މެންދުރުގެ އައިތްވާއިއެކު ދިއްލާލާފައިވީ މަގުތަށް މަޑުމަޑުން ހަވީރުގެ ހިތްގައިމުވަގުތާއި އެކު ފިނިވެލަން ފެށިއެވެ. އެކި އުމުރުުފުރައިގެ އަންހެން ކުދިންނާއި ފިރިހެންކުދިން ބުރުޖެހުމައިގެން ބޭރުގައި އުޅެމުންދިޔައެވެ. ބަދިގެތެރޭގައި ނައިލާއަށް އަތްގާތްކޮއްދިނުމަށް ނަވްޔާ އުޅުނެވެ. ހަށިގަނޑުލޮޑުވެފައި ވުމުގެ ސަބަބުން އޭރު މައުނާއަށް އޮތީ ނިދިފައެވެ. ބަދިގެތެރެ މީރުވަސްކޮއްލާފައިވަނީ ނޫޑުލީހުގެ ވަހުންނެވެ.
“މަންމާ. ކޮއްކޯ. މިއީ އަހަރެންގެ ސެކެޓްރީ ޖައިޝް. ޖައިޝް. މިއީ އަޅުގަނޑުގެ މަންމަ ނައިލާ އަދި ކޮއްކޮ ނަވްޔާ” ނާއިލްގެޔަށްވަދެ ފެންނަން ހުރި ނަވްޔާއާއި ނައިލާ ޖައިޝްއަށް ތަޢާރަފުކޮއްދިނެވެ. އިސްއުފުލާ ބަލައިލި ޖައިޝްގެ ހިތުގެ ތެޅުން އަވަސްވެލީ ބަސްބުނެލާހާއަވަހަށެވެ.
ކުރިމަތީގައި މިހުރީ ކޮންފަދަ ހޫރުޕަރީއެއްހެއްޔެވެ؟ ކޮނޑަށްވުރެ ތަންކޮޅެއްތިރިޔަށް ހުރި ފަން ކަޅުކަންގަދަ އިތަށިކޮޅު ވަޔާ ވިހުރެމުން ދިޔައިރު ހީވަނީ ޕަރީއެއްހެންނެެވެ. ނިތާދިމާލަށް ވެއްޓިފައި އޮތް “ބޭންގްސް” އެކުއްޖާގެ ލޮލަށް ދިޔައީ އުނދަގޫ ކުރަމުންނެވެ. ކުޑަކުޑަ ދެލޮލާ ނޭފަތާ ތުންފަތުގައިވެސްވަނީ މައުސޫމްކަމެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޖައިޝްއަށް ލަދުން އިސްޖަހާލެވުނެވެ. އެފަދަ ނަޒަރަކުން ޖައިޝްގެ ބޮސްގެ ކޮއްކޮއާއިި ދިމާލަށް ބަލައިލެވުމުންނެވެ.
“މަންމާ ކޮބާތަ މައު؟” ލޯބިވާ އަނބިމީހާ ފެންނަން ނެތުމުން ނާއިލްއެއްސެވެ. “އެކޮއެ ނިދިފައޮތީ. މިއަދު މެންދުރުވެސް ވަރަށް ހޮޑުލީ” ނައިލާ ބުނެލިއެވެ.
“އެހެންތަ؟ އެއީ އަހަރެންގެ އަންހެނުން. އަންހެނުން މިހާރު ބަލިވެއިނީވެސް. އެހެން ދުވަހަކުން ތަޢާރަފްކޮއްލަދޭނަންއެހެންވެ އޯކޭ؟” ޖައިޝްއާއި ދިމާލަށް ބަލާލާފައި ނާއިލް ބުނެލިއެވެ. “ދޭ މަންމަމެންނާއި އެކީ ކާގެއަށް، އަހަރެންއެބަ އަންނަން އިނގޭ؟” ޖައިޝްގާތުގައި ބުނެލާފައި ނާއިލް ހިނގައިގަތީ ކޮޓަރިއަށް ދިޔުމަށެވެ. ޖައިޝް މަޑުހިނގުމެއްގައި ގޮސް ކާގެއަށްވަނެވެ.
“ނާއި އައީތަ؟” ނިދިފައި އޮތް މައުނާގެ ދޮން ކޯތާފަތުގައި ނާއިލް ބީހިލުމާއި އެކު މައުނާ މަޑުމަޑުން ލޯހުޅުވާލާފައި އެއްސެވެ.
