Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ 56

Listen to this story Audio · 9:57 Powered by Esfiya Voice
0:00 9:57

ކުޑައިރުކޮޅެއްގެ ތެރޭގައި މުޅި އާއިލާ ސައިބޯން މޭޒުދޮށަށް އެއްވިއެވެ. މޭޒުގެ މެދުގައި ހުރި ހޫނު ސައިގެ ވަހާއި، ތަފާތު ބާވަތްތަކުގެ ކާތަކެތިން މުޅި ތަން ވަނީ މީރުވަސް ހިފާފައެވެ. ނައުރީން ލޯތްބާއެކު އެންމެންގެ ތަށިތަކަށް ސައި އަޅައިދެމުން، ދޭތެރެއަކުން ޒާވިލްގެ ލޮލަށް ބަލާލާ ހިނިތުންވެލައެވެ. އެ މޭޒުމަތީގައި ދެކެވޭ ވާހަކަތަކާއި، އެކަކު އަނެކަކަށް ކުރާ ސަމާސާތަކުން މުޅި ގޭތެރޭގައި އޮތީ އުފާވެރިކަމުގެ ރޫހެކެވެ.

(59 ވަނަ ބައި)

ހަވީރުގެ ވަގުތެވެ. ސިންކު ކައިރީގައި ހުރެ އަތުގައި ހުރި ހެނާތައް ދޮންނަން ހުރި ވިޝާޔާއަށް ފޯނާއި ދިމާލަށް ބަލައިލެވުނީ މެސެޖެއް އައިސްގެން ފޯނު ދިއްލުމުންނެވެ. “ޕްލީޒް… ދެން ދުވަހަކުވެސް ވިޝާއަކަށް އޮޅުވާނުލާނަން. އަދި ހަމަ އެންމެ ފުރުސަތެއް ޕްލީޒް…” ޒަވުލްގެ މެސެޖުގައި އިނެވެ. ވިޝާޔާ އިސްޖަހައިލިއެވެ. އެލާރާގެ ވާހަކަ ފަޅާ އެރީން ސުރެ، ވިޝާޔާ އަދި އޭނާއަށް ވާހަކަ ދައްކާފައެއް ނުވެޔެވެ.

“އޭ.. ކިހިނެތްވެފަތަ؟” ފަހަތުން އައިސް ހުއްޓުނު ވިޝާހާ އަހައިލިއެވެ.

“ނޫން. ކަމެއް ނުވޭ..” ދުވަހަކީ ވިޝާހާގެ ކައިވެނީގެ ދުވަސްކަމުން އެވާހަކަ ދައްކާކައް އޭނާ ބޭނުމެއް ނުވިއެވެ.

އެވަގުތު ކާގެ ތެރޭގައި ހުރެފައި ފަރީޝާ އެތެރެއަށް ވަނީވެސް އެވަގުތެވެ. “ކަލޭނޭ ދަރިފުޅާ ކާޑުތައް ފޮނުވައިފިންތަ؟” ނިއްކުރިމަތީގައި ހުރި ދާތައް ފުހެލަމުން ފިރާޝާ ސުވާލު ކޮށްލިއެވެ.

“ފަރީ ހުއްޓާ ކާޑު ބަހަން ޖެހޭތަ؟ ތިއީ ގައިމު މިރަށުގެ އެންމެ ނަން މަޝްހޫރު ރޭޑިއޯ” އެވަގުތު އެތަނަށް ވައިން ދެބެންގެ ބައްޕަ، ރަޒާން ބުންޏެވެ.

“އެހެރީ އޭނ؟ ދަރިފުޅުމެންގެ ބައްޕަ ދައްކާ ވާހަކަ. ވިޝާހާ ބުނަން. މީކައިލް ގާތުގަ ބުނާތި އެކަހަލަ ވާހަކަ ދައްކައިގެން ނުވާނޭ” އަމުރު ކޮށްލާ ކަހަލަ ގޮތަކައް ފަރީޝާ ބުންޏެވެ.

“ހޫންންން ހަހަ އޯކޭ އޭ. ދެން މަންމަމެން ކޯޅެން ފަށާނީކީ ނޫން ހަހަ” ހެމުން ހެމުން ވިޝާޔާ ބުނެލިއެވެ.

