“ޖައިޝް؟؟” ޖައިޝްއާއި އެކު މަސައްކަތް ކުރާ ކޮލީގްއެއް ކަމަށްވާ އަކްމަލް ގޮވާލިއަޑަށް ޖައިޝްއަވަހަށް އެ ގަނޑުފޮރުވާލިއެވެ.
“ކީކޭ؟”
“އެންމެން ކޮފީއަކަށް ދާން ކިޔާއެބަ. އުޅިބަލަ ދާން” އަކްމަލް ބުނެލިއެވެ. “އޯކޭ” ބުނެލާފައި ކައިރީ އޮތް ޖައިޝްގެ ފޯނުހިފައިގެން ނުކުތެވެ.
ހިނދުކޮޅެއް ފަހެވެ. ނާއިލްއައީ ޖައިޝް ހޯދުމަށެވެ. ނާއިލްއާއި އެކު އައު، ޕްރޮޖެކްޓްއެއް ހެދުމަށް އެހީތެރިވުމަށެވެ. “ޖައިޝް؟” ޖައިޝްގެ ކެބިންގެ ތެރޭގައި ފެންނަން ނެތުމުން ނާއިލް ނިކުންނަން އުޅުނެވެ. ނަމަވެސް އެވަގުތު ޖައިޝްގެ ނޯޓު ފޮތް ދަށުގައި އޮތް ގަނޑު ނާއިލްގެ ލޮލުގައި އަޅައިގަތެވެ. އެއީ އަންހެން ކުއްޖެއްގެ ފޮޓޯއެއްކަން އެނގުނީ އިސްތަށިކޮޅު ފެނުމުންނެވެ. އެއްވެސް ޙިޔާލެއް ފިކުރެއްނެތި ނާއިލް އެފޮތް ހިތްލާލިއެވެ.
“ޔޫހާން މިހާރު ހާދަހާވާ ބިޒީއޭދޯ؟ މިހާރު މަށާއެކީ ހަދާނުލާތާވެސް ކޮންދުވަހެއްތަ އަޅެ؟” ފަހަތުން އިވުނީ ޝާހާގެ އަޑެވެ. ޝާހާހުރީ ފަހަތުން ޔޫހާންގެ އުނަގަނޑުގައި ހިފާ ބާރުކޮއްގެންނެވެ.
“ލެޓް މީ ގޯ އެންޑް ގެޓް ދި ހެލް އައުޓް އޮފް ހިއަރ” ފުރަތަމަ ފަހަރަށް ޝާހާގެ ބީހުންތަކަށް ޔޫހާން އިންކާރު ކުރިއެވެ. ޝާހާ ދެލޯ ބޮޑުވި އިރު ހުރެވުނީ ފެންނަ މަންޒަރުވެސް ގަބޫލުނުކުރެވިފައެވެ.
“ކިހިނެތްތަވީ؟؟”
“ޝާހާ ތިހާ ބޭނުންވަންޏާމުން ދޭބަލަ މައިކަލް ކައިރިއަށް! އަހަރެންމިއީ އެލާގެ ހައްގެއް! އަހަރެމެންގެ ގުޅުންފެށުނު އިރު ޝާހާ މައިކަލްއަކާ ނުގުޅެމެންނުން؟ މައިކަލް ޝާހާދެކެ ލޯބިވޭ! ސޯ ގެޓް ލޮސްޓް ހެޔޮނުވާނެ!” ޔޫހާން އެއްނޭވާއިން ހުރިހާ ވާހަކައެއް އަމުނާލިއެވެ.
ޝާހާއާއި ޔޫހާން ދިމާވީ މީގެ 8 އަހަރު ކުރިންނެވެ.. މައިކަލްއާއި ޝާހާގެ ގުޅުންފެށުނީ، ޝާހާއާއި ޔޫހާންގެ “ސިއްރުގުޅުން” ކުރިއަށް ދަމުންދާތާ 7 އަހަރު ފަހުންނެވެ.
ޔޫހާންއާއި ކަޅިއަޅާލާފައި ޝާހާ ނުކުމެގެން ދިޔައެވެ. ޝާހާ ނުކުތުމާއި އެކު ފޯނުނަގާފައި ޝާހާގެ ނަންބަރުވެސް ޔޫހާން ބްލޮކް ކޮއްލިއެވެ. ފުންނޭވާއެއްލާ މީހާހަމައަކަށް ޖެހިލީ މިކުރެވުނީ ރަނގަޅު ކަމެކޭ ހިތާހިތުން ބުނެލަމުންނެވެ.
