ފުރާނަ
އެއީ ވެސް ހަމަ މިފަދަ ދުވަހެކެވެ. މޫސުން ރީތި ދުވަހެކެ. ވައި ޖެހޭލެއް މަޑެވެ. ކަނޑުވެސް ގަދައެއް ނޫނެވެ. މޫސުމީ ގޮތުން އެ ދުވަހާ އެއްގޮތް ކަމެއް ހުއްޓަސް، މީގެ 6 އަހަރު ކުރިން [ނިޔާމަ] ބޯޓުގައި މާލެދާން ފުރި ދުވަހު ސަނާއަށް ކުރެވުނު އިހުސާސް، މިއަދު އޭނާއަށް ކުރެވޭ އިހުސާސް ވަރަށް ތަފާތެވެ. އުފަން މައިންބަފައިން ދޫކޮށް، އެދުވަހު ދަތުރަށް ފުރީ ފުރާ ހިތަކުންނެއް ނޫނެވެ. ނަމަވެސް މިއަދު މާލެއިން، އުފަން ރަށަށް ދާން އެފުރަނީ ސަނާގެ އުންމީދުތައް ފުރިހަމަކޮއް ޑަކްޓަރުކަން ކިޔަވައިގެންނެވެ. އުފަން ރަށް ރ.އުނގޫފާރުގައި ފައި ޖެހުމާއި އެކު ސަނާއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. މިއަދު ސަނާއަކީ ރަށުން ފުރައިގެން ދިޔަ ސަނާއެއް ނޫނެވެ. އެންމެ ކުޑައިރުން ސުރެ ކުރަމުންދާ އުންމީދުތައް ފުރިހަމަވެ ޑަކްޓަރީ ލައިސެންސް ލިބި އުފަން ރަށަށް އާދެވުމުވުން ހުރިހާ އުންމީދު ތަކެއް ފުރިހަމަވެ ދިޔައެވެ. 7 އަހަރު ފަހުން ސަނާ ރަށަށް މިއައީ ސަނާގެ މަންމަ ސާރާ ގާތު ބުނެވެސް ނުލައެވެ. ސަނާ ފެނުމުން މަންމަ ވާނެ އުފާ ހިތައް އެރުމުން ސަނާގެ ކުޑަ ފިޔާތޮށި ކުލައިގައިވީ ހިނިތުންވުން ފުންވެގެން ދިޔައެވެ. ހީލުމާއި އެކު ކަނާތު ކޮލަށް އެރި އަޑިކޮޅުން ސަނާގެ ރީތިކަން އިތުރު ކޮއްދިނެވެ. ލުއި ފިޔަވަޅު ތަކެއްގައި ސަނާ ހިނގައިގަތީ ގެއަށް ދިޔުމަށެވެ.
ދުވަސް ގަނޑަކަށް ފަހު އުޅެ ބޮޑުވި ގެއަށް އާދެވުމުން ސަނާއަށް ކުރެވުނު އިހުސާސް ބުނެލަން ދައްޗެވެ. ސިޓިންގް ރޫމްގައި ސަނާގެ ފޮށި ބޭންދުމަށް ފަހު ސަނާ ހިނގައި ގަތީ ބަދިގެއަށެވެ. ރޮށި ފިހަން ހުރި ސާރާ ފެނުމުން ސަނާއަށް ދުވެފައި ގޮސް ފަހަތުން މަންމަ ގައިގައި ބައްދާލެވުނެވެ.
[މަންމާ..] ސަނާ ގޮވާލިއެވެ.
ސާރާ ސިހިފައި ފަހަތް ބަލައިލި އިރު ކައިރީ ހުރި ސަނާ ފެނުމުން ސާރާ ލޮލުން ނިރާލީ އުފާވެރި ކަމުގެ ކަރުނައެވެ.
[މަގޭ ދަރިފުޅު ކޮން އިރަކުތަ އައީ. އަޅެ ބުނެވެސް ނުލާ] ސާރާ ޝަކުވާ ކޮއްލިއެވެ.
