Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބޭވަފާތެރިޔަކީމޭ 13

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
December 11, 2024 3 Mins Read
8 Comments

“ދެން ތިވަރަށް ނުރޮއެބަ. ﷲ އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ” ސަހަރާއިން ނިކުމެ ނާއިލް ދެލޯފުހެލިތަން ފެނުމުން ޔޫހާން ބުނެލިއެވެ. ނާއިލް ދޫކޮށްލީ ފިނި ނޭވާއެކެވެ.

“ކޮބާތަ ޔޫހާންގެ ޕޭރެންޓްސް؟؟” ނާއިލްއަށް އަހާލެވުނެވެ. ނާއިލްގެ ސުވާލާއިއެކު ޔޫހާންގެ މޫނުމައްޗަށް ހީވީ ކުނިބިހެއްޖެހިހެންނެވެ.

“ހެހެ. އަހަރެންގެ ނުހުންނާނެ މަންމައެއްވެސް ބައްޕައެއްވެސް…..” މަސްހުނި އިހުސާސްތަކެއް އެކުލެވޭ ހިނިތުންވުމަކާއި އެކު ޔޫހާން ބުނެލިއެވެ. ޔޫހާންއަށްވީގޮތުން އިތުރަށް އެވާހަކަ އަހާކަށް ނާއިލްއަކަށް ނުކެރުނެވެ.

ދުވަސްތަށް ފާއިތުވަމުންދިޔައެވެ. 10 ދުވަސްފަހުން މައުނާ ގެޔަށް ދޫކޮށްލެވުނެވެ. އޭގެ އިތުރުން ބާރުދުވެލީގައި ޔޫހާންއާއި އެލީޝާގެ ކައިވެނީގެ ރޭވުންތަށްވެސް ދިޔައީ ކުރިއަށްދަމުންނެވެ.

މެންދުރުގެ އެންމެ ހޫނުގަދަވަގުތެވެ. އިރުގެ ހޫނާއި އެކު މަގުތަށްވެސް ވަނީ ދޮންކޮއްލާފައެވެ. އެލީޝާއާއި އެކު ލީޝާ އިނީ ވެޑިންގ ޑްރެސް ފިހާރައެއްގައެވެ. މައުނާވިހާ މުޅިންގަދަ ނުވާތީވެ އާއި އެކު، ލީޝާއަންނާނަށް ކަމަށް ބުނެފައިވުމުން ލީޝާއާއި އެކު އެލީޝާ ދިޔައީ “ވެޑިންގ ޕާރލްސް” ފިހާރައަށެވެ.

“މީތި ކިހިނެތްވަނީ؟” އެލީޝާ ހެދުމެއް ލީޝާއަށް ދައްކާލިއެވެ. ހުދުކުލައިގެ އެބޮޑު ވެޑިންގ ޑްރެސް މާ ގޮތް ބޮޑު ނޫނަސް ވަރަށްވެސް ރީއްޗެވެ. ހުދުކުލައިގެ ސިލްކްފޮތީގެ މަތިން ހުދުކުލައިގެ ލޭސްފޮތިން ވަނީ ހެދުން ރީތިކޮށްލާފައެވެ. ހެދުމުގެ މޭމައްޗާ ދިމާލުން އެހެން ފޮތިކޮޅެއް އިންއިރު އެލީޝާގެ “ސްޓައިލް” އަށް ވަރަށް ގުޅެއެވެ.

“ޔަކް! ލިބާހެއް ފަހަންވީނުން ތިކަހަލަ ހެދުންގަނޑަކަށް ވުރެ ރަނގަޅުވާނެ” ލީޝާގެ ޖުމްލައާއި އެކު އެލީޝާގެ މޫނުމަތީގައިވީ ހިނިތުންވުން ފަނޑުވިއެވެ. ނަމަވެސް އެތަނުން ކުއްޖެއްކައިރީ އެހެދުން ޓްރައިކޮއްލަން ބޭނުންކަމަށް ބުނެލިއެވެ. އެކުއްޖާއާއި އެކު ހެދުން ހެޔޮވަރުކޮށް ހަދައިގެން އެލީޝާގަތީވެސް ހަމަ އެހެދުމެވެ.