“ޔެސް ލޯބީ. އަލްހަމްދުލިއްލާހް މިއަދު ލިބިއްޖެ ސެކެޓްރީއެއް. އޭނަ ގޮވައިގެން މިއައީ ކާން. ކައިގެން އަހިސް ލޯބިކައިރީ ޖައްސާލަން އެބައަންނަން އިނގޭ” ނާއިލް ބުނެލިއެވެ. މައުނާ ބޯޖަހާލުމުން ފޮތިގަނޑު ރީތިކޮއްލާފައި ނާއިލް ކޮޓަރިން ނުކުތެވެ.
ރޭގަނޑުގެ ވަގުތެވެ. ޔޫހާންއާއި އެކު ޖައިޝް އިނީ “ޓޭކް އަ ބައިޓް” ރެސްޓައުރެންޓްގައެވެ.
“މަރުހަބާ އިނގޭ. ޕްރައުޑް އޮފް ޔޫ” ޔޫހާން ބުނެލިއެވެ.
“ހެހެ ތޭންކްސް. މަ ވަރަށް ބިރުންއިނީ. ހީކުރިން ޗާންސް ގެއްލޭނޭވެސް ބިރުންއިންވަރުން. ހަމަ ހުވާ” ޖައިޝް ބުނެލިއެވެ. ޔޫހާން ޖަހާލީ ހިނިގަނޑެކެވެ.
“ކޮބާތައެ މައިކަލްއާއި ރިލްވާންއަޅެ؟” އެދެމީހުންފެންނަ ހިސާބެއްގައި ނެތުމުން ޖައިޝްއެއްސެވެ.
“ހޫމް އެ ރިލްވާންގަނޑު މިއަދު މަންޖެއެއްނެގީއޯ. އެމައިކަލް ބިޓު ޝާހާގެ ބެސްޓުފުރެންޑު. ޔަލްވީއެކޯ ކިޔަނީ. ދެންއަންހެނަކު ގެންނަންޏާ ވާނީ މިވަރު. އާނ އެހެން ބުނީމަ މި ހަނދާންވީ. އަހަރެން އެލާއާއި އެންގޭޖް ކުރިންމިއަދު” ޔޫހާން ބުނެލިއެވެ.
“ހުވާތަ؟ މޭން މަރުހަބާ ބުރޯ. ވަރަށް އުފާވެއްޖެ” ޖައިޝް ޔޫހާން ގޮޑުގައި ޖަހާލާފައިބުނެލިއެވެ.
“ކޮބާ ކޮބާ ކޮބާ މިއޮއް އާދެވުނީ” ރިލްވާންގޮވާލިއެވެ. ރިލްވާންއާއި އެކު ޔަލްވީ، ޝާހާއަދި މައިކަލްވެސް އައެވެ.
އުމުރުން 25 އަހަރުގެ މައިކަލްއަކީ ފިޒިއޯލޮޖިސްޓްއެކެވެ. މަޑުމަޑުން ހުންނަ މައިކަލްއަކީ ދީންވެރި ރަނގަޅު ޒުވާނެކެވެ. ރިލްވާން ގާތުގައި ހުރި ޝާހާ، އަދި ޔަލްވީއަކީވެސް ނާރސިންގ ކިޔެވުމުގެ އެންމެ ފަހުއަހަރު ހޭދަކުރަމުންދާދެކުދިންނެވެ.
ރިލްވާންގެ އަތުގައި ހިފައިގެން ހުރި ޔަލްވީގެ ދެލޯބޮޑުވެލީ ޔޫހާންގެ ސޫރަފެނިފައެވެ. އެހާ ރީތި ޒުވާނަކު އަދި ޔަލްވީގެ ހަޔާތުގައިވެސް ފެނިފައިނެތެވެ. ޔޫހާންގެ މޫނަށް ބަލާލާފައި ޔަލްވީ ރިލްވާންގެ މޫނަށްވެސް ބަލައިލިއެވެ. އެވަގުތު ޔަލްވީއަށް ހެވުނެވެ. ހިތާހިތުން “އައި ޗޯސް ދި އަގްލީ ފްރެންޑް” އޭ ހިތަށްއެރިއެވެ.
“ޔަލޫ. ދީސް އާރ މައި ބްރޯސް. ޔޫހާން އެންޑް ޖައިޝަން” ޔަލްވީއަށް ރިލްވާން އެންމެން ތަޢާރަފް ކޮއްލަދިިނެވެ. “ޔޫހާން…” ހިތާހިތުން ޔަލްވީއަށް އެނަންކިޔާލެވުނެވެ. ޔަލްވީ އަވަސްވެލީ ޔޫހާން ކުރިމަތީގައި އިށީންދެވޭތޯއެވެ. ނަމަވެސް އެކަން ނާކާމިޔާބުވީ ޔަލްވީއަށްވުރެ ކުރިން ޝާހާ ގޮސް އެނގޮޑީގައި އީށީނުމުންނެވެ. ޗުސް ތަޅާލާފައި ޝާހާއާއި ޖެހިގެން އިނގޮޑީގައި އިށީނެވެ.
