Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

5 ކުރުވާހަކަ

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
October 28, 2024 8 Mins Read
0 Comments

***ދަރިފުޅު***

ވަރަށް ބޯކޮށް ވާރޭވެހެމުންދިޔައެވެ. ބެލްކަނީގެ ޗޭނުގައި އަތް އަޅާލައިގެން އަހަރެން އޮތީމެވެ. އޭރުވެސް އަހަރެންގެ ދެލޮލުގައި ކަރުނައިގެ މުތީތަށް ދިޔައީ ބަބުޅަމުންނެވެ. މަޑުމަޑުން ޖެހެމުން ދިޔަ ވައިރޯޅިން އަހަރެން ދިޔައީ ހީކަރުވަމުންނެވެ. ނަމަވެސް އަހަރެންގެ ހިޔާލުތަށް ހުރީ އެއިން އެއްވިސް އިހުސާސެއް ވާކަހަލަ ހާލަކު ނޫނެވެ. އަހަރެން ދެލޯމަރާލީމެވެ. އަހަރެންގެ މާޒީ މަތިން އަދި އެފަހަރު ހަނދާންކޮށްލުމަށެވެ.

އަހަރެންނަކީ ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަހަރެންނަށް ލިބިފައިވީ ރީތި ސޫރައިގެ ސަބަބުން ރަށުގެ ހުރިހާ އުމުރެއްގެ ހުރިހާ ފިރިހެނުންވެސް ތިބީ މަށަށް މަށަށް ކިިޔާލަ ކިޔާލައެވެ. ނަމަވެސް އަަހަރެން ކައިވެނި ކުރަން ނިންމައިގެން ހުރީ އަހަރެންގެ މައިންބަފައިންގެ ހުއްދަ ލިބޭ މީހަކާއެވެ. އަހަރެންނަށް 20 އަހަރު ވުމުން އަހަރެންގެ ބައްޕަ އަހަރެން ގާތުގައި ކައިވެނީގެ ވާހަކަ ދައްކަންފެށިއެވެ. އަހަރެން ބައްޕަގާތުގައި އަދަބު ވެރި ކަމާއި އެކު ބުނީމެވެ. “ބައްޕަގެ ނިންމުމީ އަހަރެންގެ ވެސް ނިންމުމެވެ”

އޭގެ ދެހަފްތާފަހުން އަހަރެންގެ ބައްޕަ، ބައްޕަގެ އެންމެ ގާއިއެކުވެރިޔާ ކަމުގައިވާ މުހައްމަދުގެ ހުރި ހަމައެކަނި ދަރިފުޅު ރިޝްވާން އާއި އަހަރެން ތަޢާރަފްކޮށްދިނެވެ. ދެފަރާތުގެ އާއިލާއިންވެސް ބޭނުންވީ އަހަވަށް ކައިވެނީގެ ކަަންތަށް ނިންމުމަށެވެ. މަންމަމެންނަށް އޭނާދޭ އޯގާތެރި ކަމުގެ ސަބަބުން އަހަރެންނަށްވެސް ރިޝްވާންއާއި މެދުގައި އިހްތިރާމް އުފެދެން ފެށުނެވެ. ނަމަވެސް އަހަރެންނަށް އޭރު ނޭނގުނީ އެއީ އޭނާ އަޅައިގެން އުޅޭމޫނު މައްޗެއްކަމެވެ. ދެހަފްތާ ފަހުން އާދައިގެ ގޮތަކަށް އަހަރެންނާއި ރިޝްވާންގެ ކައިވެނި ކުރެވުނެވެ. އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ. އަހަރެންވެސް ހުރީ އުފަލުންނެވެ. ނަމަވެސް…

ބުނާތީ އަހަމެވެ. ކައިވެނީގެ ފުރަތަމަ ރެއަކީ ކޮންމެ އަންހެނަކާއި ފިރިހެނެއްގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރިދުވަހެވެ. ނަމަވެސް އަހަރެންނަށް ކަންވީ ތަފާތުކޮށެވެ. އެރޭ ރިޝްވާން އަހަރެންނާ ދޭތެރޭގައި ކަންތަށް ކުރީ ވަލު ޖަނަވާރަކާދޭތެރޭވެސް ކަންތަށް ނުކުރާނެހާ އިހާނަތިކޮށެވެ. އެރޭ އަހަރެންނަށް ޝައްކެއް ނެތްމިންވަރަށް ޔަގީންވިއެވެ. ރިޝްވާން ލޯބިވީ އަހަރެންދެކެއެއް ނޫނެވެ. އަހަރެންގެ ހަށިގަނޑުދެކެއެވެ. ދުވަސްތަށް ފާއިތުވަމުން ދިޔައެވެ. ކޮންމެ ދުވަހަކު ރިޝްވާންެގެ ތޫނު ވަކި ތަކުގެ ޝިކާރައަކަށް އަހަރެންވެގެން ދެއެވެ. ނަމަވެސް އަހަރެން އެވާހަކަ އެއްވިސް މީހެއްގާތުގައި ނުބުނަމެވެ. ބުންޏަސް ގަބޫލު ކުރާނީ ފަހެ ކާކު ހެއްޔެވެ؟ މީހުން ކުރިމަތީގައި ރިޝްވާންފަދަ ދެވަނަ ފިރިޔަކު ދުނިޔޭގަވެސް ނޫޅޭނެއެވެ.

