ބީވެދާކަށް ނޭދެން ހުވާ 7
ބާރު ސްޕީޑެއްގައި އައި ކާރެއްގައި ޖެހި ރައުނާ ދިޔައީ ވިއްސައިގެންނެވެ.
“ރައުނާ!!!!”
****
ހަމަ ހިމޭންވެފައި އޮތް ހޮސްޕިޓަލު ހަލަބޮލިވީ ކުއްލިއަކަށެވެ. އެކްސިޑެންޓްވި އަޑާއި އެކު މިލާންގެ ވޭނީ ރުއިމުގެ އަޑުން މުޅިތަންވަނީ ހާސްކަމެއްގެ ތެރެއަށްވައްދާލާފައެވެ.އަވަސް އަވަހަށް ހޮސްޕިޓަލުން ޓީމެއްނުކުމެ ރައުނާގެ ހަށިގަނޑު ގެނެސް އެމަރޖެންސީ ރޫމްއަށް ވެއްދިއެވެ. ހުރިހާކަމެއް ވަމުން ދިޔައި ކުޑަ ސިކުންތު ކޮޅެއްގައެވެ. މިލާން ހުރީ ހިތްފަޅައިގެން ދާހާލުގައެވެ. އެވަގުތު އެތަނަށް އިކާންއައެވެ. މިލާން ރޮއެ ހޭރެމުން ދާ މަންޒަރު ފެނުމުން އެކްސިޑެންޓްވީ އަންހެން ކުއްޖާއަކީ ރައުނާކަން އިކާންއަށް ޝައްކެއްނެތް މިންވަރަށް ޔަގީންވިއެވެ. އިކާން އަވަސް ފިޔަވަޅު ތަކެއްގައި މިލާން ކުރިމަތީގައި ހުއްޓުނެވެ.
*****
ދެލޮލުން އޮހޮރެމުން ދިޔަކަރުނަ ތަކުގެ ސަބަބުން މިލާންއަށް ދިޔައީ މަންޒަރު ފުސް ވަމުންނެވެ. ހިތުގައި އަޅަމުންދިޔަ ވން ދިޔައީ ހިނދަކަށް ފަހު ހިނދެއްގައި ގަދަވަމުންނެވެ. މިއަދު އޮޕަރޭޝަން ކުރާ އެނދުމަތީގައި މިއޮތީ މިލާން އެންމެ ބޭނުންނުވި ފަރާތެވެ. ކައިރީގައި ތިބި ނަރުހުންވެސް މިލާންއާއި ދިމާލަށް ބަލަން ހުރީ ރުހުމުގެ ލޮލަކުންނެވެ. ހަގީގަތުގައި މިލާން ހުރީ އޮޕަރޭޝަނެއް ކުރެވޭފަދަ ހާލަކު ނޫނެވެ. ނަމަވެސް މިއަދު އެނދުމަތީގައި އޮތް ރައުނާ މިއީ އޭނާ ހަޔާތުގަވެސް އެންމެ ލޯބިވީ ފަރާތެވެ. އެހެންކަމުން އެ އޮޕަރޭޝަން މިލާން ކުރަން އެންމެ ބޭނުންވީ މިލާންގެ ދެއަތުންނެވެ. އެހެންކަމުން އަތުގެ ނުފުށުން ދެލޯ ފުހެލާފައި އޮޕަރޭޝަން ފެށީމެވެ.
ރައުނާގެ ބޮލުގެ ނާށިގަނޑުގައި ރެނދެއްލާފައި އިނުމުން ސިކުނޑިއަށް ލޭއެޅުމުގެ ކުރިން އެތަން ބަންދު ކުރުމަށް މިލާން އަވަސްވެގަތެވެ. ހަށިގަނޑުގައި ލޮޑު ކަމެއް ހުރި ނަމަވެސް މިލާންގެ ހިތްވަރު އެލުވައެއްނުލައެވެ. ހަޔާތުގައިވެސް އޮޕަރޭޝަނެއްގައި ނުވާހާ ސީރިއަސްކަން މިއަދު މިލާންގެ ހުރި ފަދައެވެ. މިލާންގެ ހިތަށް ވަނީ ތަދުވެފައެވެ. ނަމަވެސް ރޯކަށް މިލާންއަކަށް ވަގުތެއްނެތެވެ. މިވަގުތު ރައުނާގެ ފުރާނަ އެއޮތީ މިލާންގެ އަތްމަތީގައެވެ. މިލާން ރައުނާ ސަލާމަތް ކުރާނެކަންގައިމެވެ.