“ހަހަ އެބުނާހެން. އޯކޭ އޯކޭ. ކައިލް އެ މެސެޖު ކުރީ މިއައީ އޭ ކިޔާފަ. ޝާހާ ދަނީމި އިނގޭ؟” ފަރީޝާގެ ހަށިގަނޑުގައި ބައްދާލަމުން ވިޝާހާ ގެއިން ނިކުންނަން ދިޔައެވެ. އެކަމަކު އަލުން އަނބުރާލާފައި ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ކަޅު ކުލައިގެ ދިގު ހެދުމަކާއި އެކު މުށި ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި ވިޝާހާ ވަރަށް ލޯތްބެވެ. މޫނުމަތީގައި އެއްވެސް މޭކަޕެއް ނެތް އިރުވެސް ބަލާ ބަލާ ފޫހި ނުވާނޭ ފަދަ ރީތި ކަމެކެވެ. ނިކުތުމުގެ ކުރިން ސެންޓު ޖަހާލަމުން މުޅި ހަށިގަނޑުން މީރުވަސް ދޮއްވާލިއެވެ.

ވިޝާހާގެ ގޭ ދޮރާށި ކައިރީގައި ސައިކަލުގައި އިން މީކައިލްވެސް ވަކި ވިޝާހާއަށް ދޫކުރާ ވަރެއް ނޫނެވެ. ކަޅު ކުލައިގެ ޖީންސަކާއި އެކު މުށި ކުލައިގެ ގަމީހެއް ލައިގެން އިން އިރު ރީތި ގޮތަކަށް އިސްތަށިގަނޑުވެސް ވަނީ ސްޓައިލް ކޮށްލާފައެވެ. އަތުގައި ‘އެޕަލް ވޮޗް’ އެއް އޮތް އިރު ނިއްކުރިމަތީގައި އޭނާގެ އައިނު އިނެވެ.

ދޮރު ހުޅުވާލާފައި ވިޝާހާ ނިކުތުމާއި އެކު މީކައިލްގެ ދެލޯ ވިދާލިއެވެ. ވާން އުޅޭ އަނބިމީހާ ފެނި އެހިތުގައި އުފާވެރިކަމުގެ ރާގެއް ކުޅެލިއެވެ. “އަސްތާ ކައިލްގެ ޝާހާ ހާދަ ލޯތްބޭ” ދަތްދޮޅީގައި ފިރުމާލަމުން މީކައިލް ތަޢުރީފު ކޮށްލިއެވެ.

ފެންނަ ކޮންމެ ފަހަރަކުވެސް މީކައިލްގެ ފަރާތުން ތަފާތު އެކި އެކި ތަޢުރީފުތައް ވިޝާހާއަށް ލިބެޔެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެމޫނު މަތިން ލަދުން ގޮސް ރަތްވެލައެވެ. “ދޭންންންން ކައިލޫ. ހެވޭ ލަދު ނުގެންނުވިޔަސް…” މޫނުމަތީގައި އަތް އަޅަމުން ވިޝާހާ ބުންޏެވެ.

“ހަހަ. ދެން ލަދު ގަންނާނެ ކަމެއް ނެތް އިނގޭ؟ މިރޭ އަދި އޮތީ ކަންކަން” އެއްލޯ މަރާލަމުން މީކައިލް ބުނެލިއެވެ.

“ޗީޑީ” މީކައިލްގެ އަތުގައި ޖަހަމުން އޭނާ ސައިކަލު ފަހަތައް އެރިއެވެ.

އިރުއޮއްސެމުންދިޔަ ވަގުތު އުދަރެސް ފެންނަނީ ނުހަނު ފުރިހަމަ އަދި ހިތްގައިމު ކުރެހުމެއް ފަދައިންނެވެ. ރަން ރީނދޫކުލައާއި، އޮރެންޖު އަދި ފަނޑު ރަތްކުލައިގެ ދޯދިތައް އުދަރެހުގައި ފެތުރިފައިވާއިރު، މުޅި ކަނޑުގެ ލޮނުގަނޑުވެސް އޮތީ އެ ރީތި ކުލަތަކުން ޖަރީވެފައެވެ. މަޑުމަޑު ވައިރޯޅިތައް އައިސް ގަސްގަހާގެހީގެ ފަތްތަކުގައި ބީހިލާ އިރު، ދޫނި ސޫފާސޫފިތަކުގެ މިއުޒިކީ އަޑުތައް މުޅި މާހައުލަށް ދިރުން ގެނެސްދެއެވެ.

