ސަލާމް ކިޔުންތެރިން…
ސޯޝަލް މީޑިއާ ނުގެންގުޅޭ ކުދިންނަށް ވާހަކައާއި ބެހޭ ގޮތުން ހިއްސާ ކުރާ މަޢުލޫމާތު ފޯރު ކޮށްދިނުމަށްޓަކައި އަޅުގަނޑު ވާނީ ވައިބާ ގުރޫޕެއް ހަދާލާފައި. ހުރިހާ ކުދިންނަށްވެސް އެ ގުރޫޕަށް ވަދެލެވޭނެ. ގުރޫޕަށް ވަނުމަށް ބޭނުންވާނޭ ލިންކު ކޮމެންޓް ސެކްޝަނުގައި އަޅުގަނޑު ހިއްސާ ކޮށްލާނަން. ހުރިހާ ކުދިންވެސް ޖޮއިންވެލައްޗޭ.. 🩶🩶
“ލާލާ އަނެއްކާ އެސޮރަށް ހިތް ނުކިއްޔާވެސް ރަނގަޅު. ވަރަށް ރީތި މީހެކޯ އެއީ. ބޮއެ ބޮއެ ގޮސް ހީވަނީ އެކަމަކު 30 އަހަރު ވާން އުޅޭހެން.. އެކަމަކު ވަރަށް ވަރަށް ރީތި”
“ހޫންންން. ނޫޅެން” ފައިހާގެ އަތުގައި ވިކައިގަންނަމުން ޒާލާ ބުނެލިއެވެ.
(62 ވަނަ ބައި)
މެންދުރުގެ ހޫނު ގަދަ ވަގުތެވެ. ވަމުން ދިޔަ ހޫނުގައިވެސް މަގުތަކުން މީހުން ހުސްނުވެޔެވެ. ސުކޫލަށާއި ޤުރުޢާން ކިލާސްތަކާއި ޓިއުޝަން ކިލާސްތަކަށް ދާ ކުދިންނެވެ. ވަޒީފާގައި ތިބެފައި ބުރޭކު ގަޑިއަށް އަންނަ މީހުންނެވެ. ދެލޯ ކުޑަ ކޮށްގެންނާއި އައިނު އަޅައިގެންވެސް މީހުންތައް މަގުމަތީގައި އުޅެމުން ދިޔައެވެ.
މަޑު ދުވެލީގައި ސައިކަލުގައި އައިސް ދާއިޔަލް މަޑުކޮށްލީ ހަސްފަތާލު ކުރިމަތީގައެވެ. ސައިކަލުން ލަޝްކާ މަޑުމަޑުން ފައިބަމުން ގޮސް ދާއިޔަލް ކުރިމަތީގައި ހުއްޓުނެވެ. “ސާބަަސް ދާއިއަށް. ހީވަނީ ވެލައެއްހެން. އެހާ މަޑުން ވިއްޔާ ތި ދުއްވަނީ” ބޯ ހޫރުވާލަމުން ލަޝްކާ ބުނެލިއެވެ.
“ދެން ލަޝްއަށާ ބޭބީއަށް ގޮތެއް ވެދާނެ ތީއޭ” ސައިކަލުން ފައިބަމުން ދާއިޔަލް ބުންޏެވެ.
“ހަހަ. ވާނެ ދޯ ކޮން ކަހަލަ ކުއްޖެއް ތޯ ވެސް ބަލަން؟” އުފަލުން ހުރެ ބަނޑުގައި ފިރުމާލަމުން ލަޝްކާ ބުންޏެވެ.
“މަންޖޭ އަދި ނޭނގޭނެއްނުން ކޮން ކަހަލަ ކުއްޖެއް ކަމެއް” ލަޝްކާގެ ކޯތާފަތުގައި ހިފާލަމުން ދާއިޔަލް ބުނެލިއެވެ. މިހާރު ލަޝްކާގެ މޫނުމަތީގައިވެސް ވަނީ ކޮންމެވެސް ވަރަކަށް މަސްޖަހާފައެވެ. ކުރިއަށް ވުރެ ފަލަވެފައި ހުރުމުން ދޮންހެންވެސް ހީވެޔެވެ. ބަލާލަން ވަރަށް ލޯތްބެވެ.
