ބީވެދާކަށް ނޭދެން ހުވާ ފަހުބައި
***4 މަސް ފަސް***
މިހާރު ރައުނާގެ ހާލަތު ވަރަށް ރަނގަޅެވެ. މިހާރު މިލާންއާއި ރައުނާ ދިޔައީ ކައިވެނި ކުރުމުގެ އެންމެ ފަހު ތައްޔާރީތަށް ވަމުންނެވެ. އެންމެންގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމާއި ހިތްހަމަ ޖެހުމެވެ.
***
ހަވީރުގެ ވަގުތެވެ. އަތިރިމަތީގައި އެހެންރޭރޭ އޮންނަ ހިމޭން ކަމެއް މިރެއަކުނެތެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ދުވަހަކީ މިލާންއާއި ރައުނާގެ ކައިވެނީގެ ދުވަހެވެ. ހުދުކުލައިގެ ގަމީހަކާއި އެކު ކަޅު ކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި އިރު މިލާން ވަރަށްވެސް ސްމާރޓެވެ.
ކައިރީގައި ހުރި ލިވިޔާވެސް ވަކި މިލާންއަކަށް ދުލެއްނުކުރެއެވެ. ހުދުކުލައިގެ ބޮޑު ވެޑިނގް ޑްރެސްގައި ރައުނާ ހުރި އިރު ރައުނާ ހީވަނީ ހަމަ ޕަރީއެއްހެންނެވެ. އެކިހަހަލަ މާމެލިން ރީތި ކުރެވިފައިވާތާ ކައިރީގައި މިތިބި ޖޯޑަކީ ދުނިޔޭގައިވީ އެންމެ ފުރިހަމަ ޖޯޑޭ އެންމެންވެސް ދިޔައީ ބުނަމުންނެވެ.
ފަހަރަކު މީހެއް އަހިސް ސަލާމް ކުރަމުން ދިޔައިރު އޭގެ ތެރޭގައި ލިވިޔާ ވެސް ހިމެނުނެވެ.
“މަރްހަބާ ދެކުދިން” ލިވިޔާ މަޑުމައިތިރި ކަމާއި އެކު ބުނެލިއެވެ. ލިވިޔާއަތުގައި ލިވިޔާގެ 2 މަހަށް އަޅާފައިވާ ކުޑަކުޑަ ދަރިފުޅު އޮތެވެ.
“އަހަރެން މި ޕާޓީއަށް މިއައީ ކުރިމައްޗަށް އަހިސް މާފަށް އެދެން. އަހަރެން އަހަރެންނަށް ހައްގު އަދަބު ލިބިގަންނާނަން. އެންޑްޑޯންޓްވޮރީ މިލާން.. އައި ލައިޑް. ހީ އިސް ނޮޓް ޔޫއަރސް. މިލާންއަކަށް ޑިސާރވ އެއް ނުވެސްވޭ އަހަރެންކަހަލަ އަންހެނަކަށް މަންމަ ކިޔާ ބޭބީއެއް. ޔޫ ޑިސާރވ ސަމްވަން ލައިކް ރައުނާ. ރައުނާ. އައިމް ސޮރީ އެބައުޓް އެވެރީ ތިންގް” އެހިސާބަށް ބުނެލި އިރު ލިވިޔާގެ ލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ. ލިވިޔާ މައާފަށް އެދުނީ ހަމަ ދެރަވެގެންކަންއެދެމަފިރިންނަށްވެސް އެނގުނެވެ. އެހެންކަމުން ދެމަފިރިންވެސް ހެޔޮހިތުން މިލާންއަށް މަޢާފް ކުރިއެވެ.
“އިޓްސް އޯކޭ. ޔޫވާރ ޖަސްޓް ހާރޓް” ލިވިޔާ ގައިގައި މަޑުމަޑުން ބައްދާލަމުން ރައުނާ ބުނެލިއެވެ. ކޮންފަދަ ހިތްހެޔޮ ކަމެއްހެއްޔެވެ؟ ރައުނާއާއި ދޭތެރޭގައި ކަންތަށް ކުރެވުނު ގޮތުން ލިވިޔާ ލަދުގަނެ ދެރަވިއެވެ.
