Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބޭވަފާތެރިޔަކީމޭ 2

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
November 30, 2024 4 Mins Read
14 Comments

ކައިނިމުމުން ޔޫހާން ބޭރަށް ނުކުމެލީ ސިނގިރޭޓެއް ބޯލުމަށެވެ. އޮފީހުން ގުޅުމުން މާޔަންއަށް ދާންޖެހުމުން ޔޫހާން ހުރީ އެކަންޏެވެ. ބޭރުގައި ހުރި އިރު ޔޫހާންގެ ބޮލުގައި އުދުހެމުން ދިޔައީ ލީޝާއެވެ. ހަށިގަނޑަށް ބަލާނަމަ އެލީޝާއަށް ވުރެ ލީޝާ ކިތަންމެ ހާވެސް ރީއްޗެވެ. ލީޝާއަކީ ޔޫހާންއަށްވުރެ ވެސް ބޮޑު ކުއްޖެއްކަމުން ޔޫހާންހުރީ “ކުރާ” ހިތްވެފައެވެ. ފުރަތަމަ ފެނިލުމުންވެސް ޔޫހާންގެ ހިތް މިކުއްޖާ ކަތިލާފައެވެ.

“އަހަރެންމަތިންތަ ތިވިސްނަނީ؟” ފަހަތުން އިވުނީ ލީޝާގެ އަޑެވެ.

“މީހުންގެ ސިކުނޑީގައި ހިނގާކަންކަން ބުނެލަން ހާދަ މޮޅޭ ދޯ؟ ޔޫހާން ދެއަތް ޖޯޑުކޮއްލަމުން ބުނެލިއެވެ.

“ހެހެ. އެލާއަށް އެނގޭތަ ތީ ތިހާ ޑާރޓީ މީހެއްކަން؟” ލީޝާ ގޮސް ޔޫހާން ގާތުގައި ހުއްޓިލާފައި އެއްސެވެ.

“މިތާ ކުރިމަތީގަ ކުރެއްޕެތް އޮތް ނަމަ ލީޝާއަށް އެނގޭނެތަ އެމިހާރު މިވަގުތު މިގޭގަ އޮތީ ކީއްވެކަމެއް؟” ޔޫހާން ބުނެލިއެވެ. ލީޝާއަށް ހިނިތުންވެލެވުނެވެ. އެވަގުތު އެތެރެއިން އެލީޝާ ޔޫހާންއަށް ގޮވާއަޑުއިވުނެވެ. ޔޫހާންގެ ލައިގެން ހުރި ޖީންސްގެ ޖީބަށް އެއްޗެއް ވައްޓާލާފައި ޔޫހާންގެ މޭމަތީގައި ލީޝާ ފިރުމާލިއެވެ. އެއްލޯމަރާލާފައި ލީޝާއެތަނުން އަވަހަށް ދިޔައެވެ.

“ޔޭސް ލަވް މިހުރީ” ޔޫހާންގޮވާލިއެވެ.

“ލެޓްސް ގޯދޯ އަވަހަށް؟ މިހާރު އޭނީ 10 މިނިޓް 1 ޖަހަން. އަހަރެން އަލުން ދާންޖެހޭ 1 ގަ އެބައިން ޕޭޝަންޓްއެއް” އެލީޝާ ބުނެލިއެވެ. ޔޫހާން ބޯޖަހާލިއެވެ.

“ދަރިފުޅާ.. ކޮބާ އަދިވެސް މޭނުބައިކުރަނީތަ؟” މައުނާއޮތް ކޮޓަރިއަށްވަދެ މައުނާގެ މައިދައިތަ ނައިލާއަހާލިއެވެ. ބަލިގޮތަކަށް ނައިލާއާއި ދިމާލަށް ބަލާލާފައި މައުނާ ބޯޖަހާލިއެވެ. މައުނާ އޮތް ކިންގް ސައިޒް ބޮޑު އެނދުގެ ކައިރީ އިން މޭޒުގައި ނައިލާ އަތުގައި އޮތް ކުރުނބާ ބައިންދާފައި މައުނާ އިށީނުމަށް އެހީތެރިވެދިނެވެ. މައުނާގެ ކޮންމެ ހަރަކާތަކުންވެސް ފެނިގެން ދަނީ މައުނާގެ ހަށިގަނޑުގައި ވަރެއްނެތް ވަރެވެ.

