“އަން” ކައިވެނި ޕާރޓީއަށް އަންނަމުން ދިޔަ އެންމެނާ ސަލާމް ކުރަމުން ދިޔަ އެލީޝާއާއި ޔޫހާންއަށް ބަލަން އިން ޝާހާއަތަށް ނޫޑުލިސްތައްޓެއް ދެމުން މައިކަލް ބުނެލިއެވެ.
“ތޭންކްސް” ޝާހާއެތަށީގައި ހިފިއެވެ.
“އެންމެ ފަހުން ޔޫހާންވެސް މެރީކުރީ” މައިކަލްވާހަކަފެށީ ވަރަށް ދުރުދުރުންނެވެ. ޝާހާ ބޯޖަހާލިއެވެ.
“އަހަރެން…. އަހަރެންވެސް ޝާހާދެކެ ވަރަށް ލޯބިވޭ. އަހަރެން ބޭނުން ޝާހާއާއި މެރީ ކުރަން….” މައިކަލް ބުނެލިއެވެ. ޝާހާ މައިކަލްގެ މޫނަށް ބަލައިލިއެވެ. އެވަގުތު މައިކަލްގެ ޖީބުން ނެގީ ރިހި ކުލައިގެ އަނގޮއްޓިއެކެވެ.
“ވިލް ޔޫ މެރީ މީ؟” މައިކަލް ނުކެރިފަކަހަލަ ގޮތަކަށް އެއްސެވެ.
“އަހަރެން މައިކަލްއަށް މެރީކޮއްފާނަން. އެކަމަކު ޝަރުތެއްގެ މަތިން..!”
“ހޫމް ބުނެބަލަ؟” މައިކަލް އެއްވެސް ޙިޔާލެއް ފިކުރެއްނެތި އެއްސެވެ.
“އަހަރެންގެ ޝަރުތަކީ…. އައިމް… އައިމް ނޮޓް އެ ވާރޖިން.. އަހަރެން ދުވަހަކުވެސް މީހަކާ މެރީ ނުކުރަން! މި.. ކައިވެނިން ބޭރުން! އަހަރެން ގުޅުން ހިންގީ އެންމެ މީހަކާއެކީގަ.. ދެން.. އަހަރެންގެ ޝަރުތަކީ އެއީ ކާކުތޯ އަހަރެން ކައިރީވެސް އަހައިގެން ނުވާނެ! އަދި އެއީ ކާކުތޯ ބަލަން އުޅިގެންވެސް ނުވާނެ!” ޝާހާ ފައްޗަކަށް އަމުނާލިއެވެ. މައިކަލް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެެވެ.
“ހެހެ. މިހާރު ބޭނުމެއްވެސް ނޫންދޯ-” “ނޫން.. އަހަރެން ޝާހާދެކެ ވަރަށް ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ. އެލޯއިތްބެއް ދުވަހަކުވެސް ބަދަލެއްނުވާނެ. ޝާހާ ވާރޖިން ނޫނަސް އޯކޭ. ހެޕީ ވެއްޖެ ބުނީމަ. އަހަރެން ޝާހާގެ ޝަރުތާ ގަބޫލު. އެއީ ކާކުތޯ ބަލާކަށް ނޫޅޭނަން. ހަމަ ހުވާ! ދެން.. އަހަރެންނާ މެރީކުރަން އެއްބަސް ވާނަންތަ؟” ޝާހާގެ ވާހަކަ ހުއްޓުވާފައި މައިކަލް ބުނެލިއެވެ. ދެން ނޫނެކޭ ބުނާކަށް ޝާހާއަކަށް ނުކެރުނެވެ. ޔޫހާންވެސް މީހަކާ އިނީ ނޫންހެއްޔެވެ؟ ހަމަ ޝާހާވެސް އިންނަން ވީނުންހެއްޔެވެ؟ މައިކަލްއަށް ހިނިތުންވުމެއްހަދިޔާކޮއްލާފައި ޝާހާ އޭނާގެ އަތްދިއްކޮއްލިއެވެ. މައިކަލް އުފާވެލާފައި ޝާހާ އަތުގައި އަނގޮއްޓި އަޅުވައިދިނެވެ.
