Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޒެވިއަން 47

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
June 18, 2025 3 Mins Read
4 Comments

އެމަންޒަރު ބަލަން ހުރި ޒެވިއަންގެ މޫނުމަތީގައި އެއްވެސް އިހުސާސްއެއް ނެތެވެ. “ހަނދާން ކުރާތި. އަހަރެން ޖަނަވާރަކަށް ހެދި މީހަކީތީ. ނޫއަށް ކީއްވެ އެހެން ހެދީ؟ ކޮބާތަ ނޫގެ ކުށަކީ؟” ޒެވިއަން މަޑު ރާގެއްގައި ބުންޏެވެ. ދެން ޒެވިއަންގެ ދެލޮލުގެ ނަޒަރު ހުއްޓާލީ ގާތުގައި ހުރި ނިކަ ގަހަށެވެ.

ގަހުގައި ހުރި އަޅޯތަކަށް ބަލާލާފައި ޒެވިއަން ހިނގައިގަތީ އެދިމާލަށެވެ. ގަހުގައި ހުރި އަޅޯގައި އަތް ޖައްސާލަމުން ޒެވިއަން ހިތި ގޮތަކަށް ހިނިތުންވެލިއެވެ. “ދެން ނޫވެސް މަށެއް ބޭނުމެއް ނުވާނެ” އޭރު ޔަޝްއަލްގެ އަޑު އެކީހެން ކެނޑިއްޖެއެވެ.

ހެނދުނުގެ ވަގުތެވެ. އާދައިގެ މަތިން މިއަދުވެސް އަރޫޝާ ނުކުތީ ގޭތެރެ ކުނިކެހުމަށެވެ. އަރޫޝާއަށް އަތް ގާތް ކޮއްލަދިނުމަށް ނުހާވެސް ހުއްޓެވެ. އެވަގުތު ހެޔޮވަރު ސްޕީޑްއެއްގައި ދުއްވާފައި 2 ޕޮލިސް ކާރު ހުއްޓާލީ އެގޭ ކުރިމަތީގައެވެ. ކާރުން ފޭބި 6 ފުލުހުން ތެރެއިން 3 މީހުން ގޭތެރެއަށް ވައިން އިރު ދެން ތިބި ތިން މީހުން އަހިސް އަރޫޝާ އަދި ނުހާ ގާތުގައި ހުއްޓުނެވެ.

“ބައްލަވާ ކިހިނެތްތޯ މިވަނީ؟” އަރޫޝާ ފާޑަކަށް ރުޅި އަހިސްފާ އެއްސެވެ. އެސުވާލުގެ ޖަވާބަށް ފުލުސް މީހާ ދައްކާލީ ކޯޓު އަމުރެވެ. “ގެވެށިއަނިޔާގެ ކުށަށް އަދި، އައިޝަތް ލުބައިނާ އާދިލްގެ މަރަށް އަދި އާދިލް އަލީގެ މަރަށް އަދި މާޝާ ރިޒްމީން ރަހީނުކޮއް މަރާލުމަށް މަސައްކަތް ކުރުމުގެ ކުށުގައި އަހުމަދު އަޅުގަނޑުމެންނާއި އެކު ޕޮލިސް ސްޓޭޝަންއަށް ގެންދަވަން ޖެހޭ ވާހަކަ ބުނަން. އަޅުގަނޑުމެނަށް އަހުމަދުގެ ލޮކޭޝަން ދެއްވާ..” ޝިމާން ބުންޏެވެ.

“ގޭގެ އެންމެ އެކޮޅުގައި އިންނާނެ ކޮޓަރިއެއް. އެކޮޓަރީގައި..” އަރޫޝާ ބުންޏެވެ. ރިޔާޝް އެތެރެއަށް ވައިން ޓީމްއަށް އޭތި ނޮޓިފައި ކޮއްލިއެވެ. “ފާތިމަތް އަރޫޝާ. ރިޝްވަތު ދިނުމާއި ހިފުމުގެ ހުކުމަށް އަރޫޝާއަށް ހުކުމް ކުރެވޭ. އަޅުގަނޑުމެންނާއި އެކު ދުރުވެލެއްވުން އެދެން”

އަރޫޝާގެ ޖަވާބު ލިބުމުން އަތުގައި އޮތް ކޯޓު އަމުރު ދައްކާލަމުން ޝިމާން ބުންޏެވެ. އެއާއި އެކު ޝިމާންގެ އިޝާރާތާއި އެކު ރިޔާޝްގެ ދެފަރާތުގައި ތިބިދެ އަންހެން ފުލުހުން އަރޫޝާގެ އަތުގައި ބިޑިއެޅުވިއެވެ.