10 ގަޑިއިރުގެ ދިގު އޮޕަރޭޝަނަކަށްފަހު ރައުނާގެ އޮޕަރޭޝަން ކާމިޔާބުވިއެވެ. ނަމަވެސް ދެންވާނީ ކިހިނެއްކަން އެނގެން އޮތީ ރައުނާ ހޭއެރުމުންނެވެ. އެހެންކަމުން ދެން އެންމެންވެސް އިންތިޒާރުކުރަން ފެށީއެވަގުތަށެވެ.
****
“ކޮބާ ކިހިނެއްތަ ވީ؟” ލިވިޔާ އަޝްރަފްއަށް ގުޅާފައި އެއްސެވެ.
“ވަރަށް ކާމިޔާބު. އޭނަ ބޯގޮސް ޖެހުނީ ފުރަތަމަވެސް ހިޔެއްނުވޭ ސަލާމަތްވާނެހެއްނެއް” އަޝްރަފް ބުންޏެވެ.
އަޝްރަފްއަށް ޝުކުރު އަދާކޮށްފައި ލިވިޔާ ފޯނުގައި އޮތް ސިމް ނެގިއެވެ. އަދި ކަބަޑު ތެރެއިން އެހެން ސިމެއްނަގާ ފޯނަށް ވެއްދިއެވެ. އަދި ވަގުތުން މިލާންގެ ނަންބަރަށް ޑައިލްކޮށްލިއެވެ.
ރައުނާ ހޭއަރާނެ އިރެއްގެ އިންތިޒާރުގައި މިލާން އިންނަތާ މިހާރު 2 ދުވަސް ވީއެވެ. މިލާން އެއިންނަނީ އެސްފިޔަވެސް ޖަހާނުލާ ރައުނާގެ ހަށިގަނޑަށް ބަދަލެއް އާދޭތޯ ބަލަ ބަލައެވެ. މިލާންގެ ހިތްވަނީ ފުނޑު ފުނޑު ވެފައިކަން މިލާންގެ މޫނުމަތިންވެސް ދިޔައީ އެނގެމުންނެވެ. ރައުނާގެ މޫނަށް ގެއްލިފައިން މިލާން ސިއްސައިގެން ދިޔައީ ފޯނު ރިންގުވާން ފެށުމުންނެވެ. ނުދަންނަ ނަންބަރެއް ކަމުން ނުނގަން ހުރެފައިވެސް ނެގީ މައްސަލަ ބަލަމުން ދިޔަ ފުލުސް އޮފިސަރަކަށްވެދާނެ ތީއެވެ.
“ހަލޯ؟” އަޑު ޖެހުމާއި އެކުވެސް އެއީ ލިވިޔާކަން މިލާންއަށް އެނގުނެވެ.
“އަހަރެން ލިވިޔާއަށް ދައްކާނެ އިތުރުވާހަކައެއްނެތެ” މިލާން އެއްވިސް އިހުސާސެއް ނެއްފަދައިން ބުނެލިއެވެ.
“ޕްލީޒް މިލާން، ރައުނާއަށް ތިހެން ހެދީކާކުކަން މަށަށް އެގިއްޖޭ އެހެންވެ ޕްލީޒް އާދެބަ މިގެއަށް” ރައުނާ އެހެން ބުނެލިއިރަށް މިލާން މިދަނީ ކަމަށް ބުނެ ފޯނު ކަނޑަލިއެވެ. އެވަގުތު ލިވިޔާގެ މޫނު މަތީގައި ނުލަފާ ހިނިގަނޑެއް ދުއްވާލިއެވެ.
****
މިލާން އަހިސް ބެލް ރިންގުމާއި އެކު ލިވިޔާ އަހިސް ދޮރުހުޅުވިއެވެ.
“ހޫމް ކިޔާބަލަ” މިލާން ނުދެވިގެން ލަސްވެފަ އިންފަދައިން އެއްސެވެ.
