Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޒެވިއަން 50 ފަހުބައި

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
June 19, 2025 3 Mins Read
8 Comments

ޕާޓީ ނިމުނު އިރު ދަންވަރު 12 ޖަހައިފިއެވެ. އަލާޔާއާއި އައިޒިން އެކުގައި ކައިގެން އައީ “ހައިބިސްކަސް” ގެއަށެވެ. އަލާޔާ ނިކުމެގެން ގޮސްފިނަމަ ޒެވިއަންއަދި ޔަލާން ނެތްކަމުގެ ފަޅުކަން ބޮޑުވާނެތީއެވެ. ކޮޓަރިއަށް ވަދެ ފުރަތަމަ ކަމަކަށް ދެމަފިރިން ޝުކުރުގެ ނަމާދެއް ކޮއްލިއެވެ. ނަމާދުކޮއް ދުޢާކޮށްފައި އައިޒިން އަލާޔާގެ ބޮލުގައި ބޮސްދިނެވެ.

“ލާޔާ. އައި ހޭވް އަ ސަޕްރައިޒް ފޯރް ޔޫ” އައިޒިން ބުންޏެވެ. އަލާޔާ ނިތް ހިތްލައިލިއެވެ. “އިންނާނެ ފާހަނައިގަ އިން ކަބަޑުގަ. ދޭބަ ފާހާނާއަށް” އައިޒިން ހީލާފައި ބުންޏެވެ. އަލާޔާ ހީލާފައި ފާހާނާއަށް ވަނެވެ. ފޮށި ހުޅުވާލި އިރު އޭގެ ތެރޭގައި އޮތް “ނައިޓީ” ފެނި އަލާޔާގެ ދޮން މޫނު ރަތްވެލިއެވެ.

ނައިޓީ ލާފައި އަލާޔާ ހުރީ ނިކުންނަން ނުކެރިފައެވެ. “ލާޔާ ލަދުންތަ ތިހުރީ؟ ދެން ނިކުމެބަދޯ؟ ޒިން މިހާރު މިހުރީ ދެކިލާހިތުން ހަމަ ކެތްމަދުވެފަ” އައިޒިން ދޮރުގައި ޖަހާލަމުން ބުންޏެވެ. އަލާޔާ ލަދުން ހުރެ ފާޙާނާއިން ނުކުތެވެ. “ވާހް މައި ވައިފް އިޒް ސޯ ހޮޓް” އަލާޔާގެ ބޮލުން ފެށިގެން ފަޔަށް ބަލައިލަމުން އައިޒިން ބުންޏެވެ. އަލާޔާ ލަދުން ހުރެ އައިޒިން މޭމަތީގައި ބޮނޑިއެއް އެޅިއެވެ.

އައިޒިން ހީލާފައި އަލާޔާ ގާތަށް ގެނެސް އަލާޔާގެ ތުންފަތުގައި ބޮސްދިނެވެ. އަލާޔާގެ ހަށިގަނޑު ގަޔާ ތަތްކޮއްލާފައި އައިޒިން އަލާޔާ އުފުއްލާލީ ލުއި ފަތްކޮޅެއް އުފުލާލާ ހެންނެވެ. އައިޒިން ވަރަށް ލޯބިން އަލާޔާ އެނދުގައި ބާއްވާލިއެވެ. ރޭގެބާކީ އޮތް ހުރިހާ ވަގުތެއް ދެމަފިރިން ހޭދަކޮއްލީ އުފަލުންނެވެ. އެކަކު އަނެކަކު ދެކެ ވާލޯބި ފިރުމުންތަކުން ހާމަކޮއްދެމުންނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ދުވަހަކީ ކުޑަކުޑަ ޔަޝާއަށް 1 އަހަރު ފުރޭ ދުވަސްކަމުން މާވީއާއި ކައިލް ވެގެން ޔަޝާއަށް ކުޑަކުޑަ ޕާޓީއެއް ބާއްވާލިއެވެ. މިއަދު މާވީވެސް އެހުންނަނީ އުފަލުންނެވެ. މަންމައާއި ޔަޝްއަލް ނެތުމުން އެހަނދާން އާލާވީ ނަމަވެސް އަލަކާ އެކަން ދިޔައީ ފުރިހަމަ ކޮއްދެމުންނެވެ. އަލާޔާގެ ފަރާތުން ދުވަހަކު ނުލިބުނު ދައްތައެއްގެ ލޯބިވެސް މާވީއަށް ލިބިއްޖެއެވެ. މިއަދު އެކަމާ މާވީ މާތް ﷲ އަށް ހަމްދު ކުރެއެވެ.

