ވޭނުގައި އަހަރެން މިރޯހެން މާދަމާ ރޯނީ ކަލާއޭ
ދަންވަރުގެ ހަމަހިމޭންވަގުތެވެ. ދަންވަރުގެމި ހަމަހިމޭންކަމުގައި މުޅި ދުނިޔެނިދާފައިވީ އިރު އަންހެން ކުއްޖަކު އޭނާގެ ކޮޓަރީގައި އިން ސްޓަޑީ ޓޭބަލްކައިރީގައި ފޮތެއްހިފައިގެން އިނެވެ. އެކުއްޖާ މިގަޑީގައި ހޭލާ އިނދެގެން މިކުރަނީކީއްބާއެވެ؟ ސްޓަޓީ ޓޭބަލްގައި ދަނބުކުލައިގެ ފޮތެއްހިފައިގެން އިން އަހަރެންގެ ލޮލުން ދިޔައީ ކަރުނަ އޮހޮރެމުންނެވެ. އަހަރެންގެ ލޮލުން ކަރުނައަންނަމުން ދިޔަވަރުން އަހަރެންނަށް ދިޔައީ މަންޒަރުވެސް ފުސްވަމުންނެވެ. ނަމަވެސް އަހަރެންގެ އެ އިހުސާސްތަށް ބޭރުކުރަން އަހަރެން އެފޮތުގައި އެވާހަކަ ލިޔަން ބޭނުމެވެ. އަދިއެއްފަހަރު އެފޮނި، އަދި ހިތި ހަނދާންކޮއްލަން އަހަރެން ބޭނުމެވެ.
މެންދުރުގެ ހޫނުގަދަވަގުތެވެ. އެންމެފަހުގަޑި ނިމުމުން ޖަހާލި ރަނގަބީލާއިއެކު، އިމާދުއްދީން ސްކޫލްގެ ކުދިންތަށް އަވަސްވެގަތީ ގެއަށް ދިޔުމަށެވެ. މުޅި ސުކޫލު ތެރެ ހަލަބޮލިވެފައިވުމުން އަހަރެންވެސް އަވަސްވެގަތީ ސްކޫލްއިން ނިކުމެގެންގޮސް އަހަރެންގެ މަންޒިލަށް ވާސިލްވުމައްޓަކައި ބަސްޓޮޕްއަށް ދިޔުމަށެވެ. އަހަރެން ދިރިއުޅެނީ ހުޅުމާލެ ފޭސް 2 ގައެވެ. މެންދުރުގެ ހޫނުގަދައަވިން އަހަރެންގެ ދޮންހަންގަޑަށް ދިޔައީ އޭގެ އަސަރުކުރަމުންނެވެ. ހޫނުވެފައި ހުރިވަރުންނާއި، ވަރުބަލިވެފައި ހުރިވަރުން ކުރިއަށް ހިނގިވަރަކަށް ބަސް ސްޓޮޕްވެސް ހީވަނީ އަހަރެންނާއި ދުރަށް ދާހެންނެވެ.
10 ވަރަކަށް މިނިޓް ހިނގުމައްފަހު އަހަރެންނަށް ބަސް ސްޓޮޕްއާއި ހަމައަށް ވާސިލްވެވުނެވެ. އަހަރެންނަށް ކިރިޔާ ބަހަށް އެރުނު ކަމެވެ. އެވަގުތު ބަސް ދުއްވާލިއެވެ. އަހަރެންގޮސް ގޮސް ގޮނޑީގައި ހަމަ ޖެހިލީމެވެ. ބަސްތެރޭގައި ކުދިންގިނަކަމުންނާއި، ކުދިންތިބެގެން ހީހީފައި ވާހަކަދައްކާވަރުން ހަގީގަތުގައި އަހަރެން ހުރީ ބޮލަށް އުނދަގޫވެފައެވެ. އެހެންކަމުން އަހަރެންގެ ކަންފަތަށް އިއާރޕޮޑްސް ޖަހާ ފޯނުން ޓިކްޓޮކްހާވަން ފެށީމެވެ.