ދުވަސް ގަނޑަކަށް ފަހު އާއިލާ އެކު އެކީ ސައިބޯން ތިބެވުމުން އެންމެންގެ މޫނު މަތީގައިވެސްވީ ރީތި ހިނިތުންވުމެކެވެ. ސަނާގެ ދޮންބެ ޝިޔާން އާއި ޝިޔާންގެ އަންހެނުން އިޒްނާވެސް އިނެވެ. ޝިޔާން އާއި އިޒްނާގެ 5 އަހަރުގެ ދަރިފުޅު ޝާޔާވެސް އިނީ ދޮންތަ ފެނުމުން ވަރަށް އުފާވެފައެވެ. އެ ކުއްޖާގެ ވާހަކަ އެންމެ މިނިޓް އަކަށްވެސް ނުހުއްޓެއެވެ. އުފަލާއި މަޖަލުގައި އެންމެން އެކު އެކީގައި ސައިބޮއި ނިންމާލިއެވެ. ފުރަތަމަ ޑިއުޓީ އޮތީ މެންދުރުފަހު ކަމުން ސަނާ އިރުކޮޅަކަށް ނިދާލިއެވެ.
މެންދުރު 1 ޖެހި އިރު ސަނާ ހުރީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައެވެ. ހުރިހާ އެންމެވެސް ސަނާއަށް ދިޔައީ ވަރަށް އެކުވެރިކޮށް ހިތަމުންނެވެ. ސަނާގެ ސީނިޔާ ސާޖަންސް ދިޔައީ އެމީހުންގެ ތަޖުރިބާތައް ކިޔައިދެމުނެވެ.
ދުވަސްތައް ފާއިތުވަމުންގޮސް މިހާރު ސަނާ ހޮސްޕިޓަލްގައި މަސައްކަތް ކުރާތާ 5 މަސް ވެއްޖެއެވެ. އާދާއިގެ މަތިން މިއަދުވެސް ސަނާ އިނީ ސަނާއަށް ހާއްސަ ކުރެވިފައިވާ ކޮޓަރި ތެރޭގައެވެ. އެހެންއިންދާ ސަނާއަށް އައީ ފޯނު ކޯލެކެވެ. އެއީ ބިރުވެރި ކޯލެކެވެ. ސަނާގެ ހިތްތެޅިލީ ނުބައި ގޮތަކަށެވެ. ގުޅަމުން ދިޔައީ ސަނާގެ ދޮންބެ ޝިޔާންއެވެ. ފޯނު ކަންފަތުގައި ޖަހާ ސަނާ ހަލޯއޭ ބުނެލިއެވެ.
[ސަނާ.. މަންމަ.. މަންމަ އެކްސިޑެންޓްއެއް ވެގެން މިއުޅެނީ.. މަންމަގެ ހާލު ވަރަށް ސީރިއަސް މިހާރު މިދަނީ ހޮސްޕިޓަލަށް.. އެންބިއުލާންސްގަ މިތިބީ..] ރޮމުން ރޮމުން ޝިޔާން ބުނެލިއެވެ.
ސަނާއަށް ހިވީ ވަގުތު ކޮޅަކަށް ނަމަވެސް ސަނާގެ ދުނިޔެ ހުއްޓުނު ހެންނެވެ. ސަނާ ފޯނު ކަނޑާލާފައި ދުވަމުން ނިކުތެވެ. އަވަސް ކުރަން ހަދައިގެން ލިފްޓް މަތިން ސަނާ ހަނދާންވެސް ނެތެވެ. ސިޑިން ދުވަމުން ގޮސް ފޭބި އިރު ސާރާ ސްޓްރެޗަކަށް ލައިގެން ވައްދަނީއެވެ. ލެއިން ތަތްތެޅިފައިވާ މަންމަ ފެނުމުން ސަނާއަށް ހީވީ މީހަކު އޭނާގެ ހިތުގައި ވަޅި އަޅާ ކޮށާލިހެނެވެ. ސާރާ ގެންގޮސް އެމަރޖެންސީ ރޫމްއަށް ވެއްދުމުން ސަނާގޮސް ސާރާގެ ހާލު ބަލާލިއެވެ.