ހުރިހާ މަންޒަރެއް ބަލަން ހުރި ނުހާ ހުރީ ބިރުގަންފައެވެ. ވަނީ ކީއްކަން ނޭނގޭތީއެވެ. ނުހާގެ ހިތް ދިޔައީ ބިރުވެރި ގޮތަކަށް ތެޅެމުންނެވެ. “ތިއީ ޔަޝްއަލްގެ ކާކުތޯ؟” ބިރުން ހުރި ނުހާއާއި ދިމާލަށް ބަލާލަމުން ޝިމާން އެއްސެވެ. “ޔަޝްއަލްގެ އަންހެނުން.” ނުހާ ބިރުން ހުރެ ބުންޏެވެ. “ރޭގެ ވަގުތުގައި ޔަޝްއަލް ވަނީ އިހާނަތި ގޮތުގައި މަރާލާފައި..”

ނުހާއަށް އަނގަމަތީގައި އަތްއެޅުނު އިރު، އަރޫޝާ ރޯންފެށިއެވެ. “ނޫން. ނުވާނެ ޔަޝްއަލް މަރެއް ނުވާނޭ!” އަރޫޝާ ރޮމުން ބުނަމުން ދިޔައެވެ. އަރޫޝާ ކާރަށް އެރުވުމުން ކާރު ދުއްވާލިއެވެ.

ކުޑަ ހިނދުކޮޅެއްތެރޭގައި އަހުމަދު ގޮވައިގެންވެސް އޭރު ވައިން ފުލުހުން ދިޔައެވެ. އޭރު މަގުމައްޗައް މީހުންތައް އެއްވަމުން ދިޔައެވެ. ނުހާއަށް ދުއްވައިގަނެވުނީ އޭނާގެ ގެއަށެވެ. ނުހާއަށް ގެއާއި ހަމައަށް ފޯރުނު އިރު ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. ނުހާއަށް ގޭދޮރާށި ކުރިމައްޗަށް އެރެވުނީ ނިމްރާއާއި ކަޔާންވެސް ނިކުން ވަގުތެވެ.

“މަންމާ…” ނިމްރާ ފެނުމުން ނުހާއަށް ރޮއެގަނެވުނެވެ. ނިމްރާ ނުހާގެ ހަށިގަނޑުގައި ލޯބިން ބައްދާލިއެވެ. “މަންމާ.. ކިހިނެތްތަ މިވަނީ؟ ނޫ ބިރުގަންނަނީ…” ނުހާ ބިރުން ބުންޏެވެ. “ދަރިފުޅަކަށް ނޭނގޭތަ؟” ނުހާގެ ޖަވާބާއި އެކު ކަޔާންއަށް އެހުނެވެ.

“ޔަޝްއަލް…؟ ނިޔާވީ…؟ އެއީ ނޫއަށް އެނގޭ ވަރަކީ… އެކަމަކު…” ނުހާއަށް ބުނެވުނެވެ. “ޔަޝްއަލް އެކަންޏެއް ނޫން.. ޒެވިއަންވެސް..” ނުހާގެ ޖުމްލަ ފުރިހަމަ ކޮއްދިނީ ނިމްރާއެވެ. ނުހާގެ ދެލޯ ބޮޑުވީއިރު، މޭގައި އަތް އަޅާލެވުނެވެ. “ޒެވް… ޒެވް… މަރުވީތަ؟” ނުހާއަށް އަހާލެވުނީ ގަބޫލު ނުކުރެވިގެންނެވެ.