ހިނދުކޮޅެއްފަހުން އަހަރެންގެ ސަމާލުކަން އަތުލައިގަތީ އަހަރެންގެ ސްނެޕްޗެޓުން ފްރެންޑް ރިކުއެސްޓްއެއްއައެވެ. އަހަރެންނަށް އެޑްބެކް ޖަހައިލީއެއްވިސް ހިޔާލެއް ފިކުރެއްނެތިއެވެ. އެއީ އަހަރެންނަށް އެހާ މުހިންމު މީހަކަށްވާނޭކަމެއް އަހަރެނަށް އެނގޭނީ ފަހެ ކިހިނަކުންހެއްޔެވެ؟ އެވަގުތު އަހަރެންގެ މަންޒިލާހަމަޔަށް ވާސިލްވެވުމުން، އަހަރެން އަވަސްވެގަތީ ބަހުން ފޭބުމަށެވެ.
“ދަރިފުޅާ ލުހާ. އާދެވުނީދޯ؟ އާދޭ ކާން” ގޭތެރެއަށް ވަދެގެންއައި އަހަރެންފެނި އަހަރެންގެ ބޮޑުދައިތަ ސޮބީހާ ބުނެލިއެވެ. އަހަރެން މާލެއަހިސް އުޅެނީ ކިޔެވުމަށެވެ. އަހަރެންގެ މަންމައާއި ބައްޕަ ރަށުގައިވީ އިރު އަހަރެންބަލަމުން ދިޔައީ އަހަރެންގެގެ ބޮޑުދައިތަ ސޮބީހައެވެ.
“ނޫން މިހާރަކު ނޫން. ބޮޑޫ ކާލާ. އަޅުގަނޑު ފަހުން ކާލާނަން. މިހާރު ބަންގިވެސް ގޮވާނެ. ނަމާދުކޮއްލައިގެން މަންމަމެންނަށް ގުޅާލާހަދާފައި ކާންއަންނާނަން އިނގޭ؟” އަހަރެން އަދަބުވެރިކަމާއި އެކުބުނެލީމެވެ. ސޮބީހާ ހިނިތުންވެލާފައި ބޯޖަހާލިއެވެ.
އަހަރެން ކޮޓަރިއަށް ވަދެ އަވަސްވެގަތީ ފެންވަރާލުމަށެވެ. މެންދުރުގެ އެހޫނުގަދަ ވަގުތުގައި ބޭރުގައި ހުރެފައި ފެންވަރާލެވުމުން އަހަރެންގެ ހަށިގަނޑަށްކުރެވުނީ ބަޔާން ކުރަން ދަތި އަރާމެކެވެ. ފެންވަރަށް ހުއްޓައި މެންދުރުނަމާދުގެ މޫރިތިކަލިމަ ތަކުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމުން އަހަރެން އަވަސްކޮއްލައިގެން ނިކުމެ މެންދުރު ނަމާދުކޮއްލިއެވެ.
މެންދުރުނަމާދުކޮށްލައިގެން އަހަރެން މަންމަމެންނަށް ގުޅާ ވާހަކަދައްކާލަން އިރުކޮޅަކު އޮވެފައި ބަނޑުހައިވާން ފެށުމުން ބަދިގެއަށް ކާން ނިކުތެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ސްނެޕްޗެޓުން އޭރު ޕްރެންޑްވި ކުއްޖާގެ މެސެޖެއްފެނުމުންނެވެ. އިރުކޮޅަކު ވިސްނަން ހުރެފައި އަހަރެން އެ ޗެޓް އޯޕެން ކޮއްލީމެވެ.
“ސްޓްރީކް؟” އެޒުވާނާ ޖަހާލާފައި އިނީ ހަމައެކަނި އެހެންނެވެ.
“ޔެސް. ޝުއާރ” އަހަރެން މެސެޖަށް ރިޕްލައިކޮއްލިއެވެ. އެދުވަހުގެ ބާކީއޮތްބައި ވޭތުވެގެން ދިޔައީ އޭނާގެ އެއްވިސް ޙަބަރެއްނެތިއެވެ.