“ހިނގާބަ އޭނި ރެސްޓޯރެންޓްއަށް ކާންދާން؟ މައި ޓްރީޓް” އެލީޝާ ބުނެލިއެވެ. ލީޝާ ބޯޖަހާލިއެވެ.

“އަހަރެން ސުވާލެއްކޮއްލަންތަ؟” ލީޝާ އޯޑަރު ކުރި ޓޮމާޓޮ ޕާސްތާއިން އެތިކޮޅެއް ކާލަމުން ލީޝާ އެއްސެވެ. އެލީޝާ ބޯޖަހާލިއެވެ.

“ކިހިނެތްތަ އަސްލު އެލީޝާއާއި ޔޫހާން މީޓްވީ؟”

“އަހަރެންނާއި އެކު ޔޫހާންވެސް ހޮސްޕިޓަލްއަށް ޖޮއިންވީ” އެދުވަސްތަށް މަތިން ހަނދާންވުމުން އެލީޝާއަށް ހިނިތުންވެވުނެވެ.

“ދެން؟؟ އެލީޝާ ބެގް ކުރީދޯ އޭނަ ކައިރީ ރައްޓެހިވާން؟” ލީޝާގެ ޖުމްލައާއި އެކު އަނގައަށް ލާން އުޅުނު ނޫޑުލިސްކޮޅުވެސް އެލީޝާއަކަށް ނުކެވުނެވެ. މަޑުމަޑުން އޫ ތަށީގައި ބާއްވާލިއެވެ.

“ނޫން..” އެލީޝާގެ ޖަވާބު ކުރެވެ.

“ހާދަ ހީނުވެއޭ. ދެން އަނެއްކާ ސިހުރެއް ހެދީތަ؟ ޔޫހާންކަހަލަ ސެކްސީ ސޮރެއް ތިކަހަލަ ގޯންޏަކަށް ވަދެ އޮންނަ މީހެއްކައިރިއަށް އަންނާނެހެން ހާދަ ހީނުވެއޭ”

“ލީޝާ!!!!!” އެލީޝާއަށް ގޮވާލެވުނެވެ.

“ކިހިނެތްވީ؟ އައިއޭމް ޖަސްޓް ސްޓޭޓިންގ ފެކްޓްސް؟” ލީޝާ ފޮނިވެފަ ބުނެލިއެވެ. ވަގުތުން އެލީޝާގެ ދެލޯ ކަރުނުން ފުރުނެވެ. ޕޭކޮއްފައި އެލީޝާ ރެސްޓޯރެންޓްއިން ނުކުތެވެ. އޭރު އެލީޝާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އެއްބަނޑުއެއްބަފާ ދޮންތަ އެލީޝާއާއި މެދު ދެކޭ ގޮތަކީ މިއީތާއެވެ. އެލީޝާ އެންމެ ދެރަވީ ސިހުރުގެ ތުހުމަތުވެސް ބޮލުގައި އެލުވާލުމުންނެވެ.

އެއީ މީގެ 2 އަހަރު ކުރިއެވެ. އަދިވެސް އެދުވަސް މަތިން އެލީޝާ އެއްވެސް ވަރަކަށް ހަނދާނެއްނުނެތެއެވެ. އެއީ އުފާވެރިދުވަހެކެވެ. ދުވަހަކީ އެލީޝާ ފުރަތަމަ ޑިއުޓީއަށް ނިކުންދުވަހެވެ. މެންދުރުނަމާދުކޮށްލައިގެ އެލީޝާ ދިޔައީ ހޮސްޕިޓަލް ކެންޓީނަށެވެ. ބަޖިޔާކޮޅަކާއި ކަޅުސައިތައްޓެއްހިފައިގެން އަހިސް އެލީޝާ އެކަނި އިށީނެވެ. އެވަގުތު ކެންޓީނުތެރެޔަށް ޔޫހާންވެސް ވަނެވެ. ޔޫހާންގެ ލޮލުގައި އެލީޝާއަޅައިގައިން ފުރަތަމަ ފަހަރަކީއެއީއެވެ. ޔޫހާންއަށް ދުރަކު ނުހުރެވުނެވެ. އެލީޝާ ނެގިއެތި ނަގައިގެން ގޮސް އެލީޝާ ގާތުގައި އިށީނެވެ.

