“ޔަޝް ކީއްވެ؟ ވީ އަބަދުވެސް އުންމީދު ކުރިން ކޮންމެވެސް ދުވަހަކު ޔަޝް ވީއާއި ޔަޝޫ ގާތަށް އަންނާނޭ ކަމަށް. އެކަމަކު.. ޔަޝް ތިދިޔައީ ޔަޝޫގެ ލޮލަށް ފެނިވެސް ނުލާ…” ރޮމުން ރޮމުން މާވީ ވާހަކަ ދެއްކިއެވެ. އެތެރެއިން އިވެމުން ދިޔަ މާވީގެ ރުއިމުގެ އަޑުން ކައިލްގެ ހިތުގައިވެސް ދިޔައީ ވޭން އަޅަމުންނެވެ. ކުޑަ ކުޑަ ޔަޝާ ވެސް މަންމަ ރޯއަޑު އިވޭތީ ރޮވެމުން ދިޔައެވެ. ވީނުވީ އެ ކުޑަ ކުޑަ ސިކުނޑިއަށް ނުވިސްނުނު ނަމަވެސްމެއެވެ.
މެންދުރު ނަމާދަށް ފަހު ޔަޝްއަލްއާއި ޒެވިއަންގެ ކަށު ނަމާދު ކުރެވި، ވަޅުލެވުނެވެ. އެންމެންވެސް ސަހަރާއިން ނިކުތީ ހިތާމަވެރި ކަމުގެ ސާލެއް އޮޅާލައިގެންނެވެ.
ގެއަށް ވައިން މާވީގެ ކޮނޑުގައި ބޯއަޅާލައިގެން އޮތް ޔަޝާއަށް އޮތީ ނިދިފައެވެ. އެއްވެސް އިހުސާސްއެއް ނެތް ގޮތަށް ހިނގަމުން ދިޔަ މާވީ ކައްސާލީ ކޮންމެވެސް އެއްޗަކަށް އެރުމުންނެވެ. ބިންމަތީގައި އޮތް ސިޓީ އުރަ ފެނި ކޮންމެވެސް ވަރަކަށް މާވީ ހައިރާން ވިއެވެ.
ޔަޝާ އެނދުމަތީގައި ބާއްވާލާފައި މާވީ އަހިސް އެސިޓީ ނެގިއެވެ. ސިޓީ އުރައިގައި “ފްރޮމް ޔަޝްއަލް” ޖަހާލާފައި ވުމުން މާވީގެ ހަށިގަނޑުގައި ރޫރޫ އަޅާލިއެވެ.
“ލޯބިވާ ވީއަށް
ވީ.. އައިމް ވެރީ ސޮރީ. އިނގޭ ޔަޝްއަކަށް ވީގެ މާފް ހައްގެއް ނޫންކަން. އެކަމަކުވެސް ޔަޝް މަޢާފަށް އެދެން ބޭނުން. ވީ.. ޔަޝްގެ މިކުޑަކުޑަ ދިރިއުޅުމުގައި ހަމަ އެކަނި ލޯބިވީ ފަރާތަކީ ވީ.. އުމުރު ދުވަހުވެސް ޔަޝް ލޯބިވާނީ ވީދެކެ އެކަނި..
ވީ އަސްލު ވަރަށް ފޫހިވާނެދޯ މިހާރު ޔަޝްދެކެ. އައިމް ސޯ ސޮރީ. ޔަޝް ވަރަށް ބޭނުންވީ އަހަރެމެންގެ ދަރިފުޅު ދެކިލަންވެސް. އެކަމަކު. އެނަސީބެއް ޔަޝްއަކަށް ނުލިބުން. ޔަޝްއަށް މަޖުބޫރުވީ. އެހެންވިޔަސް މިސިޓީގައި ވީއަށް ޔަޝް ހުރިހާ ވާހަކައެއް ކިޔައިދޭނަން
ވީއަށްވެސް އެނގޭނެ ކަންނޭނގެ ޒެވިއަންގެ ބައްޕަގެ މަރުގެ ކޭސް. އެއީ މިރަށުގައި އޮތް އެންމެ ބޮޑު ކޭސްދޯ އަސްލު. އެކޭސްގައި %50 ގެ ރޯލް ކުޅުނީ ޔަޝްގެ ބޭބެ. ޔަޝްގެ ބައްޕަ އެހެން މީހެއްގެ ދަރިޔަކާއި އެކު ލިބުނު ކުއްޖެއް. ޔެސް އަލާޔާ އަކީ ޔަޝްގެ ނީސް. ޔަލާންއަކީ ޔަޝްގެ ނެފިއު. ދެން ލިލިއާ. ލިލިއާ އެއީ ޔަޝްގެ އެބޭބެގެ ދަރިފުޅު.