ޖެހިގެންއައި ދުވަހުގެ ފަތިހުގެ ވަގުތެވެ. އަހަރެންނަށް ހޭލެވުނީ ފޯނު އެލާރމް ވާއަޑަށެވެ. މޯޅިއަކަށް ދެމިލާފައި ފަތިސް ނަމާދުކޮށްލައިގެން އިރުކޮޅަކު ޤުރްއާން ކިޔަވަން އިނދެފައި އަހަރެންގޮސް ފޯނު ނެގީމެވެ. އޭރު އަނެއްކާވެސް އެޒުވާނާގެ މެސެޖެއް އިނެވެ.
“ހެއީ. އިންޓްރޯ؟ އައިމް އާލިމް 18 އއ ތޮއްޑޫ” އާލިމްގެ މެސެޖުގައި އިނެވެ.
“އައި އޭމް ލުހާ. 15 ކ މާލެ” އަހަރެންވެސް މެސެޖް ކޮއްލީމެވެ. އިސްކޫލަށް ދާންވަންދެން އާލިމްއާއި ތަފާތު އެކިއެކި ވާހަކަދެއްކުމައިގެން އަހަރެން އޮތީމެވެ.
ދުވަސްތައް ފާއިތު ވަމުން ދިޔައެވެ. މިހާރު އާލިމްއާއި ވާހަކަދެއްކުން އެއީ އަހަރެންގެ ދިރިއުޅުމުގެ ބަޔަކަށްވެއްޖެއެވެ. ކޮންމެދުވަހަކު ހޭލާފައި އެންމެ ފުރަތަމަ ވާހަކަދައްކާ މީހަކީ ވެސް އަދި ނިދުމުގެ ކުރިން އެންމެ ފަހުން ވާހަކަ ދައްކާ މީހަކީވެސް އާލިމް ކަމުގައި ވެއްޖެއެވެ. އަހަރެންނަށް ނޭނގިނަމަވެސް، އަހަރެންގެ ކުޑަކުޑަ ހިތުގައި ފުރަތަމަފަހަރަށް “ލޯބި” އޭމިކިޔާ ވިންދު ޖަހަންފެށިއެވެ.
“ލުހާ. އަހަރެން މިއުޅެނީ ސިފައިންގެއަށް ވަނުމަށް ފޯމުލައިގެން. ދުވަސްކޮޅަކުން ޓްރެއިނިންގއަށް ދާން ޖެހޭނެ” އާލިމް ބުނެލިއެވެ.
“އޯކޭ އެމްއެންޑީއެފް ބޭބޭ” ހީލާފައި އަހަރެން ބުނެލީމެވެ. އާލިމްގެ ތުންފަތަށްވެސް ހިނިތުންވުމެއްވެރިވިއެވެ.
“އޯކޭތަ އަހަރެން ގުޅާލިޔަސް..؟” އަހަންނުކެރިފައި ހުރި ކަހަލަރާގެއްގައި އާލިމް ބުނެލިއެވެ. އަހަރެންވެސް ވަގުތުން އެއްބަސް ވެލީމެވެ.
ހުކުރުދުވަހުގެ މެންދުރުގެ ހޫނުގަދަ ވަގުތެވެ. މިއަދުވެސް އާލިމްއާއި އަށް އަހަރެން ގުޅައިގެން އޮތީމެވެ.
“މިހާރު ދެން މިއުޅެނީ ނިދާލަން އޯކޭތަ؟ 5 ޖަހާލާހާއިރު ގޮވާލަދެއްޗޭ” އާލިމް ވާހަކަދެއްކުމުގެ ތެރޭގައި ބުނެލިއެވެ.
“އޭނޯ ލުހާއަކަށް ނުކެރޭނެ ނިދިފައޮއްވާ ގޮވާކަށެއް..” އަހަރެންގެ ދޮން މޫނުކޮޅު ރަތްވެގެންދިޔައީ ބަސްބުނާހާއަވަހަށެވެ.