އެކަން އެހެންވާންވީ ކީއްވެގެން ހެއްޔެވެ؟ “މަންމާ.. މަންމާ.. ނޫ ބޭނުން ޒެވް ދެކިލަން.. ޕްލީޒް ނޫބޭނުން ޒެވް ދެކިލަން..” ނުހާ ރޯން ފަށާފައި ބުންޏެވެ. “ޔަޝްއަލް…؟” ކަޔާން ހައިރާންވެފައި އެއްސެވެ. ޒެވިއަން ދެކެ ލޯބިނުވާ ކަމަށް ބުނެފައި ޔަޝްއަލްއަށް ކައިވެނިކޮށް ޔަޝްއަލް މަރުވުމުން، ޒެވިއަންގެ ހަށިގަނޑު ދެކިލަން ދިޔުމަށް ނުހާ ބޭނުންވީ ސަބަބެއް އެއްގޮތަކަށްވެސް ކަޔާން އަދި ނިމްރާ އަކަށްވެސް ނޭނގުނެވެ.

“ބޭނުމެއްނޫން ޔަޝްއަލްގެ މޫނު ދެކޭކަށް.. މަންމާ.. ނޫގެ ޒެވް…” ނުހާ ރޮމުން އާދޭސް ކުރަން ފެށިއެވެ. ސުވާލު ތަކެއްވީ ނަމަވެސް ނުހާ ގޮވައިގެން ނިމްރާއާއި ކަޔާން ދިޔައީ ހޮސްޕިޓަލަށެވެ.

ހުދުކުލައިގެ ފޮތިގަނޑުން ހަށިގަނޑު ވަންހަނާ ކޮއްލައިގެން އޮތް ޒެވިއަން ފެނި ނުހާގެ ފިޔަވަޅުތައް މަޑުވެ، ހަށިގަނޑުގައިވީ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. ނުހާ ލަސް ހިނގުމުގައި ގޮސް ޒެވިއަން މޭމަތީގައި އަތް ޖައްސާލިއެވެ. އަބަދުމެ ކުރެވުނު ހިތުވިންދުގެ އިހްސާސް ނުކުރެވުމުން ނުހާގެ ދެލޯ ކަރުނުން ފުރި ބާރުވިއެވެ.

“ޒެވް.. މިތާ ކީއްވެތިއޮތީ.. ހޭލަބާ.. ޕްލީޒް. ޒެވް ބުނީމެއްނުން ދުވަހަކުވެސް ނޫ ދޫކޮށްލާފަ ނުދާނަމޭ؟ ދެން ކީއްވެ ޒެވް ނޫ ނުލައި ތިދިޔައީ؟ ކިހިނެތް ޒެވް ނޫއާއި ނުލާ އުޅޭނީ؟ އަޅެ ހެޔޮނުވާނެ ޕްލީޒް ހޭލަބާ. އައި ކާންޓް ލިވް ވިތްއައުޓް ޔޫ” ޒެވިއަންގެ މޭގައި ބޯއަޅައިގެން އޮވެ ނުހާ ރޮމުން ވާހަކަ ދެއްކިއެވެ.

ކުޑަކުޑަ ޔަޝާ ގޮވައިގެން ހޮސްޕިޓަލަށް ވައިން މާވީގެ ދެލޮލުގައި ކަރުނައިގެ މުތީތަށް ބަބުޅަމުން ދިޔައެވެ. ޔަޝްއަލް އޮތް ކޮޓަރި ދޮރުމަތީގައި ކައިލް ހުރީ މާވީ އަންނާނެކަން އެނގޭތީއެވެ. “ޔަޝް…؟” މާވީއަށް އަހާލެވުނީ ޔަގީން ކޮއްލުމަށެވެ. ކައިލް އިސްޖަހާލާފައި ބޯޖަހާލިއެވެ. މާވީ ދޮރު ހުޅުވުމަށް ދޮރުގައި ހިފުމުން ކައިލް މާވީ ހުއްޓުވިއެވެ. އަދި ޔަޝާ އުރާލިއެވެ.

“ނޫން ކައިލް. ފަހު ފަހަރޭ މިއީ ޔަޝޫއަށް ބައްޕަ ފެންނާނެ. ދެން ޔަޝޫ އަކަށް ޔަޝޫ ބައްޕައެއް ނުފެންނާނޭ… ޕްލީޒް” މާވީ ބުންޏެވެ. “އެނގޭ ތިކަން. އެކަމަކު.. ޔަޝޫ ނުލާ ދިޔުން މާބުއްދިވެރި. ޔަޝޫ ވަރަށް ބިރުގަންނާނެ ޔަޝްއަލް ފެނުމުން..” ކައިލް ބުނީ ވިސްނައިދޭ ރާގަކަށެވެ.

