Skip to content
އެސްފިޔަ

ބީވެދާކަށް ނޭދެން ހުވަ 4

ފުން ނޭވާއެެއް ދޫކޮށްލަމުން މިލާން ކުރިއަށް ހިނގައިގަތެވެ. ދެތިން ފިޔަވަޅު ކުރިޔަށް އެޅުނު ތަނާހެން މިލާން އަންހެން ކުއްޖެއްގައިގައި ލައިގަތެވެ. އެވަގުތު ވެގެން ދިޔައީ ދެމީހުންގެ ހަތަރު ކަޅި ކަމަވިވަގުތަށެވެ.

****

“ސޮރީ” މިލާން އަންހެން ކުއްޖާ ތެދުކޮއްލަމުން ބުނެލިއެވެ.

“އިޓްސް އޯކޭ” ލުއި ހިނިތުން ވުމަކާއި އެކު އެ އަންހެން ކުއްޖާ އެހެންބުނެ ކުރިއަށްދިޔުމަށް އެކުއްޖާ ހިނގައިގަތެވެ.

“މިސްޓާރ މިލާން?” އެކުއްޖާ ހިނގާލާފައި ދިޔަ ތަން ބަލަން ހުރި މިލާން ސިހުނީ ފަހަތުން އޭނާގެ ނަންގޮވާލިއަޑަށެވެ.

ކަޅު ކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި އެ ޒުވަނާ ހުރީ މިލާންއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. މުށިކުލައިގެ ފަން އިސްތަށިކޮޅެއް އެޒުވަނާއަށް ލިބިފައިވީއިރު ހުރީ ނޫކުލައިގެ ދެލޮލެވެ. ބަލައިލަން ކިތަންމެހާވެސް ރީތި ޒުވާނެކެވެ.

“ޖޭކް ރައިޓް?” މިލާން ޔަގީން ކޮއްލުމުގެ ގޮތުން އެއްސެވެ.

އޭނާ ބޯޖަހާލުމުން މިލާން އޭނާއާއި އެކު ހިނގައިގަތީ އޭނާ އުޅެން ހަމަ ޖެހިފައިވަނީ އޭނާގެ ގޭގައިކަމުންނެވެ.

1 ހަފްތާ ފަސް…

ފަތިހުގެ ހިތްގައިމު ވަގުތެވެ. ފަތިސް ނަމާދަށް ފަހު މިލާން މުސައްލަ މަތީގައި އިނީ ހަތިމް ހިފައިގެން ގުރްޢާން ކިޔަަވާލުމަށެވެ. 6 ޖެހުމާއިއެކު މިލާން ތެދުވެ ޙަތިމް ބާއްވާލާފައި އަވަސްވެ ގަތީ ކޮލެޖްއަށް ދާން ތައްޔާރުވުމަށެވެ. ދުވަހަކީ މިލާން އެންމެ ފުރަތަމަ ކޮލެޖްއަށް ދާން ޖެހޭ ދުވަސް ކަމުން މިލާން ހުރީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ. އަނގައިން ކުޑަ ރާގެއް ލައްވަމުން ކޮފީގިރުމުގައި މިލާން ހުރި އިރުވެެސް، އެދޮން މޫނު މަތިން އުފާވެރިކަން ދިޔައީ ފެންނަމުނެވެ. ކޮފީބޮއެ ނިންމާލަމުން މިލާން އަވަސްވެ ގަތީ ގަޑި ނުޖެހި ކޮލެޖްއަށް ދެވޭހާއިރަށް ރެޑީވެލުމަށެވެ.

***

8 ޖެހި އިރު މިލާން ހުރީ ކޮލެޖް ތެރޭގައެވެ. މުޅިތަނަށް ނަޒަރު ހިންގާލަމުން މިލާން ހިނގައިގަތީ އައު އުންމީދުތަކަކާއި އެކުއެވެ. ފެންނަމުން ދިޔަ އައު މޫނު ތަކަށް ބަލަމުން ދިޔަ މިލާން ސިހުނީ ކުރިމަތިން އައި ކުއްޖަކު މިލާންގެ މޭމަތީގައި ޖެހުމުނެނެވެ.