“ދެން ނޫނޭ. އޯކޭ ވާނޭ. ޕްލީޒް؟” އާލިމް ލޯބިގޮތަކަށް ބުނެލިއެވެ.
“ލައްބަ ލައްބަ އޯކޭ” އެންމެފަހުން އަހަރެން އެއްބަސްވީމެވެ.
5 ޖެހުމުން އަހަރެން އާލިމްއަށް ގުޅާލީމެވެ. “ގެޓްއަޕް. 5 ޖަހައިފި. ދާންޖެހެއެއްނޫންތަ؟” އަހަރެން ސަމާސައިގެ ރާގަކަށް ބުނެލީމެވެ.
ދުވަސްތަށް ފާއިތުވަމުން ދިޔައެވެ. އަހަރެން އާލިމްއާއި އެކު ހޭދަކުރަމުން ދިޔައީ އުފާވެރިކަމުގެ ވަގުތުތަކެކެވެ. ނަމަވެސް އަހަރެންނަށް ނޭނގުނުކަމަކީ އެއީ އަހަރެންގެ ހަޔާތަށް އަންނަށް އުޅޭ ބޯވިލާގަނޑުގެ ފެށުންކަމެވެ.
އާލިމް ޓްރެއިނިންގ އަށް ދިޔައެވެ. އަހަރެން ގާތުގައި ބޭވަފާތެރިނުވުމަށް އެތަކެއް ވައުދުތަކެއްވެފައި އާލިމް ޓްރެއިނިންގއަށް ދިޔައެވެ. އަހަރެން ވަފާތެރިކަމާއި އެކު އާލިމްއަށް އިންތިޒާރު ކުރީމެވެ. ނަމަވެސް….
އާދައިގެ ދުވަހެކެވެ. އަހަރެން ފޯނު ހާވަން އިނީމެވެ. އެދުވަހު އަހަރެންނަށް ފެނުނީ އާލިމްގެ އިންސްޓަގްރާމްގައި ރަންކޮށްފައި ތާރީޙްއެއް ޖަހާފައި އިންދައެވެ. އަހަރެންގެ ނިތަށް ރޫގިނަވެގަތީ އެއީ އަހަރެންނާއި އާލިމް އެކުވި ތާރީޙް ނޫންވީމައެވެ. ހަމައެދުވަހު އެ ތާރީޙް ޖަހާފައި އިން އެހެން އަންހެން ކުއްޖެއްވެސް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. “މިއީ ކޮންކުއްޖެއްބާއެވެ؟” އަހަރެންގެ ހިތަށްއެރިއެވެ. އަހަރެން އެކުއްޖާއަށް “ޑީއެމް” އެއްކޮއްލީމެވެ. އަދި އާލިމް ދަންނަންތޯ އެހީމެވެ.
“ޔެސް. އެއީ އަހަރެންގެ ބޯއިފްރެންޑް” އެކުއްޖާ ބުނެލިއެވެ. އަހަރެންނަށް ހުރެވުނުތަންވެސް ނޭނގުނެވެ. ހިތުގައި ޖެހުނެވެ. ލޮލުން ކަރުނަ އޮހޮރުނެވެ. ނަމަވެސް އަހަރެން ދެން ކުރާނީ ވަކި ކީއްހެއްޔެވެ؟
ވޭނާ އުދާހުގައި އަހަރެން ދުވަސްތަށް ފާއިތު ކުރީމެވެ. ދެން އަހަރެންނަށް އައީ އާލިމްގެ ފޯނު ކޯލެކެވެ. އަހަރެންގެ ހިތުގައިވީ ޝަކުވާތަށް އަހަރެން އާލިމް ކުރިމަތީގައި ހުޅުވާލީމެވެ. ކީއްވެގެންހެއްޔެވެ؟ އަހަރެންގެ ކުށަކީކޮބާހެއްޔެވެ؟ އަހަރެންނަށްވީ ވައުދާ އަހުދާ ކޮބާހެއްޔެވެ؟ އަހަރެންގެ ހިތާތިކުޅެލީ ކީއްވެގެން ހެއްޔެވެ؟
އަހަރެން ގާތުގައި އާލިމް މަޢާފަށް އެދުނެވެ. ދެން އެހެން ނަހަދާނެކަމެވެ. ބަދަލުވާނަންކަމެވެ. އާލިމްގެ ލޯއިތްބަށް ބޭނުންވެފައިހުރި އަހަރެން އާލިމްއަށް މަޢާފްކޮށް ދެވަނަ ފުރުސަތެއް ދިނީމެވެ.
