“ދެން ތިބުނީ.. އެކަނިހޭ މާލެދާނީ؟ މީއަހަރެން ބައްޕަގެ ދޯނި. ބައްޕަވެސް އެބަހުރި މީގަމިރޭ. ޒީން! ތެދުވެބަލަ. ހިނގާބަލަ ދާން އަހަރެން ބައްޕައާ ވާހަކަދައްކާލަން.” ޒީންގެ އަތުގަހިފާ ނަގަން މަސައްކަތްކުރަމުން އިޝާލް މަޖާގޮތަކަށް ބުނެލިއެވެ. “އުނހު… ދެން ސާބަސް.. އެއްކަލަ އިޝާލް. އަހަންނަކަށް ނުކެރޭނެ.” އިޝާލް އަތްތިލައިގެ ތެރެއިން އަހަރެންގެ އަތްތިލަ ދަމައިގަންނަމުން ބުނެލީމެވެ. “ހޫމް… ހޫމް… ދެން ތިކަން ހުއްޓާލަބަލަ. އެހެރަ އަންނަނީ އަހަރެން ބައްޕަ. މި އިޝާލް ލަދެއްވެސް ނުގަނޭ.” ނަތޫ ބުނި ވާހަކައިން އިޝާލްއާއި […]
“މަންމަމެން ފޯނު ކުރާމީހަކީ ކާކުތަ؟ އަހަންނަށް ނުވެސް އެނގޭ. މީކީ މަންމައާ ބައްޕަގެ ރައްޓެހިންވެސް އައިސްއުޅޭ ތަނެއް ނޫން ދުވަހަކުވެސް. ދެން އަނެއްކާ އަހަންނަކީ އެއްބަނޑު އެއްބަފާ އެއްވެސް މީހެއް ހުރި މީހެއްނޫން. އަހަންނާ ތިމައިގެ މީހެއްވެސް އަހަރެން ދުވަހަކުވެސް ނުދެކެން. ކުއްލިޔަކަށް ފެންނަންފެށި މަންޒަރެއްވީމަ މިއަހާލީ.” އަހަރެންގެ ސުވާލުން ބައްޕައާ މަންމައަށް ލިބުނީ ބަޔާންކުރަން ނޭނގޭފަދަ ހައިރާން ކަމެކެވެ. ޒީނިޔާ ބަލައިލީ ފަރީދުގެ މޫނަށެވެ. ފަރީދު ބަލައިލީ ޒީނިޔާގެ މޫނަށެވެ. އެއަށްފަހު މަންމައާ ބައްޕަ ތިބީ […]
“ހުމްހޫނނ…ނޫނޭ. މިބުނަނީ ފޯނު ކުރާވާހަކަ. ނަތޫވެސް ހުއްޓަ އަހަން ބޭނުމީ. އެގަޑިއަށް އާދެވިދާނެތަ އިރުއޮއްސޭއިރު.” އަހަރެން ވަރަށް ހަމަޖެހިލައިންހުރެ ބުނެލީމެވެ. ޒީން އެހެން ބުންޏަސް ނަތޫ އެގެއަށްދާނެ ހިތްވަރު ހުންނާނެ ބާއެވެ.؟ ނަތޫއަކީ ގިނަ ފަހަރަށް ހަގީގަތާ އެއްކޮޅަށް ވާހަކަ ދައްކަން އާދަވެފައިވާ ކުއްޖެކެވެ. ފަރީދާއި ޒީނިޔާގެ ސިއްރު ފަޅާ އަރުވާލެވުމަކީ ދާދި އަވަހަށް ނަތޫއަށް ކުރެވިދާނެ ކަމެކެވެ. އެހެންވެ، މިވަގުތު ނަތޫ ވިސްނަން ޖެހެނީ މަސްލަހަތަށެވެ. އެވާހަކަތައް ޒީންއަށް އެނގެން ޖެހޭނީ ނަތޫގެ ފަރާތަކުން ނޫންކަން […]