މާވީ އިސްޖަހާލާފައި އެތެރެއަށް ވަނެވެ. ވަދެވުނު ސިކުންތުގައި ޔަޝާ ނުވެއްދުމުން މާވީއަށް ހަމްދު ކުރެވުނެވެ. ޙުދު މާވީވެސް އޯކާދެމުނެވެ. ކަފުންކޮއްފައި އޮތް ޔަޝްއަލްގެ ހަށިގަނޑުން އެޔެއް މިޔެއް ނޭނގެއެވެ. މުޅި ހަށިގަނޑުވަނީ އަނދާފައެވެ. ޔަޝްއަލްއާއި ކައިރިވީ ވަރަކަށް އަޅިވަސް ކަހަލަ ވަހެއް މާވީ އަށް ދޮވަން ފެށިއެވެ.

“ޔަޝް ކީއްވެ؟ ވީ އަބަދުވެސް އުންމީދު ކުރިން ކޮންމެވެސް ދުވަހަކު ޔަޝް ވީއާއި ޔަޝޫ ގާތަށް އަންނާނޭ ކަމަށް. އެކަމަކު.. ޔަޝް ތިދިޔައީ ޔަޝޫގެ ލޮލަށް ފެނިވެސް ނުލާ…” ރޮމުން ރޮމުން މާވީ ވާހަކަ ދެއްކިއެވެ. އެތެރެއިން އިވެމުން ދިޔަ މާވީގެ ރުއިމުގެ އަޑުން ކައިލްގެ ހިތުގައިވެސް ދިޔައީ ވޭން އަޅަމުންނެވެ. ކުޑަ ކުޑަ ޔަޝާ ވެސް މަންމަ ރޯއަޑު އިވޭތީ ރޮވެމުން ދިޔައެވެ. ވީނުވީ އެ ކުޑަ ކުޑަ ސިކުނޑިއަށް ނުވިސްނުނު ނަމަވެސްމެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އޭލިއަން ސިލްސިލާ: ވަރަ – 7

Next

ޒެވިއަން 48

Next
June 18, 2025

ޒެވިއަން 48

Previews
June 18, 2025

އޭލިއަން ސިލްސިލާ: ވަރަ – 7

4 Comments!

  1. Shaf_maan says:
    June 18, 2025 at 3:20 pm

    Maasha Allah mi prt vx vrh reethi
    Xevvv noooooooo😭😭
    Hiyy falhaigen gosfi e thankulhu kiyunu irah 😭😭😭😭😭😭
    Still cant believe. Shiherrr xevv hama maruvytha
    Alhey nuu haadha dhera vaaneyy😭😭
    N happy bcuz ahmed police in hayyaru kuraa thy..
    Alheyyy Xevv amilla ah tha maru v anekkaa.. Pls say noo
    Curiously waiting for the nxt prt
    Whn nxt???
    Tc.. Lysm Shiher 💜💜💜

    1. shihaamaa ali shihaamaa ali says:
      June 18, 2025 at 4:19 pm

      jazaakallah khairan dear
      yesss ahmed got what he deserved
      yess nuu will be so sad 🙁
      balama dhw 🥲
      its already outt see u theree
      lyttt

  2. aanaa says:
    June 18, 2025 at 3:42 pm

    Mi part vss reethii
    Noooooo.xev mareh nuvaane. Shihaa plzzzzzz😭😭😭😭.enme cute couple maruvanyyy.dhn neynge s3 ga nuha nun kmhvs maru vaany.shihaa bunebaa xev mare nuvaaneyyy.haadha inthizaar eh kurymey xev r nuu ge parts kiyaalan libeyne kmh.ekm adhives hithuge kanakun eba buneyy xev mareh nuvaaney.maadhamage part thankolheh avahah kiyaalan libidhaane tha?lyy❤️

    1. shihaamaa ali shihaamaa ali says:
      June 18, 2025 at 4:20 pm

      jazaakallah khairan dear
      balama dhw 🥲
      yes next part is already there see u e part ge cmment section in lyttt

Comments are closed.

Next Episodeޒެވިއަން 48←


All Right Reserved!