މެންދުރުގެ ހޫނުގަދަ ވަގުތެވެ. ހޮސްޕިޓަލުތެރޭގެ އެކިއެކި ހިސާބުގައި މީހުންތަށް ހޭލަމޭލަ ވަމުން ދިޔައެވެ. ހޮސްޕިޓަލު ތެރޭގައި އެއް އަޑުކޮއްލާފައިވީ ކިއު ނަންބަރުތަށް “ބީޕް” ގޮވާއަޑަށެވެ. ހޮސްޕިޓަލުގައި ހީވާގީ ކަމާއި އެކު ތަފާތު ޑަކްޓަރުން މަސައްކަތް ކުރަމުން ދިޔައިރު ޑަކްޓަރު އެލީޝާވެސް ދިޔައީ އޭނާގެ މަސައްކަތްތަށް ފުރިހަމަ ގޮތުގައި ކުރަމުންނެވެ. އެލީޝާއައި ރަށުގައި ހުރި ހަމައެކަނި ސައިކޭޓްރިސްޓް ކަމުން ކޮންމެދުވަހަކުވެސް އެލީޝާއަށް ގިނަގުނަ ޕޭޝަންޓުން ލިބެއެވެ.
ހަމަހިމޭންވެފައިވީ ފަޒާގައި މެންދުރުނަމާދުގެ މޫރިތި ކަލިމަ ތަކުގެ އަޑުއިވިގެންދިޔައެވެ. އެވަގުތު ވެގެން ދިޔައީ އެލީޝާ އެންމެފަހުން ބެލި ޕޭޝަންޓްވެސް ނުކުން ވަގުތަށެވެ. އެހެންކަމުން އިތުރު ޕޭޝަންޓް އަކު ތިންތޯ އެލީޝާ ބަލައިލިއެވެ. އޭރު އަދިއެއް ޕޭޝަންޓް އިނުމުން އެ ޕޭޝަންޓް މަޑުކުރަން ބައިންދާފައި ބްރޭކްއަށް ދާކަށް އެލީޝާއަކަށް ނުކުރެނެވެ. އެހެން ކަމުން އެ ޕޭޝަންޓްގެ ކިޔުނަންބަރަށް ފިއްތާލިއެވެ. ހިނދުކޮޅެއް ފަހުން އެލީޝާ އިން ކޮޓަރިއަށް ޒުވާން ފިރިހެނަކުވަނަވެ. ބައިމަތި ފުޅާ ރީތި ހަށިގަނޑެކެވެ. ކަޅުކަން ގަދަ އިސްތަށިކޮޅު ވަނީ ރީތިގޮތަކަށް ސްޓައިލް ކޮއްލެވިފައެވެ. އެޒުވާނާގެ ހިތްކަތިލެވޭ ފަދަ ހިނިތުންވުމާއި އެކު ތޫނު ދެލޯފެނިފައި ޒުވާން އަންހެން ކުދިން މޮޔަވާވަރުވާނެކަން ގައިމެވެ. ކަޅުކުލައިގެ ގަމީހަކާއި އެކު ކަޅުކުލައިގެ ޖީންސްއެއް ލާފައިހުރި އިރު މަތީ 3 ގޮށް އިނީ ނައްޓާލާފައެވެ. އެލީޝާއާއި ދިމާލަށް އެޒުވާނާ ބަލާލާފައި އެއްލޯ މަރާލީ “ފްލާރޓީ” ގޮތަކަށެވެ.
“އިށީންދޭ” ލުއި ހިނިތުންވުމަކާއި އެކު އެލީޝާ ބުނެލިއެވެ. އަދި އައިޑީކާރޑް އާއި ކިޔު ނަންބަރު ދިނުމަށް އެދުނެވެ.
“ޔޫސުފް ޔޫހާން ޔައީޝް ދެއްތޯ؟ ކިހިނެތްތޯ ވަނީ؟” އިސްޖަހައިގެން އިން ޔޫހާންގާތުގައި އެލީޝާ އެއްސެވެ.