“ދެކުދިންނަށް އުފާވެރި ފާގަތި ހަޔާތަކަށްއެދެން” ލިވިޔާ ހަދިޔާދެމުން ކުރިއަށް ހިނގައިގަތެވެ.
ޕާރޓީ ނިންމުމަށް ފަހު މިލާންއާއި ރައުނާ ފުރީ ރިސޯރޓަކަށެވެ. ހަނީމޫނަށެވެ. މިލާންއާއި އެކު ރައުނާ އެދެމަފިރިންނަށް ހަމަ ޖެހިފައިވާ ކޮޓަރިތެރެއަށް ވަނެވެ. ކޮޓަރިތެރެ ވަނީ ވަރަށް ރީތިކޮށްލާފައެވެ. ހުދުކުލައިގެ ބެޑްޝީޓް އަޅާފައިވީއިރު، ފިނިފެންމަލުން އެނދުގައިވަނީ “ހެޕީ ހަނީމޫން” ޖަހާލެވިފައެވެ. ކޮޓަރިތެރޭގައިހުރި ރީތިކަމަށްގެއްލިފައި ހުރި ރައުނާ ސިހިގެންދިޔައީ ފަތުން އަހިސް މިލާން ރައުނާގައިގައި ބައްދާލުމުންނެވެ.
“އައި ލަވް ޔޫ ސޯ މަޗް” މިލާން ބުނެލިއެވެ.
“އައި ލަވް ޔޫ މޯރ” ރައުނާވެސް ލަދުންހުރެ ބުނެލިއެވެ.
ދެމަފިރިން އެރޭހޭދަކުރީވަރަށްވެސް އުފާވެރި ވަގުތުކޮޅެކެވެ. ދެމަފިރިންގެ އެކޮންމެ ފިރުމުމަކުންވެސް އަންގައިދެނީ އެކަކުއަނެކަކުދެކެ ވާ ލޯއިތްބެވެ.
***2 އަހަރު ފަސް***
ބަދިގެ ތެރޭގައި ރައުނާ ހަލުވި ކަމާއި އެކު މަސައްކަތް ކުރަމުން ދިޔައީ ހެނދުނުގެ ނާސްތާތައްޔާރުކުރުމަށެވެ. މިލާންއާއި އެކު ހޮސްޕިޓަލަށް ދިޔުމުގެ ކުރިން ކޮންމެދުވަހަކުވެސް ރައުނާ ސައިހަދާ މެންދުރަށް ބަތްކައްކައެވެ. ރޮށި ފިހެ ނިންމާފައި ރަހަމީރުކޮށް މަސްހުނިކޮޅެއް މޮޑެލުމަށްފަހު ރައުނާ ސައިހެދިއެވެ. އެއަށްފަހު ރައުނާ އަވަސްވެސް ގަތީ ރައުނާއާއި މިލާންގެ 10 މަހުގެ ދަރިފުޅު މިލްޔާއަށް ބަކުން ހެދުމަށެވެ. ސައިހަދާ ނިމުމަށް ފަހު ހިންދެމިލާފައި ރައުނާ ދިޔައީ މިލާންއާއި މިލްޔާއަށް ސައިބޯން ގޮވުމަށެވެ.
“ދަރިފުޅޫ މިލޫ؟ މިއްލޫ؟” ކޮޓަރިއަށް ވައިން އިރު މިލާންއާއި މިލްޔާ ފެންނަން ނެތުމުން ރައުނާ ގޮވާލިއެވެ. ކުއްލިއަކަށް ކޮޓަރިތެރެއިން އިވުނީ ބިރުވެރި އަޑެކެވެ. ރައުނާ ދިޔައީ ސިއްސައިގެނެވެ. ފަރާތް ފަރާތް ބަލަން ހުއްޓައި ކަބަޓު ދޮރު ހުޅުވުނުތަން ފެނުނެވެ. ރައުނާ މަޑުމަޑުން ހިނގާލާފައި ގޮސް ކަބަޑު ދޮރު ހުޅުވިއެވެ.