[މަންމަގެ ހާލު ވަރަށް ސީރިޔަސް. ބޮލުގެ ނާށިގަނޑު ފަޅައިގެންގޮސް ސިކުނޑިއަށް ދަނީ ލޭ އެޅެމުން. ވީހޭވްޓު ޓޭކް ހާރ ޓު އޮޕަރޭޝަން.] ކައިރީ ތިބި ނަރުސް ކުދިން ގާތުގައި ސަނާ ބުނެލިއެވެ.
[ސަނާ.. ސާރާގެ ބޮލަށް ވަނީ ވަރަށް ގިނަ ލޭ އެޅިފަ. އޭގެ އިތުރުން އިންޓާރނަލް ބްލީޑިންގެ ސަބަބުން ލޭވެސް އަޅަން އެބަ ޖެހޭ. ސްޓްރޯކްއެއް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު.] ސަނާއާއި އެކު އޮޕަރޭޝަން ރޫމްގައި ހުރި ޑަކްޓަރ ޔައިނާ ބުނެލިއެވެ. ނަމަވެސް ސަނާ އެއަޑެއް ނާހާއެވެ. ސަނާ ދިޔައީ އޭނާއަށް ކުރެވުނު އެންމެ ބޮޑައް މަސައްކަތް ކުރަމުންނެވެ. އޭރުވެސް ސަނާގެ ކުޑަ ދެލޮލުން ދިޔައީ އިންތިހާއަށް ކަރުނަ އަންނަމުންނެވެ. ހަމަ އެވަގުތު ލޭ މަދުވަމުންދާ ކަމަށް މެޝިންތަކުން އަޑުލައްވާލިއެވެ.
[ނީޑް މޯ ބްލަޑް. އަވަސް ކޮއްބަލަ ދޭބަލަ!!] ސަނާއަށް ކައިރީ ތިބި ނަރުސް ކުދިންނާއި ދިމާލަށް ހަޅޭ ލަވައިގަނެވުނެވެ.
19 ގަޑިއިރުގެ ދިގު އޮޕަރޭޝަނަކަށް ފަހު ސާރާ އޮޕަރޭޝަން ރޫމްއިން ނެރުނެވެ. އޭރު ވަނީ ސިކުނޑިއަށް ލޭ އެޅުން ހުއްޓިފައެވެ. ނަމަވެސް ސްޓްރޯކް އެއް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ސަނާއަށްވެސް އެކަން އިނގެއެވެ. ނަމަވެސް ހިތް އެކަމާ އެއްބަސްވާން ނޭދެނީއެވެ. އައިސީޔޫގައި އޮތް މަންމަގެ މޫނަށް ބަލަން ހުރެ ސަނާ ދިޔައީ ގިސްލަ ގިސްލާފައި ރޮމުންނެވެ. އެހާ ގިނަ ލޭ ބޭރުވުމުގެ ސަބަބުން އަދިވެސް ސާރާގެ މޫނު ވަނީ ހުދުވެފައެވެ. މާޔޫސީ ކަމާއި އެކު ކަރުއެލުވާލަމުން ސަނާ އައިސީޔޫ އިން ނިކުތެވެ. ސަނާގެ މޫނުމައްޗައް ބަލާލާފައި އެއީ ދުހާކު އުފަލެއް ލިބުނު މީހެއްހެންވެސް ހީނުވެއެވެ. ހުރިހާ މުވައްޒަފުންގެ މޫނު މަތީގައިވެސް ވީ ސަނާއަށްޓަކާ ހަމްދަރުދީއެވެ. ސަނާ ގޮސް ވަނީ ނަމާދު ކުރާ ކޮޓަރި އަށެވެ. 2 ރަކުއަތު ނަމާދެއްކޮއް ސަނާ ކިތަންމެ އިރެއްވަންދެން ދުޢާއަށް އަތް ނަގައިގެން ރޯލާ ރޯލަ އިނެވެ. ރޮއެ ރޮއެ ވަރުބަލި ވުމުން ސަނާ މުސައްލަ މަތީގައި އޮށޯވެލިއެވެ. ހަމަ އެވަގުތު ސަނާއަށް ފޯނެއް އައެވެ. ކާކުތޯވެސް ބަލާ ނުލާ ސަނާ ހަލޯއޭ ބުނެލިއެވެ.