ދުވަސްތަށް ފާއިތުވަމުންދިޔައެވެ. އަހަރެންގެ ހަށިގަނޑުގައި އެހެން ހިތެއްގެ ވިންދު ޖަހަން ފެށިއެވެ. އެދުވަހު އަހަރެންނަށް ކުރެވުނީ ކޮންކަހަލަ އިހުސާސެއްކަމެއް ބުނެދޭކަށް އަހަރެންނަކަށް ނޭނގެއެވެ. ރިޝްވާން ގާތުގައި އަހަރެން ބަލިވެއިން ވާހަކަ ބުނީމެވެ. ނަމަވެސް އަހަރެންނަށް މަރުހަބާ ކިއީ ހޫނު އަތްތިލައެކެވެ. އަހަރެންގެ ބަނޑުގައި ވީދަރިފުޅުގެ ފުރާނަ ނައްތާލުމަށް އޭނާއަށް ކުރެވުނު ކަމެއްކުރާނަންކަމަށް ބުުނެ ބަރުފިޔަަވަޅުތަކެއްގައި އޭނާ ގެއިން ނުކުމުގެން ދިޔައީ އަހަރެން ރޮއެ ރޮއެ އޮއްވައެވެ. ﷲ ގެ ކުޅަދުންވަންތަކަމާއެވެ. ރިޝްވާން ގެއިން ނުކުތީ އޭނާގެ ލޭ ދުނިޔެއަށް އުފަންވުމުގެ ކުރިން އެ ފުރާނަ ނައްތާލުމުގެ ވަސިއްޔަތެއް ހޯދުމަށެވެ.  ނަމަވެސް ގެއިން ބޭރަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު ކޮންޓްެރޯލުން ނެއްޓިގެންއައި ސައިކަލެއްގައި ޖެހި ރިޝްވާން ދިޔައީ މާދުރަށް ވިއްސައިގެންނެވެ. ބޮލުގެ ނާށިގަނޑު ފަޅައިގެންގޮސް، ސިނކުޑިއަށް ލޭއެޅިފައިވުމުން ފުރާނަސަލާމަތް ވާނެ ކަމާއި މެދު ޑަކްޓަރުންނަށް އެއްވިސް ޔަގީންކަމެއް ނުދެވުނެވެ. 2 ހަފްތާވަންދެން އެހާލުގައި ކޯމާއެއްގައި އޮވެފައި ރިޝްވާން މިދުނިޔެއާއި އަލްވަދާއު ކިޔެވެ. އަހަރެން ރިޝްވާންދެކެ ލޯބި ނުވިނަމަވެސް އަހަރެން ހިތުގައި ޖެހި ދެރަވިއެވެ. އަހަރެންގެ މި ކުޑަ ކުޑަ ފުރާނަ ބައްޕަނެއް ކުއްޖަކަށް ވުމުންނެވެ. ނަމަވެސް އަހަރެން ހިތްވަރު އެލުވާ ނުލާ ކުރިއަށް ހިނގައިގަތީމެވެ. ނަމަވެސް އަހަރެންގެ ނަސީބު ހަމަ ދެރައީއެވެ. އަހަރެންގެ ބަނޑަށް 8 މަހުގައި އަހަރެން އެމާރޖެންސީ ސީ ސެކްޝަންއަކަށް ދިޔައެވެ. އަހަރެންގެ ދަރިފުޅު ނެގިއިރު އެތުއްތުފުރާނަ ވަނީ ހެއްދެވި ފަރާތަށް އެނބުރިގޮސްފައެވެ.

އަހަރެންނަށް ހަޅޭ ލަވައިގަނެވުނެވެ. މާޒީގެ އެހިޔާލުތަށް ދިޔައީ އަހަރެންގެ ނާޒުކު ހިތް ކުދި ކުދި ކުރަމުންނެވެ.  އަހަރެން މަަަޑުމަޑުންގޮސް އެނދުގައި އޮށޯވެލީމެެވެ. ގިސްލަ ގިސްލާފައި ރޮމުންނެވެ.

(ނިމުނީ)

***އަހަރެންގެ މާޒީ***

ހޫނު މެނދުރެކެވެ. ވެލާނާ އެތެރެވަރީގެ ވައިގެ ބަނދަރުން މަތިންދާބޯޓު ނައްޓާލާފިއެވެ. ވިލާތަކުގެ ތެރެއިން އުދުހެނީ އަހަރެންގެ ލޮލަށް އަވި އަޅަމުންންނެވެ. އަހަރެންގެ މޫނު މަތީގައި އެއްވިސް ދިރުމެއްނެތެވެ. އަހަރެން އިނީ ގަބުކައިފައެވެ. އަހަރެން މިއަދު އެނބުރި ރަށަށް މިބަދަލު ވަނީއެވެ. އަދިވެސް އަހަރެންނަކަށް ގަބޫލެއްނުކުރެވެއެވެ. އަހަރެން ދުވަހަކުވެސް އެނބުރި އަންނަން ޖެހޭނެކަމަކަށް އަހަރެން ހިޔެއްނުކުރަމެއެވެ. ނަމަވެސް ތަގުދީރުގެ ނިންމުން ވަރަށް ތަފާތެވެ. އަހަރެން ދެލޯ މަރާލީމެވެ. މަޒީ މަތިން ހަނދާންކޮށްލުމަށެވެ. ފަހު ފަހަރަށެވެ.