“ޑަކްޓަރު.. އަޅުގަނޑުގެ ހިތަށް ގޮތެއްވަނީ.. ނޭނގެ ވާގޮތެއްވެސް. އަޅުގަނޑަކީވެސް މި ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ދާ ކާރޑިއޮލޮޖިސްޓްއެއް. ޑަކްޓަރ. ހިތުގެ ބައްޔާއި އެކު އަންނަ ޕޭޝަންޓްތަށް އަހަރެން ސަލާމަތް ކުރާއިރު އަހަރެންނަކަށް އަހަރެންގެ ހިތަށް ވާގޮތެއްނޭނގޭ. މި ހޮސްޕިޓަލުގައި އުޅޭނެ އެލީޝާ ކިޔާ ޑަކްޓަރެއް. އެލީޝާ ފެންނަ އިރަށް ނޭނގެ ވާގޮތެއްވެސް.. ދެފައި އޮޅެނީ. ހިތްތެޅެނީ. ޑަކްޓަރު އަޅުގަނޑު ކިހިނެތްތޯ ހަދަންވީ؟” ކުޑަ ކުއްޖެއްހެން ޔޫހާން ހުރިހާއެއްޗެއް އެއްފަށަށް އަމުނާލިއެވެ. އެލީޝާ ހީލާފައި ކައިރީގައި އިން ނޯޓް ފޮތުން ގަނޑެއްގައި އެއްޗެއް ލިޔެލާފައި ޔޫހާންގެ ގަމީހުގައި އިން ޖީބަށް ވައްޓާލިއެވެ.
“ދެން އެންމެ ރަނގަޅު ދުރުވިޔަސް އިނގޭތޯ؟” އެލީޝާ ބުނެލިއެވެ. ކައިރީގައި އިން އެލީޝާގެ ކަޅުކުލައިގެ އަތްދަބަސް ނަގާ އެލީޝާ ކުރިއަށް ހިނގައިގަތެވެ. ނަމަވެސް އެލީޝާއަށް ހުއްޓެން މަޖުބޫރުވީ ޔޫހާން އެލީޝާ އަތުގައި ހިފާ ދަމާގެނެސް ޔޫހާން އުނގުގައި ބޭންދުމުންނެވެ.
“ދެން. އަޅެ ހޮސްޕިޓަލޭ މިއީ މީހަކަށް ފެނިދާނެ” ޔޫހާންގެ އަތްދަށުން ސަލާމަތްވާން މަސައްކަތް ކުރަމުން އެލީޝާ ބުނެލިއެވެ.
“ނުކުރާނަން ދުލެއް. ހަމަ ހުވާ ހާދަމިސްވެޔޭ” އެލީޝާ އަޅައިގެން ހުރި ކަޅުކުލައިގެ ޝޯލް މަތިން އެލީޝާގެ ކަންފަތުގައި މަޑުމަޑުން ދަތްއަޅާލަމުން ޔޫހާން ބުނެލިއެވެ.
“ނުވޭ މިސްއެއް. އެހެންވެ އެއްނުން މެރީ ނުކުރަން ތިއުޅެނީ. އަޅެ އަހަރެން ބޭނުންވިއްޔާ ޔޫހާންއަށް މެރީކުރަން” އެލީޝާ ތުންކޮޅުއޫކޮއްލިއެވެ.
“ޕިސް ދެން ނުބުނަމެއްނުން މެރީ ނުކުރާނަމެކޭ؟ އަދި ރައްޓެހިވީފަހުންވެސް މިވީ 2 އަހަރު. އަދި އަވަހެއްނުން؟” ޔޫހާން ބުނެލިއެވެ.