“ދޭންންން މިހާރު އިނގޭނެޔެކޭ ނޫނޭ. ބަލަން ވާނޭ އެކަމަކު. ހޫމް. ދާއި ކޮން ކަހަލަ ކުއްޖެއްތަ ބޭނުމީ؟” ދާއިޔަލްގެ އަތުގައި ހިފާލަމުން ލަޝްކާ އަހައިލިއެވެ.
“ދާއި ބޭނުމީ ލަޝް ކަހަލަ އަންހެން ކުއްޖެއް” ލަޝްކާގެ އަތުގެ ނުފުށުގައި ބޮސް ދެމުން ދާއިޔަލް ބުނެލިއެވެ.
“ދެން އެކަމަކު ލަޝް ބޭނުމީ ދާއި ކަހަލަ ފިރިހެން ކުއްޖެކޭ” ލަޝްކާ ގުންފައި ތަޅައިލިއެވެ. ހެމުން ހެމުން އޭނާ ގޮވައިގެން ދާއިޔަލް ހަސްފަތާލަށް ވަނެވެ.
މެންދުރުގެ ހޫނު ގަދަ ވަގުތު ނަމަވެސް އަކިޔަލް އާއި އޭނާގެ ‘ހައިޑް އައުޓް’ ވަނީ ކަނު އަނދިރި ކަމުގެ ތެރޭގައެވެ. ސޯފާގައި އިށީނދެލައިގެން އިން އަކިޔަލް އިންތިޒާރު ކުރަމުން ދިޔައީ ‘ބޮސް’ އަށެވެ.
މާ ގިނަ އިރަކު އިންތިޒާރު ކުރާކަށް ވެސް ނުޖެހުނެވެ. ސިނގިރޭޓު ތުމަށް ޖަހައިގެން ވައިން ‘ބޮސް’ އައިސް އަކިޔަލް ގާތުގައި އިށީނެވެ. ދެމީހުން އެކުގައި ކޮންމެވެސް ވާހަކަތަކެއް ދެއްކިއެވެ.
“އެންމެ ރަނގަޅު. އެހެންވެ ތިކަން ތިގޮތުގައި ވާނެ ކަމަށް މި ގަބޫލު ކުރީ” ސޯފާއިން ތެދުވަމުން ‘ބޮސް’ ބުނެލިއެވެ.
“ހާސް ނުވޭ ބޮސް. އިރާދަ ކުރެއްވިއްޔާ މިކަން އަހަރެން ކުރާނަން. އެކަން ކުރުމަށް މިހާރު މީހުންތައްވެސް ގެނެސްފިން” ސޯފާއިން ތެދުވަމުން އަކިޔަލް ބުނެލިއެވެ.
“ހޫމް.” މިހެން ބުނެ ބޮސް ދިޔައީ އެލާރާ އޮތް ކޮޓަރިއަށެވެ. ބިންމަތީގައި އޭނާގެ ހަށިގަނޑު ދެމިފައި އޮތް އިރު އަނގައިންނާއި ނޭފަތުން އައިސްފައި ހުރި ލޭތައް ވަނީ ގަނޑުވެފައެވެ. ދެލޯ މެރިފައި އޮތް އިރު މޫނުމަތިވެސް ވަނީ ދުޅަވެފައެވެ.
“އޭ!” އެލާރާގެ ބަނޑުގައި ފައިން ކޮއްޓާލަމުން ބޮސް ގޮވައިލިއެވެ. ކުކުރާލާފައި އެލާރާ ހާލަކުން ތެދުވެ އިށީނެވެ. ދެލޯ ކަހާލަމުން އޭނާ ބޮސްގެ ފައިގައި ހިފިއެވެ.