އަހަރެން އުޅެ ބޮޑުވީ ހދ ކުޅުދޫފޫށީގައެވެ އޯލެވެލް ހެދުމަށް ފަހު އަހަރެން ކޮލެޖަށް ވަނީމެވެ. އުންމީދުތަކަކާއި އެކުއެވެ. ނަމަވެސް ކޮލެޖަށް ވައިންތާ 5 މަސް ފަހުން އަހަރެނަނަށް ލޯބިވެރިޔަކުލިބުނެވެ. އަހަރެން އޭނާދެކެ ވަރަށް ލޯބިވީމެވެ. އޭނާ އަހަރެންނަށް ވަރަށް ފޮނި ހުވަފެންތަކެއްދެއްކިއެވެ. އަހަރެންނަށް ވުރެ އޭނާ 3 އަހަރު ބޮޑެވެ. އޭނާގެ ބައްޕަގެ 3 ފިހާރަ މާލޭގައި ހުރެއެވެ. އޭނާގެ މަންމައަކީ ބޮޑުކޮންޕެނީއެއްގެ ސީއީއޯއެވެ. އޭނާއަހަރެންގާތުގައި ކައިވެނި ކުރަންއެދުނެވެ. އަހަރެން އުފަލުން އެއްބަސްވީމެވެ. ކޮލެޖުންވެސް އަހަރެން ޑްރޮޕްއައުޓްވީމެވެ. އަހަރެންނަށް ކުރެވުނު ކުށަކީ އެއީބާއެވެ؟

ކައިވެނި ކުރެވެންދެން އަހަރެންގެ ލޯބިވެރިޔާ އަހަރެންނަށް ވަރަށް ލޯބި ދިނެވެ. ނަމަވެސް ކައިވެނި ކުރުމުން އަހަރެންދެކެ އޭނާ ވީ ލޯބިދިޔައީކޮންތާކަށް ކަމެއްއަހަރެންނަކަށް ނޭނގެއެވެ. އަނިޔާއެއްނުކުރެއެވެ. ނަމަވެސް ލޯއިތްބެއްވެސް ނުދެއެވެ. އަހަރެންނަށް ގޭތެރޭގައި އެއްވިސް މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރުމަށް މަސައްކަތު މީހުންތިބެއެވެ. އޭނާ އަހަރެންނަށް ރުފިޔާގެ އެއްވިސް ކަމެއްވެސް ދަކިވިޔަކަ ނުދެއެވެ.

ކައިވެންޏަށް އަހަރު ވުމުން އޭނާ ކުއްޖަކު ބޭނުންވާހަކަ ބުންޏެވެ. އަހަރެން އުފާވިއެވެ. ކުއްޖަކު ލިބުމުން ލޯބި ލިބޭނެތީއޭހިތަށް އެރިއެވެ. ނަމަވެސް 3 މަސް ވީއިރުވެސް ކުއްޖަކު ނުލިބުނެވެ. އަހަރުމެން ޑަކްޓަރަށް ދެއްކީމެވެ. މައްސަލަ ހުރީ އަހަރެންގެއެވެ. ނަމަވެސް ޑަކްޓަރު ބުނި ގޮތުގައި އަހަރެންގެހުރީ ފަރުވާ ކުރެވޭ ވަރުގެ މައްސަލައެކެވެ. ނަމަވެސް އޭނާ ފަރުވާ ކުރާކަށް ބޭނުމެއްނުވިއެވެ. އޭނާބުނި ގޮތުގައި ފަރުވާކޮށް ހަދައިގެން ލިބޭ ކުދިން ތިބޭނީ ރަނގަޅު ސިއްހަތަކުނޫނެވެ. އެންމެ ފަހުން ރޮއެ ރޮއެ އޮއްވާ އަހަރެންވަރިކޮށްފައި ގެއިންނެރުނެވެ.

އަހަރެންގެ މާޒީގެ ހިޔާލުތަކުން އަހަރެންނަށް ނުކުމެވުނީ ބޯޓު ޖެއްސުމުންނެވެ. އަހަރެން މަޑު މަޑުން ތެދުވެ ނުކުތުމަށް ދިޔައީމެވެ. އޭރު އަހަރެންގެ މަންމަ އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ. މަންމަ ފެނުމުން އަހަރެންގެ ބަޑި ފަޅައިގެންދިޔައެވެ.

“މިއީ އަހަރެންގެ މާޒީއެވެ. އަހަރެންގެ ހިތިމާޒީއެވެ.”

އަހަރެންގެ ޑައިރީގެ އެންމެ ފަހު ފޮޅުވަތުގައި ލިޔެލީމެވެ.