ދެން ދުވަސްތަށް ފާއިތު ވަމުންދިޔައީ އުފާވެރިކަމާއި މަޖަލުގައެވެ. އާލިމްގެ ފަރާތުން އަހަރެންނަށް ދިޔައީ ހިތްހަމަ ޖެހުމާއި އުފާވެރިކަން ލިބެމުންނެވެ. ނަމަވެސް އެއްފަހަރު އޮޅުވާލިމީހަކު ދެވަނަ ފަހަރުވެސް އޮޅުވާލާނެތާއެވެ.
އަނެއްކާވެސް އާލިމް ބަދަލު ވާންފެށިއެވެ. ތަކުރާރުކޮށް އަހަރެން އާލިމްއާއި އެސުވާލުކުރަންވެސް ކުރީމެވެ. ނަމަވެސް އާލިމް ބުނަމުން ދިޔައީ ތިއީ ހީވާލެއްކަމަށެވެ. އެހެންކަމުން އަހަރެން “އޯވާރތިންކް” ވަނީކަމަށް ނިންމާފައި އަހަރެން ހިތްހަމަ ޖައްސާލީމެވެ. ނަމަވެސް…..
މީހަކުމަރާފައި އެއްބަސްވަނީވެސް ހާހަކުން މީހެއްނޫންހެއްޔެވެ؟ އާލިމްވެސް އަހަރެންނަށް ބޭވަފާތެރިވިކަމަކަށް އެއްބަހެއްނުވިއެވެ. ނަމަވެސް އަހަރެންނަށް އާލިމް ބޭވަފާތެރިވިކަން ޝައްކެއްނެތް މިންވަރަށް އަހަރެންނަށްވަނީ އެނގިފައެވެ.
ޑައިރީގައި އެހިސާބަށް ލިޔެވުނު އިރު އަހަރެންނަށް ގިސްލެވެމުން ދިޔައެވެ. މިހާރު އޭގެ ފަހުން އަހަރަކަށް ވުރެ ގިނަދުވަސްވީއެވެ. އަދިވެސް އަހަރެންގެ ކުޑަކުޑަ ހިތުގައި ވިންދު ޖަހަމުންދިޔައީ އާލިމްގެ ނަމުންނެވެ. އަހަރެން އާލިމްދެކެވީ ހަގީގީ ލޯއިތްބެވެ. ދެވަނަ ފަރާތަކު ނުވެވޭނެ ކަހަލައިގެ ލޯއިތްބެކެވެ.
“ފީ އަމަނިއްލާހް” އެންމެފަހު ރޮނގުގައި އަހަރެން ލިޔެލީމެވެ.
(ނިމުނީ)
2 Comments!
Comments are closed.







vrh reethi mi vhk vesss
btw mujuthamauga ekahala meehun vrhh gina. keehkuraani haalathu mivanii badhal vefa knme akas.
luhaa ah edhimaavi kanthah kithah kudhin thahahmal kuraane.
ekm ves vrh reethi
hope ehn story eh ves kiyaalan libeyne kamahh
Jazaakallah Khairan vrh vrh ufaa vejje vhk kamudhiyaiima
Asluvess dhw? This generation…
Yesyes in sha allah adhi ehn kuruvaahaka ehvess vrh avass musthaqbalehgai genessdheynan