“ހޫމް ދެން ތިވިސްނާވަރަކަށް ވިސަނަބަލަ. އަހަރެން މިދަނީ ނަމާދު ކުރަން ބާއި!” ޔޫހާންގެ އިސްތަށިކޮޅު ހާވާލާފައި އެލީޝާ ނުކުމެގެން ދިޔައެވެ. އެލީޝާ ނުކުންނަންދެން ބަލަން އިނދެފައި ޔޫހާން ޖީބުބަލައިލިއެވެ.
“10 މިނިޓްސް ފަހުން އެބަ އަންނަން ނަމާދުކޮށްލައިގެން. އައީމަ ހިނގާބަ އެލާ ގޮވައިގެން އެލާ ގެޔަށް. މަންމަ ބުނި ޔޫހާން ގޮވައިގެން ގެއަށް އަންނާތީވޭ ކާން. ލަވް ޔޫ” އެލީޝާގެ ނޯޓުގައި އޮތެވެ. އެހެން ކަމުން ޔޫހާން ބޭރަށް ނުކުމެ ޕާރކިންގ ލޮޓްއަށް ދިޔައެވެ. ޔޫހާންގެ އެ ހަރަކާތުންވެސް ޔޫހާންއަކީ ނަމާދަށް ފަރުވާތެރި ޒުވާނެއްނޫންކަން ދޭހަވެއެވެ.
“ލެޓްސް ގޯ” 10 މިނިޓް ފަހުން އެލީޝާ އަހިސް ސައިކަލު ފަހަތަށް އަރާފައި ބުނެލިއެވެ. ޔޫހާން ހިނިތުންވެލާފައި ސައިކަލު ދުއްވާލިއެވެ.
“އަނހާ މިއޮއް އައީނުން ދެކުދިން. އަވަހަށް އާދޭ. ހަމަ މިނިމުނީ ކާންހަދާ. މާޔަން؟ ލީޝާ؟ ކޮބާ އާދޭ އަވަހަށް” ގެއަށް ވަދެގެންއައި އެލީޝާއާއި ޔޫހާން ފެނިފައި އެލީޝާގެ މަންމަ އަނާޝާ ގޮވާލިއެވެ. ލީޝާއަކީ އެލީޝާގެ ދޮންތައެވެ. ލީޝާއަކީ އެލީޝާއާއި އަޅާކިޔާނަމަ ދިމާ އިދިކޮޅެވެ. އެލީޝާއަކީ ދީންވެރި އަޙްލާގު ރަނގަޅުކުއްޖަކަށްވީ އިރު، ލީޝާއަކީ ދީނާ ދުރު އެއްވެސް ނިވާކަމެއް ގެންގުޅޭ ކުއްޖެއްނޫނެވެ. ލީޝާއަކީ ބުރުގާ އަޅައިގެން އުޅޭ ކުއްޖެއްނަމަވެސް ބުރުގާ ނާޅާވެސް ބޭރަށް ދާލެއް މަދެއްނުވާނެއެވެ. ބުރުގާ އެޅިޔަސް މޭމަތި އޮންނާނީ ދިއްލާފައެވެ.
ބަދިގެ ތެރެޔަށް ވަދެވުމާއި އެކުވެސް ޔޫހާން ބަނޑުފުރުނު ފަދައެވެ. ކެރެޓު ބަތާއި އަލުވި ބަތެވެ. ޓޮމާޓޯ ބަތާއި ފްރައިޑް ރައިސްއެވެ. ޕާސްތާއާއި ސްޕެގެޓީއެވެ. ފިހެފައިވީ ކުކުޅާއި ސޮސެޖެވެ. ނޫޑުލީހާއި ޕާޕަރެވެ. ތަފާތުވައްތަރުގެ ޖޫސްވެސް ގިރާލާފައިވެއެވެ.
“ހާދަބައިވަރެއް؟ ޔަގީން މިއަދު މިގެއިން ނުކުންނަ އިރު އަހަރެން ހުންނަނީ 10 ކިލޯ ބަރުވެފަކަން” ޔޫހާން ސަމާސާކޮއްލިއެވެ. އެންމެނަށްވެސް ހެވުނެވެ.