“އޭ! މައިކަލް ކަލޭ ދެން މާފޮޅުވާނީ ފަހުން އަންނަންވީ ދެން” ދުރުން އިވުނީ ރިލްވާންގެ އަޑެވެ. ރިލްވާން މައިކަލްގެ އިތުރުން ޖައިޝް އަދި ނާއިލްވެސް ދިޔައީ ޕާރޓީގައި ވޭޓަރު ކަން ކުރަމުންނެވެ. “ލަވް ޔޫ” އޭ ބުނެލާފައި މައިކަލް ދިޔައެވެ. ޝާހާގެ ދެލޯ އަނެއްކާވެސް އެނބުރުނީ ޔޫހާންއާއި ދިމާލަށެވެ.
އެލީޝާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރި ޔޫހާންގެ ތުންފަތްނަތީގައިވީ ހިނިތުންވުމެކެވެ. އެމޫނު ވިދަމުން ދިޔައީ އުފާވެރިކަމުންނެވެ. ޝާހާއަށް ފިނި ނޭވާއެއް ދޫކޮށްލެވުނެވެ. ސިނކުނޑި ހަނދާންކޮއްދެމުން ދިޔައީ މީގެ 8 އަހަރު ކުރީގެ ހަނދާންތަކެވެ. އެންމެ ފަހަރަކުވެސް ޔޫހާން ޝާހާދެކެ ލޯބިވާ ވާހަކައެއްނުބުނެއެވެ. ޝާހާވެސްމެއެވެ. ރައްޓެހިވާހަކަށްވެސް ނާހައެވެ. ނަމަވެސް ދެމީހުން އުޅުނީ އިނދެގެން އުޅޭ މީހުން ހެންނެވެ. ޝާހާގެ ސިކުނޑި ދިޔައީ އެދުވަހުގެ ހަނދާން އާކޮއްދެމުންނެވެ. 2016 ވަނަ އަހަރެވެ. ޔޫހާންއާއި ޝާހާ ދިމާވިތާ ހަފްތާއެއް ދުވަހުގެ ފަހުގެ ހަނދާނެވެ. އެއީ ރޭގަނޑެކެވެ. “ޓީނޭޖް” އުމުރުގެ ރަން ޒަމާނެވެ. އޭރު ޝާހާގެ އުމުރުން 17 އަހަރެވެ. އުމުރުން 21 އަހަރުގެ ޔޫހާންގެ ސަމާލުކަންވެސް އޭރު ހުރީ އަންހެން ކުދިންނާއި އެކު “މަޖާ” ނެގުމުގައެވެ. އެ އަންހެން ކުދިންގެ ލިސްޓުގައި އެންމެ ގިނަދުވަސްވީ ކުއްޖާއަކީވެސް ޝާހާއެވެ. ގިނަ ކުދިން ހަފްތާއެއްހާ ދުވަސްވުމުން ދޫކޮށްލަނީއެވެ.
އެއީ ހޯމަ ވިލޭރޭއެކެވެ. ގަޑިން އޭރު 30 1 ހާއިރެވެެ. ބޯކޮއްދިޔައީ ވިއްސާރަ ވެހެމުންނެވެ. އެއީ ތާރީޙީ ރެޔެކެވެ. އެއީ ޝާހާ ފުރަތަމަ ފަހަރަށް ވަގަށް ދަންވަރު ގެއިން ނުކުން ދުވަހެވެ. ޝާހާ ހުރީ ބިރުންނަމަވެސް އެފިނިފިނި ރޭގައި ޔޫހާންގެ ހަށިގަނޑުން ހޫނުކަން ހޯދުމަށް ޝާހާ ހުރީ ފެންބޮވައިގަންފައެވެ. ޔޫހާންގެ އެދުމަށް ޝާހާ ގެއިން ނުކުތީ 12 ޖެހިތަނާހެންނެވެ. ހަމަހިމޭން ވެފައިވާ ރަށުތެރޭގައި ސަކަރާތް ޖަހަމުން ދެމީހުން ދިޔައެވެ. ދަންވަރުވަގުތަށްވެފައި ވާރޭ ވެހެމުން ދާތީވެ، މަގުމަތިންވެސް މީހަކު ނުފެނެއެވެ.
