“ޕޭޝަންޓްސް ނޭމް އިސް އައިޝަތް މިޝްއަލް ހުސެން. 16 އިއާރސް. ޝީ ވޯސް ރޭޕްޑް އެންޑް ހޭޑް އެ މިސްކެރެޖް. މީ އައިޝަތް އިޝާ ގައިނީ ސާރޖެން އެން ޔޫހާން ފްރޮމް ކާރޑިއޮލޮޖީ ޑިޕާރޓްމެންޓް. އައި ވިލްބީ ޕާރފޯރމިންގެ އަ ސޮނޯހިސްޓޯގްރާމް އެންޑް ޔޫހާން ވިލްބީ ޕާރފޯރމިންގ އަ ޕަލްމޮނަރީ ތްރޮމްބޯއެންޑާޓެކްޓޮމީ (ޕީ.ޓީ.އީ). ކޭންވީ ސްޓާރޓް؟”
“މިޝްއަލް؟ 16؟” އިޝާގެ ވާހަކަތަށް އަޑުއަހަން ހުރި ޔޫހާން ހާސްވާން ފެށީ އެކުއްޖާގެ ނަން އިވުމުންނެވެ.
“ކޭންޓް ބީ ހާރ….؟” ހިތާހިތުން ޔޫހާންއަށް ބުނެވުނެވެ. މިޝްއަލްގެ މޫނާއިދިމާލަށް ޔޫހާން ބަލައިލެވުނީ ކުރެވެމުން ދިޔަހީ ދޮގު ކުރެވޭނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް…….
އެއީ ހަމަ މިޝްއަލްއެވެ. އެ މިޝްއަލްއެވެ. މީގެ ފަސް މަސް ކުރިން ޔޫހާންގެ “ލިސްޓް” އަށް އެރި މިޝްއަލްއެވެ. ޔޫހާންގެ ސިކުނޑިވަގުތުން ހަލަބޮލިވެލިއެވެ. ނަމަވެސް ނޭވާ ހަމަ ޖައްސާލިއެވެ. މިވަގުތު މިއީ ޔޫހާންގެ ޕޭޝަންޓްއެކެވެ. ޔޫހާންގެ “އެކްސް” އެއް ނޫނެވެ.
1 ގަޑި އިރާއި 30 މިނިޓްގެ އޮޕަރޭޝަންއަކަށް ފަހު، މިޝްއަލްގެ ހަށިގަނޑުނެރެވުނެވެ.
“އޮޕަރޭޝަން ކާމިޔާބު.. އިރާދުކުރެއްވިއްޔާ ވަރަށް އަވަހަށް ހޭއަރާނެ. ހޭއެރުމުން ޕްރައިވެޓް ރޫމްއަކަށް ޗޭންޖު ކުރާނަން. ނަމަވެސް ނަފްސާނީ ގޮތުންވަނީ ވަރަށް ބޮޑަށް އަސަރުކޮއްފަ. 1 ގަޑި އިރުގެ ރެސްޓްއެއް ދިނުމަށް ފަހު ސައިކޮލޮޖިކަލް ޓްރީޓްމެންޓް ލިބޭނެ. ދެން ނުވިސްނައްޗޭ އެހާ ބޮޑަށް އިނގޭ؟” އައިޝާގެ އަތުގައި ހިފާލަމުން އިޝާ ބުނެލިއެވެ.
ދުރުގައި ހުރި ޔޫހާން ހުރީ ބުނަންވީ އެއްޗެއް ނޭނގިފައެވެ. އެއީ ހަމަ އެ މިޝްއަލްއެވެ. ރޮވިފައި ހުރި މިޝްއަލްގެ މައިންބަފައިންނާއި ދިމާލަށް ބަލާލާފައި ޔޫހާން ދިޔައީ އޭނާއަށް ހަމަ ޖެހިފައިވީ ކޮޓަރިއަށެވެ. ސާޖަރީތެރެއިން ޙަބަރު ލިބުނު ގޮތުގައި މިޝްއަލްގެ ބަނޑަށް 4 މަހެވެ. ޔޫހާންއާއި މިޝްއަލްގެ ގުޅުން ހިނގައިދިޔައީ މީގެ 5 މަސް ކުރިންނެވެ.
