Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބީވެދާކަށް ނޭދެން ހުވާ 2

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
July 11, 2024 2 Mins Read
4 Comments

“އިޓްސް އޯކޭ. ދެން ފަހުންދޯ ލިވީއަށް ޓްރީޓްދޭނީ? އުޅޭ އެހެންވެ އޯރޑަރ-” އިކާންގެ ޖުމްލަ ފުރިހަމަ ނުކުރެވުނީ ފެނިގެން ދިޔަ މަންޒަރަކުންނެވެ.

*****

“ކިހިނެތްވީ??” އިކާންގެ މޫނުމައްޗަށްވީ ގޮތުން މިލާންއަށް އަވަސް އަވަހަށް އެހުނެވެ. ނަމަވެސް އިކާން އިނީ އެސުވާލަށް ޖަވާބު ދެވޭ ފަދަ ހާލަތަކުނޫނެވެ.

“އިކް??” ރިޝްޔާވެސް ހާސް ވެފައި އެއްސެވެ. ނަމަވެސް އިކާންގެ ދުލުން އެންމެ ބަހެއްވެސް ބޭރެއް ނުވިއެވެ.

އިކާން އިނީ މިފެންނަނީ ހަގީގަތެއް ކަމެއް ނުވަތަ އިކާންގެ ދެލޯ އޭނާއަށްދޭ ކެއްސެއްކަމެއް ބުނަން ނޭނގިފައެެވެ. ނަމަވެސް އިކާންގެ ދެލޯ އޭނާއަށް އެވަރަށް އޮޅުވާލަފާނެބާއެވެ?

މިލާންއާއި ރިޝްޔާ އެކަކު އަނެކަކު މޫނަށް ބަލާލުމަށްފަހު އިކާން ބަލަން އިންދިމާލަށް ބަލައިލިއެވެ. ރިޝްޔާއަށް އަނގަ މަތީގައި އަތްއަޅާލެވުނު އިރު، މިލާންއަށް ހީވީ އޭނާގެ ބޯމަށްޗަށް އުޑު ވެއްޓުނުހެންނެވެ.

ކިރިޔާ ފަލަމަސްގަނޑު ނިވާވާ ވަރުގެ ކުރުކުރު ސޯޓު ކޮޅަކާއި އެކު، ރަތް ކުލައިގެ ގަޔަށް ބާރު ކުޑަ ޓީޝާރޓް ކޮޅުން ލިވިޔާގެ ހަށިގަނޑުގެ ބައްޓަން ވަނީ ކަޝްފުވެފައެވެ.

ގަޔަށް ދޫ ކަޅު ކުލައިގެ ޓީޝާޓެއްލައިފައި ހުރި އިރު، ލައިގެން ހުރި ޖިންސު ދޫކަމުންހީވަނީ ދެންމެ ދެންމެ ފައިބަފާނެހެންނެވެ. ކަރުގަޔާއި އަތުގަޔާއި ހުރިހާތާކު ގަހަނާ އަޅާފައި ވީއިރު އިސްތަށިގަނޑު ހުރިގޮތުންވެސް މީން ދުހާކު ފެންވެރި ފާޑެއް ނުޖަހައެެވެ. ތުބުގައި ސިނގިރޭޓެއް އިން އިރު އޭނާއަތުގައި ހިފައިގެން، އެހާ ނިވާކަން ކުޑަ ހެދުމުގައި އޭނާ ކައިރީގައި އެހުރީ މިލާންގެ އަންހެނުން ލިވިޔާ ނޫން  އެހެން ފަރާތެއް ނޫނެވެ.

“މި… މިލާން… ލި…ލިވިޔާއަށް އެނގޭތަ? އަހަރުން އައީ މިތަނަށްކަން? ތުރުތުރު އަޅާ ހާލު އިކާންއެއްސެވެ.

މިލާން ހަމައަކަށް އެޅުވުމަށް އިކާންއަށް ތަފާތު ވައަތަރުގެ “ކޮލެޓީ” ދޮގު ހެދުނީހެވެ. ނަމަވެސް ހަގީގަތް ފޮރުވާފައި މިލާން ހެއްވުމަށް ވުރެ، ހަގީގަތް އެނގި މިލާން ރޮއްވުން މާރަނގަޅެއްނުން ހެއްޔެވެ?

މިލާން ދެފަރާތަށް ބޯ އަނބުރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

“ފޯނު ނަގާބަ? ގުޅާބަ ލިވިޔާއަށް. އަހާ ކޮންތާކު ތޯ. އޭރުން އެ ފިރިހެން މީހާގެ ހަގީގަތް އެނގުނީނުން? އެއީ ރައްޓެއްސެއް ނަމަ ގައިމުވެސް ލިވިޔާ ދޮގެއް ނަހަދާނެ..” އިކާން ބުންޏެވެ.

“ޕިސް ކާކުތަ މިގަޑީ މިގުޅަނީ?” މިފްޒާލްގެ އުނގުމަތީގައި އިން ލިވިޔާ އަޑުލައްވާލީ، ލިވިޔާގެ ފޯނު ރިންގުވާން ފެށުމުންނެވެ.

“ޝިޓް!! މިލާން… ކިހިނެއް ހަދަންވީ?” ރިންގުވަމުން ދިޔަ ފޯނަށް މިލާންގެ ނަންއަރާފައި އިނުމުން ކައިރީގައި އިން މިފްޒާލްއަށް ފޯނު ދައްކާލަމުނަ ލިވިޔާ ބުނެލިއެެވެ.

