Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތުގެ ނާރުތަކުގާވެސް ތިބާ… 2

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
June 30, 2025 3 Mins Read
8 Comments

ނިދިފައި އޮތް އާކިންއަށް ހޭލެވުނީ ފޯނު ރިންގުވާއަޑަށެވެ. ނިދިފައި އޮތް މާޝާ ރީތިކޮއް ބާއްވާލާފައި އާކިން ފޯނު ނެގިއެވެ. އެހާ ދަންގަޑިއަކު ނުހާ ގުޅުމުން ކޮންމެވެސް ވަރަކަށް އާކިން ހައިރާންވިއެވެ. “ނޫ؟” އާކިން ގޮވާލިއެވެ. “ބައްޕާ…” ނުހާ މަޑުމަޑުން ގޮވާލިއެވެ. “ދަރިފުޅު ކޮންތާކު މިއޮށް ދަންގަޑީގަ؟ ކޮން ކުއްޖަކު ރޯއަޑެއް އެއިވެނީ؟” އާކިން ހައިރާންވެފައި އެއްސެވެ. “އާދެބަ.. ނޫ ގާތަށް..” ނުހާ ހުރިތަން ބުނެލާފައި ނުހާ ބުންޏެވެ. އާކިން އަވަސް އަވަހަށް ގެއިން ނިކުމެގެން ދިޔައީ ކަޔާންވެސް ގޮވައިގެންނެވެ.

(2 ވަނަ ބައި)

ކުޑަ ކުޑަ ދަރިފުޅު ގޮވައިގެން އިން ނުހާ ފެނި އާކިން އަދި ކަޔާންވެސް ހުރީ ހައިރާން ވެފައެވެ. އެހެނަސް ސުވާލުތައް ފަހަށް ބަހައްޓާފައި އާކިން އާއި ކަޔާންވެގެން ނުހާ އާއި ދަރިފުޅު ހޮސްޕިޓަލަށް ގެންދިޔައެވެ.

“އަނެއްހެން ނުހާވެސް ދަރިފުޅުވެސް އޯކޭ. އެކަމަކު ދަރިފުޅަށް ވަނީ ރީންދޫހުން ޖެހިފަ. ކުޑަދުވަސްކޮޅަކަށް އެން.އައި.ސީ.ޔޫ އަށް ލާން ޖެހޭނެ” ނަރުސް ކުއްޖާ ބުންޏެވެ. “ނުހާ އާއި މިވަގުތު ވާހަކަ ދައްކާލެވިދާނެތޯ؟” ކަޔާން އެއްސެވެ. ނަރުސް ކުއްޖާ ބޯޖަހާލާފައި ނުހާ އޮތް ކޮޓަރި ދެއްކިއެވެ.

ފިނީގައި އިނުމުން ނުހާގެ ތުންފަތުގައިވެސް ކޮންމެވެސް ވަރަކަށް ނޫކުލައިގެ އަސަރު ހުއްޓެވެ. އެއްދިމާލަކަށް ބަލަން އިން އިރު ފަހަރަކު ކަރުނަ ތިއްކެއް އޭގެ މަގާމު ދޫކޮށްފައި ފައިބަމުން ދިޔައެވެ. “ސޮރި…” ނުހާ މަޢާފަށް އެދުނެވެ. “ދަރިފުޅާ.. އަސްލު ވެގެން އުޅޭގޮތް ބުނެބަ. ދަރިފުޅު ނުޖެހޭނެ އެއްވެސް ކަމަކަށް ސޮރީ ބުނާކަށް” އާކިން ވިސްނައިދޭ ރާގަކަށް ބުންޏެވެ.