“ހޫ؟” ސައި ޖޯޑުން ކޯވަރެއް ބޯލަމުން އެލީޝާއެއްސެވެ.

“ޔޫހާން. ކާރޑިއޮލޮޖިސްޓްއެއް. ތީ؟”

“އެލީޝާ.. ސައިކޭޓްރިސްޓްއެއް” ޔޫހާން ހިނިތުންވެލިއެވެ. ވާހަކަފެށީ އެހިސާބުންނެވެ. 2 ހަފްތާވަންދެން ވާހަކަ ދައްކާފައި ޔޫހާން އެލީޝާއަށް ލޯބިހުށަހެޅިއެވެ.

އާނއެކެވެ. ފުރަތަމަ ނަޒަރުންވެސް އެލީޝާގެ ހިތް ޔޫހާން ފަތަހަކޮއްލިއެވެ. ނަމަވެސް އެލީޝާ އެންމެފަހަރަކުވެސް ޔޫހާންގާތުގައި އާދޭހެއްނުކުރެއެވެ. އެލޯއިތްބަށް އެދިގެންއައީ ޔޫހާންއެވެ. ދެލޮލުގައި ބަބުޅަމުން ދިޔަ ކަރުނަތަށް ފުހެލާފައި ފޯނުނަގާ އެލީޝާ ޑައިލްކޮށްލީ ޔޫހާންގެ ނަންބަރަށެވެ.

“ޔޫހާން ބިޒީތަ؟ ކޭންވީ މީޓް؟” އެލީޝާ އެއްސެވެ.

“އަނެއްހެން ބިޒީއެއްނޫން.. ގޭގަ މީނީ. އެލާ އާދެބަ މިގެބަލާލަން. އަދިނުވެސް އަންނަމެއްނުން އެންމެ ފަހަރަކުވެސް” ޔޫހާން ޝަކުވާކޮއްލިއެވެ. އެލީޝާ ހީލާފައި މިދަނީއޭ ބުނެ އަވަސްވެލީ ޔޫހާންމެންގެ ގެޔަށް ދިޔުމަށެވެ.

މެންދުރުގެ އަތްވާއިއެކު އާވިއަރާފައިވީ މަގުތަކަށް ހަވީރުގެ ފިންޏާއި އެކު ހަމަ ޖެހުން ގެނައެވެ. އެކި އުމުރު ފުރައިގެ އަންހެން ކުދިންނާއި ފިރިހެންކުދިން ބުރުޖެހުމައިގެން އުޅުނު އިރު ޖައިޝްއިނީ އޭނާއަށް ހަމަ ޖެހިފައިވީ ކެބިންގައެވެ. އެވަގުތު އެއްވެސް ކަމެއްނެތުމުން ޖައިޝް އިނީ އޭފޯ ސައިޒް ގަނޑެއްގައި ކުރެހުމަށެވެ. ޖައިޝްއަކީ ކުރެހުމަށް ވަރަށް ލޯބިކުރާކުއްޖެކެވެ. ޖައިޝްގެ ކުރެހުމުގައި ހުންނަ ފުރިހަމަކަމުން، ޖައިޝްގެ ސިކުނޑީގައި ދައުރު ވަމުންދާ ހުރިހާއެއްޗަކަށް ދިރުންދޭފަދައެވެ. މަޑުމަޑުން ފަންސޫރު ހިފަހައްޓައިގެން އިން ޖައިޝްގެ ތުންފަތްމަތީގައިވަނީ ފުރިހަމަ ހިނިތުންވުމެކެވެ. ޖައިޝް ކުރަހަން އިނީ އަންހެން ކުއްޖެކެވެ. އާނއެކެވެ. އެހެން ދެވަނަ ފަރާތެއްނޫނެވެ. ޖައިޝްގެ ހިތުން ޖާގަ ހޯދި ޖައިޝްގެ މަލިކާއެވެ. ނަވްޔާއެވެ.

ލޯބިގޮތަކަށް ނަވްޔާގެ އެފޮޓޯ ކުރަހާފައި ތިރީގައި “ކާރސިވް” ކޮށް “އައި ލަވް ޔޫ” ޖަހާލިއެވެ.