“އަން މިކުރުނބާ ބޯލާ. ދެންމެ ބައްޕަ ގެނެސްދިން ކުރުނބަލެއްމިއީ. ކޮބާތަ ނާއިލް ޑިއުޓީގަތަ އަދިވެސް؟” މައުނާއަތަށް އެކުރުނބާދީފައި ނާއިލްގެ ދޮށީ ދަރިފުޅު ނާއިލް ކޮބައިތޯ އަހާލިއެވެ. މައުނާއަކީ ނާއިލްގެ އަނބިމީހާއެވެ.

“ލައްބަ. މިއަދު މީޓިންގ އެއްއޮތީމަ ތަންކޮޅެއްލަހުންނޭ ބުނީ އާދެވޭނީ. ކާންވެސް ނައީ އެހެންވެ. މިއަދު އަލަށް އެއޮފީހަށް ކުއްޖަކު ޖޮއިންވީއޭ ބުނީ” މައުނާ ކެއްސާލާފައި ބުންޏެވެ.

“ހާއީ މައުއްތާ!” ކޮޓަރިއަށް ވަދެގެންއައި ނަވްޔާގެ ގޮސް މައުނާ އިން އެނދަށް އަރަމުން ގޮވާލިއެވެ.

“ހާއި ބޭބީ؟ އަޅޭ ހާދަ މަޑުން އެއޮތީ؟ ނިދިފަތަ؟ އަޅެ ކޮއްކީއަށް އިނގެއެއްނުން މިގަޑީގަ ދޮންތި އަންނާނެކަން؟ އަޅެ ކިކްއެއް ކޮއްލަބަދޯ؟” މައުނާގެ ބޮޑުވެފައިވީ 7 މަހުގެ ބަނޑުގައި ކަންފަތް ޖައްސާލަމުން ނަވްޔާ ބުނެލިއެވެ. ނަވްޔާގެ އަޑުއެތުއްތުފުރާނައަށް އިވުނުފަދައެވެ. ވަގުތުން ފައިންކޮއްޕާލިއެވެ.

“އޯ އެމް ޖީ އޯ އެމް ޖީ” އުފާވެލާފައި ނަވްޔާ އަތްޖަހަން ފެށިއެވެ. ނަވްޔާއަކީ އުމުރުން 18 އަހަރުގެ ކުއްޖެކެވެ. އޯލެވެލް ނިންމާފައި އޭލެވެލްގެ ފަހު އަހަރުގައި ކިޔަވަމުންދާ ޒުވާން ކުއްޖެކެވެ. 18 އަހަރުވެފައިވީ ނަމަވެސް ނަވްޔާގެ އުޅުންހުންނަނީ 5 އަހަރުގެ ކުއްޖެއްފަދައިންނެވެ. ނަވްޔާއަކީ ސަކަ މިޒާޖެއްގެ ކުއްޖެކެވެ. ނަވްޔާގެ ކުޑައަށް އެހެން ކުއްޖަކު ނުހުންނައިރު، މައުނާ ބަލިވެ އިން ޙަބަރު ލިބުނީންސުރެ ނަވްޔާ ހުންނަނީ އަބަދުވެސް ފުމެލަ ފުމެލައެވެ. މައުނާއާއި ނަވްޔާގެ ދެމެދުގައިވެސް ވަރުގަދަ ގުޅުމެއްވާއިރު، މައުނާ ބަލިވެއިންފަހުން އެގުޅުންވަނީ މާވަރުގަދަވެފައެވެ.