“ކީކޭ މަންމާ؟” ލީޝާ ބަދިގެތެރެޔަށް ވަނީ އެވަގުތެވެ. ޔޫހާންގެ ދެލޯވެސް ހޯދާލީ އެއަޑުގެ ވެރިޔާއެވެ. ކިރިޔާ ފަލަމަސްގަނޑުނިވާވާ ސޯޓުކޮޅުގައި ހުރި އިރު ލީޝާގެ ދޮން ފައި އޮތީ ހާމައަށެވެ. ލައިގެން ހުރި ކުރު ޓީޝާޓު ކޮޅު މެޔަށް ދޫކޮށްހުރި ނަމަވެސް، ބަނޑުއޮތީ ކަޝްފުވެފައެވެ. ލީޝާ ހުރިގޮތް ފެނި އެލީޝާ ހިތްހަމަ ނުޖެހުނެވެ.
ލީޝާއަކީ އަނާޝާއަދި މާޔަންގެ ފުރަތަމަ ދަރިފުޅެވެ. އުމުރުން 33 އަހަރުގެ ލީޝާއަކީ ނާރސިންގ ސްކޫލްއިން މަތީތައުލީމު ހާސިލްކޮއްފައިވީ ނަރުހެކެވެ. ނަމަވެސް ނާރސިންގ ސެފްޓިކެޓާއިއެކުވެސް ލީޝާ ހުންނަނީ ގޭގައެވެ. ވަޒީފާއަށް ދާން އަނާޝާއެދުމުންވެސް ލީޝާގެ ޖަވާބަކަށްވީ “މަންމަމެން ބުނީ ކިޔަވާކަށްނުން؟ އަހަރެން މިހުރީ ކިޔައިވެގެން ދެންއެވީނުން؟” ހަގީގަތުގައި އެލީޝާއާއި މާޔަންގެ ރުފިޔާއިން ހަމަޖެހިލައިގެން އެއާއިލާއަށް އުޅެވޭވަރުވެއެވެ. އެކަން އުޒުރަކަށް ބޭނުންކުރިނަަމަވެސް ހަގީގަތަކީ ލީޝާގެ ހުރި “ކަންނެތް” ކަމެވެ.
“ލީޝް ތިކޮންކަމެއް؟ ބުނިންދޯ މަގޭ ބޯއިފްރެންޑް މިއަދު އަންނާނޭ. ދާންވީ ތަންކޮޅެއް ނިވާވާ އެއްޗެއްލާން. ބުރުގާ އަޅައިގެންއަންނާތި” ލީޝާގެ އަތުގައި ހިފާ ބޭރަށް ނެރެފައި އެލީޝާބުނެލިއެވެ.
“ސޮރީ އެބައުޓް ދެޓް” ޔޫހާން ގާތުގައި އިށީންދެފައި އެލީޝާ ބުނެލިއެވެ. އިޓްސް އޯކޭއޭ ބުނެލިނަމަވެސް ޔޫހާންގެ ދެލޯ ހޯދަމުން ދިޔައީ އެޒުވާން އަންހެން ކުއްޖާއެވެ. އިރުކޮޅެއްފަހުން ލީޝާއައެވެ. ކަޅު ކުލައިގެ ޖީންސްއާއި އެކު ދަނބުކުލައިގެ އަތްދިގު ޓޮޕްކޮޅެއްލާފައި ހުރި އިރު ވަނީ ކަޅު ކުލައިގެ ވައްބުރުގަލެއް އަޅާފައެވެ. އެވަގުތު ލީޝާގެ ލޮލުގައި ޔޫހާން އަޅައިގަތެވެ. އޭރު ޔޫހާންވެސް އިނީ ލީޝާއަށް ބަލަންށެވެ.