“ޕޮއް” ރައުނާ ކަބަޑު ދޮރު ހުވުޅުމާއި އެކު މިލާން ބާރުއަޑަކުން ބުނެލިއެވެ. އަޑު އަންނަމުން ދިޔައީ މިލާންގެ ފޯނުންނެވެ. މިލާންގެ އުނގުގައި އިން މިލްޔާވެސް ހިނިތުންވެލާފައި ހެމުން ހެމުން އަތް ޖަހަންފެށިއެވެ.
“ޕިސް ޕިސް ސާބަސް. ހޫން ދެން އާދޭސައިބޯން. އަދި މިލޫ މަންމެން ގެއަށްލާންވެސް ޖެހޭނޭނުން” ކުޑަކުޑަ މިލްޔާ އުރާލަމުން ރައުނާބުނެލިއެވެ. އެކުޑަކުޑަ އާއިލާ އުފާވެރި ކަމާއި އެކު ސައިބޮއި ނިންމާލުމަށްފަހު އަވަސްވެ ގަތީ އައިންތު ކައިރިއަށް މިލްޔާ ގެންދިޔުމަށެވެ.
އެއަށް ފަހު މިލާންއާއި ރައުނާ ދިޔައީ ހޮސްޕިޓަލަށެވެ. އަތު ގުޅުވާލައިގެން ދެމަފިރިން ދިޔައިރު ވަރަށްވެސް ލޮތްބެވެ. މިއަދު މިލާންގެ އަދި ރައުނާގެ ހަޔާތަށްވެސް ވަނީ އުފާވެރިކަން އަހިސްފައެވެ. މިލާންގެ ހަޔާތުގައި ބޭވަފާތެރިކަމުގެ ހިތި ރަހައާއި އެކު، އުފާވެރި ކަމުގެ ފޮނި ރަހަވެސް ލައިފިއެވެ. މިލާން މިއަދު އެހުރީ ވަރަށް އުފަލުންނެވެ. ރައުނާގެއަތަށް މިލާން ފިއްތާލީ ﷲ އަށް ހަމްދުކުރާ ހާލުއެވެ.
(ނިމުނީ)
އަލްހަމްދުލިއްލާހް (މަގޭ މާއިލް) އެކޭއެއްފަދައިން (ބީވެދާކަށް ނޭދެން ހުވާ) ވާހަަކައިގަވެސް، ޝިހާއަށް ސަޕޯރޓް ދެއްވި ހުރިހާ ކިއުންތެރިންނަށް ފަށްފަށުން ޝުކުރިއްޔާ.
އިންޝާ ﷲ މާދަމާނޫން އަނެއްދުވަހު ބްލަޑް ސީޒަން 2 އޮކްޓޯބަރ 29 2024 ގައި ގެނެސްދޭނަން.
ބްލަޑް ސީޒަން 2 ނިންމުމުގައިވެސް ބްލަޑް ސީޒަން 1 ގައި ލިބުނު ފަދަ ސަޕޯރޓް ލިބޭނެކަމަށް އުންމީދުކުރަމެވެ..
2024/10/29
STAY TUNED
3 Comments!
Comments are closed.







Overall a good story,but too short to my liking.
Mi part vx v Reethi masha allah
Curiously waiting for next story
Keep it up
Finally emmen gulhuni
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you
btw vrh reethi feshigen nimedhen vx vrhh reethi mashallah
ekmm too short dhn faharakun miah vure dhigu vaahaka eh kiyaalan libeyne kamah uhmeedh kuran
waiting for your next story
love you author