(ނިމުނީ)

***ޔަސްނާ***

(މިއީ އަޅުގަނޑު ގުރޭޑް 9ގެ ޓާރމް ޓެސްޓުގައި ލިޔުނުވާހަކައެވެ)

އަހަރު ތަކަކަށްފު އަހަރެން އަނބުރާ އަހަރެންގެ ރަށަށް ދިޔައީ ވަރަށް ފޮނި އުންމީދުތަކަކާއި އެކުއެވެ. ނަމަވެސް ރަށަށް އައިތާ ކުޑަކުޑަ ދުވަސް ކޮޅެއްތެރޭގައި އަހަރެންގެ ދިރިއުޅުން އެފުއްމިފުށަށް ޖެހިގެން ދިޔައީ ހީވެސް ނުވާ ފަދަ ގޮތަކަށެވެ. އަހަރެން ކުރި ހުރިހާ އުންމީދު ތަކެއް ފުނޑު ފުނޑު ވެގެން ދިޔައީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. އަހަރެން މަޑު މަޑުން ދެލޯމަރާލީމެވެ. އެވަގުތު ދެލޮލުގައި ގިނަ ވެފައި ހުރި ކަރުނަތައް މަޑުމަޑުން ފޭބިއެވެ. އެހެން ދެލޯމަރާލައިގެން އިން އިރު މަޑުމަޑުން ސިފަ ވެގެން ދިޔައީ އަހަރެންގެހިތި މާޒީއެވެ.

ބާރުދުވެލީގައި ދުއްވާފައި އައި ލާންޗު މަޑު ކޮއްލީ ހދ.މަކުނުދޫ އަށެވެ. އަހަރެންގެ ކަންފަތުގައި އިން ހެޑްސެޓު ނައްޓާލާފައި އާދައިގެ ހިނގުމެއްގައި ލާންޗުން ފެއިބީމެވެ. ލާންޗުން ފޭބުމާއި އެކު އަހަރެންގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުން ވުމެކެވެ. 5 އަހަރު ވަންދެން ރާއްޖޭން ބޭރުގައި ޑޮކްޓަރުކަން ކިޔަވަން އުޅިފައިން އަހަރެން ރާއްޖެ މިއައީ މިއަދުއެވެ. އަހަރެން މިއައީ އަހަރެން ރާއްޖެ އަންނަ ވާހަކަ އަހަރެންގެ ކޮއްކޮ ޔަސްނާ ކައިރީ ބުނެވެސް ނުލައެވެ. އަހަރެން ފެނުމުން ކޮއްކޮ އުފާ ވާނެ ވަރު ހިތައް އަރާފައި އަހަރެންނަށް ވެސް ހިނިތުން ވެލެވުނެވެ.

ޓެކްސީ އަހިސް  އަހަރެންގެ ގޭކައިރީ މަޑު ކޮއްލުމުން އަހަރެން މަޑުމަޑުން ކާރުން ފެއިބީމެވެ. ގޭތެރެ އަށް ވަން އިރު ޔަސްނާ އިނީ ސިޓިންގރޫމް ސޯފާގައެވެ. ޔަސްނާ އިނީ ކަކުލުގައ ބޯޖަހައިގެން ކަމުން އަހަރެން ވައިން ކަމެއް ޔަސްނާ އަކަށް ނޭނގެއެވެ.

“ސަޕްރައިސް!!!” އަހަރެން ގެއަށް ވަދެ ބާރަކަށް ހަޅޭ ލަވައިގަތީމެވެ. ޔަސްނާ ސިހިފައި އަހަރެންނާއި ދިމާލައް ބަލާލިއެވެ. އަދި އަހިސް އަހަރެންގެ ގައިގައި ބާރަކައް ބައްދާލިއެވެ. އަހަރެން ހީކުރީ ޔަސްނާ އަހަރެންގެ ގައިގައި ބައްދާލީ ދުވަސް ތަކަކައް ފަހު އަހަރެން ފެނުމުން އުފަލުން ކަމަށެވެ. ނަމަވެސް އެދުވަހު ހާގިގަތުގައި އޭނަ އަހަރެންގެ  ގައިގައި ބައްދާލީ އަހަރެންގެ ހިމާޔަތައް އެދިއެވެ. އެދުވަހު އަހަރެންނަށް އެކަން އެދުވަހު އިހުސާސް ނުވީއެވެ.

އަހަރެން ރަށަށް އައިތާ  ހަފްތާ އެއްހާ ދުވަސް ފަހެވެ. އަހަރެން އިނި ސިޓިންގރޫމް ސޯފައިގައެވެ. އެހެން އިނދާ ގެއަށް ވަދެގެން އައީ ޖާނުން ވަރުގަދަ ފިރިހެނެކެވެ. އަހަރެން ފެނުމުން  އޭނާ މޫނުމަތިން އެހުރީ ރުޅިގަދަ ވެފަކަން އަހަންނަށް އިނގުނެވެ. އެއީ ކާކު ތޯ ސުވާލު ކުރަން އުޅެނިކޮއް ކޮއްކޮ ކޮފީ ތައްޓެއް ހިފައިގެން އައެވެ. “ދޮންބޭ….” ކޮއްކޮ ގޮވާލިއެވެ. “ކޮއްކޯ މީ ކާކު؟” އަހަރެން އަހާލީމެވެ. ޔަސްނާ މަޑުމަޑުން ހިނގާލައިފައި ގޮސް އޭނާގެ އަތުގައި ހިފިއެވެ. “ދޮންބޭ.. މިއީ ނަބީލް.. އަހަރެންގެ ބީއެފް…” ޔަސްނާ ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. “ނައިސް ޓު މީޓް ޔޫ.. އައި އޭމް ޔަސީން، ޔަސްނާގެ ދޮންބެ..” އަހަރެން ބުނެލީމެވެ. އޭނާ ހިނިތުން ވެލިއެވެ. އަހަރެން ދެން އިނީ ނަބީލް އާއި ވާހަކަ ދައްކާށެވެ. އެ ވާހަކަ އަށް ގެއްލިފައިން ވަރުން  ކޮއްކޮގެ މޫނު މަތތީގައި ހުރި ނުތަނަވަސް ކަމެއް އަހަރެން ނަކައް ފާހަގައެއްނުވިއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ހޭލެވުން އިރަށް އަހަރެންނަށް ކުރެވުނީ ވަރަށް އެހެން ކަހަލައިގެ އިހުސާސް އެކެވެ. އަހަރެންގެ މޭ ތެޅިލީ ނުބައި ގޮތަކަށެވެ. އަނެއްކާ ކޮއްކޮ އަށް ގޮތެއް ވީބާއޭ ހިތާ އަހަރެން ވަރަށް ބިތުގަތެވެ. އަހަރެން އެނދުން ތެދުވިވަގުތު ފެނުނީ ދޮރު ދަށުގައި އޮތް ކަރުދާސް ކޮޅެކެވެ. އަހަރެން އެގަނޑު ކޮޅު ކިޔައިލީމެވެ.