“ހިނގާބަލަ އެހެރަ ގެޔަށް ވަންނަން!” އަތިރިމަތީގައި ހުރި ފަނުގެޔެއް ފެނި ޔޫހާން ބުނެލިއެވެ. ޝާހާ ވަގުތުން އެއްބަސްވިއެވެ. ވެހެމުން ދިޔަ ބޯވިއްސާރައިގާ ހީގަނެފައި ހުރުމުން ހިޔާވެލަން ޝާހާހުރީ އިންތިހާއަށް ބޭނުންވެފައެވެ. ކުޑަކުޑަ ފަންގެ ވަނީ ހިޔާ ކުރެވިފައެވެ. ގެޔަށް ވަދެވުމާއި އެކު ދެމީހުންގެ ހަށިގަނޑަށް ގޯނާކުރަމުން ދިޔަ ވާރޭގެ ތެތް ފިނި ކަމުން ހިޔާވެވުނެވެ. ޝާހާ ޖީބުގައި އޮތް ވޫލުކޮޅު ނަގާ ބޮލުގައި ހުރި ފެންކޮޅު ފެލާލާފައި ހުޅިއެއްޖަހާލިއެވެ. ޝާހާގެ ދޮން ކަރު ހާމަކޮއްލަމުންނެވެ. ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓު ވަނީ ޝާހާގެ ރީތި ހަށިގަނޑުގައި ހިތްޕާލާފައެވެ. ކުރިމަތީގައި ހުޅުވާފައި އޮތް ފޮތެއްހެން ޔޫހާންގެ ކުރިމަތީގައި ޝާހާގެ ހަށިގަނޑުގެ ވަނާތަށް ވަނީ ކަޝްފުކޮއްލާފައެވެ. ޔޫހާންގެ ހިއްސުތަށް ހޭލަން ފެށިއެވެ. ފިނިވެފައިވީ ހަށިގަނޑަށް ހޫނުކަން ގެންނަން ބޭނުންވިއެވެ. ޝާހާގެ ހަށިގަނޑާކައިރިވެވުނެވެ. ޔޫހާންގެ ކޮންމެ ބީހިލުމަކަށް ޝާހާއަށް ދިޔައީ އުފަލުން މަރްހަބާ ކިޔެމުންނެވެ.
“ދެން ހިނގާގެޔަށް ދާން؟ މިހާރު ނޭނގެ ފަތިސް ނުވާކަމެއް. މަންމަ ހޭލާނެ 4 ޖަހާއިރު. ދެން ވަރަށް އުނދަގޫވާނެ ގެޔަށް ވަންނަންވެސް” ޝާހާގެ ގައިމަތީގައި އޮތް ޔޫހާން ދުރުކޮށްލަމުން ޝާހާ ބުނެލިއެވެ. އޭރު ވިއްސާރަ ނުވެހޭ ނަމަވެސް ފަޒާގައި ހިފާލާފައިވީ ތެތްފިނިކަމެވެ. ނަމަވެސް އެ ފިނިކަމުން އެއިން އެކަކަށްވެސް އުނދަގޫވާނެހެންނެއް ހިޔެއްނުވެއެވެ. ދެމީހުންގެ ހަށިގަނޑުގައި ބަބުޅަމުން ދިޔަ ދާތިކިތަށް އެކަން ދޭހަކޮއްދެއެވެ.