“ދަރިފުޅާ؟ ކިހިނެއްވީތަ އެސޮރު މާވަރަކަށް އެރޮނީ؟” ނައިލްގެ ރުއިމުގެ އަޑަށް ނައިލާ ވަނީ މައުނާގެ ކޮޓަރިއަށެވެ.
“ދެން އެނގެއެއްނުން؟ މިއީ ހަމަ ފެންވަރުވާ ކޮންމެފަހަރެއްގެ ހާލު.. ދެން ހުއްޓާލާ ދަރިފުޅޫ..” މައުނާ ދިޔައީ ނައިލް މަސައްލަސް ކުރުމަށް މަސައްކަތް ކުރަމުންނެވެ.
“އިނގޭތަ ދަރިފުޅަށް؟ ނާއިލްވެސް ކުޑައިރު ހަމަ ތިހެން ގެންގުޅުނީ.. ހަމަ ހުވާ ފެންވެރުވުންއެއީ ހަމަ ބޮޑު ކަމެއް!” ނާއިލްގެ ކުޑައިރުގެ ހަނދާން ކޮއްލަމުން ނައިލާ ބުންޏެވެ.
“ހަމަ ބައްޕި ދޯ އެހެންވެ މިލިބުނީ ހެހެ”
“ހެލޯ ދެލޯ. އާދޭ މިއަޅާ ރިސީވް ކުރަން. ދޮރުމަތީ މިހުރީ ހަހަ” ޔޫހާންމެންގޭ “ބްލަޑް މޫން” ކުރިމަތީގައި ހުއްޓިލާފައި އެލީޝާ ޔޫހާންއަށް ގުޅާލިއެވެ. ހީލާފައި މިނިކުންނަނީކަމަށް ބުނެ ޔޫހާން ފޯނުބޭއްވިއެވެ.
“ވާއު. މިގެ ހާދަ ރީއްޗޭ. މާޝާ ﷲ! ހީވަނީ ހަމަ ޑްރާމާތަކުގަ ފެންނަ ގަނޑުވަރެއްހެން. އޯ އެމްޖީ ސޯފާ ހާދައަރާމޭ! މިއީތަ އެލާއާއި މެރީކޮއްގެން އުޅޭނެތަނަކީ؟” ގޭތެރޭގެ އެތަން މިތަން ބަލަމުން ދުވި އެލީޝާގެ މޫނުމަތީގައިވީ އުފާވެރިކަމެވެ.
“ހެހެ ޔެސް. ކަމުދޭތަ” އެލީޝާގެ އުޅުން ބަލަން ދުރުގައި ޖީބަށް އަތްޖަހާލައިގެން ހުރި ޔޫހާން އެއްސެވެ. އެލީޝާ “ޔޭސް” އޭ ކިޔާ ޔޫހާންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.
“ދިމާވެވިއްޖެ ދޯ ގަރުނެއްފަހުން؟” ރިލްވާންގެ އިންތިޒާރުގައި “ފްރޯޔޯ” އިން ޔަލްވީއަށް ރިލްވާން ފެނުމާއި އެކު ތުންކޮޅުއޫކޮއްލާފައި ޝަކުވާކޮއްލެވުނެވެ. ރިލްވާން ހީލިއެވެ.
“ހޫމް އެހެންދޯވާނީ. އަންހެނުން ބަލިވެގެންނޭ ކިޔާފަ ދެން އިންނަ ފާމަސިސްޓު އެހާބޮޑު ބްރޭކްއެއްނެގީމަ. ހަމަ ހުވާ މަވާމަރައިފި” ރިލްވާންއަށް ގެނެސްފައިވީ ޗޮކޮލެޓް އައިސް ކްރީމްގެ އެތިކޮޅެއް ބޯލަމުން ރިލްވާން ބުންޏެވެ.
“ހޫމް. ޔަލް ހީކުރީ ވަގު ބިޓެއްނެގީކަމަށް. ހަހަ” ޔަލްވީ ހީލާފައި ބުންޏެވެ.
“އަނހާން. މަކީއްކުރަންތަ ޔަލޫ ހުއްޓަ ވަގުބިޓެއްނަގަނީ؟ ތިއީނުން ވާންގެ ޕަރީއަކީ” ޔަލްވީގެ ކޮލުގައި ހިފާލަމުން ރިލްވާން ބުނެލިއެވެ. ތުންކޮޅުއޫކޮށްލާފައި ޔަލްވީ ހިނިތުންވެލީ ކުޑަކުއްޖެއްފަދައިންނެވެ.
