Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބީވެދާކަށް ނޭދެންހުވާ 5 & 6

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
October 23, 2024 5 Mins Read
12 Comments

ކަން ދިމާކުރި ގޮތުން މިލާންއާއި ރައުނާ ދާން އިނީވެސް އެއްކުލާހަށެވެ. އެހެންކަމުން އިސާހިތަކު ދެމީހުންގެ ދެމެދުގައި ގާއިތް ގުޅުމެއް އުފެދުނެވެ.

**5 ވަނަ ބައި**

“އަސްލު ރާއްޖެ ތެރޭގެ ކޮން ހިސާބު ކުއްޖެއްތަ ތިއީ؟” ކައިރީގައި ކޮފީތަށީގައި ތުން ޖަހާލަމުން މިލާން އެއްސެވެ.

“ހދ މަކުނުދޫ. އެކަމަކު އަހަރެން އުޅެ ބޮޑުވީ ވިލިމާލޭގަ. މިލާންއޯ؟’ ރައުނާ އެއްސެވެ.

“އަހަރެން މާލެ. އުޅެ ބޮޑުވީވެސް މާލޭގަ” މިލާން ބުނެލިއެވެ.

“ވާއޫ މާލެއޭ؟ ޔަގީން މިހާރު މީހަކާވެސް އިނދެގެން އުޅޭނީ. އަނެއްކާ ވައިފް އޯކޭވާނެތަ މަށާ ތިހާ ކުލޯސް ވީމަ؟”

ރައުނާގެ ސުވާލާއިއެކު މިލާންއަށް ހިނިތުން ވެލެވުނީ ލިިވިޔާއާއި އޭނާގެ ކައިވެނި ނުރޫޅުނު ނަމަވެސް ލިވިޔާ އަޅާނުލާނެ ކަން އެނގުމުންނެވެ.

“ހެހެ ނޫނޭ ވައިފެއްވެސް ބިޓެއްވެސް ނުހުރޭ. އެކަމަކު ކުރިން މެރީ ކުރިން. ގޮޓް ޗީޓެޑް އޮން..” އެއްވިސް އިހުސާސްއެއްނެތް ގޮތަށް ހިނިތުންވެލަމުން މިލާން ބުނެލިއެވެ.

މިލާންގެ މޫނުމަތީގައިވީ ސަކަ ހިނިތުންވުން އެހެން ފިލައިދިޔުމުން ލިވިޔާ އެސުވާލު އެހުމުން ލަދުގަތެވެ. ދެރަވެސްވިއެވެ.

“އައިމް ސޮރީ މިއްލޫ…” މިލާންގެ އަތްތިލައިގައި މަޑު މަޑުން ހިފައިލަމުން ލިވިޔާ ބުނެލިއެވެ. އޭރު މިލާންގެ އަތްތިލަ ދިޔައީ ތުރުތުރު އަޅަމުންނެވެ. އެކުޑަ ކުޑަ ސިގްނަލްއިންވެސް މިލާންއަށް އެކައިވެނީގެ ސަބަބުން އަސަރުކޮށްފައިވީ ވަރު ލިވިޔާއަށް އަންދާޒާކޮށްލެވުނެވެ. އަދި ޝައްކެއްވެސް ނެއްމިންވަރަށް އަދިވެސް މިލާންގެ ގެއްލުނު އަނބިމީހާދެކެ މިލާން ލޯބިވާކަން ލިވިޔާއަށް އިހުސާސްކޮށްލެވުނެވެ. ކީއްވެގެން ކަމެއް ނޭނގުނެވެ. މިލާންގެ ހިތަކީ އެހެން އަންހެން ކުއްޖެއްގެ މިލްކެއްކަން އެނގުމުން، ލިވިޔާގެ ހިތަށް ބުނެދޭން ނޭނގޭކަހަލަ ތަދެއްވެލިއެވެ. ހިތާދިމާލުގައި ލިވިޔާއަށް މަޑުމަޑުން ފިރުމާލެވުނީ މެޔަށްއެރި ތަދުންނެވެ.