“ޖައިޝް؟؟” ޖައިޝްއާއި އެކު މަސައްކަތް ކުރާ ކޮލީގްއެއް ކަމަށްވާ އަކްމަލް ގޮވާލިއަޑަށް ޖައިޝްއަވަހަށް އެ ގަނޑުފޮރުވާލިއެވެ.

“ކީކޭ؟”

“އެންމެން ކޮފީއަކަށް ދާން ކިޔާއެބަ. އުޅިބަލަ ދާން” އަކްމަލް ބުނެލިއެވެ. “އޯކޭ” ބުނެލާފައި ކައިރީ އޮތް ޖައިޝްގެ ފޯނުހިފައިގެން ނުކުތެވެ.

ހިނދުކޮޅެއް ފަހެވެ. ނާއިލްއައީ ޖައިޝް ހޯދުމަށެވެ. ނާއިލްއާއި އެކު އައު، ޕްރޮޖެކްޓްއެއް ހެދުމަށް އެހީތެރިވުމަށެވެ. “ޖައިޝް؟” ޖައިޝްގެ ކެބިންގެ ތެރޭގައި ފެންނަން ނެތުމުން ނާއިލް ނިކުންނަން އުޅުނެވެ. ނަމަވެސް އެވަގުތު ޖައިޝްގެ ނޯޓު ފޮތް ދަށުގައި އޮތް ގަނޑު ނާއިލްގެ ލޮލުގައި އަޅައިގަތެވެ. އެއީ އަންހެން ކުއްޖެއްގެ ފޮޓޯއެއްކަން އެނގުނީ އިސްތަށިކޮޅު ފެނުމުންނެވެ. އެއްވެސް ޙިޔާލެއް ފިކުރެއްނެތި ނާއިލް އެފޮތް ހިތްލާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 38

Next

ތިނެސްކަން ލޯބި (34)

Next
December 12, 2024

ތިނެސްކަން ލޯބި (34)

Previews
December 11, 2024

ޙަޤީޤަތް ހޯދުމޭ 38

8 Comments!

  1. Gurrrrl says:
    December 11, 2024 at 3:20 pm

    Owww pure JAISH busted btw vrh reethi mi part ves
    Leeshaaaa😡😡😡😡😡😡 haadha goaheyyy pls yoohaan aa ela gulhuvahche can’t wait for next🥹
    Love you shiherrrrr 😘

    1. gurrrrl says:
      December 11, 2024 at 3:22 pm

      I’m gurrrl btw

    2. shihaamaa ali shihaamaa ali says:
      December 11, 2024 at 7:01 pm

      ehe good to know hihi

    3. shihaamaa ali shihaamaa ali says:
      December 11, 2024 at 7:00 pm

      hehe dhww
      let’s see dhw dhn vany kihineh thw hehe
      love u more darls

  2. Your fav bab says:
    December 11, 2024 at 3:52 pm

    Leesha is been very very rude
    No matter what happens she has no right to say that!!!!!!!
    LEESHA I hate you 😡😡😡😡😡😡😡
    Plz next part varah avahah up koh dheythi!!!!!
    Lots of love from me my fav author……..
    YOOHAAN and ELYSHA ge wedding let it be perfect
    And about GAISH he is crazy for NAWYA without knowing that she is already obsessed with YOOHAAN.
    But konme ves dhuvahakun e dhemeehun gulhuvacheyyyy!!!!
    Waiting curiously

    1. shihaamaa ali shihaamaa ali says:
      December 11, 2024 at 7:01 pm

      ikr
      yes in sha allah tmrw kiyaalan libeyne
      jazaakallah khairan
      hehe let’s see what happens dhw

    2. shihaamaa ali shihaamaa ali says:
      December 11, 2024 at 7:02 pm

      lots of love from me too

  3. Nawar says:
    December 11, 2024 at 9:24 pm

    Maasha Allah mi part vx varah varah reethi…
    Elyshaa and yoohaan gulhuvahcheyy…
    Enme rulhi annany e ulhey leeshaa man grp gandu dheke…
    Amihla kohko aa dhimaalah ehn bunaairu hithuga rahumuge kanfulheii vx neii…
    next tmrw dhw…
    Can’t wait for next part
    ❤️❤️❤️

Comments are closed.

Next Episodeބޭވަފާތެރިޔަކީމޭ 14←


All Right Reserved!