ޔޫހާންގެ ކަޅުކަންގަދަ އިސްތަށިކޮޅާއި ތޫނު ދެލޯފެނި ލީޝާ ހިތްއަވަސްވެލިއެވެ. ހިނިތުންވެލުމުން ކޮލަށް އަރާފައި އިން އަޑިކޮޅުފެނި ލީޝާގެ ހަށިގަނޑު ހީލި އަރައިގަތެވެ. އެފަދަ ޒުވާނަކު އެލީޝާކަހަލަ “ގޯންޏަކަށް” ވަދެގެން ހުރި ކުއްޖަކާ ރައްޓެހި ވުމުން ލީޝާ ހައިރާންވިއެވެ. ލީޝާގޮސް އިށީނީ ޔޫހާން ކުރިމަތީގައި އިން ގޮނޑީގައެވެ.
“ކޮބާ ކޮންއިރަކުންތަ ދެކުދިން ކައިވެނި ކުރަންއުޅެނީ؟” ލީޝާގެ ހަރަކާތްތަކަށް ގެއްލިފައި އިން ޔޫހާން ސިހުނީ މާޔަން ވާހަކަދައްކަންފެށުމުންނެވެ.
“އެދޯ؟ އެވާހަކަ ދައްކަން އަޅުގަނޑު ނިންމައިގެން މިއަދު މިހުރީވެސް. އަޅުގަނޑު ބޭނުން އެލާއަށް ކައިވެނި ކުރަން..” އެލީޝާގެ އަތުގައި ހިފާލާފައި ޔޫހާން ބުނެލިއެވެ. ޔޫހާންގެ ވާހަކައިން އެލީޝާގެ ދެލޮލުން ވިދާލީ އުފާވެރިކަމެވެ.
“ބައްޕާ.. އަޅުގަނޑަށް އެލާ ދެއްވަފާނަންތޯ؟ ﷲ އިރާދުކުރެއްވިއްޔާ އަޅުގަނޑު އެލާއަށް ދުވަހަކުވެސް ދެރައެއް ނުދޭނަން. އަޅުގަނޑު އަބަދުވެސް އެލާއަށް ލޯބިދޭނަން” ޔޫހާން އަނެއްކާވެސް ބުނެލިއެވެ. މާޔަން ހިނިތުންވެލިއެވެ.
“ބައްޕަ ދަރިފުޅަށް ވަރަށް އިތުބާރުކުރަން. އެކަމަކުވެސް ބުނެލަން. އެލާ ވަރަށް ރަނގަޅަށް ބަލައްޗޭ. އެލާ ދަރިފުޅުދެކެ ވަރަށް ލޯބިވޭ” މާޔަން ބުނެލިއެވެ.
“ލައްބަ ބައްޕާ” ޔޫހާން ބުނެލިއެވެ. އަތުގައި އޮތް ސަމްސާ ތަށީގައި ބާއްވާފައި ޔޫހާން ޖީބުގައި އޮތް ރިހިކުލައިގެ އަނގޮއްޓިނަގާ އެލީޝާގެ ވާއަތުގައި އަޅުވާލަދިނެވެ. އެލީޝާގެ ދެލޮލުން ވިދާލީ އުފާވެރިކަމުގެ ކަރުނައެވެ. މަންޒަރުބަލަން އިން އަނާޝާއާއި މާޔަންގެ ދެލޮލުންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ނަމަވެސް ލީޝާގެ މޫނުމަތިން އެކަހަލައެއްވެސް އަސަރެއްނުފެނެއެވެ.
ކައިވެނީގެ ވާހަކަތަށް ދެއްކެން ފެށީ އެވަގުތެވެ. ކައިވެނި ލަސްކުރާކަށް އެކަކުވެސް ބޭނުމެއްނޫނެވެ. ކާން އިން ޔޫހާންގެ ސަމާލުކަށް ހޯދުމަށް ލީޝާގެ ފައި ޔޫހާންގެ ފައިގައި ހާކާލިއެވެ. ވަގުތުން ޔޫހާންގެ ސަމާލުކަން ލީޝާއަށް ހުއްޓުނެވެ. ޔޫހާންކައިނިމެންދެން އެކުޅިވަރުގައި ލީޝާއިނެވެ.
