Skip to content
އެސްފިޔަ

ވަފާތެރިމަވީމޭ 2 (8)

Listen to this story Audio · 5:28 Powered by Esfiya Voice
0:00 5:28

“އަހަރެން ބޭނުމެއް ނޫން އެ ނިކްޔާން މަގޭ ދަރިފުޅާ ވައިވެސް އެޅޭކައް. އޭނަ އަށް ޒުކާއާއި ޒާކު ވެސް އެހުރީނުން؟ އަހަރެން ޔަލޫ ކައިރީގަ ބުނިން ޔަލޫގެ ބައްޕިއާއި މަށާ މިތިބީ ވަރިވެގެންނޭ. އެހެންވީމަ… ފައި ބުނިން ދޯ…؟ ކޮންމެ ކަމެއްވެސް ކޮށްދޭނަމޭ…” ޝަކުވާ ކޮށްލާފަދައިން ޔޫއާ ބުނެލިއެވެ.

(8 ވަނަ ބައި)

“އެންމެ ރަނގަޅު. އަހަރެން ތިކަން ކޮށްދީފާނަން. އެކަމަކު… އަހަރެން އުންމީދު ކުރަން ކޮންމެވެސް ދުވަހަކުން ޔަލޫގެ ބައްޕައަކީ ނިކްޔާން ކަން ޔަލޫއަށް ކިޔައިދޭނެ ކަމަށް” ފައިޒަން އޭނާގެ ޝަރުތު ހުށަހެޅިއެވެ.

“ހޫމް… ޔަލޫ ބޮޑުވީމަ. ނިކްޔާންގެ ބޭވަފާތެރިކަން ކިޔައިދެވޭ ވަރުވީމަ…” ޔޫއާ ބުނެލިއެވެ.

އައިސް ކުރީމު ބޮއެގެން ޒާކުއާއި ނިހާލް ގެއަށް އައިސް ވައިން އިރު ޒާކުގެ އިންތިޒާރުގައި ނިކްޔާން ސޯފާގައި އިނެވެ. ނިކްޔާން ފެނުމުން ނިހާލްގެ އުރުން ފައިބަމުން ގޮސް ބައްޕަގެ އަތުގެ ތެރޭގައި ޒާކު ބޮނޑިވެލިއެވެ.

“ދެން ދުހާކުން ބައްޕި ނާއިއްސިއްޔާމުން ޒަކޫ ހަމަ އަސްލުކޮށްވެސް ބައްޕިއާއި ރުޅިވާނަން” ޒާކު ބުނެލީ އަމުރުވެރި ގޮތަކަށެވެ. ހީނލަމުން ދެން އެހެން ނުވާނޭ ކަމަށް ނިކްޔާން އެއްބަސް ވިޔެވެ.

ޒާކު ފެންވަރުވާލައިގެން ނިކްޔާން ނިކުމެ ޒާކު ކައިރީގައި ކާނަންތޯ އެހިއެވެ. ނަމަވެސް އެކުއްޖާގެ ޖަވާބަކަށްވީ، ‘ކާފައާއި އެކު އައިސް ކުރީމް ބުއީމެވެ’ އެވެ. އެހެން ކަމުން ޒާކު ކުޅެން ބައިންދާފައި އެމަންޒަރު ބަލަން ސޯފާގައި ނިކްޔާން އިނެވެ.

މެންދުރުވާން އުޅެނިކޮށް ގޭގެ ދޮރު ހުޅުވާލާފައި ޒުވާން ފިރިހެނަކު ވަނެވެ. އޭނާގެ ފަން ދިގު އިސްތަށިގަނޑު ދިގު ކޮށްފައިވީ އިރު، އުނަގަނޑާއި ހަމައަށް އަރައެވެ. ދިގުކޮށްފައިވީ ތުންބުޅީގެ އިތުރު އޭނާގެ ބުމައިގައިވެސް އެއްޗެއް އަޅުވާފައި އިނެވެ. ކަޅު ކުލައިގެ ދޫ ޓީޝާޓެއް ލައިގެން ހުރި އިރު ލައިގެން ހުރި ޖިންސުވެސް ހީވަނީ ވެއްޓެން އުޅޭ ހެންނެވެ. އެހާވެސް ދުލެވެ. ޖީންސުގައިވެސް ފާޑެއްގެ ޗޭނު ގަނޑެއް އަޅުވާފައި އިނެވެ. ގެއަށް ވަނުމާއި އެކު އޭނާގެ ގައިން ދުވަމުން ދިޔަ ސިނގިރޭޓު ވަހުން މުޅިތަން އެއްވަސްވެލިއެވެ. ލޮލުގައި އިން އަވި އައިނު ނަގަމުން އޭނާ ހީލިއެވެ. އެއީ ޒުކާންއެވެ. ޒުކާގެ ދޮންބެއެވެ.