“ކަނޑާލާ. ދެން މެސެޖްއެއް ކުރޭ ނިދިފައޭ” މިފްޒާލް ސިނގިރޭޓުގެ ދުންތަށް ބުރުވާލަމުން ބުނެލިއެވެ.

“ކަނޑާލީ…” މިލާން ފޯނު ކަންފަތާ ދުރުކޮއްލަމުން މާޔޫސީކަމާއި އެކު ބުނެލިއެވެ. ނަމަވެސް އިކާންއަޑް އެއްޗެއް ނުބުނެވެނީސްއައީ ލިވިޔާގެ މެސެޖްއެކެެވެ.

“ސޮރީ ބޭބް. ނިދިފަ މިއޮތީ. ނައިޓް” ލިވިޔާގެ މެސެޖުގައި އޮތެވެ. އޭރު ރައްޓެއްސެއް ކައިރިއަށް ދަނީކަމަށް ހެދި ދޮގު މަތިން ވެސް ލިވިޔާ ހަނދާން ނެތީތާއެެވެ.

މިލާންއަށް ހިންދިރުވާލެވުނީ ހިތްދަތި ގޮތަކަށެވެ. އާއެކެެވެ. ބޭނުން ނުވި ނަމަވެސް މިލާންއަށް، ލިވިޔާ ބޭވަފާތެރި ވެއްޖެކަމަށް މިލާންއަށް ގަބޫލު ކުރުމަށް މަޖުބޫރު ވެއްޖެއެވެ. މިލާންގެ ހިތް ކުދި ކުދި ވިއެވެ. ލޯބީގެ ގޮތުން 6 އަހަރު އެކުގައި އުޅުމަށް ފަހު ކައިވެނިކޮށް އެކައިވެނި ފުރިހަމަ ކުރުމަށް ލިވިޔާ އެޅީ ލޮނުގެ ބަދަލުގައި ހުތެވެ.

މިލާންގެ ހިތް ފިސް ފިސްވިއެވެ. މޭގައި ފިރުމައިލީ ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ.

“އައިމް ސޮރީ”  އިކާން ބުނެލިއެވެ. މިލާން ހަމަ އެކަނި ހިނިތުންވެލިއެވެ. ހިތާމައިގެ ސާލެއް އޮޅިފައިވީ ހިނިތުންވުމެކެވެ.

“މިރޭ އަހަރެން އިކްމެންގޭ ގެސްޓް ރޫމްގައި ހުއްޓަސް ހެޔޮތަ?” މިލާންގެ ދުލުން އެންމެ ފަހުން ޖުމްލައެއް ބޭރުވިއެވެ.

*****

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ދުނިޔެ މައްޗަށް ކުއްލިއަކަށް އޮއްސާލި ބޯވިލާގަނޑު ހީވީ މިލާންއާއި އެކު މިލާންގެ ހިތާމައިގައި ބައިވެރިވަމުން ހެންނެވެ. ކޮޓަރި ސީލިންގްއާއި ދިމާލަށް ބަލަން އޮތް އިރު ފަހަރު ކަރުނަތިއްކެއް އޭގެ މަގާމު ދޫކޮށްދަމުންދިޔައެވެ. އެންމެ ފަހުން ކެއްނުވެގެން އަނގަމަތީގައި އަތްއަޅާ މިލާން ރޮއެގަތެވެ. ފިރިހެނަކަސް އޮންނާނީ ހަމަ ހިތެއްނޫންހެއްޔެވެ? މިލާން އޮތީ މާދަމާއަށް ބޮޑު ނިންމުމެއް ނިންމަން ތައްޔާރަށެެވެ. ނަމަވެސް އޭގެ ކުރިން މިލާން ރޯލަން ބޭނުމެވެ. ފަހުން ރޯކަަށް މިލާން ބޭނުމެއް ނޫނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އިންސާފް (އަށްވަނަ ބައި)

Next

ތިޔަ ލޯތްބަށް އެދެވޭތީ… 6

Next
July 13, 2024

ތިޔަ ލޯތްބަށް އެދެވޭތީ… 6

Previews
July 10, 2024

އިންސާފް (އަށްވަނަ ބައި)

4 Comments!

  1. Cutie girl says:
    July 11, 2024 at 5:41 am

    Mi part vx v Reethi masha allah
    Liviyaa haadha goahey cheat kuree Milaan ah
    Mi part kiyaafa rovijje
    Curiously waiting for next part
    Keep it up
    Love you

    1. shihaamaa ali shihaamaa ali says:
      July 11, 2024 at 12:59 pm

      Jazakallah darling 🥹❤️‍🩹
      Hehe ikr.. dhn mihrr emme aamu kamehnun eii cheat kurun😮‍💨
      Awlheyy ☹️☹️
      In sha allah vrh avahah prt 3 genessdheynan✨️
      Love you moree cutie girl💕

  2. Kiaa says:
    July 11, 2024 at 10:50 pm

    Masha Allah ♥️♥️♥️♥️♥️
    Ahhh this generation 🤦🏻‍♀️ cheating is worst than anytime 😭😭😭😭 I can understand milaan ge feelings 😭😭 Cox I’ve gone through the same.. 🥲🥲
    Can’t wait to readdd next part ♥️ btw when next part kiyaalan libeynee?
    Luv you ♥️♥️♥️

    1. shihaamaa ali shihaamaa ali says:
      July 12, 2024 at 1:05 am

      Frfrfr this generation is messed up so bad😭
      Jazaakallah kiaa😘
      In sha allah vrh avahah part 3 vess geness dheynan✨️
      Love you more darlin ❤️❤️

Comments are closed.

Next Episodeބީވެދާކަށް ނޭދެން ހުވާ 3←


All Right Reserved!