ފިޔާތޮށި ކުލައިން ފާރުގައި “ޔަޝޫ އިޒް ވަން” ޖަހާލެވިފައިވީ އިރު ހުދާއި ފިޔާތޮށިކުލައިގެ އެކި އެކި ހަންތައް ހުއްޓެވެ. ޔަޝާ ކުޑަކުޑަ ސްކާޓްކޮޅެއް ލާފައިވީއިރު، ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓް ކޮޅުގައި “އައިމް ވަން” ޖަހާލެވިފައިވިއެވެ.

“އިނގޭތަ؟ އެއްކަލަ ކައިލީންއާއި ޝަނުމްވެސް އިނދެފިޔޯ. ކައިލީން ބަނޑުބޮޑޭވެސް ކިޔާ އަޑުއެހިން” ޔަޝާއާއި މާވީ ފޮޓޯ ނަގަން ފެށުމުން ދުރަށް ޖެހިލި ކައިލް ގާތުގައި މިކިޔަލް ބުންޏެވެ. “ދެން މަށަށް ކީއްތަ؟” ކައިލް ފޫހި ރާގެއްގައި ބުންޏެވެ. “ދެން ދޮންބެ ކުރަންވީ ކަމަކީ ވީދައްތަ ގާތުގަ އިންނަން އަހަންވީ. ދޯ ކުޑޭ؟” މިކިޔަލްއަށް ދޯދެމުން ނިލީޝާ ބުންޏެވެ. “ސާބަހޭ. އަދި އަހާނަމޭ ޗިލް” ބޯކަހާލާފައި ކައިލް ބުންޏެވެ.

6 ޖަހަން ގާތްވުމުން ޕާޓީ ނިންމާލެވުނެވެ. ކައިލް އިނީ އޭރުވެސް ޔަޝާ ގޮވައިގެން ކުޅެންށެވެ. ނަމާދުކޮއްގެން ސިޓިންގްރޫމްއަށް ނިކުން މާވީ ހިނިތުންވެލިއެވެ. “ދެން އަޅެ ދިޔަނަމަ. އޯކޭއޭ ހަމަ. ވަރަށް ވިއްސާރަ ހަދާހެން ހީވަނީ. ވަރަށް ވައިޖެހޭދޯއެބަ..” މާވީ ބުންޏެވެ. “ހެހެ އުޅުނީމޭ އެކަމަކު ޔަޝޫގަނޑު ދިޔަކަ ނުދިނޭ” ޔަޝާގެ ކޮލުގައި ހިފާލަމުން ކައިލް ބުންޏެވެ.

“ބަ..ބައް..ޕި..ބައްޕި..” ޔަޝާގެ މައުސޫމް އަޑުން ކައިލް ކޮލުގައި އަތް ޖައްސާލާފައި ބުންޏެވެ. އެއާއި އެކު ހައިރާންވީ ކައިލް އެކަންޏެއް ނޫނެވެ. މާވީވެސް މެއެވެ. “މަންމި” ގެ އިތުރުން އެންމެ ފުރިހަމަ ކަމާއި އެކު ޔަޝާ ބުނި ބަހަކީ އެއީއެވެ.

“ބައްޕީ” މައުސޫމްކޮއް ހީލަމުން އަނެއްކާވެސް ޔަޝާ ގޮވާލިއެވެ. ކައިލް ހިނިތުންވެލާފައި ޔަޝާގެ ކޮލުގައި ހިފާލިއެވެ. އެދެލޮލުން ބުނާފަދައެވެ. ތިމަގާމު އަހަރެންވެސް ބޭނުމެވެ. އެކަމަކު އެމަގާމު މާވީ ދޭނެބާއެވެ؟ ނުވަތަ އަންނާނީ ރުޅިބާއެވެ؟

“ހެހެ ދެން ދޫނިދޭ އިނގޭ މަންމި ކައިރިއަށް. އަވަހަށް ބަކުން ކައިގެން ނިދާލަންދޯ؟ މިހާރު އެޔޮށް ވިއްސާރަ އަންނަނީ. ތޫތު އަންނާނެ މިރޭ” ކައިލް ވަރަށް ލޯބިން ބުންޏެވެ. އެއާއި އެކު ޔަޝާ ކައިލްގެ ކޯތާފަތުގައި ތުންޖައްސާލާފައި ދުވެފައި ގޮސް މާވީގެ އުރަށް އެރިއެވެ.