“ލޯބިވާ ދޮންބެއަށް…..

ދޮންބޭ.. އަހަރެންނަށް މާފު ކުރޭ.. އަހަރެންނަކަށް ދޮންބެ ބޭނުން ވި ކަހަލަ ކުއްޖަކައް ނުވެވުނެވެ. އިއްޔެގަ ދޮންބެ އަށް ދިމާވީ އަހަރެންގެ ލޯބިވެރިޔާއަށް ނޫން ހެއްޔެވެ؟ އަހަރެން އޭނަ ދެކެ ޖާނާފުރާނައިން ލޯބި ވީމެވެ. ނަމަވެސް އޭނަ ލޯބިވީ އަހަރެންގެ ހަށިގަނޑު ދެކެއެވެ. އޭނަ އަހަރެންގެ ނުގަބޫލުގައި ކިތަންމެ ކަމެއް ކުރިއެވެ. އަހަރެން ނުގަބޫލު ވެއްޖެ ނަމަ އަހަރެން ދޫކޮއްލާނެ ކަމައް ބުންޏެވެ. މިހާރު ހިތައް އަރައެވެ. ގެއްލުން ނަމަވެސް ނުގަބޫލު ވެވުން ނަމައެވެ. މިއަދު މިފެންނަނި އެކަމުގެ ހިތި ނަތީޖާއެވެ. މިހާރު އަހަރެން މިއިޏި ބަލިވެއެވެ. ދޮންބެ ޑޮކޮޓަރަކައް ވެގެން އަހިސް ހުއްޓާ މިލަދުގަ ދޮންބެ ބައްދާކައް އަހަރެންނަކައް ނުކެރުނެވެ. އެހެން ކަމުން އަހަރެން މިދަނީއެވެ. ދޮންބެ އަހަރެންނަށް މާފު ކުރާނެކަމައް އުންމީދު ކުރަމެވެ…

ލޯބިވާ ޔަސްނާ…”

އެ ސިޓީ ކިޔާ ނިމުން އިރު އަހަރެންގެ ދެލޯވަނީ ކަރުނައިން ފުރިބާރުވެފައެވެ. ދުވެފައި ގޮސް ޔަސްނާ ގެ ކޮޓަރި އަށް ވައިން އިރު ޔަސްނާ އިނީ ދަންޖެހި މަރުވެފައެވެ…….

“ޑޮކްޓަރ ޔަސީން.. އިތުރު 3 ޕޭޝަންޓަކު އަހިސް އެބަ ހުންނެވި” އަހަރެން ސިގިގެން ދިޔައީ ނަރުސް ކުއްޖަކު ގޮވާލިއަޑަށެވެ. އަހަރެން ބޯ ޖަހާލާފައި ވެއްދުމައް އެދުނީމެވެ. މިހާރު އޭގެ ފަހުން 3 އަހަރު ވެއްޖެއެވެ. ނަބީލް ހައްޔރު ކުރެވުނެވެ. ނަމަވެސް އަހަރެންނަށް މުޅި އުމުރަށް ވެސް އަހަރެންގެ ކޮއްކޮ ގެއްލުނީއެވެ. އަހަރެންނަށް ކޮއްކޮ އާއި ދޭތެރޭގައި މާ ފަރުވާ ކުޑަ ކުރެވުނިޔޭ ހީވާ ފަހަރުވެސް އާދެވެއެވެ. ނަމަވެސް އަހަރެންނަށް  އަހަރެންގެ މާޒީ ބަދަލު ނުކުރެވޭނުން ހެއްޔެވެ؟ ކޮޓަރި އަށް ވަދެގެން އައި ޕޭޝަންޓްއާއި  ދިމާލައް ބަލާލާ އަހަރެން ހިނތުން ވެލީ ކޮއްކޮ އަށް ޓަކާ ހެޔޮ ދުޢާ ކުރާހާލުއެވެ.