ޔޫހާން ކުރިމަތީގައި އިށީންދެފައި ޝާހާގެ ފަންކުރު އިސްތަށިކޮޅުގައި މަލެއްހެން އިން ދައްޗެއް ޖަހާ ޝާހާގެ ދޮން ކަރު ކަޝްފުކޮއްލިއެވެ. ޝާހާ ދިޔައީ ގާތުގައި އިން މައިކަލްއަށް ފާހަގަ ނުވާނޭހެން އެތަށް ގޮތަކަށް ޔޫހާންއަށް “ފްލާޓް” ކުރަމުންނެވެ. ޖެހިގެންއިން ޔަލްވީވެސް ހަމައެފަދައެވެ. ޔަލްވީގެ ކަނދުރާއާއި ހަމައަށްއަރާ އިސްތަށިކޮޅުގެ ތަންކޮޅެއްނަގާ އެއްއިނގިލީގައި އޮޅާލެވިފައިވީ އިރު އަނެއްއަތުން ޔަލްވީ ލައިގެން އިން ހުދުކުލައިގެ ޓޮޕްކޮޅުގެ ފުރަތަމަ 4 ގޮއް ނައްޓާލާ މޭމަތި ކަޝްފުކޮއްލިއެވެ. މިހުރިހާމަންޒަރެއް މާ ނޫންކަމަށް ހަދާފައި ބަލަން އިން ޔޫހާން އިނީ ބޮޑާވެ ކިބުރުވެރިވެފައެވެ.
އެވަގުތު ޔޫހާންގެ ފޯނަށް އައީ މެސެޖެކެވެ. އެއީ ޝާހާގެ މެސެޖެކެވެ.
“މިރޭވެސް ހިނގާބާ؟” ޝާހާގެ މެސެޖުގައި އިނެވެ.
“މައިކަލްއާއި އެކީއެއްނޫންތަ މިރޭ ތިއުޅެނީ؟ ދެން ކިހިނެއްތަ ދިމާވަނީވެސް؟” ޔޫހާންވެސް މެސެޖެއްކޮއްލިއެވެ. އެވަގުތު ޔޫހާންއަށްއައީ އެލީޝާގެ ކޯލެކެވެ. “އެކްސްކިޔުޒް” އޭބުނެލާފައި ޔޫހާން ނުކުތީ ރެސްޓޯރެންޓް އިން ބޭރަށެވެ.
“އެބަ އަންނަން އެނގޭފާހަނައަށް ގޮއްސަ”
“ކީކޭ ލޯބް؟” ފޯނުނަގާފައި ޔޫހާން އެއްސެވެ.
“ޑިއުޓީގަތަ؟” އެނދުމަތީގައި ފިޔާތޮށިކުލައިގެ ބެއާރއެއް ހިފައިގެން އޮތް އެލީޝާއެއްސެވެ.
“ނޫން. ޖައިޝްއަށް ޖޮބްއެއް ލިބިގެން އެހެންވެ މަރްހަބާ ކެޔުންގަނޑެއްދޭން މިތިބީ. އޯކޭތަ ފަހުން ގެޔަށް ގޮއްސަ ގުޅިޔަސް؟” ޔަލްވީއާއި ޝާހާގެ ކުޅިގަނޑު މެދުކެނޑުމުން ޔޫހާން ހުރީ ވައިވެފައެވެ. އެކޮޅުން އޯކޭއޭ ބުނުމުން ޔޫހާންއަވަސް އަވަހަށް ފޯނުބޭއްވިއެވެ. އެވަގުތު ނާހިސް ލަސްވެފައި ޔޫހާން ހުރިފަދައެވެ. ރެސްޓައުރެންޓްއަށް އަލުންވަނުމަށް އެނބުރުނު ޔުހާން ސިހުނީ ފަހަތުގައި ހުރި ޔަލްވީ ފެނިފައެވެ.
“ދީބަ ފޯނު” ޔަލްވީ ތުއިވެލާފައި ބުނެލިއެވެ. ޔޫހާން ހެވިދިލިފައި ފޯނުދިނެވެ. ޔޫހާންގެ ފޯނުގައި ޔަލްވީގެ ނަންބަރ ސޭވްކޮއްލާފަ ޔޫހާންއަަތަށް އަލުން ފޯނުދިނެވެ.
“ހެހެހެ ރިލްވާންއަށް އެނގުނީއާ ކިހިނެއް ހަދަނީ؟” ޔޫހާން ހިނިތުންވެލާފައި އެއްސެވެ.