“އައިމް ސޮރީ އިނގޭ އެހެންވެ ވީއަށް ކަމުނުދިޔައީވިއްޔާ…” ބިރުން ހުރެ ކައިލް ބުންޏެވެ. “ހެހެ އިޓްސް އޯކޭއޭ. އަސްލުވެސް ބައްޕައެއްގެ މަގާމު އިއްލުއަށް ހައްގު” ހީލާފައި މާވީ ބުންޏެވެ. ކައިލް ހީލާފައި ބޯޖަހާލިއެވެ. އަދި ޔަޝާއަށް ބޮސްދީފައި ގެއިން ނިކުމެގެން ދިޔައީ ވިއްސާރަ އޮއްސާ ނުލަނީސް ގެއަށް ދެވޭތޯއެވެ.

ދަންވަރުގެ ވަގުތެވެ. އިރު އޮއްސުނީން ސުރެ ވެހެމުން ދިޔަ ބޯވާރޭގެ ސަބަބުން ހުރިހާ އެންމެންވީ އެމީހުންގެ ގޭތަކަށް ވަދެއެވެ. ވިދާލާ ވިދުމުން މުޅި ޖައްވު ދިއްލާލާއިރު ޖަހަމުން ދާބާރު ގުގުރިން ހީބިހި އަރައިގެން ދެއެވެ. ޖެހެމުންދިޔަ ބާރު ވަޔާ އެއްވަރަށް ގަސްތަށް ނަށަމުން ދިޔައިރު ހީވަނީ ދެންމެ ދެންމެ ބިމުން ނެއްޓިގެން ހިނގައިދާނެހެންނެވެ.

ކުޑަކުޑަ ކޮޓަރިއެކެވެ. އެކި ކަހަލައިގެ މެޝިންތައް ގުޅުވާފައި އޮތް މެދު އުމުރުގެ މީހަކު އެނދުގައި އޮތެވެ. އޭނާގެ ދެލޯ މެރިފައިވީ އިރު އޭނާގެ ހަށިގަނޑުގައި ފުރާނަ ހުރިހެންވެސް ހީނުވެއެވެ. ހަށިގަނޑުގެ އެތަންމިތާނގައި ލަކުނުތައް ހުރި އިރު ހަށިގަނޑުގައި އެއްވެސް ދިރުމެއް ނެތެވެ. ޖަހާލި ބާރު ގުގުރިއާއި އެކު އޭނާ ދެލޯ ހުޅުވާލިއެވެ. ދެފަރާތަށް ބަލާލާފައި އޭނާ ތެޅިގަތެވެ. ނަމަވެސް އެވަގުތު ކޮންމެވެސް މީހަކު އަހިސް އޭނާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ފެށިއެވެ.

ހަމައެވަގުތެވެ. ގެއިން ނިކުމެގެން ހިނގައިގަން ނުހާ ފެންނަމުން ދިޔައީ ހިޔަންޏެއް ފަދައިންނެވެ. ޖަހާލާ ބާރު ގުގުރިއާއި އެކު ސިއްސައިގެން ދިޔަ ނަމަވެސް ނުހާގެ ހިނގުމެއް ނުހުއްޓެއެވެ. ބަރު ފިޔަވަޅުތަކެއްގައި ނުހާ ގޮސް ވަނީ ރަށުގެ މީހުން ނޫޅޭ ހިސާބެއްގައި ހުރި ޖަންގައްޔެއްގެ ތެރެޔަށެވެ.