މިލާންގެ ހާލަކީތޯއެވެ؟ އުމުރު ދުހު ހުސްހަށިބަަޔަށް ހުރި ލިވިޔާ، މީހަކާ އިނދެވަރިވެފައި ވީމީހަކާއި އިންނަން ލިވިޔާ އެއްބަސްވާނެ ބާއެވެ؟ ދެވަނަ ސިކުންތުގައި އެހެން ހިތަށް އެރިޔަތީވެސް މިލާން އަމިއްލަ ނަފްސަށް މަލާމަތް ކޮށްލިއެވެ. ދެމީހުންވެސް ކުރެވެމުންދިޔަ އިހުސާސްތަކަށް މަލާމަތް ކުރަމުން ދިޔައިރު ދެމީހުންނަށްވެސް ނޭނގުނީ، ދެމީހުންގެ ހިތުގައިވެސް ވަނީ ލޯބި އުފެދިފައިކަން ނޭނގޭ ހާލުގައެވެ.

*****

ދަންވަރުގެ ހަމަ ހިމޭންވަގުތެވެ. ގޭތެރޭގައި އެއްވިސް އަލިކަމެއްނެތެވެ. ގޭތެރެއޮތްލެއް މުޑުދާރު ކަމުން އެއީ މީހަކު އުޅޭ ކަހަލަ ތަނެއްހެންވެސް ހީނުވެއެވެ. އެނދުމަތީގައި އުކާފައި ހުރި ޗޮކުލެޓުތަކާއި އޭތި މީތި ހުރި އިރު ކޮޓަރިތެރޭގައިވެސް ދުވަނީ ހުސް ކާއެއްޗެހީގެ ވަހެވެ. ކޮޓަރި ތެރޭގައިވެސް ހުރި ހަމައެކަނި އަލިކަމަކީ، ހުޅުވާފައި ހުރި ފާހަނަ ދޮރުން ފާހަނައިން އަންނަމުން ދިޔައަލި ކަމެވެ. ފާހަނަތަށިމަތީގައި ކުރު ސޯޓުކޮޅަކާއި އެކު، ބަނޑުހާމަ ވާވަރުގެ ކުރު ޓީޝާޓެއްލައިގެން އަންހެން ކުއްޖަކު އިނެވެ. އޭނާގެ ކުރު އިސްތަށި ކޮޅުވެސް ވަނީ އެގޮތް މިގޮތަށް ހާވާލެވިފައެވެ. ދެފައި ތުރުތުރު އަޅަމުން ދިޔައިރު އަތުގެ ނިޔަފަތިތަށްވެސް އެކުއްޖާ ހަފަމުން ދިޔުމުން، އޭނާ އިނީ ކަމަކާވަރަށް ހާސްވެފައިކަން ދެނެގަނެވެއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އެކުއްޖާ ކޮޅަށް ތެދުވެލިއެވެ. ފަނޑު އަލީގެ އިތުރުން، ހޭވިފަިއި ވާ އިސްތަށިކޮޅުގެ ސަބަބުން އެކުއްޖާގެ މޫނު ވަނީ ނިވާވެފައެވެ. އިސްތަށިކޮޅުގައި އަތްހާކާލަމުން، މޫނު ދޮންނަތަށިމަތީގައިއޮތް ޕްރެގްނެންސީ ޓެސްޓް ކިޓްއަށް އެކުއްޖާ ބަލާލިއެވެ. އޭގެން ފެންނަމުން ދިޔަ ރަތް ދެރޮނގުން އެކުއްޖާއަށް އަންގައިދިނީ އެކުއްޖާ އެންމެ ބޭނުންނުވި ހަބަރެވެ. އައި ރުޅީގައި އަތް މުއްކަވާފައި ކުރިމަތީގައި ހުރި ލޯގަނޑުގައި އެކުއްޖާ ޖެހިއެވެ. ވަގުތުން ލޯގަނޑު ތެޅި އެކުއްޖާގެ ދޮން އަތްތިލައިން ލޭތަށް އޮހޮރެން ފެށިއެވެ.

****
ރޭގަނޑުގެ އަރާމު ނިދިން މަހުރޫމުވެ، ކިޔެވިކިޔެވުން ކާމިޔާބުކޮށް، މިލާންއާއި ލިވިޔާ ގްރެޖުއޭޓްވީ، ރަންވަނައެއްހިފައިގެންނެވެ. މިލާންއާއި ލިވިޔާގެ މޫނުމަތިންވެސް ފެންނަނީ ފަޙުރުވެރިކަމުގެ ކުލަވަރުތަކެވެ. ކުރެވުނު ބުރަ މަސައްކަަތަށް މިއަަދު ދެމީހުންވެސް ވަނީ އިންތިހާ ހިތްހަމަ ޖެހި އުފާވެފައެވެ. އަދި ދުވަސްތަކަކަށް ފަހު އެބުރި މަންމަމެންގާތަށް ދެވޭތީވެސް ދެމީހުން ތިބީ ނިހާޔަތަށް އުފާވެފައެވެ.