ލޯގަނޑުގެ ކުރިމަތީގައި އިން ވިޝާހާ ފެންނަނީ ހުވަފެނީ ރާނީއެއް ފަދައިންނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ލަދުވެތިކަމާއި އުފާވެރިކަން އެކުލެވިފައިވާ ފުރިހަމަ ހިނިތުންވުމެކެވެ. ވިޝާހާގެ ކައިވެނީގެ ހެދުމަކީ އިސްލާމީ ރިވާޖުތަކާއި މުޖުތަމައުގެ ރީތި އާދަކާދަތަކާ ގުޅޭގޮތުން ފަރުމާކޮށްފައިވާ، ބަލާލަން ނުހަނު ހިތްގައިމު އަދި ޝާހީ ހެދުމެކެވެ. މުޅި ހެދުން ފަރުމާކޮށްފައިވަނީ އޭނާގެ ހަށިގަނޑުގެ ވަނާތައް ހާމަނުވާނޭ ފަދަ ދޫކޮށެވެ. ހެދުމުގެ ފޮއްޗަކީ ފެންވަރު ރަނގަޅު “މެޓް ސިލްކް” އެކެވެ. އޭގެ މަތިން ލޭޔަރެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ނުހަނު މަޑު “ޝިފޯން” ފޮތިގަނޑު، އޭނާ ހިނގާލާއިރު ފަހަތުން ރާޅުބާންޏެއް ފަދައިން އޮހެމުންދެއެވެ. ހެދުމުގެ އަތްމައްޗާއި ކަރުވަށައިގެންވާ ބައިގައި، ހުދުކުލައިގެ ރޮދިންނާއި މުތީތަކުން ޖަރީ ކޮށްފައިވެއެވެ. މި މަސައްކަތްތައް ބޮޑަށް ފެންނަން ހުރީ އަތުކުރިއާއި ހެދުމުގެ ފަސްބައިގައެވެ.

ވިޝާޔާ އަޅާފައިވާ ބުރުގާ ފަރުމާކޮށްފައިވަނީ ހެދުމާ ނުހަނު ގުޅޭގޮތަށެވެ. އެއީ މޫނުގެ ބައްޓަމާ ގުޅޭގޮތަށް ރީތިކޮށް އަތުރާލެވިފައިވާ، ފަށުވި ފޮތީގެ ބުރުގާއެކެވެ. ބުރުގާގެ މަތިން އޮތް ދިގު “ވެއިލް” ނުވަތަ ފޭލީ ފެށިފައިވަނީ ބޮލުގެ މަތިންނެވެ. މި ފޭލީގެ ވަށައިގެންވާ ބޯޑަރުގައި ހެދުމުގައި ހުރި ފަދަ މުތީގެ ފަރުމާތައް ޖަހާފައިވާއިރު، އެ ފޭލީ ބިމުގައި ކޭތެމުންދާ މިންވަރަށް ދިގުކޮށް އޮތުމުން އޭނާގެ ސިފައަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. މުޅި ހެދުމުން ސިފަވަނީ މައުސޫމްކަމާއި، ޝަރަފުވެރިކަމާއި، އަދި ހިތްތާޒާކުރުވާފަދަ ނަލަކަމެކެވެ.

އަނެއްކޮޅުން މީކައިލް ހުރީ އޭނާގެ ހަޔާތުގެ އެންމެ މުހިންމު ވަގުތަށް ތައްޔާރުވެގެންނެވެ. އޭނާގެ ފިރިހެންވަންތަކަމާއި ހިތްގައިމުކަން މިއަދު ދިހަގުނަ އިތުރުވެފައިވާ ކަހަލައެވެ. މީކައިލްގެ ގާތުގައި އެޒިކިއެލް ހުއްޓެވެ. “ކައިލް، މިއަދު ވިޝާހާ ފެނުމުން ހަމަހޭ ހުންނާނެބާ؟” އެޒިކިއެލް ލާނެތް ހިނިތުންވުމަކާއެކު މީކައިލްއާ ދިމާކޮށްލިއެވެ. މީކައިލް ލަދުން ހިނިތުންވެލަމުން އޭނާގެ ކޯޓު ރީތިކޮށްލިއެވެ. މިއަދު އެޒިކިއެލްވެސް ހުރީ ނުހަނު ނަލަވެގެންނެވެ. އޭނާ ލައިގެން ހުރީ ގަދަ މުށިކުލައިގެ، ހަށިގަނޑާ ގުޅޭ ވަރަށް ފުރިހަމަ ސޫޓެކެވެ. އޭގެ އެތެރެއިން ހުދު ގަމީހެއް ލައި، ކަރުގައި މަޑު މުށި ކުލައިގެ ޓައީއެއް އަޅާފައިވާއިރު، އޭނާގެ ސިފަވެސް ފެންނަނީ ވަރަށް ޝާހީކޮށެވެ.

