Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބްލަޑް 6

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 16, 2024 2 Mins Read
4 Comments

ޖެހިގެންއައި ދުވަހު ރަށު އެންމެންގެ ދުލުކުރީގައި އޮތީ އިހާނަތި ގޮތަކަށް މަރާލާފައި އޮތް ފިރިހެނެއްގެ ވާހަކައެވެ..

********

***10 ގަޑި އިރު ކުރިން***

[ސަނީ ސައިޑް] ބޮޑު ފިހާ ބަންދު ކޮއްފައި މޫސަ ހިނގައިގަތީ ގެއަށް ދިޔުމަށެވެ. ސައިކަލު ޕެޓްރޯލް ހުސްވެފައި ވުމުގެ ސަބަބުން މޫސަ ގެއަށް ދިޔައީ ހިނގާފައެވެ. ކުއްލިއަކަށް އައިނައި ތަނެއް ނޭނގި މީހަކު މޫސަ އަނގަމަތީގައި ފޮތި އެޅިއެވެ. ދެންވީނުވީއެއް މޫސައަކަށް ނޭނގުނެވެ.

ދެލޯ ހުޅުވާލެވުނު އިރު މޫސަ އޮތީ އަތިރި މަތީގައި ކަން އެނގުނީ ރާޅު ޖަހާ އަޑު އިވެމުން ދާތީއެވެ. މަންޒަރު ފުސްކަމުން ތަނެއް ދޮރެއް ނޭނގުނަސް ކުރިމަތީގައި ފިރިހެނަކު ހުރިކަން ޝައްކެއްނެތް މިންވަރަށް މޫސައަށް އެނގުނެވެ. [ކާކު؟؟] ކަރުކެހިލަމު މޫސަ އަހައިލިއެވެ. މޫސާއާއި ދިމާލަށް އެމީހާ އެނބުރުން އިރު އެމީހަކު ހުރި ގޮތުން މޫސަ ތުރުތުރު އަޅައިގަތެވެ. ހަމަ ގައިމުވެސް އެއީކީ އިންސާނެއްނޫނެވެ. ބިރުންގޮސް މޫސައަށް ގަޔަށް ކުޑަކަމު ދެވުނު އިރު އަޑުގެ ނެތްތަނަށް ފެލިގަނެވުވެ. [އޭތި] މޫސަގެ މޭ މައްޗާދިމާލަށް އަތުގައި އޮތް ބޮޑު ގާބުރި އެއްލާ ޖެހިއެވެ. ވޭނާ ކެކުޅުމުން ހަޅޭ ލަވައިގަންއިރު މޫސަ އަށް ހަށިގަނޑު އެކީ ދޫކޮށްލެވުނެވެ. ހަމަ އެ ސިކުންތުގައި [އޭތި] އަހިސް މޫސަ ގައިމަތީ އިށީންދެ މޫސަގެ ކަރުގައި ހިފިއެވެ. [އޭތީގެ] ތޫނު ދިގު ނިޔަފަތިތަށް މޫސަގެ ކަރު ތޮރުފަމުން ދިޔައިރު ނޭވާކުރުވަމުން ދިޔައެވެ. އެއަށް ފަހު [އޭތި] މޫސަގެ ހަށިގަނޑާއި އަންނައުނު ވަކިކުރިއެވެ. އެއްވިސް ރަހުމެއްނެތި ހަށިގަނޑުގެ އެކި ތަންތަނަށް ނިޔަފަތިތަށް ހަރަމުންދިޔައިރު ގިސްލަ ގިސްލާފައި ރުއިން ނޫންކަމެއް މޫސައަކަށް ނުކުރެވުނެވެ. މޫސައާއި ދިމާލަށް [އޭތީގެ] ރަތް ދެލޮލުން ފަހު ފަހަރަށް ބަލާލުމަށްފަހު މޫސަގެ ކަރުގައި ދަތް އެޅިއެވެ. އެވަގުތު މުޅި ފަޒާގައި ގުގުމާލީ މޫސަގެ ވޭނީ ހަޅޭކުގެ އަޑެވެ.