(ނިމުނީ)

***މަގޭ ބިޒީކަމުން***

މިހާރު އެހެރަ 12 ޖެހީ އެވެ. އަދިވެސް ފަރީދާ އެއޮތީ ނިދާފައެވެ. 1 ޖަހާއިރު އަހަރެން މީޓިންއަށް ދާން ޖެހެއެވެ. ގަމީސްގަނޑެއް އިސްތިރިކޮށްލަދޭށޭ ކިޔާފަ ގޮވާތާވެސް ދެގަޑިއިރު ވީއެވެ. މިއީ ވާ ވަރުގަދަ އަންބެއްތާއެވެ. އަނެއްކާވެސް އަހަރެންގޮސް ފަރީދާ ގާތުގައި އިށީނީމެވެ.

“ފަރީދާ. ބަލަ ފަރީދާ. މަ މީޓިންގ އެއް އެބަ އޮތޭ މިގަމީސް އިސްތިރިކޮށްލަން ތެދުވެބަލަ ހެޔޮނުވާނެ” އަހަރެންއާދޭހުގެ ރާގަށް ބުނެލީމެވެ. އަޖައިބެކެވެ. މީނާ ގުޑާވެސް ނުލައެވެ. އަހަރެން ޗުސް ކަނޑާލާފައި ގޮސް އަމިއްލައަށް އިސްތިރި ކުރެވޭތޯ ބެލީމެވެ. އަޅެ މަފަކީރު ހަމަ ނަސީބުދެރައީއެވެ. އެ ގަމީސްގަނޑު ވެސް އެ ވިރުނީއެވެ. “ހޫމް މިއޮތީ މީޓިންގއަށް ދެވިފައޭ” ހިތާ ހިތާ އަހަރެން ބުނެލީމެވެ.

15 1 ވީއެވެ. އަހަރެން މިހާރު ރުޅިވެސް އަންނަން އެބަ އުޅެއެވެ. މިއަންހެނާއާއި ހުރެ އަހަރެންނަށް މިގެއްލުނީ ޕްރޮމޯޝަންއެކެވެ. އަހަރެން ފަރީދާދެކެ ވަރަށް ރުޅިއައެވެ. ތުން ދަމައިގެން އެނދުގެ ފަޑީގައި އަހަރެން އިށީނީމެވެ. 2 ޖެހިތަނާ ފަރީދާ ތެދުވިއެވެ. އަހަރެން އަޅާވެސް ނުލީމެވެ.

ޖެހިގެން އައި ދުވަހެވެ. އަހަރެންނަށް ނިދިން ހޭލެވުނު އިރު 10 ޖަހަނީއެވެ. ފަރީދާ އެނދަކު ނެތެވެ. މާއިތްކަލާކޯއެވެ. އިއްޔެމީޓިންގއަށްވެސް ނުދެވުނެވެ. މިއަދު އޮފީސްގަޑިވެސް އެއޮއް ދިޔައީއެވެ. އަހަރެން ދުވަމުން ކަހަލަ ގޮތަކަށް ގޮސް ބަދިގެއަށް ވައިންއިރު ސައި ހަދާފައި ހުއްޓެވެ. ފަރީދާ އިނީ ސިޓިންގރޫމްގައެވެ.

އަހަރެން ޗުސް ތަޅާލީމެވެ. ފަރީދާ މަށަށް ނުގޮވުމުން އެއްޗެހި ކީމެވެ. “ހަސަން ބަނޑުހައި ވެފަ ހުރީމައޭ ތިއަޅެ ރުޅި އަންނަނީ ދޭބަލަ ސައިބޯން ހުންނާނެ ހެދިކާގަނެފަ” ފަރީދާ ބުނެލީހަމަ އެކަނި އެހެންނެވެ.

އަހަރެން ދެރަވިއެވެ. ބޮޑަށް ގަތީ ބިރެވެ. މަގޭ ފަރީދާ މޮޔަވީބާއެވެ؟ އަހަރެންގެ މުރާލި ހީވާގީ އަނބިމީހާ “ހެދިކާ ގަތީ” ކިހިނެއްވީބާއެވެ؟ އަހަރެން އޮފީހަށް ގުޅީމެވެ. އަހަރެންގެ ހައިރާންކަންވީ ދެގުނައެވެ. އަހަރެން ބުނެގެން އަހަރެންނަށް ޗުއްޓީ ދިނީއޯލައެވެ. އަހަރެން އަވަހަށް އަހަރެންގެ އެންމެ ގާއި އެކުވެރިޔާ ޒިހުނީއަށް ގުޅީމެވެ.

“މިއީ އަނެއްކާ ސިހުރުވެރި ކަމެއްތަ؟ މަށަށް ހާދަ ހީވެއޭ” ހުރިހާ ވާހަކައެއް ކިޔައިދީފައި އަހަރެން ބުނީމެވެ.

ޒިހުނީ ޖަހާލީ ހިނިގަނޑެކެވެ. “ކަލޭ އަޅެ މޮޔައީތަ؟ އިތީ ކަލޭ އަންހެނުންގެ ކަމަކަށް ވާނީ. ކައިވެނިކޮށް ހަނީމޫންއަށް ދިޔަފަހުން ކަލޭ ޗުއްޓީއެއްވެސް ނެގީއެއްނޫން. ދެން އެހެންވެ ވާނީ ތިހެންތާ” ޒިހުނީ ބުންޏެވެ.