“އެއީ އަހަރެންގެ ދަރިއެއްބާ؟” ޔޫހާންގެ ސިކުނޑިއަށް އެސުވާލުއައެވެ. ވަގުތުން ދެފަރާތަށް ބޯހޫރުވާލެވުނެވެ. “އެހެންވެއްޖެނަމަ؟”
“ހެއީ. ކިހިނެތްތަ ސާޖަރީ ދިޔައީ؟” އެވަގުތު ޔޫހާންގެ ކޮޓަރިއަށް އެލީޝާގެ އިތުރުން މައުނާވެސް ވަނެވެ. ޔޫހާން ކުޅަދާނަ ކަމާއި އެކު “މޫޑް” ބަދަލުކޮއްލިއެވެ.
“އަލްހަމްދުލިއްލާހި. ހަމަ ރަނގަޅު” ޔޫހާންގެ ޖަވާބު ކުރެވެ.
“ހަމަ މިސްކެރިޖްވެފަތަ ހުރީ؟” މައުނާއަށް އަހާލެވުނެވެ. މައުނާއަކީ ވެސް މަންމައެއް ކަމުން އެވާހަކަ ވެގެން ދިޔައީ މައުނާގެ ހިތަށް ވަރަށް އަސަރު ކުރުވި ވާހަކައަކަށެވެ. ޔޫހާން ބޯޖަހާލިއެވެ.
“އަޅޭ. ދެން އަހަރެން ކޮން އިރަކުންތަ އެލާ ދާން ޖެހެނީ؟” އެލީޝާ އެއްސެވެ.
“ޕޭޝަންޓް ހޭލާފަ 1 ގަޑިއިރުފަހުން” ޔޫހާން ބުނެލިއެވެ.
މެންދުރުގެ ވަގުތެވެ. ޔޫހާންއާއި އެލީޝާ ދިޔައީ އެލީޝާގެ ގެޔަށެވެ.
“ދަރިފުޅާ މީހުން އެދައްކަނީ ހަމަ ތެދެއްތަ؟ އެ އައިސްތުގެ ދަރިފުޅު ރޭޕު ކުރިއްޔޭ؟ ބަނޑުވެސް ބޮޑޭ؟” އެލީޝާ ފެނުމުން އަނާޝާއަށް އެހުނީ ފުރަތަމަވެސް އެހެންނެވެ.
“ޔެސް.. އެކަމަކު ސުވާލަކީ.. ކާކު ބޭބީއެއް ބާއޭ އެއީ. ރޭގަ ކަމަށްވަނީ އެކުއްޖާ ރޭޕު ކުރީ. އެކަމަކު އެކުއްޖާ ބަނޑުބޮޑުވެ، 4 މަސް ވެފަ ހުރީ” އެލީޝާ ބުންޏެވެ. ކައިރީގައި އިން ޔޫހާންގެ ސިކުނޑި ދިޔައީ އެކަމާ ހުރެ ހަލަބޮލިވަމުންނެވެ. ކައިނިމުމުން ޔޫހާން ރިލްވާންއާއި އެކު އެބައަންނަން ކަމަށް ބުނެ އެލީޝާ ގޭގައި ބަހައްޓާފައި ދިޔައެވެ.
“އޭ އެ ރޭޕު ކުރިއްޔޭ އެކިޔާ ކުއްޖާއަކީ އެއްކަލައިރު ކައެ ހިޓް އޮފް ކުރި މަންޖެ ދޯ؟” ރިލްވާންއަށް ޔޫހާން ފެނުމާއި އެކުއެހުނެވެ.