“ޒެވްއާއި ޔަޝްއަލް ވަޅުލާފައި ގެއަށް އައިތާ ކުޑަ އިރުކޮޅެއް ފަހުން ނޫ އަށް އެގުނީ ނޫ ބަނޑުބޮޑުކަން. ޔަޝްއަލްވެސް އެދިޔައީ. ނޫ ދެން މިކުއްޖާ ބަލާނެ ގޮތަކާއި މެދު ބިރުގަންނަން ފެށީ. ހިތަށް އެރީ ނޫ އަކަށް މިދަރިފުޅު ނުބެލޭނޭ. އެކަމަކުވެސް އެކުއްޖާ ނައްތާލާކަށް ނުކެރުނު” ނުހާ ކިޔައިދިނެވެ. “ދެން ކީއްވެ ބައްޕަމެން ގާތުގަ ނުބުނީ؟” ކަޔާން އެއްސެވެ.

“ނޫ އަށް އެހާ އަނިޔާ ވެރިވި މީހެއްގެ ދަރިއަކަށް ނޫ ބަލިވެ އިން ވާހަކަ ކޮން ދުލަކުން ނޫ ބުނާނީ؟” ނުހާ އެއްސެވެ. “އިޓްސް އޯކޭ. ނޫ އެކަންޏެއް ނުވާނެ ދުވަހަކުވެސް. އަބަދުވެސް ނޫ ހުންނާނީ ބައްޕަމެންގެ ބެލުމުގެ ދަށުގައި. ދެން އެއްވެސް ކަމަކަށް ނުވިސްނައްޗޭ. އަބަދުވެސް ބައްޕަމެން ނޫއާއި އެކު ވާނަން” އާކިން ނުހާގެ ހަށިގަނޑުގައި ބައްދާލަމުން ބުންޏެވެ.

***5 އަހަރު ފަސް***

ހަވީރުގެ ހިތް ގައިމު ވަގުތެވެ. ނައުހާންގެ އަތުގައި ހިފައިގެން ހިނގާލާފައި ދިޔަ އަވްލީންގެ ތުންފަތުގައިވީ ފުރިހަމަ ހިނިތުންވުމެކެވެ. ލަސް ހިނގުމުގައި ދެލޯބިވެރިން ހިނގާފައި ދިޔައިރު، ދެލޯބިވެރިންގެ މެދުގައި ތަފާތު ވާހަކަ ދެކެވެމުން ދިޔައެވެ.

“ލީން މިއަދު ކޯހަށް އެޕްލައި ކުރިން” ފުރިހަމަ ހިނިތުން ވުމަކާއި އެކު އަވްލީން ބުންޏެވެ. “އެހެންތަ؟ އެކްސެޕްޓް ވިއްޔާ ނައު ގާތުގަ އިނގޭ އެންމެ ފުރަތަމަ ބުނަންވާނީ؟” ނައުހާން ހީލާފައި ބުންޏެވެ.

“ހަހަ ޔެސް. މިހާރު ދެން ލީންގެ ހުރިހާ އުންމީދެއްހެން ފުރިހަމަވީމި. ދެން އޮތީ އެންމެ އުންމީދެއް” އަވްލީން ބުންޏެވެ. “ހެހެ އެއީ ކޮން އުންމީދެއްތަ؟” ނައުހާން އެއްސެވެ.

“ނައޫއަށް މެރީ ކުރުމެއްނުން؟ އަދިވެސް ލީންގެ އިނގިލި މިއޮތީ ހުހަށް ވިއްޔާ. ދެން ގައިމު އެންމެ 4 މަސް މިއޮތީ ލީންއަށް 18 ވާން” އަވްލީން ތުންކޮޅު އޫކޮށްލާފައި ބުންޏެވެ. “ހަމަ ޖައްސާލަބަލަދޯ އަދި ނެތެއްނުން ތިކަން ނުވެފައެއް ހެހެ” ނައުހާން ބުންޏެވެ.

ނައުހާން އަވްލީން ގޮވައިގެން އައީ އަތިރިމައްޗަށެވެ. ފިނި ފިނި ވައިރޯޅިތަކުން އަވްލީންގެ ހިތަށް ހިތް ހަމަ ޖެހުން ލިބުނެވެ. ކުޑަކުދިންގެ ސަކަރާތުގެ އަޑުންނާއި ދެމަފިރިންނާއި ލޯބިވެރިންގެ ހިނިތުންވުމުގެ އަޑުން އަތިރިމައްޗަށް ވަނީ ހިތްހަމަ ޖެހުން ގެނުވާފައެވެ.