ކައިނިމުމުން ޔޫހާން ބޭރަށް ނުކުމެލީ ސިނގިރޭޓެއް ބޯލުމަށެވެ. އޮފީހުން ގުޅުމުން މާޔަންއަށް ދާންޖެހުމުން ޔޫހާން ހުރީ އެކަންޏެވެ. ބޭރުގައި ހުރި އިރު ޔޫހާންގެ ބޮލުގައި އުދުހެމުން ދިޔައީ ލީޝާއެވެ. ހަށިގަނޑަށް ބަލާނަމަ އެލީޝާއަށް ވުރެ ލީޝާ ކިތަންމެ ހާވެސް ރީއްޗެވެ. ލީޝާއަކީ ޔޫހާންއަށްވުރެ ވެސް ބޮޑު ކުއްޖެއްކަމުން ޔޫހާންހުރީ “ކުރާ” ހިތްވެފައެވެ. ފުރަތަމަ ފެނިލުމުންވެސް ޔޫހާންގެ ހިތް މިކުއްޖާ ކަތިލާފައެވެ.
“އަހަރެންމަތިންތަ ތިވިސްނަނީ؟” ފަހަތުން އިވުނީ ލީޝާގެ އަޑެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.







mi part ves v reethi masha allah
curiously waiting for next part
keep it up
eleesha and yohaan gulhuvachey
they both are made for each other
Jazaakallah Khairan.
keke dhnn less c dhw vaa goi
Mi part vx varah varah reethi…..
Alhey e leeshaa gandu ulhey gotheii dhw… dhaii kolhu nufeyby kiriyaa rulhi aisgen….
Mi zamaanuge haalathu eii hama….
Bodu hedhumeii laifihyaa vaany katu nuvatha muskulhi akah…..
Elysha ah elaa nukiya ely kee nama eyrah maa gulhey….
Ekm vx varah varah reethi…..
Elyshaa aa gulheyny eleesha kahala dhynah loabi kuraa kuhjeii…
Yoohaan vx ulhey gotheii dhw…..
Shihaa haalu kihineii??
Mi vhk upload kuraany kn dhuvas thakeiiga??
Jazaakallah Khairan
hehehe dhaiyy kolhu salaamaiy kurahchey ekamaku haha
frrrr dhw hama aslu vess mihr myhun dhekey goii eii
Elysha ah first hama ely jehii ekm blood ga vess ely eh ulhuyma hithah erii change kollan dhw..
Dhn less c dhw elysha ge love story dhany kihineh thw keke
Alhamdhulihllah shiher okay, hbu?
mihr iny 12 vana bayaa hamayah liyevifa i am planning dhuvahaku part eh up kuran in sha allah
vrh reethi mi part ves mashallah
alhe mioh leesha eh ulhey goii dhww ladheh ves nuganeyey
adhi yoohaan ulheyy gothun ves eba heeveyy elysha ahh landheh hen libeyni
ekm ves vrh reethi…shiher you are one of my fav thigothah masahkai kuraane kamah uhmeedh kuran n when next part kiyaalan libeyni curiously waiting for next part..keep it up
love youu shiherr
Jazaakallah Khairan
hehe mihr mi generation ga hama gina ee leeshaa kahala kudhin vihya dhn let’s see dhww
Awwwwnnnn vrhhh ufaa vejje thihen bunelyma umeeedhu kuran mi vhk ves vrh kamudhaane kamah
In sha allah maadhamaa part 2 kiyaalan libeyne
LYM
First part was really interesting. Curiously waiting for the next part. Also livee ah komme dhuvahku vaahk upload vaathy aasu vrh slahi
Anyways 27 ga ves 29 kamh heekoh upload koffa kamh belenu ehaa ves waiting ga Hury
Mi vaagothun heevany yoohaan like vaany Leesha hen
Yoohan and Leesha ge behaviour vrh same vey
Hehe jazaakallah khairan
vrh happy vejje thihen buneleema
hehe shiher aslu break eh negii up nukoh liyan vegen dhw eyrah easy vaaneynun komme dhuvahaku up kuran vess
hehe dhn let’s see dhww who Yoohaan ends up with
Hi shiha
V reethi mi vaahaka feshigen kuriyah dhaagoiy
Ummeedhu kuran mihaa shauguveri koh mivaahaka nimeyne kamahves.