މައުނާއަކީ ނަވްޔާގެ ދޮންބެ، ނާއިލްގެ އަނބިމީހާއެވެ. 26 އަހަރުގެ މައުނާއަކީ ލެބޯޓަރިސްޓްއެކެވެ. ބަލިވެ އިނުމުގެ ސަބަބުން ލޭފެނުނީމައި ބޯއަނބުރާތީވެ، މައުނާގެ ބަނޑަށް 6 މަސްވީން ސުރެ މައުނާ އިންނަނީ ޗުއްޓީގައެވެ. އެހެންކަމުން ވީވަރަކުން މައުނާ ދިޔައީ ވިހާ ހަމަސްފަހުން ޑިއުޓީއަށް ދިޔުމުގެ ކުރިން އިތުރު ތައުލީމުހޯދަން މަސައްކަތް ކުރަމުންނެވެ.

“ޕިސްޕިސް ދެން އަޅެ ދަރިފުޅު ކައިރީ މަންމަ ބުނެފީމެއްނުން ކޮންމެ ދުވަހަކު ދައްތަ އެނދަށް ތިހެން ފުންމާ ނާރާށޭ ދަރިފުޅަށްވެސް އެނގޭނެ ދައްތަ މިހާރުވަރަށް ބަލިކަން؟” ނައިލާ ޝަކުވާކޮއްލިއެވެ. ނަވްޔާގެ މިހުންނަ ސަކަރާތް ގަނޑާހުރެ މައުނާގެ ބަނޑުގައި އޮތް ފުރާނައަށް ގޮތެއްވެދާނެތީވެ ނައިލާ އަބަދުވެސް ކަނބޮޑުވެއެވެ.

“ދެން މަންމާ އެއޯކޭ އޭ” މައުނާ ހިނިތުންވެލާފައި ބުނެލިއެވެ. މައުނާ ކުރުނބާބޮއެ ނިމުމުން އިތުރު އެއްޗެއް ބޭނުންތޯ ޔަގީން ކޮއްފަ ނައިލާ ކޮޓަރިން ނުކުތެވެ. ފޯނާ ކުޅެން އޮތް ނަވްޔާއެވަގުތަށް ބަލަބަލަ އޮތްފަދައެވެ. ވަގުތުން މައުނާއާއި ވާހަކަ އަޅުވާލިއެވެ.

“އިނގޭތަ އައި ހޭވް ޓީ” ނަވްޔާ ބުނެލިއެވެ.

“ހޫމް ކިޔާބަލަ. ހަމަ ޖެހިލަމުން މައުނާ އެއްސެވެ.

“އިނގޭތަ މިއަދު ފެނުނު ވަރަށް ލޯބި ޑަކްޓަރެއް. ހީ އިސް ސޯ ސޯ ސޯ ހޮޓް ހަމަ ހުވާ” ނަވްޔާ ވަރަށް ލޯބިގޮތަކަށް ބުނެލިއެވެ.

“ޑަކްޓަރެކޭ؟ ކޮންތާކުން؟؟؟” މައުނާ ޝައުގުވެރިވެލާފައި ބުނެލީމެވެ.

“ނަވް ކިޔަމެއްނުން ދޯ ނަވްގެ ފްރެންޑްއެއް ހުރެޔޭ ހާރޓް ޕްރޮބްލެމްސް ހުންނަ؟ އޭނަ މަންމަ މިއަދު އޮފީހުގަ ބިޒީވީމަ ނަވްގޮވައިގެން އޭނަ ދިޔައީ. ހަމަ ހުވާ ލޯބި ގަނޑެއް” އިޝްގީ ވެލާފައި ނަވްޔާ ބުނެލިއެވެ.

“ހަހަ. އަނެއްކާ ކޮންނަމެއް ކިޔާ ޑަކްޓަރެއްތަ؟” މައުނާ ހީލާފައި އެއްސެވެ.

“ޔޫހާން”

“ބުރޯ ކޮބާ ކަލޭ؟ މިހާރު ހަބަރެއް ދަބަރެއް ނެތެ!” ޔޫހާންގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ ރިލްވާން ބުނެލިއެވެ.

އުމުރުން 22 އަހަރުގެ ރިލްވާންއަކީ ފާމަސިސްޓްއެކެވެ. އުޅުމުގައި ސީރިޔަސްގޮތެއް ނެތަސްވެސް، ރިލްވާންއަކީ ކިޔެވުމުގައި އަބަދުވެސް ރަންވަނަ ހޯދަމުން އައި ޒުވާނެކެވެ. އެހާ ޅައުމުރުގައި މަތީތައުލީމު ހާސިލްކޮއްފައި ވުމުން އެކަން ދޭހަވެގެންދެއެވެ.