“ނޫނެކޭ. ދެން ކީއްވެ އޭނައެއްޗެއް ނުބުނެ ހުންނަންވީ؟” އަހަރެން އެހީމެވެ.

“ކަލޭގެ ބޮލުގަ އޮތީ ސިކުނޑިއެއްތަ ނޫނީ މީދާކޭ އުނބެއްތަ؟ ކަލޭ ދޭބަލަ އަޅެ އަންހެނުނަށް ވާހަކަދައްކަން” އަހަރެން ޒިހުނީގެ ވާހަކަ އަހާފައި ގެއަށް ދިޔައީ ބޮޑު ސުވާލު މާރކްއެއް ހިފައިގެންނެވެ. ގެއަށް ވަދެ ކޮޓަރިއަށް ވައިން އިރު އަހަރެން ދިޔައީ ސިހިގެންނެވެ.

އެނދުކައިރީގައި “ހެލޯ ޑެޑީ” ޖަހާފައި އިނެވެ. އަދި އޭގެ އިތުރުން އެހެން ޖަހާފައި އިން ކޭކެއްވެސް އިނެވެ. ކައިރީގައި ފަރީދާ ހުއްޓެވެ. ހިނިތުންވެލައިގެންނެވެ. ފަރީދާ މަޑު ހިނގުމެއްގައި އަހިސް އަހަރެން ކައިރީ ހުއްޓިފައި އަހަރެން ކައިރީގައި ހުއްޓުނެވެ.

“އަހަރެން ބަނޑުބޮޑު.” ފަރީދާ ބުނެލިއެވެ. އަހަރެން ހައިރާންވިއެވެ. ނަމަވެސް އުފާވެސް ވިއެވެ. ފަރީދާ އަހަރެންނަށް ކިޔައިދިނެވެ. ޗުއްޓީނެގީ އޭނައެވެ. އަހަރެންގެ ލޯބި މިދުވަސްކޮޅުއޭނާ ބޮޑަށް ބޭނުންވާނެތީއެވެ. މަގޭ ބިޒީކަމުން ހަދަން ޖެހޭނީ މިހެން ކަމަށް ބުނެ އަހަރެން ކޮލުގައި ހިފާލިއެވެ. އަހަރެން ހިނިތުން ވެލާފައި ފަރީދާ ގައިގައި ބައްދާލީމެވެ.

(ނިމުނީ)

***ލޮލް***

މިހާރު އެހެރަ މެންދުރުވީއެވެ. ހެނދުނު އޮފީހަށް އައިގޮތަށް އަދި މިއުޅެނީ ނޭވާލާނެ ވަގުތެއްވެސް ނުވެގެންނެވެ. މިހާރު ބަނޑުހައިވެގެން މީހާ ތުރުތުރު އަޅަން ފަށައިފިއެވެ. ފޯނުވެސް މިއަދު ހީވަނީ މޮޔަވެގެން އުޅޭހެންނެވެ. އާނފަހެ މިހާރު އެހެރަ މެންދުރުވީއެވެ. އަދިވެސް މަފަކީރަށް މިއަދަކު ގޮހޮރަށް ވައްދާލާނެ އެއްޗެއްވެސް ނުލިބެއެވެ. އަހަރެން އޮފީހުގެ މަސައްކަތައިގެން ކުރިއަށް ދިޔައީމެވެ. ނަމަވެސް އަހަރެންގެ ހައިވެފައިވާ ބަނޑެކޭ އެއްފަދައިން އަހަރެންގެ ފޯނުވެސް ދިޔައީ ވައިބްރޭޓް ވަމުންނެވެ.

“ކަލޭ އަޅެ ދެއަނބިން ތިބޭ އިރުވެސް ތިއީތަ ވާވަރަކީ؟” އަހަރެންގެ އެންމެ ގާއިތް އެކުވެރިޔާ ރިހާން އަހަރެން އިން ހާލު ފެނި ދިމާކޮށްލިއެވެ. އަހަރެން ތުން އަނބުރާލީމެވެ. އަދި ކުރަންއިން މަސައްކަތް ބާއްވާފައި ދިޔައީ ގެއަށެވެ.

އަހަރެން ގެއަށް ވައިން އިރު އަހަރެންގެ ހަގު އަނބި އައިސްތު ސޯފާގައި އިށީންދެލައިގެން އިނެވެ. އެއް އަތުގައި ޓޮބްލެރޫން ޗޮކޮލެޓްއެއް އޮތް އިރު އަނެއް އަތް އޮތީ އައިސްތުގެ 6 މަހުގެ ބަނޑުމަތީގައެވެ. އަހަރެން ބޫޓު ބާލާފައި ގޮސް އައިސްތު ކައިރީ އިށީންދެ ބޮޑު ވެފައިވާ އައިސްތުގެ ބަނޑަށް ބޮސް ދިނީމެވެ. އައިސްތު އަހަރެންގެ އިސްތަށިކޮޅުގައި ފިރުމާލިއެވެ. އަދި ފޯނު ނުނެގުމުން ޝަކުވާ ކުރަން ފެށިއެވެ. “ދެން ބޭބީ ބިޒީވީއޭ”

