Skip to content
އެސްފިޔަ

ބީވެދާކަށް ނޭދެން ހުވާ 3

ޙިޔާލުތަކަށް ގެއްލިފައިވީ މިލާން ސިހުނީ ކައިރީގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަމުން ދިޔައީ ލިވިޔާއެެވެ. ކަރުނަތަށް ފުހެލާފައި މިލާން ފޯނު ނިއްވާލިއެވެ.

ދެވަނަ ފަހަރަށް ގުޅުމުން ފޯނު ނިއްވާލާފައި ކަމަށް ބުނުމުން ލިވިޔާ ކޮނޑު އަރުވާލާފައި ނިދަން އޮށޯތެވެ.

*****

މެންދުރުގެ ހޫނުގަދަ ވަގުތެވެ. މިއަދުވެސް ލިވިޔާ ތެދުވިއިރު 2 ޖަހަން އުޅެއެވެ. އޭރުވެސް މިލާންގެ ހަބަރެއް ނެތް އިރު، ގޭގައި ކާއެެއްޗެއްހާ ހިސާބުވެސް ނެތެވެ. ލިވިޔާ ހިތާހިތުން މިލާންއަށް އެއްޗެހި ގޮވަމުން ގޮސް ފޯނު ނެގިއެވެ. އެވަގުތު ލިވިޔާގެ ހަތަކާތްތަށް ހުއްޓުނުނީ މިލާންކޮށްފައިވީ މެސެޖު ފެނިފައެވެ.

“ދަރިފުޅު ދެން ހަމަ ލިވިޔާ ވަރިކުރަނީތަ?” މިލާންގެ މަންމަ މަނާލް އެއްސެެވެ. “އެކަމަކު ދަރިފުޅު އަބަދުވެސް ބުނަމެއްނުން މަންމަ ކައިރީ ލިވިޔާދެކެ ލޯބިވާ-” މަނާލްގެ ވާހަކަ ފުރިހަަމަ ނުކުރެވުނީ މިލާން ވާހަކަ ދައްކަން ފެށުމުންނެވެ.

“މަންމާ… އަހަރެން އަދިވެސް ލިވިޔާދެކެ ލޯބިވޭ. އެކަމަކު. މަންމާ… ކައިވެނިކޮށް މިވީ ދުވަސްތަކު ތެރޭގައި ލިވިޔާއަތުން އެންމެ ފަހުން ކާއެއްޗެއް މަށަށް ދިނީ ކޮން ޒަމާނަކު ކަމެއްވެސް އަހަރެންނަކަށް ނޭނގެ. ކޮންމެ ދުހާކު ކާނެއެއްޗެހި ގެންނަނީ މަ، ގޭތެރެ ފޮޅާ ސާފު ކުރަންނީ އަހަރެން. މިއީތަ ކައިވެންޏަކީ? ނުވިތާކުން އަހަރެމެން ދެމީހުންދެމެދުގައި ދެމަފިރިކަމުގެ ގުޅުން ހިނގި ދުހެއްވެސް މިހާރު ހަނދާނެއްނެތް. އަހަރެންވެސް މީ ހިއްސު ސަލާމަތުން ހުރި ފިރިހެނެކޭ. އަހަރެންގެވެސް އެދުން ތަކެއް ވާނެއްނުން? އަހަރެންވެސް ބޭނުންވޭ އަހަރެންނަށް ބައްޕާވޭ ކިޔާފަ ގޮވާލާނެ ތުއްތު ފުރާނައެއް. ނަމަވެސް އެކަހަލަ މީހަކު ކިހިނެއްތަ ދަރިއަކު ބަލަނި?” މިލާން ލިވިޔާދެކެ ލޯބިވާވަރު ދިޔައީ މިލާން ދެއްކިވާހަކައިންވެސް ދޭހަ ވަމުންނެވެ. މަންމަ ކުރިމަތިގައި ލިވިޔާ ފަލީހަތް ނުކުރުމަށް ލިވިޔާ ބޭވަފާތެރިވި ވާހަކަ ވެސް މަންމަ ގާތުގައި ނުބުންޏެވެެ. ލިވިޔާއަށް މިލާން އެވާ ލޯބި ނުފެނުނީ ކީއްވެބާއެވެ?

ޖެހިގެން އައިދުވަހު މިލާންއާއި ލިވިޔާގެ ކައިވެނީގެ ގުޅުން ރޫޅުނެވެ. ލިވިޔާ އޭނާގެ ހަޔާތާއި އެކު ކުރިއަށް ދިޔައިރު، މިލާން އޭނާގެ ދިރިއުޅުމާއި އެކު ހިނގައިގަތެވެ.

މިއަދު މިލާން އެއިނީ ސިންގަޕޫރަށް ފުރުމަށް ފްލައިޓަށް އަރައެވެ. އިތުރު ތައުލީމު ހާސިލް ކުރުމަށް 2 އަހަރުގެ ކޯހެއް ހެދުމަށެވެ.

4 ގަޑި އިރުގެ ދިގު ތަދުރަކަށް ފަހު މިލާން ފްލައިޓުން ފެއިބީ ސިންގަޕޫރަށެވެ. މުޅި މާހައުލަށް ބަލައިލަމުން މިލާން ފުންނޭވާއެއް ދޫކޮށްލަމުން ކުރިއަށް ހިނގައިގަތެގެ. ދެތިން ފިޔަވަޅު އެޅުނު ތަނުން އަންހެން ކުއްޖެއްގައިގައި މިލާން ލައިގަތެވެ. އެވަގުތު ވެގެން ދިޔައީ ދެމީހުންގެ ހަތަރުކަޅި ދިމާވެގެން ދިޔަ ވަގުތަށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. Kia

    Masha Allah ♥️♥️♥️♥️
    Milaan ehme fahun divorce kuree dhw..he deserves better..Everything happens for a good reason♥️
    Can’t wait to read next partttt 😭😭
    Love you darling 💕
    Keep up the good workk ♥️♥️♥️

  2. Cutie girl

    Mi part vx v Reethi masha allah
    Milaan ah Liviyaa ah vureh maa rangalhu kudhin vaane
    Curiously waiting for next part
    Milaan ah e dhimaavi kujja dheke loabi vevigen eulheni
    Keep it up
    Love you ❤️

Comments are closed.