“ބުރޯ ހަމަ ބިޒީއީ ޑިއުޓީ ކަންކަމުގަ. ދެން ފްރީވީމަ ހަމަ އުޅެނީ އަބަދުވެސް އެލާއާއެކީގަ. ދެންއަދި މަވާ ބިޒީ ވާނީ. މިއަދު މަ އެލާއަށް ޕްރޮޕޯޒް ކުރީމި” ޔޫހާން ފިނި ނޭވާއެއް ދޫކޮއްލާފައިބުނެލިއެވެ. އޭރު ޔޫހާން އިނީ ކެންޓީނުގައި ކޮފީއެއްބޯލާށެވެ.

“ކީކޭ؟ އަހަރެމެންގެ ޕްލޭބޯއި މީހަކާ އިންނަނީ؟ އަބަދުވެސް ކިޔާނެ އެލާދެކެ އެހާ ލޯއިތްބެއްނުވެއޭ އެލާ ހޮޓުކަމުންނޭ ހަމަ މިއުޅެނީ. އެކަމަކު މިހާރު އިންނަން އެހީތި. ޕިސް ޕިސް” ރިލްވާން ދިމާކޮށްލިއެވެ.

“ދެން މަކީއްތަ ކުރާނީ؟ ނެތޭ އެހެންގޮތެއް. އޭނަ ބޭނުމެއްނުވެ ކައިވެނި ނުކޮއްކުރާކަށެއް. ދެން ޖެހޭނީ އިންނަންށޭނުން؟” ޔޫހާން ޗުސް ތަޅާލާފައިބުނެލިއެވެ.

“ހަހަ އެހެންވެދޯ މަބުނީ ތިކަހަލަ ބޮޑުހެދުންލައިގެން އުޅޭ މީހަކާ ރައްޓެހިވާނެކަމެއްނެތޭ! އެމީހުން އުޅޭނީ އެހެންނޭ! އެނީވޭސް. މަރްހަބާދެން. މަވެސް ދެންވާ އެކަނި ނުހުންނަން މަންޖެއެއް ނަގައިފިން. ކަލޭވެސް ބިޓު ގޮވައިގެން. މައިކަލްވެސް ޝާހާ ގޮވައިގެން. ދެންއެހެންވެ މަވާ މިޖައްސާލީ ޝާހާ ބެސްޓުފުރެންޑް ޔަލްވީއަށް. ކަލޯ އެވެސް ވާ ޕަރީއެއް ހަމަ ހުވާ” ރިލްވާން ޝައުގުވެރިވެލާފަ ބުނެލިއެވެ. ޔޫހާން ހިނިގަނޑެއް ޖަހާލިއެވެ.

“ކަލޭ އެކަންޏެއްނޫނެއްނުން؟ އެހުރީނުން ފިނޑި ޖައިޝްވެސް؟ ހަހަ” ޔޫހާން ދިމާކޮށްލިއެވެ.

“އައްޗީޑި. މަ ނޫޅެން ޖައިޝްހާ ޞާލިހު ވާކަށް. ލޯބިވަންޏާ ޖެހޭނީ ބައްޕަ ކައިރިއަށޯ. މައި ފުޓް. ހަމަ ހުވާ. ވީ އޮންލީ ލިވް ވަންސް ދޯ. އެންޖޯއި ބްރަހް” ވައްތަރެއްޖައްސާލާފައި ރިލްވާން ބުނެލިއެވެ.

“އާން ދޯ؟ ތިއޭ މަވެސް މިބުނާ ވާހަކައަކީ. އޭ އޭނަ މިއަދު ޖޮބް އިންޓަވިއުއަށް ދިޔައީދޯ؟ ހަބަރު ވެއްޖެތަ؟” ޔޫހާންއެއްސެވެ. “ނޫން އަދި ނެއްހަަބަރެއް!”