“ޒަވޫ… ކޮންތާކުންތަ ތިއައީ؟ ހާދަ ލަސްވީ ކިހިނެތްވީ…؟” ލޯބިން ފުރިގެންވީ ނަޒަރަކުން ބޮސްއާއި ދިމާލަށް ބަލައިލަމުން އެލާރާ އެހިއެވެ.
“ޒަވޫއޭ؟ ކޮން ޒަވޫއެކޭ ކިޔާކަށްތަ؟” އެލާރާގެ ކޯތާފަތުގައި ޖެހި އިރު ބޮސްގެ މޫނުމަތީގައިވީ އިންތިހާ ރުޅިވެރިކަމެވެ.
“ޒަވޫ.. ނުޖަހަބަ… ވަރަށް ތަދުވެޔޭ…” އެލާރާގެ ދެލޮލުން ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ.
“ބައްޔެއްނުން؟؟ ތަދު ކުރާށޭ މި ޖަހަނީވެސް. ކީކޭ ކިޔާނަމޭ ހިތާތަ ތިއުޅެނީ އޭނ؟؟؟” އޭނާގެ ރުޅިގަނޑު ދިޔައީ ހައްތަހާ ގަދަވަމުންނެވެ.
“ޕްލީޒް… ސޮރީ އޭ.. ދެން ޑިއުޓީގަ ގިނަ އިރެއް ނުވާނެ. ލަޝްކާގެ ވޭދަނަ ބަލާކަށްވެސް ނޫޅޭނަން. އޭނާ ރަހީމު ކުރި މީހަކު އޭނަ ގޮވައިގެން އުޅިދާނުން. އެލާއަށް ކޮން ކަމެއްތަ؟ ދޮންބެމެން އެ ވޭދަނަ ބަލައިދާނެ. އެލާ ދެން ނޫޅޭނަން އެކަމަކާ. ދެން ޒަވޫއަށް ވަގުތު ދޭނަން. ޕްރޮމިސް…” އެލާރާ ރޮމުން ރޮމުން އާދޭސް ކުރަމުން ދިޔައެވެ.
“ކަލޭ މޮޔަވީތަ އޭނ؟؟ ކީކޭ ކިޔާނަމޭ ހިތާ ތިއުޅެނީ؟؟؟” އެލާރާގެ ކޮލުގައި ހިފާ ކޮޅަށް ނަގަމުން ބޮސް އެހިއެވެ. އަދި ހަށިގަނޑަށް ލެވުނު އެންމެ ބާރެއް ލާފައި އެލާރާ ހޫރާލިއެވެ.
ސްކޭން ކުރަން އޮތް އިރު ލަޝްކާ އޮތީ ދާއިޔަލްގެ އަތަށް ފިތާލަ ފިތާލައެވެ. އޭނާގެ ދަރިފުޅު ރަނގަޅު ސިއްހަތުގައިވޭތޯ ހިތާ ހިތުން ދުޢާ ކޮށްލެވުން އަދަދު ބުނަންވެސް ނޭނގެޔެވެ. ވަރަށް ރަނގަޅަށް ސްކޭން ކުރަން އިން ޑަކްޓަރު ބެލިއެވެ. ބަލަން އިނދެފައި އޭނާ އެދެމަފިރިންނާއި ދިމާލަށް ބަލައިލިއެވެ.
“މަރުހަބާ. އެއްމާބަނޑުދެބެން. ދެކުދިންގެ ހާލުވެސް ވަރަށް ބަރާބަރު” ޑަކްޓަރު ދިން ހަބަރާއި އެކު ލަޝްކާގެ ދެލޯ ވިދާލީ އުފާވެރިކަމުގެ ކަރުނައިންނެވެ. ދާއިޔަލްގެ ދެލޯ ވެސްމެއެވެ.