ކައިވެނީގެ ހަފުލާ ބާއްވާ މާލަން ތައްޔާރުކޮށްފައިވަނީ “ކެރެމެލް ބްލަޝް” ތީމަށެވެ. މުޅި ސަރަހައްދުގައި ހުރީ ފަނޑު މުށިކުލައާއި، އޮރެންޖު ކުލައިގެ މާތަކުން ޖަރީކޮށްފައެވެ. މޭޒުތަކުގެ މަތީގައި ހުރި އުއްބައްތިތަކުގެ އަލިކަމާއި، ވަށައިގެން ދިއްލާފައިވާ ކުދި ބޮކިތަކުން މާހައުލަށް ގެނެސްދެނީ ހިތްގައިމު އުދަރެހެއްގެ އިހުސާސެވެ. ކެރެމެލް ކުލައިގެ ފޮތިތަކާއި ‘ބްލަޝް ޕިންކް’ ކުލައިގެ މާތައް އެކުވެގެން އުފެދިފައިވާ މާހައުލަކީ ހަމަ ހަގީގަތުގައިވެސް ސިހުރުވެރި މަންޒަރެކެވެ. ކައިވެނީގެ ވަގުތު ޖެހުމާއެކު، މީކައިލްއާއި ވިޝާހާ އެކުގައި ހިނގާފައި އައި މަންޒަރަކީ ހާޒިރުވެ ތިބި އެންމެންގެ ހިތްތައް އަތުލައިގަތް ވަގުތެކެވެ. އެދެމީހުންގެ ލޯބިވެތި ބަލައިލުންތަކާއި، އެކަކު އަނެކަކަށްޓަކައި ހިތުގައިވާ ގަދަރު އެ މޫނުމަތިން ސާފުކޮށް ފެންނަން ހުއްޓެވެ.

“އަނބި ގަބޫލު ކޮށްފިން…” އުފަލުގެ ކަރުނައިން ފުރިފައިއިން އޭނާގެ ލޯބިވާ އަނބިމީހާއާއި ދިމާލަށް ބަލައިލަމުން މީކައިލް ބުނެލިއެވެ. ހުދު އޭނާގެ ލޮލުގައިވެސް ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ. އުފަލުގެ ކަރުނައެވެ. އަލްހަމްދުލިއްލާހިއެވެ. މިއަދުން ފެށިގެން ވިޝާހާއެއީ އޭނާގެ އަނބިމީހާއެވެ. ހަމަ އެކަނި އޭނާގެ ހައްގެކެވެ.

ކައިވެނީގެ ހަފުލާ ނިންމުމުގެ ކުރިން މާބޮނޑި އެއްލުމައް ތައްޔާރު ވިއެވެ. ކައިވެނީގެ ހަފުލާގައި ތިބި ވިޝާހާގެ އާއިލާއާއި ގާތް އެކުވެރި އަންހެނުންތައް އައިސް ފަހަތުގައި ބަރިއަކަށް ޖެހިލިއެވެ. ފޮޓޯ ނަގާ މީހާވެސް ފޮޓޯ ނެގުމައް ތައްޔާރުވެލިއެވެ.

މީކައިލް ވެސް ދުރަށް ޖެހި ފޯނު ނަގާ ވީޑިއޯ ކުރަން ފެށިއެވެ. ފުރަގަހަށް ހުރެ ވިޝާހާ މާ ބޮނޑި އެއްލުމައް ތައްޔާރު ވަމުން ދިޔަ އިރު ހުރިހާ އަންހެން ވެރިން 10 އަކުން އެކަކައް ގުނަމުން ދިޔައެވެ. ގުނަމުން ގޮސް އެކަކަށް ބުނުމުން އެއްލަން އުޅެފައިވެސް، ވިޝާހާ ފަހަތައް އެނބުރުނެވެ. އަންހެންވެރިންނާއި ދިމާލަށް އޭނާ ހިނގައިގަތުމުން ދެން އެތަނުގައި ތިބި އެންމެންވެސް ހިނގައިގަތެވެ. ވާނުވާ ނޭނގިފައި ހުރި މިކްޔާ ފިޔަވައެވެ.

“ފަހަތް ބަލާލަބަ” މިކްޔާ އަތައް މާ ބޮނޑި ދެމުން ހީލާފައި ވިޝާހާ ބުނެލިއެވެ. ވިޝާހާ ބުނިހެން އޭނާ ފަހަތައް އެނބުރުން އިރު އޭނާ ގާތުގައި އެއްކަކޫ މައްޗައް ތިރިވެގެން އެޒިކިއެލް އިނެވެ. އެމަންޒަރު ފެނި މިކްޔާއަށް އަނގަމަތީގައ އަތް އެޅުނެވެ.