***އެއް ހަފްތާ ފަސް***

“މިލާން  މިއަދު މާލެ އަތުވެއްޖެ” ލިވިޔާއަށް ހެނދުނު އެރި އިރާއި އެކުލިބުނީ ލިވިޔާ އެންމެ އުންމީދު ކުރި ހަބަރެވެ. އެވަގުތު ލިވިޔާގެ މޫނު މަތީގައި ދުވެލީ ހިތްހަމަ ޖެހުމުގެ ކުލަވަރެކެވެ.

ހެނދުނުގެ ނާސްތާ ހެދުމަށް އައިންތު ދިޔައީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެންމެ ޒުވާން އިރުން ސުރެވެސް އައިންތު އަކީ މުޅި ރަށުގައިވެސް ނަން ހިންގާލެވޭ ހީވާގި މުރާލި އަންހެނެކެވެ. އައިންތުގެ ދަރިފުޅޫ މިލާން އިސްކޫލު ނިމުމާއި އެކު މިލާން ގޮވައިގެން މާލެ ބަލަލުވިނަމަވެސް އަިއންތުގެ މި ހިވާގީ ކަމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ރޮށި ފިހުމައިގެން ހުރި އައިންތު ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އަހިސް އައިންތުގައިގައި ބައްދާާލުމުނެންވެ. “ދަރިފުޅޫ؟ ކޮން އިރަކުތައައީ؟” އައިންތު ފަހަތުގައި ހުރި މިލާންގެ ކޮލުގައި ފިރުމާލަމުން އައިންތު އެއްސެވެ. 

“ހެހެ ހަމަ މިއައީ” މިލާން ހިނިތުންވެލަމުން ބުނެލިއެވެ.

“ކޮބާ ކިހިނެއްތަ ދަތުރު؟ މަންމަ ވަރަށް އުފާވެއފަ މިހުރީ ދަރިފުޅު ތިއައީ އެއްވަނަ ހޯދާލައިގެންވިއްޔާ” އައިންތު އެހެން ބުނުމާއި އެކު މިލާން ފޮނި ކަނޑާލިއެވެ.

“ވަރަށް ބެސްޓު ހުރިހާ ކަމެއްވެސް އަލްހަމްދުލިއްލާހް. އެކަމަކު..ދިމާވި ވަރަށް ހާއްސަ ކުއްޖަކާވެސް ހެހެ.” މިލާން އަށް ހިނިތުންވެލެވުނު އިރު ކޯތާފަތަށް ވެސް ރަތް ކަމެއް އެރިއެވެ.

“ސުބްހާނައް ﷲ މަގޭ ދަރިފުޅު އެހެން ކުއްޖަކަށް ހިތްކީތާ ދޯ؟” އައިންތު ދިމާ ކުރާ ކަހަލަ ގޮތަކަށް ބުނެލިއެވެ.

“ލައްބަ މަންމާ. މާލޭ ކުއްޖެއް. ރައުނާ ކިޔަނީ. ހަމަ އަހަރެން ކަހަލަ ޑަކްޓަރެެއް. ވަރަށް މުރާލި ކުއްޖެއް. އެހާމެ ހިތްހެޔޮ. ލިވިޔާގެ ދިމާ އިދިކޮޅު. މަންމާ .. އަހަރެންނަށް ހީވަނީ އަހަރެންނަށް އެކުއްޖާ ދެކެ ލޯބިވެވިއްޖެހެން” މިލާން ބުނެލިއެވެ،. އައިންތުވެސް ހިނިތުންވެލަމުން އޭނާގެ ދަރިފުޅުގެ އެ ހޮވުމަށް ތައުރީފު ކުރިއެވެ.