ދުވަސްތަށް އޭގެ ބާރުމިނުގައި ދުވަމުންގޮސް މިރޭ މިއީ ޔޫހާންއާއި އެލީޝާގެ ކައިވެނި ކުރެވިގެންދާރެއެވެ. “ކަލޭދެން ޕިއުބާރޓީ ޖެހުނީދޯ؟ މިބުނީ ދެން ކަލޭ އަބަދުއޮންނާނީ އެލީޝާކައިރީދޯވޭ؟ ހަހަ” ރިލްވާން ދިޔައީ ޔޫހާންއަށް ދިމާކުރަމުންނެވެ. ރިލްވާން އިތުރުން މައިކަލް، އަދި ޖައިޝްވެސް އެތަނުގައި ހުއްޓެވެ.
ކަޅުކުލައިގެ ކޯޓުފަޓުލޫނުގައި އެންމެން ތިބިއިރު، ޔޫހާންހުރީ އެތެރިން ހުދުކުލައިގެ ގަމީހެއްލައިގެންނެވެ. މޭމަތީގައި ރީތިމަލެއް ޖަހާލެވިފައިވީ އިރު އިސްތަށިކޮޅުވެސް ވަނީ ރީތިގޮތަކަށް ސްޓައިލްކޮއްލެވިފައެވެ. ޔޫހާންގެ ޖާދުވީދެލޮލާ އިސްތަށިިކޮޅު ހަނގުރާމަ ކުރަމުން ދިޔައިރު ބަލައިލަން ނުހަނު ހިތްގައިމެވެ. މިރޭ އެލީޝާއަކީ ތިމަންނަ ނަމައޭ ކިޔާނެ ކިތައްސަތޭކަ ކުދިން ތިބޭނެ ބާއެވެ؟
“އޭ އޭ ހަމަ ޖެހިބަލަ! މަމިހޯދީ އަންބެކޭ މަންމައެއްނޫނޭ! މަށަށް މަގޭ ފްރީޑަމް އޮންނާނެ އަބަދުވެސް ދޯ؟” ޔޫހާން ޓައީ ރީތިކޮއްލަމުން ބުނެލިއެވެ.
15 8 ވުމާއި އެކު ކައިވެނީގެ މަޖިލީސް ފެށުނެވެ. ގާތުގައި އިން އެލީޝާގެ އަތުގައި މަޑުމަޑުން ޔޫހާން ފިރުމަމުން ދިޔައިރު ހިތުގައި އުފެދެމުން ދިޔައީ އެހެންކަހަލަ އިހުސާސްއެކެވެ. ކައިރީގައި އިން އެލީޝާވެސް އިނީހަމައެހާލެއްގައެވެ. މުޅި އުމުރުގައިވެސް އެލީޝާ ލޯބިވީ ފަރާތަކީ ޔޫހާންއެވެ. ހަމައެކަނި ޔޫހާންއެވެ. މިއަދު ހަލާލުގޮތުގައި ޔޫހާންގެ އަންބަކަށް ވެވުނީތީވެ އުފާވެފައި އިންނަމަވެސް، އެއުފަލުގައި ބައިވެރިވާން ލޯބިވާ ބައްޕަ ނެތުމުންވެސް ހިތުގައި ދިޔައީވޭން އަޅަމުންނެވެ.
“އަނބިގަބޫލު ކޮއްފިންތަ؟” ގާޒީ އެއްސެވެ. ވަގުތު ޖެހުނީއެވެ. ދެން ޔޫހާންއަކީ ހަމައެކަނި ޔޫހާންއެއް ނޫނެވެ. އެއީ ފިރިއެކެވެ. އެލީޝާގެ ފިރިމީހާއެވެ. އެލީޝާގެ ފިނިވެފައިވީ އަތަށް ބާރުކޮށްލަމުން ޔޫހާން އެލީޝާއާއި ހަތަރުކަޅިހަމަކޮއްލިއެވެ. އެވަގުތު އެލީޝާގެ ދެލޮލުގައި ބަބުޅަމުން ދިޔަ އުފާވެރިކަމުގެ ކަރުނަތަށް އުޑުގައި ވިދަމުން ދިޔަ ތަރިތަކަށްވުރެ އަލި ގަދައެވެ. ޔޫހާން ހިނިތުންވެލިއެވެ. އެލީޝާއަކީ ތިމަންނަގެ ލޯބިވާ އަލަތު އަނބިމީހާކަމުގައި ހިތުން ރުހުމުން ގަބޫލު ކުރިއެވެ.