“ދޮންބޭ…” ޒުކާން ފެނުމުން ޒާކު ދުވެފައި ގޮސް ޒުކާންގެ އަތުތެރެއަށް ވަދެގަތެވެ.

“އަސްތާ ދޮންބެގެ ދޮންކޮޅު. ހިނގާދާން އައިސް ކުރީމް ބޯން” ޒާކުގެ ކޯތާފަތުގައި ދޮނެއް ދެމުން ޒުކާން ބުނެލިއެވެ.

“އައްޗީޑީ ދޮންބެ ގައިގަ ދުވަނީ ހަމަ ސިނގިރޭޓު ވަސް” ނޭފަތުގައި އަތް އަޅަމުން ޒާކު، ޒުކާންގެ އުރުން ފޭބިއެވެ. “މާމާ، މާމާ” ގޮވަމުން ޒާކު ވަނީ ބަދިގެއަށެވެ.

ސޯފާގައި އިން ނިކްޔާން ހިތްހަމަ ނުޖެހިފައި ތެދުވިއެވެ. އަދި ލަސް ހިނގުމުގައި ގޮސް ޒުކާން ކުރިމަތީގައި ހުއްޓުނެވެ. “އަހަރެން ކިތައް ފަހަރުތަ ޒުކާން ގާތުގަ ބުނީ ޒަކޫ ކައިރިއަށް އަންނަ އިރު ތިވަރަށް ސިނގިރޭޓު ބޮއެގެން ނާންނާށޭ؟!”

ހިތްހަމަ ނުޖެހިފައި ނިކްޔާން އެހެން ބުނި ނަމަވެސް ޒުކާން ފެށީ ހޭށެވެ. “ހަހަ.. ޗިލް ބުރޯ. ޅިޔަނުވެސް ނިކަން ފެގެއް ބޯލަބަލަ. އޭރަށް އިނގޭނެ މިއީ ކިހާ ދެވި ހިފާ ވަރުގެ ކަމެއްކަން” ޖީބުގައި އޮތް ސިނގިރޭޓު ފޮށި ދިއްކޮށްލަމުން ޒުކާން ބުނެލިއެވެ.

“މަ ނޫޅެން މޮޔަވެގެނެއް” ހިތްހަމަ ނުޖެހިފައި އޭނާ ގެއިން ނިކުތެވެ.

ގެއިން ނިކުމެވުމާއި އެކު އޭނާގެ ހާލާއި މެދު ޝަކުވާ ކުރެވުނެވެ. ޒުކާގެ އުޅުމުގެ އިތުރުން އާއިލާއާއި އަޅާ ކިޔަސް، ޔޫއާ މާ ރަނގަޅެވެ. އެއްގޮތަކައްވެސް އެގޮތެއް ނިކްޔާންއަކަށް ކަމަކު ނުދެޔެވެ. ޒުކާ ގާތުގައިވެސް ކުރު އެއްޗެހި ލުން ހުއްޓާލާފައި ބުރުގާ އަޅާ ރަނގަޅަށް ނިވާ ވާން ކިޔާ ކިޔާ މިހާރު ނިކްޔާންގެ އަރަށް ތަދުވެއްޖެޔެވެ. ވަރުބަލި ވެއްޖެޔެވެ.

އެވަގުތު ފިހާރައަކުން ނިކުން ޔޫއާ އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭނާ ގާތައް ދާން އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު ޔޫއާ ފަހަތުން ނިކުން ޒުވާނާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ދެމީހުން ހީ ސަކަރާތް ޖަހަމުން ގޮސް އޭނާގެ ސައިކަލަށް ޔޫއާ އެރީ ނިކްޔާން ބަލަން ހުއްޓައެވެ. އެއީ ޔޫއާގެ ލޯބިވެރިޔާ ހެއްޔެވެ؟ އެހެން ހިތައް އެރުމުން އޭނާގެ މޫޑު ވަކިން ހަރާބު ވިއެވެ.

“ކީކޭ ބުނާނީ؟ ޔޫއީ އެހެން ބުނީން ސުރެ އަހަރެން މި ވިސްނަނީ އެކަމާ މެދު” ސައިކަލު ދުއްވަން އިން ފައިޒަން ބުނެލިއެވެ.