ޔަޝް މިދުނިޔެއަށް އުފަން ކުރުމުގެ މައިގަނޑު ސަބަބަކަށް ވެސްވީ ބައްޕަގެ ބަދަލު ހިފުން. ޔަޝްގެ މަންމައާއި ބައްޕަ ދިމާވީ ޖަލުގެ ތެރެއިން. ނަހަލާލު ގޮތުގައި ޔަޝް މިދުނިޔެއަށް އުފަން ކުރީ.. ބައްޕަ ޖަލުން ނުކުމެ ޔަޝްއަށް މަޖުބޫރު ކުރުވީ ވީ ގާތުން ދުރަށް ދާން. ޔަޝާ ދެކިލަން ދިޔައީ ވިއްޔާ ޔަޝާއާއި މާވީ މަރާލާނެ ކަމަށް ޔަޝްއަށް ބްލެކްމެއިލް ކުރީ. ޔަޝް ނުހާއަށް ކައިވެނި ކުރުމުގެ ފަހަތުގައިވެސްވީ ޔަޝްގެ ބައްޕަ. ވީ.. މިހުރިހާ ކަމަކީވެސް ޔަޝްގެ ބައްޕަގެ ރޭވުން.
ފަހު ފަހަރަށް ޔަޝް ވީގާތުގައި ކަމަކު މިކިޔަނީ. މީގައި އޮންނާނެ ޕެންއެއް. އެޕެން ފުލުހުންނަށް ހަވާލު ކޮއްލަދީ. ދެން ބޭނުމެއްނޫން މިކަން ސިއްރު ކުރާކަށް. ޔަޝް ބޭނުމީ ޔަޝްގެ މަންމައަދި ބައްޕައަށްވެސް އަދަބު ލިބެން.
ޔަޝްދެކެ ލޯބިވަންޏާމުން ދެން ވީ އެހެން ކައިވެންޏެއް ކުރޭ އިނގޭ؟ ޔަޝާއާއި އެކު އުފާވެރި ދިރިއުޅުމެއް ވީއުޅެން ޔަޝް ވަރަށް ބޭނުން. ޔަޝް އުންމީދު ކުރަން އެދުވަސް އަންނާނެ ކަމަށް. ޔަޝްގެ ފޮޓޯ ޔަޝާއަށް ދައްކާނެ ކަމަށް އުންމީދު ކުރަން..
އަބަދުވެސް ވީދެކެ، އަދި ޔަޝާދެކެވެސް ލޯބިވާ،
ޔަޝްއަލް.”
“ޔަޝް ކީއްވެ؟ ކީއްވެ ވީގާތުގައި ނުބުނީ؟ ކީއްވެ އެކަނި ސަފާރް ކުރީ؟” މާވީ ރޮމުން އިނދެ އަމިއްލަ ނަފްސަށް ވާހަކަ ދެއްކިއެވެ. “ޑޯންޓް ވޮރީ. ވީ ޔަޝްގެ ވަސިއްޔަތް ފުރިހަމަ ކޮއްދޭނަން” ކަރުނަތައް ފުހެލާފައި މާވީ ބުންޏެވެ.
***3 ހަފްތާ ފަސް***
ކޯޓުގައި މައްސަލަ ބެލި އަރޫޝާއަށް 6 އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވުނެވެ. ޔަޝްއަލްއަށް ގެވެށި އަނިޔާ ކުރިކަމަށާއި، ލުބައިނާ މަރާލުމާއި އާދިލް މަރާލިކަމަށާއި، މާޝާ މަރާލަން އުޅުނު ކަމަށް އަދި ހަނދާނެ ނެތޭފަދަ ބޭހެއް މާޝާގެ އަށް ދިން ކަން މާޝާގެ ރިޕޯޓް ތަކުން ސާބިތުވުމުން، އަހުމަދަށް އިއްވުނީ މަރުގެ ހުކުމެވެ. ކޯޓުން ނިކުން އިރު އެންމެންގެ ތުންފަތުގައިވެސް ހުރީ ހަމަޖެހުމުގެ ހިނިތުންވުމެކެވެ.
“ޔޫ އޯކޭ؟” ޔަޝާ ގޮވައިގެން ކޯޓު ކައިރީ ހުރި މާވީ ގާތުގައި ހުއްޓިފައި ލިލިއާ އެއްސެވެ. ލިލިއާ ހީލާފައި ބޯޖަހާލިއެވެ. އެވަގުތު ކަޔާންއާއި ނިމްރާ އަދި އަލަކާ ގޮވައިގެންއައެވެ. އަލަކާ ގާތުގައި އަލާޔާއާއި ލުބާންވެސް ހުއްޓެވެ.