“ބްރޯ ހެޔޮނުވާނެ ތިހެން ނުކިޔަބަލަ! އޭނަ ބަނޑުބޮޑު ކަމަށްވަނީ. ބަނޑަށް 4 މަސް. އަހަރެން އޭނަ ކަން ކުރީ 5 މަސްކުރިން. ބްރޯ.. ވަޓް އިފް ދެޓް ވޯސް މައިން؟؟؟” ޔޫހާންއަށް އެހުނެެވެ. އޭނާގެ މޫނުމަތިންވެސް ދިޔައީ ހާސްވެފައިވީ ވަރު އެނގެމުންނެވެ.
“ދެއާރ އިސް އަ ޕޮސިބިލިޓީ..” ނުބުނަން ހުރެފައި ރިލްވާން ބުނެލިއެވެ. ޔޫހާން ބޮލުގެ އިސްތަށިގަނޑުގައި ހިފައިދަމައިގަތެވެ. “ދެން ވަޓް ދި ހެލް އިސް ގޮނަ ހެޕެން؟؟”
“އަމް، ހާރ ޕޭރެންޓްސް ވިލް ސިއު ޔޫ. ޑަކްޓަރީ ލައިސެންސް ގެއްލުން ހައި، އެލީޝާ ގެއްލޭނެ. ދެން-”
“ހޫމް އޯކޭ!” ރިލްވާންގެ ވާހަކަހުރި ގޮތުން ޔޫހާން ގާތަށް ރުޅިއައެވެ. އިތުރަށް އެއްޗެއް ބުނަން ނުކެރުމުން ޔޫހާންގެ ކޮނޑުގައި ރިލްވާން ޖަހާލިއެވެ.
“ސާރ.. ދި ރިސަލްޓްސް އާރ އައުޓް…” ކޭސްގައި މަސައްކަތް ކުރަމުން އައި އަންހެން ކުއްޖާ ހައިކާ ބުނެލިއެވެ. އެކޭސްގެ “އިންޗާރޖް” ގައި ހުރި ހަލީމް އޭގައި ހިފިއެވެ. އޭގެން ލިބުނު ނަތީޖާއިން ހަލީމްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.
“އަވަހަށް ގުޅާ އޮފިސަރ ޒޫކްއަށް. ހުރިހާ ފްލައިޓްތަށްވެސް ބަނދުކުރޭ!” ހަލީމް ބުންޏެވެ. އޭރު އޭނާގެ މޫނުމަތިން ދިޔައީ ރުޅިވެރިކަން އޭގެ އިންތިހާއަށް ފެންނަމުންނެވެ.
3 ގަޑި އިރު ފަހުން މިޝްއަލް ހޭއެރިއެވެ. ސައިކޮލޮޖިކަލް ޓްރީޓްމެންޓްއަށް ފަހު ބެލެނިވެރިން ވެއްދުމަށް އެލީޝާ އެދުނެވެ. މަންމަމެނެގެ ހިތާމަ ފެނުމުން ޕޭޝަންޓް މާބޯޑަށް “ޓްރައުމަޓައިޒް” ވެދާނެކަމަށް އެލީޝާއަށް ގަބޫލުކުރެވޭތީއެވެ.
“އައްސަލާމު އަލައިކުމް” މިޝްއަލް އޮތް ކޮޓަރި ތެރޭގެ ހަމަހިމޭންކަން ފިލުވައިދެމުން ދިޔައީ މިޝްއަލްގެ ހަށިގަނޑަށް ގުޅުވާފައިވީ މެޝިނު ތަކުގެ އަޑުންނެވެ. ފޮތަކާއި ގަލަމަކާއި ހިފައިގެން އަހިސް އެލީޝާ މިޝްއަލް ގާތުގައި އިށީނެވެ. މަޑުމަޑުން މިޝްއަލް މޫނު އަނބުރާލިއެވެ. އެލީޝާއާއި ދިމާލަށް ބަލައިލިއެވެ.