“އާހް. ލީން މުޅި އުމުރު ދުވަހުވެސް ހުރެދާނަން މިތާނގަ. ޖަސްޓް ވާއު” ލަސްލަހުން އަވްލީން ބުންޏެވެ. ނައުހާން އެއްވެސް އެއްޗެކޭ ނުބުނުމުން އަވްލީން ފަހަތަށް އެނބުރުނެވެ. އޭރު އެއްފައި މައްޗަށް ތިރިވެގެން އިން ނައުހާން ފެނި އަވްލީންއަށް އަނގަމަތީގައި އަތްއެޅުނެވެ.

“ލީން. މިއަދަށް އަހަރެމެން އެކުގައި އުޅޭތާ 7 އަހަރުވީމި. އަދިވެސް ނައު އަކަށް އެކަމެއް ގަބޫލެއް ނުކުރެވޭ. ހެހެ. ފުރަތަމަ ނައުއަށް ލީން ފެނުނު އިރު ޔޫ ވާރް ޖަސްޓް އަ ބޭބީ. ލޯބި ކޮލެއް ލާފަ ހުންނަނީވެސް. ލޯބިކަމުން ހީވަނީ ކުޑަކުޑަ ބޭބީގަނޑެއްހެން. ނައު ހީވެސް ނުކުރަން އަސްލު އެހާ ކުޑައިރު ލޯބިވެވިދާނެ ކަމަށް. އެކަމަކު. އެންމެ ފުރަތަމަ ދުވަހު ލީން ފެނުންހެން އަދިވެސް ނައުއަށް ލީން ފެންނަނީ. އަބަދަށްވެސް ލީން ފެންނަނާނީ ހަމަ އެހެން ކަންނޭނގެ. ހެހެ. ލީންއާއި އެކު މިހޭދަވީ 7 އަހަރު ދުވަސް އެއީ ނައުގެ ހަޔާތުގައިވެސް އައި އެންމެ އުފާވެރި ދުވަސްތައް. އޭރު ވީވަރް ކިޑްސް. އެކަމަކު މިހާރު ނައުމެން ބޮޑެތި ވެއްޖެ. އަދިވެސް ނައު ބޭނުމީ ލީން. މުޅި އުމުރަށްވެސް ލީން. ސޯ.. ވިލް ޔޫ މެރީ މީ؟” ނައުހާން އަސަރާއި އެކު ސުވާލު ކޮއްލިއެވެ.

އޭރު އަވްލީންގެ ދެލޮލުން ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ. ފާއިތުވެދިޔަ 7 އަހަރުގެ ފޮނި ހަނދާންތައް ސިކުންތެއް ތެރޭގައި އަލުން އާލާވެލި ފަދައެވެ. “ޔޭސް” ލަދުން ހުރެ އަވްލީން ބުންޏެވެ. ނައުހާން ހިނިތުން ވެލާފައި އަވްލީންގެ އިނގިލީގައި އަނގޮއްޓި އަޅުވާލިއެވެ.

“ވޫހް މަރްހަބާ މަރްހަބާ” އެވަގުތު މިކިޔަލް ހަޅޭ ލަވައިގަތެވެ. މިކިޔަލް އަތުގައި އިން ލިލީ ބުކޭ ނަގާފައި ނައުހާން އަވްލީން އަތަށް ދިނެވެ. މިކިޔަލްއާއި އެކު ނިލީޝާ، ކައިލް އަދި ނުހާވެސް ހުއްޓެވެ.