“އަނބިގަބޫލުކޮއްފިން!” އެއިންގޮތަށް ޔޫހާން ބުންޏެވެ. ވަގުތުން އުފާވެރިކަމުގެ އެކަރުނަތިކި އެލީޝާގެ ދިގު އެސްފިޔަތަށް ފޫއަޅުވާލާފައި ނުކުތެވެ. ފުރަތަމަ ވެއްޓުނު ކަރުނަތިއްކާއި އެކު އެލީޝާގެ ކޮލާއި ނޭފަތަށް ޖަންބު ކުލަވެރިވިއެވެ. ވަރަށް ލޯބިން ޔޫހާން އެކަރުނަތަށް ފުހެލަދިނެވެ.
ދުރުގައި މަންޒަރު ބަލަން ހުރި އަނާޝާގެ ލޮލުންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ﷲ ގެ އިރާދަފުޅާއިއެކު މިއަދު ލޯބިވާ އެލީޝާއަށް ލޮބުވެތި ފިރިއެއްލިބުނީއެވެ. އެކައިވެނީގައި ބަރަކާތް ލައްވާތޯ އަނާޝާއަށް ހިތާހިތުން ދުޢާކޮއްލެވުނެވެ.
“އަން” ކައިވެނި ޕާރޓީއަށް އަންނަމުން ދިޔަ އެންމެނާ ސަލާމް ކުރަމުން ދިޔަ އެލީޝާއާއި ޔޫހާންއަށް ބަލަން އިން ޝާހާއަތަށް ނޫޑުލިސްތައްޓެއް ދެމުން މައިކަލް ބުނެލިއެވެ.
“ތޭންކްސް” ޝާހާއެތަށީގައި ހިފިއެވެ.
“އެންމެ ފަހުން ޔޫހާންވެސް މެރީކުރީ” މައިކަލްވާހަކަފެށީ ވަރަށް ދުރުދުރުންނެވެ. ޝާހާ ބޯޖަހާލިއެވެ.
“އަހަރެން…. އަހަރެންވެސް ޝާހާދެކެ ވަރަށް ލޯބިވޭ. އަހަރެން ބޭނުން ޝާހާއާއި މެރީ ކުރަން….” މައިކަލް ބުނެލިއެވެ. ޝާހާ މައިކަލްގެ މޫނަށް ބަލައިލިއެވެ. އެވަގުތު މައިކަލްގެ ޖީބުން ނެގީ ރިހި ކުލައިގެ އަނގޮއްޓިއެކެވެ.
“ވިލް ޔޫ މެރީ މީ؟” މައިކަލް ނުކެރިފަކަހަލަ ގޮތަކަށް އެއްސެވެ.
“އަހަރެން މައިކަލްއަށް މެރީކޮއްފާނަން. އެކަމަކު ޝަރުތެއްގެ މަތިން..!”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Wow… Maasha allah mi part ves varah reethi
Part thah avahah kiyaalan libeythy vrh happy
Ur always the best shiher
Curiously waiting for the next part 😊
Jazaakallah khairan
Very happy to hear that
Stay tuned
Maashaa Allah mi part vx varah varah reethi..
Sharuthehge mathinney… yageen dhoo dhera shrautheii noony nukuraane kan…
Can’t wait for next part 😊❤️
Jazaakallah khairan
Heheh lets see dhw
Stay tuned
Awn….
Very beautiful and interesting Masha Allah!!!!!
Will shaha even agree to maikal’s proposal???????
Finally elysha and yoohaan r husband and wife
Now yoohan is literally the best!!!
Now let’s c of yoohaan cheats on his wife???
When next???
Jazaakallah khairan
Hehe neynge dhw lets see
Stay tuned
sharuthekeyyy alhe meehun meehunaa ihna iruga sharthu kandha alhan jeheytha ajaibehhh
by tha wayyy yooohaaaaaaan you are the best ella ge husband ahh v dhnnn ella a dhera ehnudhehche mashallah vrh reethi
when next part…. hope maikal ge proposal shaaha hadi kohnulaane kamah
Jazaakallah khairan
Hehe neynge dhw lets see
Stay tuned