“މިކީ… މިހާރު އަހަރެމެން ރައްޓެހިވީ ފަހުންވެސް 2 މަސް ވީ މިއޮއް. އެކަމަކު އަހަރެން ބޭނުމެއް ނުވޭ، ކައިވެނި ނުކޮށް އެހާ ގިނަ ދުވަހު އުޅޭކަށް. އަހަރެން މިކީދެކެ ވަރަށް ލޯބިވޭ. ތިއީ އަހަރެންގެ ފުރާނަ. އަހަރެންގެ ދިރިހުރުން. މުޅި ހަޔާތް އަލިކޮށްދިން މަލިކާ. އަހަރެންގެ ދިރިހުރުމުގެ މަގުސަދު. އަހަރެން ބޭނުންވަނީ މިގޮތުގައި ދެން ނޫޅި އަވަހަށް ކައިވެނި ކުރަން. ކައިވެނިކޮށް ހަލާލު ގޮތުގައި މިގުޅުން ކުރިއަށް ގެންދަން. މިކީ… މިކީ އަހަރެންނާއި ކައިވެނި ކުރާނަންތަ؟”

އަސަރާއި އެކު ވާހަކަ ދެއްކި އެޒިކިއެލްގެ ވާހަކަތައް އަހާ ނިމުން އިރު މިކްޔާއަށް ރޮވެމުން ދިޔައެވެ. އޭރު އެންމެން އިންތިޒާރު ކުރަމުން ދިޔައީ މިކްޔާގެ ޖަވާބަކަށެވެ. އެޒިކިއެލްވެސް މެއެވެ.

“ޔެސް…” ލަދުން އިސްޖަހާލަމުން މިކްޔާ ބުންޏެވެ.

ކައިވެނީގެ ހަފުލާގެ ބާކީ އޮތްބައި ދެން ކުރިއަށް ދިޔައީ ވަކިން އުފާވެރިކަމާއި އެކުގައެވެ. އަލަށް ކައިވެނި ކުރެވުނު ޖޯޑާއި ކައިވެނި ކުރަން ތައްޔާރީތައް ފެށުނު ޖޯޑަށް މަރުހަބާ ކިޔުމައް ފަހު، ފޮޓޯތައް ނަގާ އެ އުފާވެރި ރޭ ހަނދާނުގެ ފޮތުގައި ރައްކާ ކުރިޔެވެ. މަޖަލާއި ސަކަރާތުގައި އުޅިފައި ހަފުލާ ނިމުން އިރު 30 12 ވާން އުޅެޔެވެ.

(ނުނިމޭ)

ފަސްދޮޅަސްވަނަބައިގެ ތެރެއިން:

“ހިތައް އަރާ… މި މަންޒަރު ދެކެން މަންމަމެން ދުނިޔޭގަ ހުރި ނަމައޭ… އަހަރެން ފިރިއަކަށްވެ، މިކީ ހިތުބާ ކުރެވުނީ ހަމަ އެއް ރެޔަކު.. މިރޭ މަންމަމެން ތިބި ނަމަ ހާދަ އުފާވީހޭ…” ރޮމުން ރޮމުން ވިޝާހާގެ މޭގެތެރޭގައި ބޮނޑިވެލަމުން މީކައިލް އެހިތުގެ ޝަކުވާ ކޮށްލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. shav

    Awww vishaahaa and meekail soo cutee. And miky n ezikiel ves.
    Vrh vrh reethi shihaa. The sifakurunthah is just wow. No words needed.
    When next?
    Keep up the good work
    Stay safe n healthy n take care
    Lots of love 🫶💜

    1. shihaamaa ali
      shav

      Dhwww🥹🥹🥹
      Jazaakallah khairan lovie this is sooo sweet🥹🩶🫰🏻
      In sha allah next maadhan nun aneh dhuhun..
      Stay tuned likewise 🫰🏻

  2. Sheex

    Wooow haadhahaa reechey mi part MA
    Alhey they got married awwwh
    Congratulations meekail and Vishaa
    And congratulations ellu and miky
    Hope u wil have the bestest lifes in the world
    CW4THENEXTP
    TC gurll luv ya sm

    1. shihaamaa ali
      Sheex

      Jazaakallah khairan Sheex 🩶🫶🏻
      Dhwww soooo cuteee.. in sha allah..
      In sha allah next maadhan nun aneh dhuhun
      Likewise🩶🫶🏻

Comments are closed.