމުން މާއިލްއަށް ބަލައިލި ވަގުތެވެ. މާއިލް ލާރާއާއި ދިމާލަށް ބަލަން ހުރީ ޝަކުވާގެ ދެލޮލުންނެވެ. ނަމަވެސް އެއްވިސް އެއްޗެއް ނުބުނެ މާއިލް ހިނގައިގަތެވެ. މާއިލް ދިޔަ މަންޒަރު ބަލަން ހުރެފައި ކުޑަ ކަކޫ މައްޗަށް ތިރިވެ ލާރާ ރޯންފެށިއެވެ. [ލާރާ އެއްޗެހި ބަލާ ދާންވީނުން؟] ލާރާ ކައިރިއަށް އަހިސް ވިޝާމްއަހާލިއެވެ.

[ތިދެމީހުން މަގޭ އެއްޗެހި ގެނެސްދީފާނަންތަ؟ އެގޭ ކުރިމައްޗަށް އަރާނެހާ ހިތްވަރެއް އަހަރެންގެ ހިތަކު ހަށިގަނޑަކުނެތް. އަހަރެން މަންމަ ކައިރިއަށް ގެންގޮސްދީ ޕްލީޒް…] ރޮމުން ރޮމުން ލާރާ ބުންޏެވެ. [އޮފްކޯސް.. ވިޝާމް ދޭބަ އެގެޔަށް ލާރާގެ އެއްޗެހި ގެންނަން އިއްނު ދާނަން ލާރާ ގޮވައިގެން ލާރާގެ ގެއަށް] އީން ބުނެލިއެވެ.

[ދަރިފުޅަށް ހަމަ ޔަގީންތަ؟]ހައިރާންވެ ހުރެ ޖަޒްލާގެ އުނގުގައި ބޯއަޅައިގެން އޮވެ ރޯލަ ރޯލަ އޮތް ލާރާ ގާތު ރައްޒާގު އެއްސެވެ. [އާއެކޭ ބައްޕާ… އަހަރެން.. މާއިލް ގާތުން ވަރިވެސް ވެއްޖައިން.. ފޯމް ފުރައިފިން.. ވިޝާމް މިހާރު ކޯޓަށް ފޯމު ލައިފާނެ..] ރޮމުން ރޮމުން ލާރާ ބުނެލިއެވެ. [އެކަމަކު… މަންމައަޅެ އެއްގޮތަކަށްވެސް ހީނުކުރަން މާއިލް އެފަދަ މީހަކަށް ވެދާނެ ކަމަކަށް..] ޖަޒްލާ ބުނެލިއެވެ. ކުއްލިއަކަށް ލާރާ ޖަޒްލާ އުނގުން ތެދުވިއެވެ. [މީހުސް މަންމަމެންގެ މައްސަލަ.. މަންމަމެންނާ ހުރެ އަހަރެން މިއަދު މި ހިތާމަ މިކުރަނީ.. އެ މާއިލް ޖިންނިއަކަށްވީމަ މަންމަމެއްނަށް ކަމުނުދިޔައީ.. އެކަމަކު އެ މާއިލް އަހަރެންގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ވެއްޓުނަކަ ނުދޭ..  އެކަމަކު މަންމަމެން މަގޭ މާއިލް މަށާ ދުރު ކުރުވީ. ދެން މަށާ މިޖެހުނީ އިންސާނަކާވެސް ނޫން.. މިހުރިހާ ކަމެއްވެސް މިވީ މަންމަމެންނާ ހުރެ..] ބުނަން ބޭނުންވި ހުރިހާ އެއްޗެއް ބުނެލުމަށް ފަހު ލާރާ ދުވެފައިގޮސް ކޮޓަރިއަށްވަނެވެ. [ލާރާ… ދަރިފުޅޫ…] ރޮއިގަންނަމުން ޖަޒްލާ ލާރާ ފަހަތުން ދިޔުމަށް ހިނގައިގަތެވެ. [އިހަށް ބަހައްޓާ… އެމަންޖެއަށް އިހަށް ވަގުތު ކޮޅެއްދީ…] ޖަޒްލާ ގައިގައި ބައްދާލަމުން ރައްޒާގު ބުނެލިއެވެ.

*********

އަތުގައި ބެންޑޭޖު އަޅައިލަމުން ޔާއިދު އަތުގައި ފިރުމާލިއެވެ. މި ލަކުނު މިއީ ޔާއިދު ނޫރާދެކެ އުމުރު ދުހު ލޯބިވާނެކަމަށް އޭނާ އަމިއްލަ ނަފްސަށް ވީ ވައުދުގެ ނިޝާން ކަމުގައި ޔާއިދު ދެކުނެވެ. ކުއްލިއަކަށް ސިހިފައި ޔާއިދު ފަހަތް ބަލައިލީ ދޮރު ހުޅުވާފައި ވައިން ނޫރާ ފެނިފައެވެ. [ޔާދު އިޓްސް ޓައިމް ޓު ޕްލޭ.. ނައު ވީ ހޭވް ދި ބޯލް.. މާއިލް ވިލް ބީ މައިން ސޫން ހެހެ] ނޫރާގެ ލޮލުގައި ވިދަމުން ދިޔައީ ޝައިތާނީ ވިދުމެކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ކުށަކީ ކޮބާ – 26

Next

ބްލަޑް 7

Next
May 23, 2024

ބްލަޑް 7

Previews
May 23, 2024

ކުށަކީ ކޮބާ – 26

4 Comments!

  1. Mrs. viaan says:
    May 23, 2024 at 11:02 am

    Mi part vex varha reethi Masha Allah
    Unmeedhu kuran next part kiyaalan libeeney kama
    Can’t wait for next part

    1. shihaamaa ali shihaamaa ali says:
      May 23, 2024 at 2:50 pm

      Jazaakallah lovely :3
      Yes yes in sha allah mirey submit kollaanan.. stay tuned<3

  2. ސްލީޕިން ބިއުޓީ says:
    May 23, 2024 at 12:30 pm

    Kihaa dhera kameh mi dhn noora minvarah shukuru kohbala thimaa loabi vaa meehaa ah vure thimaadheke loabi vaameeha ehkoh ulhen masaikaiy kohbala
    Laaraa and maail ah hageegaiy kiyaadheedheebala yaaidhuuu
    Curiously waiting
    When is the next part
    Lysm dear shihaa🤗🤗

  3. Lim says:
    May 23, 2024 at 3:41 pm

    shiherrrr vvvv reethiii mi part vx ekm thankolheh kuru hn heevey hehe vedhaane lim maa kiyaa hithun ulhunyma kmh vx..curiously waiting for the next part….shiherrr alhe vvv avx kohla dhehcheyyy i really love this story..

Comments are closed.

Next Episodeމަގޭ މާއިލް 16←


All Right Reserved!