“ވީ. މިއީ އަހުމަދުގެ އަންހެން ދަރިފުޅު. މިއީ ޔަޝްއަލްގެ ދޮންތަ. އަލޫ. މިއީ އަލޫކްގެ ދަރިފުޅު ލިލިއާ” ކަޔާން ތަޢާރަފް ކޮއްލަދިނެވެ. އަލަކާ ހިނިތުންވެލާފައި ދެކުދިންގެ ހަށިގަނޑުގައިވެސް ބައްދާލިއެވެ.
“ޔަޝާ ވަރަށް ލޯބި. ކީކޭތަ ކުރުކޮށް ކިޔަނީ؟” ޔަޝާ އުރާލާފައި މާވީ ގާތުގައި އަލަކާ އެއްސެވެ. “ޔަޝޫ” މާވީ ހީލާފައި ބުންޏެވެ. “އެހެންތަ. ވަރަށް ލޯބި. މާވީދެން ޔަޝާ ގޮވައިގެން ދައްތަމެން ގެއަށް ޗޭންޖް ވާންވީނުން. ލިއާވެސް.. މިހާރުދެން މިއީވެސް އާއިލާ” ހީލާފައި އަލަކާ ބުންޏެވެ. މާވީ ހިނިތުންވެލިއެވެ.
***
ޔަޝްއަލްއާއި އެކު ކުރެވުނު ޒުވާބައް ފަހު ޒެވިއަން ދިޔައީ ސިނގިރޭޓަކަށް ފަހު ސިނގިރޭޓެއް ހުސްކުރަމުންނެވެ. އެމަންޒަރު ބަލަން ދުރުގައި ލިލިއާ ހުރެފައި އެންމެ ފަހުން ޒެވިއަން ގާތުގައި ހުއްޓުނެވެ. އަދި ޒެވިއަން އަތުގައި އޮތް ސިނގިރޭޓު ނަގާ ބިންމައްޗަށް ހޫރުވާލިއެވެ.
“ކަލޭ މޮޔަވީތަ؟” ރުޅި އަހިސްފައި ހުރެ ޒެވިއަން އެއްސެވެ. “އައި ގެޓް ޔޫ އާރް މޭޑް. އެކަމަކު ރުޅި އަހިސްގެން މިކަން ހައްލުވޭތަ؟” ލިލިއާ ސުވާލު ކޮއްލިއެވެ. “ދެން؟ ކަލޭ މަށަށް މިކަން ކޮއްދޭނީތަ؟” ޒެވިއަން ސުވާލު ކޮއްލިއެވެ. ލިލިއާ ބޯޖަހާލިއެވެ. “ޔަޝްއަލްއާއި ބެހޭގޮތުން ޒެވިއަންއަށް ނޭނގުނު ކިތަންމެ އެއްޗެއް ލިއާއަށް އެނގޭ” ލިލިއާ ބުންޏެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Maasha Allah mi prt vx vrh reethi
Wait whatt????
Xevv?? Is??? Alive?? Am I right shiherr
Im in a big confusion rn
I don’t even know what to say
Laaya n aizin n miky n mimi ge prt akah vrh inthizaaru kurevey
Curiously Curiously waiting
Whn nxt???
Tc… Lysm Shiher 💜💜💜
Thnks miadhu 2 prts kiyaalan dhinyma 💜💜💜💜💜💜💜
jazaakallah khairan dear
hehe thi confusion clear vaane next ep kiyaalyma hehe
e myhun parts annaane vrh avahah stay tuned
welcome dear, in sha allah tmrw vhk nimeyne..
maadhamaa vess geness dheynan 2 episodes.. mihr 2 episodes iny vess vrh nimen.. maadhamaa vhk nimi, season 3 ge trailer kiyaalan libeyne
stay tuned ilyyttt
What kinda suprise awaited for me after returning from prac???
Bruuhhh xev😭😭😭😭😭😭😭😭 whyy???.. N yashall😭😭😞
Tmrw last part?? Oh God is it gonna be a sad ending leaving noo all alone😔
Waiting curiously
😭😭😭😭
Jazaakallah khairannn
Vrhh reethiii
Ekm shihaa thi rohvaaly aana..😭Keehve tha sad ending eh..xev maruvyyy..dhn neynge s3 vaane gthvsss..ehnme cute koh ulhey couple n aana ge fav couple ah ehn evyyy.nuu haadha dhera vaaney.😭😭Nuu ekanyeh nun aana vss. next part maadhama mng 10 haairu kiyaalan libeyne tha.?ly❤️
Jazaakallah khairan❤️❤️
Hehe balamaa dhw next season will be better maybe👀