[ސަނާ ކޮންތާކުތަ؟ އާދެބަލަ އައިސީޔޫއަށް. މަންމަ ހޭ އަރައިފި ވާހަކަވެސް ދައްކާއެބަ. ޕޯލްސް އެންޑް އެވެރީތިންގް އިސް ސްޓޭބަލް. އާދެބަލަ އަވަހަށް.] ޔައިނާ ގުޅާފައި އެހެން ބުނުމުން ހުރެވުނު ތަންވެސް ސަނާއަށް ނޭނގުނެވެ. ދުވެފައިގޮސް ސާރާ އޮތް ބަޔައް ވައިން އިރު ހިނިތުންވެލައިގެން ސާރާ ސަނާއާއި ދިމާލަށް ބަލަން އޮތެވެ.
[މަންމާ..] ސަނާ ދުވެފައި ގޮސް ސާރާ ގައިގައި ބައްދާލިއެވެ.
ސާރާގެ ހާލު ދިޔައީ ހީކުރިވަރަށް އަވަހަށް ރަނގަޅު ވަމުންނެވެ. ޖެހިގެން އައި ދުވަހު ސާރާ ވާރޑްއަށް ބަދަލު ކުރެވުނެވެ. މީގެ 10 އަހަރު ކުރިން ސަނާގެ ބައްޕަ އަހުމަދު ވަނީ އެކްސިޑެންޓް އެއްވެ ސިކުނޑިއަށް ލޭއެޅި މި ސްޓްރޯކްއެއް ޖެހި މި ވަގުތީ ދުނިޔެއާއި އަލްވަދާއު ކިޔަފާއެވެ. އަނެއްކާ ހަމަ މިހެން ކަން ވުމުން ސަނާއާއި ޝިޔާންގެ ސިކުނޑި ދިޔައީ ސުމަކަށެވެ. ނަމަވެސް ސަނާގެ ހިތްވަރުން ސާރާ ސަލާމަތް ކުރެވުނެވެ.
[ މިއަދު ބައްޕަ ދުނިޔޭގަ ހުރި ނަމަ ހާދަ އުފާވީހޭ.] ސާރާ ބުނެލިއެވެ.
ސާރާގެ އެ އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލްގައި ސަނާގެ މަގާމުވެސް މަތިވިއެވެ. ރަށު އެންމެންވެސް ސަނާއަށް ކުރަމުން ދިޔަ ގަދަރު އިތުރުވެގެން ދިޔައެވެ. ސަނާ އެންމެ އުފާ ކުރަނީ އެ ސަލާމަތް ކުރެވުނު ފުރާނަ އަކީ ސަނާގެ މަންމަ ކަމުގައިވީތީއެވެ. ﷲ ގެ އިރާދަ ފުޅާއެކު އޭގެ ކިތަންމެ ފުރާނައެއް ސަނާ އަދިވެސް ސަލާމަތް ކުރާނެއެވެ.
(ނިމުނީ)
10 Comments!
Comments are closed.







Mi vhk vrh reethi
Ummm…. Ths stry mee gr 9 ge dhivehi txt buk ga in stry eh dhww. Eyga iny feshun dheefa
Am i righ sis?
Anyways as i said before, vhk v v v v reethi
Jazaakallah Khairan❤️
Hehe yeaa my friend eh 9 ga ulhunu iru eyna fothun e feshun nagaigen mi aharu feshunu kolhu liyunu vhk eh miee.. vrh kuri ei eyru shiher vhk eh nuvess liyan😭
vrh vrh reethi mi vhk vess
hope thigothuga mashakaii kuraane kamahhh
curiously waiting for new storyy
keep it up dear
lots of love 😍
Lots of love from mee too
Jazaakallah Khairan🥰
Stupid idiot
You stupid odour
Hahahahhahahaha…
Oooooops.
My bestie don’t cry cry baby…….
Hhahahahhajahaja….
Nuves kiyan ekam comment mi kuree
Heh
Sorry ingey..
Kuda koh samasaa kohlee
Aslu varah reethi.
Keep it up 👍
Hehe itssss okayy
Jazaakallah khairan❤️
And I like the fact that u reply
Of course my readers and fans are my family hama🫶🏻🥰