“ތިއައީ އަހަރެންނަށް މަލާމަތް ކުރަންތަ؟ މިވާހަކަ ޙަބަރުތަކަށް ފަތުރަން އިތުރު ޙަބަރު ހޯދަންތަ؟” ހިތްގައިމު އަޑެކެވެ. ނަމަވެސް އެއަޑުގައި ސިއްރުކުރުވި ހިތާމައެއް ވިއެވެ.
“ނޫނޭ. އައިމް އެލީޝާ. އައިމްއަ ސައިކޭޓްރިސްޓް. މިޝްއަލްއަށް ސައިކޮލޮޖިކަލް ޓްރީޓްމެންޓް މިދުވަސްކޮޅު އެބަވަރަށް ބޭނުންވޭ. އަޅުގަނޑުމެން ދެމީހުންގެ ދެމެދުގައިދެކެވޭ އެއްވެސް ވާހަކައެއް މިހިރަ ދޮރުން ބޭރަކަށް ނުނިކުންނާނެ” އެލީޝާ ބުނެލިއެވެ. ބިރުގަންފައި އޮތް މިޝްއަލްގެ މޫނުމަތިން ހަމަ ހަމަޖެހުމުގެ ކުލަވަރުތަށް ފެންނި ވާހަކަ ދެކެވެން ފެށީ އެލީޝާގެ ހިތްހެޔޮކަން ފެނުމުންނެވެ.
“ދިސް ވޯސް އޯލް މައި ފޯލްޓް… އަހަރެންނަށް މިއަދު މި ލިބުނީ އަހަރެންނަށް ހައްގު އަދަބު. އަހަރެން.. އަހަރެންގެ ބޯއިފްރެންޑްއާއި ޗީޓު ކުރީ. އެހެން މީހެއްގެ ދަރިއަކަށް ނަހަލާލަށް ބަލިވެ އިނީ.. އައި ޑިސާރވްޑް ދިސް.” މިޝްއަލްގެ ދެލޮލުން ކަރުނަ ހިލުނެވެ.
“އަހަރެންނަށް މީޓް ވީ ނިއު ބޯއިއަކާ. އޭނާއާއި އެކު އަހަރެންނަށް ކުރަން ނުޖެހޭ ކަންކަން ވެސް ކުރެވުނީ….”
“ދެޓްސް ނޮޓް ޔުއާރ ފޯލްޓް. ކާކުތަ އެހެން ހެދީ. ޔުއާރ ބޯއިފްރެންޑް؟” އެލީޝާއެއްސެވެ.
“ޔެސް…… ހިސް ނޭމް އިސް….”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.







Haadha curious koh thi nimmaalee………
Mi part ves V reethi 👏 👏 👏 👏
When next?
Jazaakallah khairan🥹🫶🏻
In sha allah tmrw
Hi
Mi vaahaka v v reethi ingey.
V interesting
Komme dhuvahakuves inthizaaru kurevey mi vaahakaige new part akah.
Shihaamaa thee doctor ehtha nooni nurse ehtha?
Vaahaka v realistic koh dhaatheeve.
Ok Hama ahaalee.. and waiting for another part.
Jazaakallah khairan
Very happy to hear that🥹❤️
Hehe i’m a doc 🫶🏻
noooo plssss yoohaan ehhh nooooooo 😢
vrh curious
Ya gurrrrl!!!!!
Not yoohaan!!!!!!!
Hehe let’s see dhw kaaku thww hehe
Bro
You just ended the part, which I wanna read very curiously
Waiting impatiently
Lots of luv💗💗💗💗
Hehe jazaakallah khairan
Lots of love from mee too
Stay tuned for ep 20
Kaloaaaa gayaaaa…
Hiyy thelhen fashaifi vaane gotheii neyngingen…
Shaleen bunihn thee doctor eii thr noony nurses eii thr??
Can’t wait for next part ❤️😊
Hehe jazaakallah khairan
Stay tuned for ep 20❤️
I’m a doc hehe 🫶🏻
You are a doc.
Impressive😲
hehehehe
i’m still studying tho 😭