“ދެން އެހެންވެ ދުވަސްކޮޅަކުން ލީންވެސް ގެންގުޅޭނެދޯ ދޮންބެދައްތަ އިންނަކަހަލަ ބަނޑެއް ހެހެ” މިކިޔަލް ގާތުގައި ހުރި މެހެކްގެ 8 މަހުގެ ބަނޑުގައި ފިރުމާލަމުން ނުހާ ބުންޏެވެ. މިކިޔަލްއާއި މެހެކްގެ ކައިވެންޏަށް 1 އަހަރުވެފައިވީ އިރު، މެހެކް އިނީ ދެމަފިރިންގެ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ. “ހަހަ ގެރެއެއްނުން؟ އެކަމަކު އަސްލު ލީންއަށް ވުރެ ކުރިން ނިލީ ދޯހޯދަން ޖެހޭނީ” ނިލީޝާއަށް ދޯދެމުން އަވްލީން ބުންޏެވެ. ނިލީޝާ ހީލިއެވެ.

“ހޫމް ދެން ތިކުދިން މާފޮޅުވާލާ އެހެންވެ. ނޫދަނީ މި. ޒިވީ ޓިއުޝަން ގަޑި ނިމޭނެ މިހާރު” އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ނުހާ ބުންޏެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

މަޢާފް އެދެމުން 25

Next

ހަވޭލީ – ދެވަނަ ބައި

Next
June 30, 2025

ހަވޭލީ – ދެވަނަ ބައި

Previews
June 29, 2025

މަޢާފް އެދެމުން 25

8 Comments!

  1. aanaa says:
    June 30, 2025 at 1:06 am

    Masha allah mi part vs vrh reethi
    Curiously waiting.
    when next??
    lyy❤️

    1. shihaamaa ali shihaamaa ali says:
      June 30, 2025 at 4:29 pm

      jazaakallah khairan
      in sha allah sooon stay tuned
      lyt

  2. Your fav bab Your fav bab says:
    June 30, 2025 at 12:08 pm

    Shieroooo
    I’m so happy, Mi part is just epic!!!
    Sorry couldn’t comment the recent ones term test thah boa mathivegen mi ulheny neyvaa ves nulevigen
    When next?
    Avleen n nau so cute
    Mehekkeee🤭🤭 i invite eh ves nukurey viyya!
    Lyssssm ❤️❤️❤️

    1. shihaamaa ali shihaamaa ali says:
      June 30, 2025 at 4:30 pm

      jazaakallah khairan
      hehe its okay that happens hehe
      best of luck dear keke1
      lytt

  3. Shaf_maan says:
    June 30, 2025 at 3:05 pm

    Maasha Allah mi prt vx vrh reethi
    First of all sorry for not commenting on the first prt
    Mehek preg. Wowww. I kaary nuves bunela mimi n miky marry kuri iru vx..
    Nauhan n leen vx marry kuraane dhww dhuvaskolhakun..
    Yalaan adhi naadhe dhww
    Xevv hama asluvx maru v dhww.. Adhives gabool nukureveyy
    Nuu is feeling much better now dhww
    Can’t wait for the next prt
    Whn nxt???
    Tc… Lysm Shiher 💜💜💜

    1. shihaamaa ali shihaamaa ali says:
      June 30, 2025 at 4:32 pm

      hehe jazaakallah khairan its okay
      haha.. yes they’ll get married soon..
      noon yalaan is here now
      yea xev is no more 🥲
      yes nu is doing so much better
      in sha allah soon
      lyttt

  4. Shaf_maan says:
    June 30, 2025 at 3:09 pm

    Umm. Shiherrr um i beynun request eh kollan
    Umm. Mi stry ge 6 vana ep in feshigen sun online ah up kurevidhaane thrr
    Hama kiyaahithun. Hehe.
    If u r ok only ingeyy

    1. shihaamaa ali shihaamaa ali says:
      June 30, 2025 at 4:32 pm

      i cant do that eynun if i am uploading it somewhere else for free no one would read it here eynun

Comments are closed.

Next Episodeހިތުގެ ނާރުތަކުގާވެސް ތިބާ… 3←


All Right Reserved!