ދެމަފިރިންގެ މޫނުމަތީގައިވީ ހިނިތުންވުން ފެނި ޑަކްޓަރުގެ މޫނުގައި ނުތަނަވަސްކަން އުފެދުނެވެ. ހިންދިރުވާލަމުން ކައިރީގައި އޮތް އޭނާގެ ފޯނަށް ބަލައިލިއެވެ. އޭނާ އެދެމީހުނަށް ދިން އެ އުފާވެރި ޙަބަރު އޭނާއަށްވެސް މިހާރު އިނގޭނެޔެވެ. ދެންވާނީ ކިހިނެތްބާއެވެ؟
(ނުނިމޭ)
ފަސްދޮޅަސްތިންވަނަބައިގެ ތެރެއިން:
“ކިހާ ދެރަ ކަމެއްތަ އޭނ؟؟؟ ބީރީތަ؟؟؟ ނޫނީ އިވޭ ކަމަށް ނަހަދަނީތަ؟؟ މަ މި އަހަނީ ކަލޭ ބަނޑުބޮޑީ ހޭ؟؟؟؟”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.







https://invite.viber.com/?g2=AQAC%2Bh638alAplalxW7Ay5DALBAHbVtYZIlGfNiPIRX5A0ZrH7oURMRGuyqeBZ91
See you all there 🫶🏻🩶
Wait… Hold on…
Can it be tht Imran dude? Lashka ge dad?? Who’s the boss?? Is it possible?? The fact that he wanted dhaaiyal jail ah laan and all… But still… Haw?? Damn… 😭😭
Can’t wait 4 the next part….
hehehehe the theory is nicee i like the way u think @Eyesh hehe.. let’s see dhww dhenn.. this big mystery will be solved soooon… welll not soon but will haha..
in sha allah next soon, stay tuned🫶🏻🩶
I’m really hooked up! You did a rlly good job with this part as well👏
Akiyal mihaaru keeh kuraanamay hithaatha e ulheny😒?! Rangalhah viyya boss athun anekka bodi eh boane!
Alhe elaa keehve zavoo ey e kiyanee?? Is that actually him?? Or his twin? Or a look alike??
I am puzzled! Poor elaa😭
Congra yo lash and dhaai🎉🎉
Btw how did the doc knew ‘eyna’ ah e news dhaane kan? N who tf is eyna? Was the doc on a call with bro? Why was the doc nervous?
Eyna kiyan haadha udhaguleh veyey hama huvaa! Cuz it’s a cord name😁
Anyways waiting for next
Lysm💗💗
jazaakallah khair Your fav bab🫶🏻🩶
hehe let’s see dhww Akiyal kuran eulhenii kyh thoaa.. it will be revealed sooonn..
MUEHEHEHEHEHEHE shihaa akah neyngeyooooo🤣😭🫶🏻
welllll.. lets see dhww whyyy the doctor was nervousss.. in sha allah next episode ga ingeyne..
hehe dhww.. in sha allah next soon..
likewise 🫶🏻
Wow nice
jazaakallah khair Exxo🫶🏻🩶
Fantastic.MA so so interesting 💭 I rlly appreciate ur hardwork on performing such convince tal**
Actually Ella didn’t die That Bastard is taken her into dungeons.I hate that Boss who keeps all people attract like a magnetic role.🫶🏻😭
Btw, Congratulations 👏🏻🎉 Dhaai xx Lash
If I were with you guyyss, I would have given you precious gifts to celebrate baby reveal occasion..😭😭🫶🏻 Sooo Emotional
Anyway, Ella kaairy thw Boss asking that question in next part?Jusss Curious
When’s next??
CW4THENEXTP????
Curiously Waitiggn for the next …..🫶🏻🌹
Ly yyaaa Tc of yourselves bye
jazaakallah khair Huh🫶🏻🩶
yessssssss Ella is still aliveeee..
awwwww soo cuteee..
welll… you’ll know eii kaakukann next episode ga hehe..
likewiseee🫶🏻🫶🏻
Vrh vrh salhi.
jazaakallah khair Gurrllyyy🫶🏻🩶