“މިލާން.. މިލާން ޕްލީޒް މިލާން ތިހެން ނަހަދާ. އުޅޭ އަހަރެމެން ދެމީހުން މެރީ ކުރަން. ކޮން ރައުނާ އެއްތަ؟ ޕްލީޒް މިލާން.. ވީ ބިލޯންގ ޓުގެދާރއޭ ޕްލީޒްއަޅެ ނޫން” ލިވިޔާ ކުއްލިއަކަށް ކުޑަކަކޫ ޖަހާ އާދޭސް ކުރަން ފެށިއެވެ.
“ލިވިޔާ މޮޔަ ވީތަ؟ މަ ކީއްކުރަން ލިވިޔާއާއި އިންނަންވީ؟ ލިވިޔާ ހަނދާން ނެތުނީތަ ލިވިޔާ މަށަށް ހަދާލިގޮތް؟ ދެންކީއް-؟”
“އަހަރެން ބަނޑުބޮޑު” މިލާންގެ ޖުމްލަ މެދު ކަނޑާލާފައި ލިވިޔާ ބުނެލިއެވެ.
“އާން.. އަހަރެން ބަނޑުބޮޑު” ލިވޔާގެ ޓެސްޓްކިޓު ދައްކާލަމުން ލިވިޔާ ބުނެލިއެވެ. “މިއީ އަހަރެމެންގެ ބޭބީ އޭ. މިލާނއ ބޭނުންވަނީ މިލާންގެ ބޭބީ ބައްޕަނެއްކުއްޖަކަށް ވާންތަ؟” ލިވިޔާ ރޯން ފެށިއެވެ.
“ލިވިޔާ މޮޔަވީތަ؟ މަ މިހާރު ލިވިޔާ ގައިގައި އަތްނުލާތާވެސް 7 މަސް ވެއްޖެ. ދެން ކީއްވެ؟” މިލާން ހާސްވެފައި އެއްސެވެ.” ހަގީގަތުގައިވެސް މިލާން ބިރުގަނެއްޖެއެވެ. މިލާން ލާރާ ވަރިކޮށްފައި ދުރުވިތާ މިވީ 7 މަހެވެ. ނަމަވެސް ބަލިވެ އިންނަމަވެސް އެއީ މިލާންގެ ދަރިއެއްކަމެއް އެނގޭނެހެއްޔެވެ؟
“އަހަރެން ކިހިނެއް ލިވިޔާގެ ތިވާހަކަ ގަބޫލު ކުރާނީ؟ އައި ކާންޓް ބިލީވް ދިސް” މިލާން އެހެން ބުނުމާއި އެކު ލިވިޔާގެ ރުޅިގަނޑު ހީވީ ފަޅައިގެން ދިޔަހެންނެވެ.
“މިއްލޫ ޕްލީޒް ހެލްޕް މީ. އަހަރެންނަކަށް ނޭނގޭ މިއީ ކާކު ދަރިއެއްކަމެއް. އަހަރެން ބޭނުން މިލާންއަށް އިންނަން. ޕްލީޒް އަހަރެން މިލަދުން ސަލާމަތް ކޮށްދީ. އަހަރެން ބޭނުމެއްނޫން މަންމަ ކަހަލަ މީހަކަށްވާކަށް” ކުއްލިއަކަށް ލިވިޔާ އާދޭސް ކުރަންފެށިއެވެ.
ލިވިޔާގެ މޫނަށް މިލާންއަށް ބަލައިލެވުނީ ހަމްދަރުދީގެ ލޮލަކުންނެވެ. ހަގީގަތުގައި ލިވިޔާދެކެ މިލާންއަށް ރުޅި އާދެވޭކަށްވެސް ނެތެވެ. އެއީ މިލާންއަށް ލިވިޔާގެ ހަގީގަތް އެނގޭތީވެއެވެ.
ލިވިޔާއަކީ ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ލިވިޔާގެ މަންމައާއި އާމިރާ އަދި ބައްޕަ ހަސަން އުޅުނީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. ނަމަވެސް ލިވިޔާއަށް 4 އަހަރުގައި ދިމާވި އެކްސިޑެންޓްއެއްގެ ސަބަބުން ހަސަން ޕެރެލައިޒްވިއެވެ. ލިވިޔާގެ ހަޔާތް ބަނަވީ އެހިސާބުންނެވެ. އޭގެ ފަހުން އާމިރާ އުޅެމުންދިޔައީ އޭނާ ބޭނުންހާ ގޮތަކަށެވެ. ރެއަކު ފިރިހެނެއް ގެނެސްގެން އާމިރާ ނާޗަރަންގީ ހިންގީ ހަސަންއަށް އޭނާގެ “އެދުން” ތަށް ފުއްދައި ނުދެވޭކަމަށް ބުނަމުންނެވެ. ތުއްތު ތުއްތު ލިވިޔާއަށް ވަނީ މިހުރިހާ މަންޒަރެއް ފެނިފައެވެ.