ހިނދުކޮޅެއްފަހެ. [އޭތި] މޫސަގެ ގައިމަތިން ތެދުވި އިރު މޫސަގެ ފުރާނައެއްނެތެވެ. މުޅި ހަށިގަނޑުވަނީ ހުދުވެފައެވެ. އެވަރަކުން [އޭތި] ހިތްހަމައެއް ނުޖެހުނެވެ. ދެންފެނުނީ މޫސަގެ ފުރާނަނެތް ހަށިގަނޑުގައި [އޭތި] އަލިފާން ރޯކޮށްލިތަނެވެ. ހިނދުކޮޅެއްފަހުން އެ އަލިފާން ގަނޑު ނިއްވާލިއެވެ. އޭރު މޫސަގެ މުޅި ހަށިގަނޑުވަނީ އަނދާފައެވެ.

*******

އަރާމު ނިންޖަކުން ނިދާލާފައި އޮތް ޔޫރާއަށް ހޭލެވުނީ ޔޫރާގެ ފޯނު ރިންގުވާއަޑަށެވެ. ދުވަހަކީ ކޮލެޖަށް ދާން ނުޖެހޭދުވަހަކަށް ވުމާ އެކު ޔޫރާ ބޭނުންވީ ނިދާލަންށެވެ. ނަމަވެސް ރިންގުވަމުން ދިޔަ ފޯނު ދިޔައީ އެކަމާ ހުރަސް އަޅަމުންނެވެ. ފޫހިކަމާއި އެކު ޔޫރާ ކާކު ތޯވެސް ބަލާނުލާ ފޯނު ނެގިއެވެ. [ހަލޯ؟] ނިދި ރާގެއްގައި ޔޫރާ އަހާލިއެވެ. [ސީރިއަސްލީ ޔޫރާ؟ އަރ ޔޫ ސްޓިލް ސްލީޕިންގް؟ ބްރޯ ޑޫ ޔޫ ނޯ ވަޓް ދި ހެލް އިސް ހެޕެނިންގް ރައިޓްނައު؟ ވަރަށް އިހާނަތި ގޮތަކަށް އެއްކަލަ މޫސަ މަރުވެފަ އޮއްވަ ފެނިގެން މިއުޅެނީ..] އެލީން ބުނެލިއެވެ. ކުއްލިއަކަށް ޔޫރާ ތެދުވިއެވެ. [ވަޓް؟ ހައު؟ ވެން؟ ވައި؟] ޔޫރާ އަހާލިއެވެ. [މިއަދު ފަތިހުއެއުޅެ އައިސްތުމެން ކަސްރަތަށް ދިޔައި އިރު މޫދު ކައިރީ އޮތީ.. ސުބްހާންﷲ ހާދަހާވާ އިހާނަތި ކޮށޭ މަރާލާފައި އޮތީ.. އައިސްތު އަދި ވެސް އޭރު ހޭނެތުން ގޮތަށް ހޭނާރާ.. ފާތުމަވެސް އަދިވެސް ހޭރެނީ.. މީހުން ކިޔާއެބަ ހީނުވެޔޭ އިންސާނެއްގެ ކަމެއްހެންވެސް. އެފަކީރުގައިގައި ފޮތިކޮޅެއްވެސް ނެތް. ތުންފަތެއް ނޭފަތެއް ނޭނގެ. ޑަކްޓަރުން ބަލާފަ ބުނި އެތެރެހައްޓަށްވެސް ގެއްލުން ލިބިފަ ކަމަށް ހުރީ.. މުޅި ހަށިގަނޑު އޮތީވެސް އަނދާފަ.

މިހާރު އޮޓޯޕްސީ ހަދަން އިންޑިއާ ފޮނުވާލަނީއެ..] އެލީންގެ ވާހަކައިވި އަވަހަށް ތައްޔާރު ވެލައިގެން ޔޫރާ ނިކުމެގެން ދިޔައެވެ.

********

ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށްފަހު އަރާމުކޮށްލުމަށްޓަކާ ނޯޔާ ގޮސް ސޯފާގައި އިށީންދެލިއެވެ. ދާހިތްލާފައި ހުރުމުން އަޅައިގެން އިން ކަޅުކުލައިގެ ވަށް ބުރުގާ ސޯފާ މަތީގައި ބާއްވާލަމުން ޓީވީ ހުޅުވާލީ 10 ޖަހަން ހުރީ 2 މިނިޓް ކަމުން ހަބަރު ބަލާލުމުގެ ނިޔަތުގައެވެ. ޓީވީ ހުޅުވާލިއިރު ފަލަ ސުރުހީގައި އިން ޙަބަރު ފެނި ނޯޔާގެ ހިތް ނުބައި ގޮތަކަށް ތެޅިއެވެ.