“މަރުޙަބާ ޖައިޝް. ލުކިންގ ފޯރވާރޑ އިން ވޯރކިންގ ވިތް ޔޫ” ޖައިޝްއާއި ސަލާމްކޮށްލަމުން ނާއިލް ބުނެލިއެވެ. ޖައިޝްވެސް ހިނިތުންވެލިއެވެ. އުމުރުން 29 އަހަރުގެ ނާއިލްއަކީ “އެމް އެން ޑްރިންކްސް އެންޑް ބެވަރެޖް” ގެ ސީއީއޯއެެވެ.

“މިއަދު ދުރުވަންވީނުންތޯ އަޅުގަނޑުމެންގެއަށް ކެއުމަކަށް؟ އަލަށް ޖޮއިންވީތީ ޓްރީޓްއެއް. މިޕޮޒިޝަންއަށް ކުއްޖަކު ހޯދާތާ އެހާ ދުވަސްވެސްވެފަ އޮތީމައާއި އެކު” ނާއިލް އަދަބުވެރިކަމާއި އެކުބުނެލިއެވެ. ލަދުން ހުރިނަމަވެސް ޖައިޝްއެއްބަސްވެލިއެވެ.

އުމުރުން 25 އަހަރުގެ ޖައިޝްއަކީ އިސްކޮޅުން ދިގު ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. ރީތިދިގު ފަންއިސްތަށިކޮޅަކާއި އެކު، ލިބިފައިވާ ތޫނު ދެލުލުން އަންހެން ކުދިންތަށް މޮޔަވާވަރުވާނެކަން ގައިމެވެ. ނަމަވެސް ޖައިޝްއަކީ އެކަހަލަ އެއްވިސްކަމަކަށް ޝައުގު ހުންނަ ޒުވާނެއްނޫނެވެ. 25 އަހަރުވީ އިރުވެސް “އަންހެން ކުދިންގެ ލިސްޓު” ގައި އެއްވެސް ކުއްޖަކު ނެތުމުން އެކަންވަރަށް ރަނގަޅަށްވެސް ދޭހަވެގެންދެއެވެ.

މެންދުރުގެ އައިތްވާއިއެކު ދިއްލާލާފައިވީ މަގުތަށް މަޑުމަޑުން ހަވީރުގެ ހިތްގައިމުވަގުތާއި އެކު ފިނިވެލަން ފެށިއެވެ. އެކި އުމުރުުފުރައިގެ އަންހެން ކުދިންނާއި ފިރިހެންކުދިން ބުރުޖެހުމައިގެން ބޭރުގައި އުޅެމުންދިޔައެވެ. ބަދިގެތެރޭގައި ނައިލާއަށް އަތްގާތްކޮއްދިނުމަށް ނަވްޔާ އުޅުނެވެ. ހަށިގަނޑުލޮޑުވެފައި ވުމުގެ ސަބަބުން އޭރު މައުނާއަށް އޮތީ ނިދިފައެވެ. ބަދިގެތެރެ މީރުވަސްކޮއްލާފައިވަނީ ނޫޑުލީހުގެ ވަހުންނެވެ.

“މަންމާ. ކޮއްކޯ. މިއީ އަހަރެންގެ ސެކެޓްރީ ޖައިޝް. ޖައިޝް. މިއީ އަޅުގަނޑުގެ މަންމަ ނައިލާ އަދި ކޮއްކޮ ނަވްޔާ” ނާއިލްގެޔަށްވަދެ ފެންނަން ހުރި ނަވްޔާއާއި ނައިލާ ޖައިޝްއަށް ތަޢާރަފުކޮއްދިނެވެ. އިސްއުފުލާ ބަލައިލި ޖައިޝްގެ ހިތުގެ ތެޅުން އަވަސްވެލީ ބަސްބުނެލާހާއަވަހަށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ޝަލީން 25