“ކިހިނެތްތަވީ؟” ނިދި ނިދި އޮއްވާ ލިވިޔާގެ ފޯނު ރިންގުވުމުން ލިވިޔާ ގާތަށް ރުޅިއައެވެ. ނަމަވެސް ގުޅީކީ ނުނަގާ ދޫކޮށްލެވޭ ކަހަލަ ފޯނު ކޯލެކެވެ. “މިލާން މާލެ އަތުވެއްޖެ-”

“ކަލޭ މިހާރުު މަކައިރީ ތިހެން ބުނެފީމޭނުން؟ ޕްލޭންވެސް ރޭވީނުން؟ ދެން-”

“ޕްލޭން ޖެހޭނީ ޗޭންޖް ކުރަން!”

ލިވިޔާ އަޝްރަފްގެ ޖުމްލަ ހުއްޓުވި ފަދައިން އަޝްރަފްވެސް ލިވިޔާގެ ޖުމްލަ ހުއްޓުވިއެވެ. ވަގުތުން ލިވިޔާވެސް ހިމޭން ވިއެވެ..

“މިލާން އިސް އެނގޭޖްޑް..” އަޝްރަފް ބުނެލިއެވެ.

**6 ވަނަ ބައި**

“މިލާން އިސް އެނގޭޖްޑް..” އަޝްރަފް ބުނެލިއެވެ.

“ކީކޭ؟ ކާކު؟ ކޮން އިރަކު؟” ލިވިޔާ ކުއްލިއަކަށް ކޮޅަށް ޖެހި ސުވާލު ގޯނި އޮއްސާލިއެވެ.

“މާލޭ މީހެއް. ރައުނާ އެކޯ ކިޔަނީ. މިލާންއާއި އެއް ކޮލެޖެއްގައި އުޅުނު ކުއްޖެއް.” އަޝްރަފް ބުނެލިއެވެ.

**3 ދުވަސް ކުރިން**

“ލައްބަ މަންމާ. މާލޭ ކުއްޖެއް. ރައުނާ ކިޔަނީ. ހަމަ އަހަރެން ކަހަލަ ޑަކްޓަރެެއް. ވަރަށް މުރާލި ކުއްޖެއް. އެހާމެ ހިތްހެޔޮ. ލިވިޔާގެ ދިމާ އިދިކޮޅު. މަންމާ .. އަހަރެންނަށް ހީވަނީ އަހަރެންނަށް އެކުއްޖާ ދެކެ ލޯބިވެވިއްޖެހެން” މިލާން ބުނެލިއެވެ،. އައިންތުވެސް ހިނިތުންވެލަމުން އޭނާގެ ދަރިފުޅުގެ އެ ހޮވުމަށް ތައުރީފު ކުރިއެވެ.

ދަރިފުޅު އެކުއްޖާ ގާތުގައި ބުނެފިންތަ ލޯބިވާ ވާހަކަ؟” އައިންތު އެއްސެވެ.

“ނޫނޭ ނުބުނަން އަދި. ކިޔަވައިގެން އަހިސް ބުނެލަން މިހުރީ. ކިޔެވުމަށް ބުރޫ އަރައިފާނެތީވެ. އަހަރެން ބޭނުމެއް ނޫން ރައްޓެހި ވެގެން އުޅޭކަށް. އަހަރެން ބޭނުންވަނީ އަވަހަށް ކައިވެނި ކުރަން. މާދަން ރައުނާގެ އުފަން ދުވަސް. އޭރުން އަހަން މިހުރީ.”

****

ދަންވަރު 12 ޖެހިއެވެ. އެނދުމަތީގައި އޮތް ރައުނާގެ ފޯނަށް އެވަގުތު މިލާންގެ އުފަންދުވަހުގެ ތަހުނިޔާ ލިބުނެވެ.

“ހެޕީ ބާރްތްޑޭ ޕްރިޓީ” މިލާންގެ މެސެޖުގައި އޮތެވެ. ރަތް ކުލައިގެ ހިތަކާއި އެކު ރީތިވާހަކަ ބުނެފައި އިން އެ މެސެޖު ފެނި ރައުނާ ލަދުގަތެވެ. ޝުކުރުގެ މެސެޖު ފޮނުވާލިއިރަށް މިލާންގެ މެސެޖެއްވެސް އަނެއްކާ ލިބުނެވެ. ސެންޓްރަލް ޕާރކް އިން މިލާންއާއި މީޓް ކުރުމަށް އިން މެސެޖު ފެނި ރައުނާއަވަސްވެގަތީ ރީތިވުމަށެވެ.