ނަތޫއަށް މިއިވުނީ ސިހުމެއް ގެނުވި ވާހަކަތަކެކެވެ. ޒީންގެ ބައްޕައަކީ ފަރީދު ނޫންކަމެވެ. ޒީންގެ މަންމަގެ ސިއްހީ ހާލަތުގެ ސީރިޔަސްކަމެވެ. ޒީންއަށް މިކަންކަން ފޮރުވަނީ ކީއްވެބާއެވެ.؟ ޒީންގެ ބައްޕަ ކޮބާބާއެވެ؟ ނަތޫ ވަރަށް ހައިރާންވެއްޖެއެވެ. ނަތޫ ޒީންއަށް މިކަން ސިއްރު ކުރާނެބާއެވެ؟ “ޖައުފަރް! ނަޖުމާ! ދެން އަހަރެން ދަނީ. ކޮންމެސްނަމަ މިކަން ސިއްރުކޮށްދެއްޗެ. ކޮންމެހެންވެސް ނަތޫ އުޅޭތޯވެސް މިއަހާލީ ސިއްރުން މިވާހަކަތައް ދައްކާލަންވެގެން.” ޒީނިޔާ އެހެން ބުނަމުން އެގެއިން ނުކުތުމަށް ހިނގައިގަތެވެ. “ޒީނިޔާ ބުނިއްޔާ އަހަރުމެން ބަލާނަން ތިކަން […]
ފަރީދު ކޮންމެސްވަރަކަށް ކިޔާލަދިނެވެ. ތެދެކެވެ. ތ އަތޮޅު ވިލުފުއްޓަކީ ވަރަށް ދުރެވެ. މާލެދިޔުމަށްޓަކާ ދުރުރާސްތާއެއް ކަޑައްތު ކުރަން ޖެހޭނެއެވެ. ފަރީދުގެ ވާހަކައިގައި ތެދުވެރިކަމެއް ވާނަމަ އެކަން ދެނެގަންނާކަށް އިޝާލަކަށް ނޭނގެއެވެ. ހާއްސަކޮށް ޒީންއަށް އެއްވެސް ވަރަަކަށް އެކަން ގަބޫލެއް ނުކުރެވެއެވެ. ޒީނިޔާއާ ފަރީދުގެ ވާހަކަތަކީ ޒީންއަށް އިތުބާރެއް ހުރިއެއްޗެއް ނޫނެވެ. އެހެން ދައްކާ ވާހަކައަކަށް އިތުބާރު ކުރެވޭނީވެސް ގާތްކަމެއް ބާއްވައިން ވާހަކަ ދައްކާނަމައެވެ. ހަވީރުގެ ވަގުތެވެ. އަހަރެން ފެންވަރައިގެން ނުކުމެ ކޮޓަރީ ލޯގަނޑު ކުރިމަތީ ހުރެ ފުނާއަޅަމުން […]
“ޒީން! އެއްކަލަ ވާހަކަ މިހާރު މަންމަކައިރި އެހީތަ؟ މިބުނީ ފޯނުކުރާ ވާހަކަ؟” ނަތޫ އެހެން ބުނުމުން އަހަރެން ފޫހިވިއެވެ. އެހެން ނަމަވެސް ދާދިފަހުން މަންމަމެނާއެކު ކާންތިބި ދުވަހެއްގައި އެވާހަކަ ދެއްކުމުން މަންމަ ވަރަށް ހާސްވެ ވާހަކަ އަހަރެން ނަތޫއަށް ކިޔައިދިނީމެވެ. “އެހެންތަ. އެކަމަކު ތިހާ ހާސްވީ؟… ހޫމ.. ޒީން! މަށަށް ހަމަ ހީވަނީ ކޮންމެސް އެހެންކަމެއް ތީގައެބަވާހެން. ދެން އެހެންޏާ އެހެން އަހާލައިގެން ކަމެއްވިޔަސް، ސިއްރުކުރަމުން ހާސްވުމުގެ ބޭނުމެއް ނެތް އަސްލު.. މަށަށް ވިސްނޭގޮތް މިބުނީ. ޒީން […]