ވެފައި ހުރި ވަރުބަލިން ނުހާ ގާތުގައި ހުރި ބޮޑު ނިކަގަސް ބުޑުގައި އިށީނެވެ. ބިންމަތީގައި ހުރި ވެލިގަނޑުގައި އިނގިލިތައް ބާރުކުރަމުން ނުހާ ދިޔައީ ރޮމުންނެވެ. ވެހެމުން ދިޔަ ހިމަފޮދުވާރޭގެ ސަބަބުން ތެމިފައިވުމުން ހީކަރުވަމުން ދިޔަވަރުން ތެދަތްޕިލަ ނުޖެހޭއިރު ދެލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައެވެ.

ތިރީ ތުންފަތުގައި ދަތް އަޅާފައި ނުހާ ދެލޯ މަރާބާރުކޮއްލިއެވެ. ނުހާގެ ހަޅޭކުގެ އަޑާއި އެކު ޖަހާލި ބާރު ގުގުރިއަށް ފަހު ދެން އިވިގެން ދިޔައީ ތުއްތު ފުރާނައެއްގެ ރުއިމުގެ އަޑެވެ.

(ނިމުނީ)

~♡~

މިހާ ހިސާބުން އަޅުގަނޑުގެ 7 ވަނަ ދިގު ވާހަކަ “ޒެވިއަން” ވެސް ނިމުމަކަށް މިއައީ. އެހެންވިޔަސް މިހާ ހިސާބުން މިވާހަކަ ނިމުނީ ނޫންކަން އަޅުގަނޑު އުފަލާއި އެކު ފާހަގަ ކުރަން. ވާހަކައިގެން 3 ވަނަ ސީޒަން “ހިތުގެ ނާރުތަކުގާވެސް ތިބާ” އަށް އިންތިޒާރު ކޮއްލައްވާ…! އަދި އެއީ ފަހު ސީޒަން ކަންވެސް އަޅުގަނޑު އަންގާލަން. އިންޝާ ﷲ ވަރަށް އަވަހަށް “ހިތުގެ ނާރުތަކުގާވެސް ތިބާ” ގެ ފުރަތަމަ ބައި ކިޔާލަން ލިބޭނެ…

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އަބަދަށް-21

Next

ހިތުގެ ނާރުތަކުގާވެސް ތިބާ… ޓްރެއިލާރް

Next
June 19, 2025

ހިތުގެ ނާރުތަކުގާވެސް ތިބާ… ޓްރެއިލާރް

Previews
June 19, 2025

އަބަދަށް-21

8 Comments!

  1. aanaa says:
    June 19, 2025 at 2:30 pm

    Masha allah mi part vs vrh reethi
    Baby ehge rumuge adey😳
    Nuu preg ii tha??
    Aixin mn haadha cute eyy
    Haadha beynumeh yashoo uraalan
    Curiously waiting for the first part of s3
    Lyy❤️

    1. shihaamaa ali shihaamaa ali says:
      June 19, 2025 at 5:58 pm

      Yesss👀👀👀👀👀
      Balamaa dhw s3 ga ingeyne hehe
      Same shihaa vess vrh beynun yashuu uraalan😫
      Lyttt

  2. Your fav bab Your fav bab says:
    June 19, 2025 at 6:15 pm

    S2 ves minimuny… proud of u bbg🩷
    Alhey alaaya n aizin so cute💕
    But nuu?
    She’s pregnant?? Xev’s or yashal’s???
    Oh God u left me in vaanuvaa.com
    A lot of question blowing up ma mind
    Lysssm❤️❤️❤️

    1. shihaamaa ali shihaamaa ali says:
      June 24, 2025 at 9:32 pm

      jazaakallah khairand dear
      stay tuned for s3 to find out

  3. Shaf_maan says:
    June 19, 2025 at 6:31 pm

    Maasha Allah mi prt vx vrh reethi
    Aizin n Laaya married dhww 💜
    Xevv maru v dhww asluga 😭😭
    The bestest stry i have ever read 💜
    Ur the bestest author ever💜
    Tc.. Lysm Shiher 💜💜💜

    1. shihaamaa ali shihaamaa ali says:
      June 24, 2025 at 9:32 pm

      jazaakallah khairan dearrrr.. this comment made me so so so happy ❤️❤️❤️❤️❤️❤️

  4. aanaa says:
    June 19, 2025 at 9:22 pm

    heyy shihaa
    can u check.ihnaane mail kohlaafa

    1. shihaamaa ali shihaamaa ali says:
      June 24, 2025 at 9:33 pm

      ya

Comments are closed.



All Right Reserved!