ރައުނާ ސެންޓްރަލް ޕާރކްއަށް ޓެކްސީއަކަށް އަރައިގެން ދިޔައެވެ. މިރޭ އެހެން ރޭރެއަށްވުރެ ސެންޓްރަލް ޕާރކް ރީތިކަމަށް ދައްކައެވެ. ނަމަވެސް ރައުނާއަކަށް އޭގެ ސަބަބު ދެނެގަންނާކަށް ނޭނގުނެވެ. މަޑުމަޑުން ހިނގާލާފައި ދަނިކޮށް ރައުނާގެ ލޮލުގައި އަޅައިގަތީ ރަތް ފިނިފެންމަލުން އަޅާފައިވާމަގެކެވެ. ހައިރާންވީ ނަމަވެސް ރައުނާ އެމަގުންލާފައި ކުރިއަށް ހިނގައިތެވެ. ދެންފެނުނު މަންޒަރުން ރައުނާގެ ލޮލުގައި އުފަލުގެ ކަރުނަތަށް ބަބުޅައިގަތީ އުޑުމަތީގައިވީ ތަރިތަކަށްވުރެވެސް ގަދަޔަށެވެ. މިލާންއެއްފައި މައްޗަށް ތިރިވެގެންއިން އިރު ފަހަތުގައި އިން ބޯޑުގައި ފެއާރީ ލައިޓްސް އިން “ވިލް ޔޫ މެރީ މީ” ޖަހައިފައި އިނެވެ. ރައުނާ ގޮސް މިލާން ގާތުގައި ހުއްޓުމުން މިލާންގެ ދުލުން އެލަފްޒުތަށް ބުނެލިއެވެ.

“ވިލް ޔޫ މެރީ މީ؟” މިލާން އެއްސެވެ.

“ޔޭސް!!! ރައުނާ އުފަލުން ބުނެލިއެވެ.

**މިހާރު**

“އެއީ ވީގޮތަކީ.. ދެން ލިވިޔާ ކިހިނެއް ހަދަންތަ ތިވިސްނަނީ؟” އަޝްރަފް އެއްސެވެ.

“މަ ކުރާ ކަމެއް ކޮންމެހެން ކަލޭ ބަލާނެ ކަމެއްނެތް. ކަލޭ ޖެހޭނީ މަބުނާހެން ކަންކުރަން އޭރުންއެވީ. އަޑު އިވިއްޖެތަ؟” އެހެން ބުނެ ލިވިޔާ ފޯނު ބޭއްވިއިރު ލިވިޔާގެ ލޮލުން ނަފްރަތްގެ އަލިފާންކަނިތަށް ދިޔައީ ބުރަމުންނެވެ.

ދުވަސްތަށް ފާއިތުވަމުން ދިޔައެވެ. ރައުނާއާއި މިލާންގެ ކައިވެނީގެ ރޭވުންތަށް ދިޔައީ ވަރަށް އޮމާންކަމާއި އެކު ކުރިއަށް ދަމުންނެވެ. މިލާންއާއި ރައުނާގެ ލޯބިވެސް ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ނަމަވެސް އެމީހުންނަށް ނޭނގުނު ކަމަކީ، އެމީހުންގެ އެއުފަލަށް ވިހަލާން ތައްޔާރަށް ގާތުގައި ބޮޑު ހަރުފައެއް އޮތްކަމެވެ.

****

މެންދުުރުގެ ހޫނުގަދަ ވަގުތެވެ. މިލާން އަވަސްއަވަހަށް ސައިކަލަށް އަރައިން ނައްޓާލީ އައިޖީއެމްއެޗްއަށެވެ. އިކާން ގުޅާފައި ރިޝްޔާ ވިހޭވާހަކަ ބުނުުމުންނެވެ. މިލާންއާއި އެކު ރައުނާވެސް ދިޔައެވެ.

“ކޮބާ މަބުނީމެއްނުން ހަމަ ފިރިހެން ކުއްޖެކޭ ލިބޭނީ. ހަަމަ ފިރިހެން ކުއްޖެއްނުން؟” އިކާންއާއި ރިޝްޔާގެ ތުއްތު ފުރާނަ އުރާލަމުން މިލާން ބުނެލިއެވެ.

“ހޫމް ދެން އޯކޭއޭ. އެކަމަކު ދޯ. މިއަދި ފުރަތަމަ ފަހަރެއްނުން. އަދި އޮތީނުންދޯ؟ ދެން ހޯދާނީ އަންހެން ކުއްޖެކޭ ދޯ ރިޝް؟” އިކާން އެހެން ބުނުމާއި އެކު ރިޝްވާ “ނޯ ކޮމެންޓް” އޭބުނުމުން އެންމެންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.