[ލ.ފޮނަދޫގައި މިއަދުގެ ހެނދުނުގެ ވަގުތެއްގައި އިހާނަތިގޮތަކަށް މަރާލާފައި އަތިރިމައްޗައް އެއްލާލާފައި އޮއްވާ ފެނިއްޖެއެވެ. ޕޮލިހުން އަޅުގަނޑުމެންނަށް ޙަބަރުދިން ގޮތުގައި މަރުވެފައިވާ މީހާ ފެނުނީ މިއަދު ފަތިހު ކަސްރަތު ކުރުމަށް އަތިރިމައްޗަށް ދިޔަބަޔަކަށެވެ. އަޅުގަނޑުމެންނަށް ޙަބަރު ލިބުނު ގޮތުގައި އެމީހާ ފެނުނު އިރު މުޅި ހަށިގަނޑުގައިވަނީ އަލިފާން ރޯވެ އަނދާފައެވެ. ކާކުކަން އެނގުނީވެސް ޑީ އެން އޭ ޓެސްޓް ހެދުމުންކަމެވެ. ޓެސްޓު ހަދަން ބެލިބެލުމުގައި އެމީހާގެ ހަށިގަނޑުގައި އެންމެ ލޭފޮދެއްވެސް ނެތްވާހަކަ ހޮސްޕިޓަލުން ޕޮލިހުންނަށްވަނީ ރިޕޯޓު ކޮއްފައެވެ. ޑީ އެން އޭ ޓެސްޓު ހަދަންވެސް ބޭނުންކޮށްފައިވަނީ ހަށިގަނޑުގައި ސަލާމަތުން ހުރި ދެތިން އިސްތަށްޓަކުންކަމަށް އަޅުގަނޑު މެންނަށްވަނީ ޙަބަރު ލިބިފައެވެ. އެހެންކަމުން އެމީހާގެ މަރުގެ ހަގީގަތް ބެލުމަށް މިއަދު މެންދުރުވަގުތެއްގައި ވަނީ އޮޓޮޕްސީ ހެދުމަށްވަނީ އިންޑިއާއަށް ފޮނުވާލާފައެވެ. އިތުރު ޙަބަރު އަންނަނީ.. ދެންއަޅުގަނޑު މިބަލައިލަނީ…] ދެލޯ ބޮޑުވެފައި އިން ނޯޔާއަށް ޓީވީ ނިއްވާލެވުނެވެ. މަޑު މަޑު ތުރުތުރެއްހަށިގަނޑުގައިވީ އިރު ސިކުނޑިވީ ޝައްކާއި ވަހުމުން ފުރިފައެވެ. ލަސް ހިނގުމެއްގައި ނޯޔާގޮސް ރުވާންގެ ކޮޓަރީގެ ދޮރުހުޅުވާލިއެވެ. ނޯޔާގެ ޝައްކު ޔަގީންވީ އެހިސާބުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ކުށަކީ ކޮބާ – 24

Next

ގާތުގައިވި އަނދިރިކަން، 10

Next
May 18, 2024

ގާތުގައިވި އަނދިރިކަން، 10

Previews
May 16, 2024

ކުށަކީ ކޮބާ – 24

4 Comments!

  1. Maash Butterflyyyyy says:
    May 16, 2024 at 2:00 pm

    Oh woowww mi part vx vrh reethi maasha allah..
    danggg whats gonna happen nexttt
    haadha curious kohlaafa ey thi nimmaaly shiherrrr
    dhen vaane gothaka medhu visneney hama..
    when is the next part?????????
    waiting curiously for the next part
    Lyssm dear
    💜🦋

  2. ސްލީޕިން ބިއުޓީ says:
    May 16, 2024 at 3:51 pm

    Ruvaan oh my god I can’t believe it but good
    Mi part ves vrh superb
    Curiously waiting
    When is the next part
    Lysm dear shihaa🙂🙂🙂

  3. shihaamaa ali shihaamaa ali says:
    May 17, 2024 at 10:57 pm

    hehe jazaakallah Butterflyyyyy
    heeeheee dhn less c dhw vany kihineythw
    in sha allah part 7 maadhamaa submit kolladheynan
    lym love<3

  4. shihaamaa ali shihaamaa ali says:
    May 17, 2024 at 10:58 pm

    hehe jazaakallah sleeping beauty
    heeeheee less c dhw what happens, so happy ur enjoying ut 😉
    in sha allah next prt maadhamaa submit kolladheynan
    Lym dear<3

Comments are closed.

Next Episodeބްލަޑް 7←


All Right Reserved!