Shaleen v nukiyan ehen authors GE vaahaka.
Ekam Hama bunelaanee shaleen ah Hama v kamudhey mivaahaka ingey..
Eba inthizaaru kuran dhen in part ah 😃🖐️
Love you 🤟
Hello shaleen ehn readers ge vaahaka thah evs kiyan vaane ennu😅 cx ehn readers ves kiyaane kan gaimu shaleenge vaahaka thh
Btw shiha is one of my fav
Reethi igey hama haaaaabeeeeyyyyyysssss
Hama 💯
Adhi hlheyne dw mi part in nufenna kudhinkolheh ves ?
Mubuny characters
I really live names thah
And my daughter name is eleesha😳🤣😂🥰🥰🥰
Ehenve vaahaka kiyamun dhaairu nikan hevey😭😭😂
Vvvvvvvv reeethiii
Second male lead ge inthizaaruga vaguthu gunaala gunaala mihunnany
I don’t like mihaaru ehlhey soru
Ahchii gf ge dhatha r viyya🥱🥱😭😭😭
Love you shiha🥰🥰🤍🤍
Hey Shaleen
Jazaakallah Khairan vrhh ufaa vejje vaahaka ehaa kamudhiyaiima.
vrh ufaa vejje shaleen mi vaahaka kiyaalyma vess
In sha allah maadhamaa part 2 kiyaalan libeyne.. Hope to see your comment there too 🙂
LYM
Shihaa knme ves reader eh v loabin comment kohliehnu thankolheh ragalhu kohlan edhi
Ekamaku ves u didn’t
Dont do it ok.. u should say އެއްވެސް
Not އެއްވިސް
އެއްވިސް އަކީ ލަފްޒެއް ނޫން
ކިޔާ މީހާއަށް އުދަނގު ގޮތެއް ހުރޭ
Eki hisaabuthakah ufan vefa thibi kudhin ukheyny
Vedhaane thj hisaabuga egothah kiyany kamah
But liyaairuga liyan vaane hama normal kon
Migothah aslu buneliimi
Shiha ge kairyga readers ragalhu kohlan bunelaa ehves kameh ragalhu nukohlaathi ve
I thought myhun ge farathun kameh ragalhu kohlumuge gothun libey faadukiyun thah ragalhu kohgen kuriyah dheveyny and readers ge loabives libeyny
And u didn’t do it
Vaahhaka hadieh noon
Ragalhu
Ekm ehunna kankan ragalhu kohleema viewers ves gina vaane
Vaahaka reethi vefa
Rangalhu nukuraakh noon shiher ah hama ehn jeheni😭😭 i’m rlly sorry i’ll try my best to improve
@Naya mihr change kollaifin🫶🏻
@Ishu jazaakallah khairan vrhhhhh happy vejje thihen buneleema🥰❤️
Hehe ya the other casts annaany part 2 ga.. its already out now..
OMG OMG 😭😭😭😭
Hoping mi story ge eleesha ah vure ishuge eleesha ah happy life eh libeyne kamah in sha allah🥰❤️
Haha Yoohaan ah heyo visnun dhevvaash😂❤️
Lym darls💞