4 އެކުވެރިން އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ފަހު މިލާންއާއި ރައުނާ ހޮސްޕިޓަލުން ނިކުތެވެ. އެވަގުތު މިލާންއަށް މެސެޖެއްއައެވެ. ހޮސްޕިޓަލުން އައި މެސެޖެއްކަމުން އެމެސެޖުކިޔާލުމަށް މިލާންމަޑުކޮށްލިއެވެ. ނަމަވެސް ރައުނާއަކަށް އެކަމެއްނޭނގެއެެވެ. ރައުނާ ދިޔަގޮތަށް ހޮސްޕިޓަލުން ނިކުމެވުމާއި އެކު، ބާރު ސްޕީޑެއްގައި އައި ކާރެއް ރައުނާގަަގައި ޖެހި ރައުނާދިޔައީ މަގުގެ އަނެއްކޮޅަށް ވިއްސައިގެންނެވެ.

“ރައުނާ!!!”

Part 5 & 6 is finally here. First of all, I want to apologize to all my lovely readers because this came so late. So, what happened was my laptop was gone so I had no other way to write the story other then on my phone. But it’s very difficult to write on my phone so i took a little break. So i am now back and in sha allah i will at least upload 3 episodes in a week❤️
I hope I will get full support and understand why it took so late. And in sha allah you will be able to read part 7 on saturday. and it will be the last episode of this story and i am gonna write season 2 for the story “BLOOD” because a lot of my readers were asking for season 2
So stay soon and take care

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހިތެއްގެ ދުލުން

Next

ޝަލީން 13

Next
October 23, 2024

ޝަލީން 13

Previews
October 23, 2024

ހިތެއްގެ ދުލުން

12 Comments!

  1. Huuu says:
    October 23, 2024 at 9:23 pm

    Haadha dhuvahakah fahu ey
    Thankolheh dhikohla dhehcheg next time
    As usual v reethi 🤩

    1. shihaamaa ali shihaamaa ali says:
      October 23, 2024 at 10:44 pm

      Hehe yes it took a while and i am so sad ehnve too 🙁
      In sha allah will try my bestt <<33

  2. Cutie girl says:
    October 23, 2024 at 10:10 pm

    Hi
    Long time no see
    How’s you
    Milaan and rau guluvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey

    1. shihaamaa ali shihaamaa ali says:
      October 23, 2024 at 10:48 pm

      Hey cutie girl.
      I know right it’s been so so long.
      Alhamdhulihllah aneh hn okay but with a stupid cold hehe.
      Dhn balamaa dhw milaan and raunaa ah vanii kihinehthw dhw.
      And so so so happy you loved the story<<33
      Awwwwnnnnn means so much to be your favo author. Lysm <<33
      Hehe so so happy you understood me<3

  3. brownbear brownbear says:
    October 24, 2024 at 1:58 pm

    This part is also very beautiful……next part dhigu kohladhehchey and get well soon 😊

    1. shihaamaa ali shihaamaa ali says:
      October 26, 2024 at 4:03 pm

      jazaakallah <3
      It's already out

  4. (/≧▽≦)/ says:
    October 24, 2024 at 8:05 pm

    omg after a long time this story finally uploaded……..
    this is my fav
    this story is really good
    shafakallah and btw when is next episode ?

    1. shihaamaa ali shihaamaa ali says:
      October 26, 2024 at 4:03 pm

      jazaakallah <3
      i know ryt hehe
      its already out

  5. ...... says:
    October 26, 2024 at 3:04 pm

    hehe alah adhi mi comment kohlee mi vhk ahh vrh nice hama when next part

    1. shihaamaa ali shihaamaa ali says:
      October 26, 2024 at 4:04 pm

      jazaakallah <3
      its already out

    2. Haooajsj says:
      October 27, 2024 at 6:04 am

      Mi ep ga nan olhifa tha meeni?? Rauna aa livia ge

  6. Dho says:
    October 27, 2024 at 5:56 pm

    I think there is a mistake in this part.
    How can she deliver her baby so late didn’t milan and Rauna took 2 years to complete the course?

Comments are closed.

Next Episodeބީވެދާކަށް ނޭދެންހުވާ 5 & 6←


All Right Reserved!