ކުއްލިޔަކަށް ނަތޫ އަހަރެންގެ އަތުގައި ހިފައްޓާލިއެވެ. ނަތޫ ހުއްޓުމާއެކު އަހަރެން ސުވާލުގެ ނަޒަރަކުން ބަލައިލީމެވެ. އަދި ނަތޫ ބަލަމުން ދިޔަ ދިމާލަށް އަހަރެން ބަލާލީމެވެ. ވެގެން އުޅޭގޮތް އަހަންނަށް އެނގެއެވެ. ނަމަވެސް މީހަކު އެކަމާބެހޭގޮތުން ސުވާލެއް ކޮށްފިނަމަ، އެއަށް ދޭނެ ޖަވާބެއް އަހަންނަކަށް ނޭނގެއެވެ. ނަތޫ އެއުޅެނީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރަންކަން އަހަންނަށް ޔަގީންވެ. ޒީން! އަހަރެން ކުރިން ދުވަހަކުވެސް ދުށިން ކޮންމެސް މީހަކަށް ގުޅެން ބޫތު ކައިރިއަށް އައިސް އެމީހުން ތިއްބަ. ކުރިން […]
ޒީން! ޒިީންމަށާ އިންނާނަންތަ ކިޔަވާ ނިމިގެން.؟ އަސްލު އަހަރެން ހުރެފާނަން ކިޔަވާ ނިމެންދެން. މީވަރަށް ސީރިއަސް ވާހަކައެއް. އަދި ވަރަށް ގިނަ އަހަރު އެބައޮތް. އަހަންނަށް އުމުރުގެ ގިނަދުވަހު އެހާ އެއްކޮށް މިއުޅެވުނީވެސް ޒީންއާއެކީ.. ގިނަވަގުތު ހޭދަކުރެވެނީވެސް ޒީންއާއެކީ. މިވާހަކަ މިހާރު ދައްކާފަ ބާއްވަން ވަރަށް ފަސޭހަ. ތީ އަބަދުވެސް އަހަރެންގެ ދެގޮތެއް ނުވާ ބެސްޓް ފްރެންޑްވީމަ. ޒީން!…. ކީކޭ ބުނަނީ؟” އިޝާލް ލޯބިވާކަން ހާމަ ކުރީ ލޯބިވެއޭ ބުނުމަކާ ނުލައެވެ. ޖަޒްބތުގައި ޖެހެމުން ދިޔަ ހިތުގެ […]
އަހަރެންގެ އެންމެ ފަހުގެ ނިންމުން ނިންމީމެވެ. ތަޤްދީރު ކޮންމެ ގޮތަކަށް ދެއްކި ކަމުގައި ވިޔަސް ހިތްވަރު ކޮށްލާފައި ކުރިމަތިލާނީ އެވެ. ޢުމުރުން ތޭވީސް އަހަރު ވީއިރު މިއީ އަހަންނަށް ކުރިމަތި ލާން ޖެހުނު ވަރަށް ބޮޑު އިމްތިހާނެކެވެ. އެހެނަސް ދެން އަހަންނަށް ކުރިމަގެއް ނެތްކަހަލައެވެ. ކުރާނެ އެއްވެސް ކަމެއް ނެތެވެ. އަހަންނަކީ މިނިވަންކަން ގެއްލިފައިވާ އަންހެން ކުއްޖަކީމެވެ. އެއީ މީގެ އަށާރަ އަހަރު ކުރިއެވެ. އިޝާލްއަކީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެކެވެ. އޭރު އަހަރެންނަށް ވާނީ ގާތްގަނޑަކަށް […]