“އޫޕްސް ސޮރީ. އައި ވޯސް ލޮސްޓް އިން މައި ފޯން” އެ ކުއްޖާއަވަސް އަވަހަށް ބުނެލިއެވެ. ޖަވާބު ދިނުމަށް މިލާންއަށް ނުކުޅެދެވުނެވެ. ތުންފަތަށް ވެރިވީ ލަނެތް ހިނިތުންވުމެކެވެ. އާއެކެވެ. އެއީ ފުރަތަމަ ދުވަހުވެސް އޭނާގައިގައި ލައިގަން ކުއްޖާއެވެެ.

އެފަރާތުން ޖަވާބެއްނުލިބުމުން ރައުނާ އިސްއުފުލާ ބަލާލިއެވެެ. އެވަގުތު ރައުނާއަށްވެސް ހެވުނީ އެއީ ހަފްތާއެއްހާ ދުވަސް ކުރިން އޭނާ ލައިގެން ކުއްޖާކަން އެނގުނީމައެވެ.

“އިޓްސް އޯކޭ. އެކަމަކުވާ ދޯ ތިކުއްޖާ ހުރޭދޯ ލައިގަތުމުގެ ހިސްޓޮރީއެއް? ހަހަ ދެންމާ އިނގިރޭސި ނުވިޔަސް ހެވޭ އަހަރެންމީ ރާއްޖެ މީހެކޭ” މިލާން ބުނެލިއެވެ.

“ދެން ތީނަވެސް އައީނުން ބަލާނުލާ. ދެން އެހެން ނޫނަސް މަށަށް ކިޔަނީ ތިކުއްޖާއެއް ނޫން އިނގޭ. މަށަށް ކިޔަނީ ރައުނާ” ތުން އަބުރާލަމުން ރައުނާ ބުނެލިއެވެ.

“ހަހަ އެހެންވިއްޔާ މަށަށްވެސް ކިޔަނީ ތީނައެއް ނޫން. މަށަށް ކިޔަނީ މިލާން”

“ހަހަ މިލާ މޯޅިވެފަ ހުރި މީހެއް ދޯ?” ރައުނާ ލުއިކޮށް ހީލަމުން ހުނެލިއެވެ.

“ހޫމް ތިވެސް ދެން ރޯވެފަ ހުރި މީހެއްނުން” މިލާން ވެސް ރައުނާ ބުނި ރާގުގައި ބުނެލިއެގެ.

ރައުނާ ތުންއަނބުރާލަމުން ކުރިއަށް ހިނގައިގަތެވެ.

“ރޯމަސް ކޯއްޗެއް ކިޔަވަންތަ ތިއުޅެނީ?” މިލާން ރައުނާ ފަހަތުން ހިނގައިގަންނަމުން ބުނެލިއެވެ.

“ސާރޖަން ކޯސް އެއް މިލާ މޯޅި މީހާއޯ?” ރައުނާ ކަޅި އަޅައިލަމުން ބުނެލިއެވެ.

“އަޅޭ މަވެސް ހަމަތީތި” ކަންދިމާކުރިގޮތުން މިލާންއާއި ރައުނާދާން އިނީވެސް އެއް ކުލާހަކަށެވެ. ދުވަސް ނިމިގެން ދިޔައީ ދެމީހުން ދެމެދުގައި ގާތް ގުޅުމެއް އުފެދިގެންނެވެ.

(ނުނިމޭ)

Salaam readers ,

I’m so sorry i have not posted in a while i have been a little busy these days. In sha allah dhn i will upload daily. I’m sorry for the wait hope you will love this episode, too❤️

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (3)

  1. Cutie girl

    It’s ok
    Mi part ves v reethi masha Allah
    Curiously waiting for next part
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Love you ❤️😍

  2. Lam

    Ahchaaa salhi ey 🥰🥰

  3. Anonymous

    Reethi ekm maa kuru

Comments are closed.