އެވަގުތު އަހަރެންގެ ދޮށީ އަނބި ހާޖަރާ ސިޓިން ރޫމަށް ނުކުތެވެ. “ހޫމް ހޫމް މިހާރު މާ ފޮޅުވަން ފެށީ ދޯ؟ ބަލަ ތި މާފޮޅުވިޔަސް ބަނޑެއް ނުފުރޭނޭ” އަހަރެން ބޯކަހާލާފައިި ހާޖަރާއާއި އެކު ބަދިގެއަށް ވަނީމެވެ. އަސްތާ. ހާޖަރާ ހަދާލާފައި ހުރި ވަރުގަދަ ސައިން ބަދިގެއަށް ވަދެވުނު އިރަށް އަހަރެންގެ ބަނޑު ފުރުނު ފަދައެވެ. އަހަރެން އަވަސްވެ ގަތީ ކާން އުޅުމަށެވެ. އަވަސްކޮށް އޮފީހަށް ދިޔުމަށެވެ.

ހަވީރުގެ ވަގުތެވެ. އަހަރެން އިނީ ރިހާންއާއި އެކު ކޮފީއެއްގައެވެ. އެވަގުތު އަހަރެންގެ މައިތިރިވެފައިވީ ފޯނު އަނެކާވެސް ކުކުރާލިއެވެ. އައީ މެސެޖެކެވެ. ހާޖަރާގެ މެސެޖެކެވެ. އަހަރެން އެއްވިސް ކަމަކާ ވިސްނުމެއް ނެތި މެސެޖު ކިޔާލީމެވެ. މެސެޖުގައި އޮތީ ބަދިގެ ތެރޭގައި މީދާ ގިނަކަމުން މީދާ ބޭސް އަޅާފައި ހުރި ކުކުޅު ތަށިވެސް އަހަރެން ކޭއިރު އެތާންގައި ބޭނދުނު ވާހަކައެވެ. އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟ އަަހަރެން ވިހަ ވީހެއްޔެވެ؟ އަހަރެން ދެން ވަރުވާނީ ހެއްޔެެވެ؟ އެވަގުތު އަހަރެންގެ ބަނޑަށްވެސް އެރީ ނުބައި ތަދެކެވެ. އަހަރެންގެ ދެލޯ ކަރުނުން ފުރުނެވެ. އާއެކެވެ. އަހަރެން ހަމަ ގައިމުވެސް މަރުވަނީއެވެ. އަހަރެން ބަރު ފިޔަވަޅު ތަކެއްގައި އަވަހަށް އެތަނުން ނިކުންނަށް ހިނގައިގަތީމެވެ. ރިހާން އަހަރެންނަށް ގޮވަމުން ދިޔަކަން އެނގި ހުރެވެސް އަހަރެން ބޭނުންވީ އަވަހަށް އެތަނުން ނިކުމެގެން ހޮސްޕިޓަލްއަށް ދިޔުމަށެވެ. އަހަރެން އެތަނުން ނިކުން އިރު ހާޖަރާ އެތާ ބޭރުގައި ސައިކަލުގައި ހުއްޓެވެ. އަދި އަހަރެން ފެނުމުން އަވަަހަށް އައުމަށް ގޮވާލިއެވެ. އަހަރެން ހާޖަރާއާއި ދިމާލަށް ހިނގައިގަތީމެވެ. އޭރުވެސް އަހަރެންގެ ބަނޑުން ދިޔައީ އަޑު އަޑު ގޮވަމުންނެވެ. އަހަރެން ސައިކަލަށް އެރުމާއި އެކު ހާޖަރާ އަވަހަށް ސައިކަލު ދުއްވާލިއެވެ.

ހޮސްޕިޓަލް ފަހަނަ އަޅާދިޔައިރުވެސް ހާޖަރާ ހަމަ ކުރިއަށް ދަނީއެވެ. އަހަރެން ހާޖަރާގައިގައި ކޮއްޓާލާފައި އެހެން ބުނެލީމެވެ. އޭނާ ޖަހާލީ ހިނިގަނޑެެކެވެ. “ސާބަހޭ މާހިލޫ. މީދާ ބޭހެއްނޫން މަ މާހިލުއަށް ދިނީކީ. އަހަރެން މާހިލުއަށް ދިނީ ބޮޑުކަމު ނުދެވޭ މީހުން ކާބޭހެެއް. ފާހަނައެއްކޮށްލީމައި ރަނގަޅު ވެދާނެ. އަހަރުމެން މިދަނީ މިހާރު ހޮޓެލްއަކަށް” އަހަރެންނަށް ހާޖަރާގެ ވާހަކަ އިވިފައި ހެވުނެވެ. އައިސްތު ބަލިވެ އިންފަހުން ހާޖަރާއަށް އެހާ ގިނައިންވަގުތު ނުދެވޭތީވެ އަހަރެންގެ ވަގުތު ހޯދުމަށް ހާޖަރާ ރޭވި ރޭވުމެއްތާއެވެ؟

“ލޮލް” އަހަރެންވެސް ހާޖަރާގެ ހުނުމުގައި ބައިވެރި ވެލައިފައި ބުނީމެވެ.

(ނިމުނީ)

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ބީވެދާކަށް ނޭދެން ހުވާ ފަހުބައި

Next

މަންމަ

Next
October 28, 2024

މަންމަ

Previews
October 27, 2024

ބީވެދާކަށް ނޭދެން ހުވާ ފަހުބައި



All Right Reserved!