“ގޮނަ ކްރައި ވިތް ހިސް މަމީ އޯރ ސަމްތިންގ؟ ހަހަ” ހީލާފައި ޔަލްވީ ބުނެލިއެވެ. ޔޫހާންއަށްވެސް ހެވުނެވެ.
“ދެން ހިނގާވަންނަންދާން އަވަހަށް” ޔޫހާންބުނެލިއެވެ. އެރޭގެ ބާކީއޮތްބައި ޔޫހާން ހޭދަކުރީއެހެންނެވެ. ޝާހާއާއި ޔަލްވީގެ ތުއިވުމުގެ “ޝޯވް” ބެލުމުގައެވެ. ރިލްވާން، މައިކަލް އަދި ޖައިޝްއެކިއެކި ސަކަރާތުގައެވެ.
ގެޔަށް އަހިސްވަދެވުމާއި އެކު ޔޫހާން ގޮސް އެނދުގައި ޖައްސާލިއެވެ. ޔޫހާން ފޯނު ހުޅުވާލިއިރު އެލީޝާގެ މެސެޖެއް އިނެވެ.
“ގެޔަށް އަހިސް ގުޅައްޗޭ. އައި ލަވް ޔޫ” ނަމަވެސް ޔޫހާން އިނީކީ އެލީޝާއަށް ވާހަކަ ދައްކާކަހަލަ މޫޑެއްގައެއްނޫނެވެ. އޭރުވެސް ޔޫހާންއަށް ދިޔައީ ފުލުފުލުން ޝާހާއަދި ޔަލްވީގެ މެސެޖުތަށް ލިބެމުންނެވެ. އެވަގުތު ޔޫހާންގެ ޖީބަށް ލީޝާ އެއްޗެއްލީ ހަނދާންވިއެވެ. ޖީބުބަލާލި އިރުއޮތީ ފިޔާތޮށިކުލައިގެ ގަނޑުކޮޅެކެވެ. އޭގައި ނަންބަރަކާއި އެކު ލިޕްސްޓިކް މާރކްއެއް އިނެވެ. އިތުރުކޮއްލާފައި “ކޯލް މީ” ޖަހާފައިވެސް އިނެވެ. ޔޫހާން ހިނިތުންވެލާފައި ލީޝާއަށް ހައި ޖަހާލިއެވެ. ޔޫހާންގެ މެސެޖު ނާހިސްގެން ލީޝާ އިންފަދައެވެ. ވަގުތުން ޔޫހާންއަށް ރިޕްލައިދިނެވެ.
“ވަރަށް ވަރުބަލި. މާދަން ދާނަން ޑިއުޓީއަށް ދާން ބަލާ. އައި ލަވް ޔޫ ޓޫ” ޔޫހާންގެ ކޯލަށް އިންތިޒާރުގައި އިން އެލީޝާއަށް އައި ޔޫހާންގެ މެސެޖު ކިޔާލާފައި އެލީޝާގެ މޫނުއޮއްސުނެވެ. ނަމަވެސް ބަލާ އަންނަވާހަކަ ބުނުމުން އުފާވެލާފައި “ގުޑް ނައިޓް” ޖަހާފައި އެލީޝާ އޮށޯއޮތެވެ.
ދަންވަރުގެ ވަގުތެވެ. މިހާރު ގަޑިން 3 ޖަހަނީއެވެ. އޭރުވެސް “ވަރުބަލި” ވެފައި އޮތް ޔޫހާން އޮތީ ހޭލާއެވެ. ލީޝާ، ޔަލްވީ އަދި ޝާހާގެ ފަރާތުން ލިބެމުން ދިޔަ ނިވާކަންކުޑަ ފޮޓޯތަކުން ޔޫހާންގެ ހިއްސުތަށް ހޭލަމުންދިޔައެވެ. ކުރެވެމުންދަނީ ކިހާވަރެއްގެ ފާފައެއްކަންވެސް ޔޫހާންއަށް އެނގޭހެންނެއް ހީވެސް ނުވެއެވެ. ޔޫހާންއަށް މިވީދާލެވެނީ މައުސޫމްކުއްޖެއްގެ ހިތްކަންވެސް ޔޫހާންއަށް އެނގޭ ހެންނެއްހިޔެއްނުވެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







vrh reethi mi part ves
whn next cant wait for next
keep it up
luv yuu
Jazaakallah Khairan❤️
In sha allah maadhamaa part 4 kiyaalann libeyne🥰
Lym
Subuhaana’allah
Yalvy and shaahaa adhi leesha aa navya aa vx yoohaan aaa…l
Vrh intresting story eiii….
Vrh furihama….
Can’t wait for next part ❤️❤️
Ly❤️❤️
haha ikr?
Jazaakallah Khairan vrh ufaa vejje thihen bunelyma
Lym