ލިވިޔާގެ އުމުރުން 15 އަހަރުގައި އާމިރާ އެޗް އައި ވީގެ ޝިކާރައަކަށްވެ ވަނީ ނިޔާވެފައެވެ. އޭގެ ފަހުން ލިވިޔާ ބެލީ މިލާންގެ މަންމައެވެ. އެހެން އުޅުމުގެ ތެރޭގައި މިލާންއާއި ލިވިޔާއާއި ދެމެދު ލޯބި އުފެދި ކައިވެނި ކުރެވުނެވެ. ނަމަވެސް ލިވިޔާވެސްވީ އާމިރާ އުޅުނު ހެން އުޅޭ އައިންބަކަށެވެ.
މިލާން ލިވިޔާ ގާތުގައި އުޑަފައިން އިށީނެވެ. އަދި ލިވިޔާގެ ހަށިގަނޑުގައި ބައްދާލީ ރަހުމުން ފުރިފައި ވާކަހަލަ ގޮތަކަށެވެ.
“ލިވިޔާ.. އައިމް ސޮރީ.. އެކަމަކު ދެން އަހަރެންނަކަށް ލިވިޔާއަކާ މެރީއެއް ނުކުރެވޭނެ. ތިއީ އަހަރެންގެ ދަރިއެއްނޫންނަމަވެސް އަހަރެން ތިދަރިފުޅަށް ފައިނޭންޝިއަލީ ކުރަންޖެހޭ ހުރިހާ އެހީތެރިކަމެއްދޭނަން” މިލާން މަޑުމަޑުން އެހެން ބުނެ ލިވިޔާގެ ހަށިގަނޑުން ދޫކޮށްލާފައި ނިކުތެވެ.
ލިވިޔާގެ އެޕާޓްމެންޓްއިން ނުކުން އިރަށް މިލާންއަށްއައީ ފޯނުކޯލެކެވެ. ދެންފެނުނީ ކަރުނަވީ ލޮލަކާއި އެކު މިލާން ދުއްވައިގަންތަނެވެ. އަވަސް އަވަހަށް ދުވެފައިއައިސް އައިސީޔޫއަށް ވައިން އިރު މިލާންގެ ރައުނާ އެއޮތީ މިލާންއާއިދިމާލަށް ބަލަހައްޓައިގެންނެވެ. އުފަލުން ގޮސް ރޮވޭ ހާލު މިލާން ގޮސް ލިވިޔާ ގައިގައި ބައްދާލިއެވެ.
“ރައު.. އައި ވޯސް ސޯ ސޯ ސްކެއާރޑް. ވަރަށް އުފާވެއްޖެ. ޔޫއާރ ސޯ ސްޓްރޯންގް. އައި ލަވް ޔޫ” މިލާން އުފަލުން ބުނެލިއެވެ.
“އައި ލަވް ޔޫ މޯރ” ރައުނާ ބަލި އަޑަކުން ބުނެލިއެވެ.
“މިއްލޫ.. ހިނގާ އަހަރެން ރަނގަޅުވީމައަވަހަށް މެރީ ކުރަންދޯ” ރައުނާ ބުނެލިއެވެ. މިލާން ބޯޖަހާލީ އެއްބަސް ވުމުގެ ގޮތުންނެވެ.
4 މަސް ފަސް
މިހާރު ރައުނާގެ ހާލަތު ވަރަށް ރަނގަޅެވެ. މިހާރު މިލާންއާއި ރައުނާ ދިޔައީ ކައިވެނި ކުރުމުގެ އެންމެ ފަހު ތައްޔާރީތަށް ވަމުންނެވެ. އެންމެންގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމާއި ހިތްހަމަ ޖެހުމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.







woww what a nice story
when next part
curiously waiting
keep it up
love youu author
Jazaakallah dear<<33
In sha allah next part Tuesday ga kiyaalan libeyne. Stay tuned 🙂
Awwnnn Love you moree<3
Mi part vx v Reethi masha allah
Curiously waiting for next part
Milaan and rau guluvachey
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you