Next

ހަނދުވަރު ދިން އެރޭ … 16

Next
December 1, 2024

ހަނދުވަރު ދިން އެރޭ … 16

Previews
November 29, 2024

ޝަލީން 25

14 Comments!

  1. Your fav bab says:
    November 30, 2024 at 11:52 am

    Me first hehehhehehe…
    Very nice and intresting….
    Keep it up

    1. shihaamaa ali shihaamaa ali says:
      November 30, 2024 at 12:06 pm

      Hehe ya
      Jazaakallah khairan❤️

  2. Your fav bab says:
    November 30, 2024 at 11:53 am

    Is this suitable for under 18
    Cuz v.Gina stories thakuga they says above 18 and all
    Just asking
    CHILL
    I’m ekkala molhu reader heheheehehe

    1. shihaamaa ali shihaamaa ali says:
      November 30, 2024 at 12:08 pm

      Hehehe iss alr..
      Shiher aslu mi story akh rating eh nunagan😅😭
      18+ vaahaa detail eh nukuran dhw so yeaa.. 18+ viyas surely not a rated R so okay eynun😭😂

  3. imko says:
    November 30, 2024 at 12:14 pm

    Hi mi part ves varha reethi 💓💓
    Unmedhu kuran next part kiyaalan libeene kama 😊😊
    Lsm 💓💓
    Actually I looking a boyfriend 😭😭
    Guys please help me
    Please follow me inma7372
    in Instagram
    I hope you guys follow me 😊😊

    1. shihaamaa ali shihaamaa ali says:
      November 30, 2024 at 12:36 pm

      Jazaakallah khairan❤️
      In sha allah maadhamaa part 3 kiyaalan libeyne❤️

  4. Your fav bab says:
    November 30, 2024 at 12:15 pm

    Ok there are my friends names why?????and some are my classmates bro.

    1. shihaamaa ali shihaamaa ali says:
      November 30, 2024 at 12:37 pm

      Ooopsy🙊😂

  5. cutie girl says:
    November 30, 2024 at 12:44 pm

    mi part ves varah reethi masha allah
    curiously waiting for next part
    keep it up
    jaish and nav v gulhey
    elee and yohaan gulhuvachey
    they all are made for each other
    v intresting story eh
    v kiyaala hithun kiyani
    i appreciate your hard work

    1. shihaamaa ali shihaamaa ali says:
      November 30, 2024 at 12:46 pm

      Jazaakallah khairan so happy you liked it❤️
      Then lets see dhw who matches with who keke🙊

  6. Nawar says:
    November 30, 2024 at 12:50 pm

    Mi part vx varah varah reethi..
    Ekm kada mistake eii iben…
    .އޭނަ މަންމަ މިއަދު އޮފީހުގަ ބިޒީވީމަ ނަވްގޮވައިގެން އޭނަ ދިޔައީ.
    Mi hen bunyma heevany navyaa ge friend hen dhiyaee navya govain…
    Ekm aslu e thaanga innaany
    އޭނަ މަންމަ މިއަދު އޮފީހުގަ ބިޒީ ވީމަ އޭނަ ގޮވަގެން ނަވް ދިޔައީ
    Am I right…
    Noony nawar ah thr nubai koh mi bunevuny…
    And navya aa Jaish aa gulhey…
    Can’t wait for next part
    ❤️❤️❤️LYSM❤️❤️❤️

    1. shihaamaa ali shihaamaa ali says:
      November 30, 2024 at 1:17 pm

      Nooneyy thigoi ves hama best.. jazaakallah khairan❤️
      In sha allah part 3 maadhamaa kiyaalan libeyne❤️
      lym💞

  7. gurrrrl says:
    November 30, 2024 at 3:09 pm

    mashallah vrh reethi mi part ves when next part gurrrrl ah heevanii ehmen yoohan hen beynun vani like leesha ves dhn navya ve alhey ela n yoohan gulhuvahcha e dhemeehun rh gulheyy dhn jaish n navya ves
    cant wait
    keep it up
    lots of love

    1. shihaamaa ali shihaamaa ali says:
      November 30, 2024 at 7:14 pm

      Hehe ya seems like that dhw keke
      dhn let’s see dhw what happens with ella, yoohaan and jaish and navya too
      Jazaakallah Khairan <3
      Lots of luv from me tooo

Comments are closed.

Next Episodeބޭވަފާތެރިޔަކީމޭ 3←


All Right Reserved!