“އެކަމާ އަހަރެންވެސް މި ވިސްނަނީ. ޔަލޫ ވަރަށް އުފާވާނެ ގައިމުވެސް ތިއީ ޔަލޫގެ ބައްޕައޭ ބުނިއްޔާ. އެންމެ ކުޑަ އިރުންސުރެވެސް ކައިރީގަ ވިއްޔާ ތި އުޅުނީ” ހީނލަމުން ޔޫއާ ބުނެލިއެވެ.

ދެމީހުން އެކުގައި ގޮސް ޔޫއާގެ ގޭ ކައިރީގައި ސައިކަލު މަޑުކޮށްލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ޔޫއާ ހަމަ ޖެހިލިއެވެ. ފައިޒަން ހުރީ އަދި މާ ބިރުންނެވެ. “އޭ ދެން ފައީ… ހަމަ ޖެހިބަލަ ދޯ؟ ހަހަހަ” ހެމުން ހެމުން ޔޫއާ ބުންޏެވެ.

“ހޫމް. ހަމަ ޖެހުނީ. ހިނގާ” އަތުގައި އޮތް ބޮޑު ޕިކްފައިން ބޮނޑިއާއި ޗިކަން ރިންގު ބޮނޑިއަށް ބާރު ކޮށްލަމުން ފައިޒަން ބުނެލިއެވެ.

ޔޫއާ އެތެރެއަށް ވައިން އިރު ޔަލާ އިނީ ކުޅެންށެވެ. ޔަލާ ބަލަން ގާތުގައި ޔޫއާން އިނެވެ. ޔަލާ ގާތުގައި އުޑަފައިން އިށީންނަމުން ޔޫއާ ބަލައިލީ ސީދާ އެކުޑަކުޑަ ދެލޮލަށެވެ. “ޔަލޫ. ލޯ މަރާލަބަ. މިއައީ ދަރިފުޅުގެ ބައްޕި ގޮވައިގެން” ޔޫއާ އެހެން ބުނުމާއި އެކު ޔަލާ އުފާވެފައި ދެލޯ މަރާލިއެވެ.

ޔޫއާގެ އިޝާރާތައް ލަސް ލަހުން ފައިޒަން އެތެރެއަށް ވަނެވެ. ވަގުތުން ޔޫއާންގެ ދެލޮލުން ދިޔައީ ތަރި ބުރައިގެންނެވެ. “ޔަލޫ… އެއީ ޔަލޫގެ ބައްޕި…” އިނގިލި ދިއްކޮށްލަމުން ޔޫއާ އެހެން ބުނެލިއެވެ. ލޯ މަރާލައިގެން ހުރި ޔަލާ ދެލޯ ހުޅުވާލިއެވެ.

(ނުނިމޭ)

ނުވަވަނަބައިގެ ތެރެއިން:

“ކޮބާތަ ޔޫއާގެ ފިރިމީހާ؟” ފައިޒަންއާއި ދިމާލަށް ބަލަން އޮވެ، ދޫނެރެލަ ނެރެލަ އޮތް ކުޑަކުޑަ ޔަލާގެ އަތުގައި ހިފާލަމުން އޭނާ އެހިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. Sheex

    V reethi MA
    Alhey e kudhinnah ehen nahadhaa yooaa ar zukaa ah dhevey aniya eh noon eii
    Alhey keeh vaanee zakuu ar yalaa ar dhemedhu vis nasnaa lee ar ekudhinnah haadha aniyaa ekey e dhe dhevenii
    CW4THENEXTP
    Tc

    1. shihaamaa ali
      Sheex

      Jazaakallah khairan Sheex 🩶🫶🏻
      Yeaa dhww. Adhi Yooaa ah visneyne in sha allah
      In sha allah next maadhan
      Stay tuned, likewise 🫰🏻

  2. Exxo

    Damn God. This one’s the best Shiherrrr.
    Ly…

    1. shihaamaa ali
      Exxo

      Jazaakallah khairan Exxo 🩶🫶🏻
      Likewise 🫰🏻

  3. Aisha

    Reethi ♥️ mi vaahaka gai vafaari vee kaaku tha? Yooya kanthah thikuranee rangalakah noon yaan ah dharifulu dhahvan vaane adhi bahdhalu vx vaan vaane

    1. shihaamaa ali
      Aisha

      Jazaakallah khairan Aisha 🩶🫶🏻
      Adhi ingeyne dhw.. lets waitt the story jst started ehnun .. heehee.. lets see

Comments are closed.