“ބިރުންތަ ތިހުރީ؟ ތަނަކަށް ތަދުވަނީތަ؟” ބިންމަތީގައި އޮތް ޖީންސް ގަޔަށް ހެޔޮވަރުކޮއްލި އިރު ޝާހާގެ އަތް ތުރުތުރު އަޅާކަން ފާހަގަވުމުން ޔޫހާންއަށް އަހައިލެވުނެވެ.
“އުހޫން. ބިރެއްނުނަގޭ. އެކަމަކު ތަދުވޭ އެބަ ހުރިހާތާކަށްވެސް! ހެހެ މައި ފަސްޓް” ބޯކަހާލާފައި ޝާހާ ބުންޏެވެ.
“ވޯހް. ދޭސޭ އަންހެން ކުއްޖެއްގެ ފަސްޓް ޓައިމް ލިބޭނީ ވަރަށް ނަސީބުގަދަ ފިރިހެނަކަށޭ؟ އަހަރެން ހާދަ ނަސީބުގަދައޭ ދޯ” ޔޫހާން އެއްލޯ މަރާލިއެވެ.
އެއީ ފެށުމެވެ. އެދުވަހަށް ފަހު ކިތަންމެ ދުވަހަކު ޝާހާއާއި ޔޫހާން ބައްދަލު ކުރެއެވެ. ދަންވަރު ޝާހާމެން ގެޔަށް ދާލެއްވެސް މަދެއްނޫނެވެ. އެގުޅުން ހީނަރުވެ، ދިމާވެވޭލެއް މަދުވީ ޔޫހާންގެ ހަޔާތަށް އެލީޝާއައުމުންނެވެ. އެއީ މީގެ 2 އަހަރު ކުރިއެވެ. 2022 ވަނަ އަހަރެވެ. ޔޫހާންއާއި އެލީޝާގެ ގުޅުމަށް 2 އަހަރުވީ އިރުވެސް އެގުޅުން ދިޔައީ ކުރިޔަށް ދަމުންނެވެ. ނަމަވެސް ޝާހާ ބޭނުންވާވަރަކަށް ވަގުތެއްނުދެވެއެވެ. ޝާހާ މައިކަލްއާއި ގުޅުނު ސަބަބަކީއެއީއެވެ.
އެޙިޔާލުގައި ހުރި ޝާހާގެ ލޮލުން ނިރާލީ ކަރުނަތިއްކެކެވެ. އާއެކެވެ. އަމިއްލަ ނަފްސު ޝާހާއަށް އޮޅުނީއެވެ. އިހުސާސްތަށް ދެނެގަންނަން ޝާހާއަށް ނޭނގުނީއެވެ. ޔޫހާންދެކެ ޝާހާއަށް ވެވުނީ ލޯބިކަން މިއެނގުނީއަދި ކިރިޔާއެވެ. ޔޫހާންގެ މަގަތުގައި އެހެން އަންހެން ކުއްޖަކު ހުރުމުންނެވެ. ޔޫހާންގެ ހަޔާތުގެ ފޮތުން ޝާހާގެ ބާބު މިހާރު މިނިމުނީއެވެ. ޝާހާވެސް ދެން އާބާބެއް ފަށާނީއެވެ. ކަރުނަ ފުހެލާފައި ޝާހާ ހިނިތުންވެލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Oh! Good Shaha excepted maikal!!!!!
Finally somebody thought of moving away from yoohaan’s life
Ehehheheheheh
Varah reethi!!!!
Hama first place
Ehaaves furihama
When next?
jazaakallah khairan, vrhhh happy vejje thihn bunelyma
hehe dhww
in sha allah tmrw
Yes V reethi
jazaakallah khairan
wowww shahaa ah visnihje happy to here that … finally
vrh reethi when next??
jazaakallah khairan
in sha allah tmrw
Maashaa Allah mi part vx varah varah reethi…
jazaakallah khairan