އޭގައިވާއެއްޗެއް ފެނުމާއިއެކު އަހަރެން ވަގުތުން ނާސިފްއަށް ބަލައިލީމެވެ. އަހަރެން ހައިރާންވިއެވެ. ވަރަށް ހައިރާންވިއެވެ. އޭގައިވަނީ އަނގޮއްޓިއެކެވެ. އެއްވެސް ޖަވާހިރެއް ޖަހާފައި ނެތަސް އެއީ ހުސްރަނެވެ. އެކަމަކު އެ އަނގޮއްޓީގައިވާ މަންޒަރު ފެނި އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ކުއްލިޔަކަށް ހުއްޓުނުހެން ހީވިއެވެ. އަނގޮއްޓީގައި ވަނީ ދެފަޅި ވަކިވެފައިވާ ހިތެކެވެ. ކައިވެނީގެ ގޮށް ޖަހާލުމަށް ތައްޔާރުވެފައިވާ މީހަކު އެފަދަ އަންގޮއްޓިއެއް އޭނާގެ ވާން އުޅޭ އަނބި މީހާއަށް ދޭނެބާއެވެ؟ ނާސިފަކީ ތަފާތު މީހެކެވެ. ހަމައެކަނި ނާސިފް ބުނެލާ ބަސްތަކަކުން […]
އިރުއަރާ އޮއްސެމުން ދިޔައީ އެތައް ދުވަހެއް ދުނިޔެއާ އަލްވަދާއު ކިޔަމުންނެވެ. އެއްބަޔަކު ރޮއްވަމުން އަނެއްބަޔަކު ހެއްވަމުންނެވެ. ރައްޓެހިން ބީރައްޓެހިންނަށްވަމުންނެވެ. މިތުރުން ހަތުރުންނަށް ވަމުންނެވެ. ލޯބީގައި ގޮށްޖެހިގެންދާ އެތައް ޖޯޑެއް ވަފާތެރިކަމުގައި ދުވަސްތައް ގުނަމުން ދަނީއެވެ. ލޯބީގައި މަޖްބޫރުވެފައިވާ ބައެއް މީހުން ހިތާއި ދެކޮޅަށް ދުނިޔެ އާރާސްތު ކުރެވޭތޯ ބަލަނީއެވެ. ބަދަލު ވަމުންދާ ލޯބީގެ އެކި މަންޒަރުތަކުގައި ތަފާތު ކުލަތައް ޖެހެމުން އަހަރުތައް ނިމިދަނީއެވެ. ނުހަނު ބާރަށެވެ. އެހެނަސް އިންތިޒާރު ކުރަމުންދާ ހިތްތަކަށް އެއީ ވޭންދޭހާ ދިގު މުއްދަތެކެވެ. […]
“ޒީން!….” ފަރީދު ބައްޕަ ގޮވާލިއަޑަށް ސިއްސައިންގޮސް އަހަރެން ބަލައިލީމެވެ. “ދަރިފުޅު ނިދަން ނުދަނީތަ؟ އެންމެ ރަނގަޅު. ބައްޕަ ބޭނުން މަންމަ ބުނިހެން ބައެއް ވާހަކަތައް ދަރިފުޅަށް ކިޔައިދޭން. އެތެރެއަށް ވަދެލަންވީނު.” ފަރީދު ބައްޕަ އެހެން ބުނަމުން ހިނގައިގަތެވެ. ލަސް ހިނގުމެއްގައިގޮސް އަހަރެން އިށީންދެލީ ފަރީދު ބައްޕަ ކައިރީގައި ހުރި ގޮނޑިއެއްގައެވެ. އަހަރެންގެ މޫނުމަތީގެ ތާޒާކަން ގެއްލިފައިވަނީ މަންމަ ދެކިލުމުގެ ފުރުސަތެއް ދެން އަނބުރާ އަހަންނަށް ނުލިބޭނެތީއެވެ. އަހަރެންގެ ހުރިހާ އުންމީދުތައް ގަދަ ކަނޑެއްގެ ތެރޭ އޮޔާދާން ދޫކޮށްލާފައި […]
“މަންމައަށް އެކަން އެނގުމާއެކު ކުއްލިޔަކަށް ހާރޓްއެޓޭކްއެއް ޖެހި ސިއްހީ މަރުކަޒުގަ އެނދުމަތިކުރީ. އޭގެ ފަހުން މަންމަމީ ހިތުގެ ބަލިމީހެއް.” ޒީނިޔާގެ ވާހަކަތައް އެހިސާބަށް ދިޔައިރު އޭނާގެ ހާލު ދަށްވާން ފަށައިފިއެވެ. މޭގައި އަތްއަޅައިން އިނދެ ރޮމުން ގެންދިޔައީ އަޅަމުންދާ ވޭނަށް ކެތްކުރަން ދަތިހާލުގައެވެ. ޒީނިޔާގެ ވާހަކަތަށް ނުނިމުނަސް މިވަގުތު އެވާހަކަތައް ހުއްޓާލަން ޒީނިޔާއަށް މަޖުބޫރެވެ. އަޑުއިވުނު ވާހަކަތަކަކީ އަހަންނަށް ހިޔާލުކޮށްލަންވެސް އުނދަގޫ ކަންކަމެވެ. އަހަރެންގެ ކަރުނަތައް ކޯތާފަތުގައި ފިރުމަމުން ދިޔައީ އަހަންނަށް ވޭންދެމުންނެވެ. އަހަންނަށްވުރެ ފަރީދު ބައްޕަގެ […]
“ނޫން ބައްޕާ!…. އަހަރެން ބޭނުން އެނގެން. ކާފަ ބައްޕަދެކެ އެވަރަށް ރުޅިއަންނަ ސަބަބު… އަހަރެން ބޭނުން އެނގެން ބައްޕައަށް ވީގޮތް…. އަހަރެންނަށް އެނގެން ބޭނުން ބައިވަރު އެއްޗެސް އެބަހުރި.” ވާހަކަތައް އަޑުއަހަން ޝަޢުގުވެރިވެފައިވާތީ އަހަރެން އިނީ ގޮތުގައެވެ. ރޮމުން ގިސްލަމުން ވެސް އަހަރެން ބޭނުންވަނީ މުހިއްމު ސުވާލުތަކެއްގެ ޖަވާބެވެ. “ދަރިފުޅާ! ކާފަ އެވަރަށް ރުޅިއައީ…. ކާފައަކީ އަބަދުވެސް ރުޅިގަދަމީހެއް. ކާފަ ބޭނުން ނުވީ ރަށަށް އަރުވާލާފަހުރި މީހަކާ އާދިލް ކައިވެނި ކުރަން. ކާފައާއި ދަރިފުޅުގެ ބައްޕަ އާދިލްއަކީ […]
“މަންމާ! ހުއްޓާލާ…. އަހަންނަށް މާފްކުރޭ. އަހަރެން ފަހަރެއްގަ ވެސް ހިއެއް ނުކުރަން….ބައްޕަ ގަތުލްވީ ކަމަކަށް. މަންމާ އަޅެ ހުއްޓާލާ.” ރޮމުން ރޮމުން އަހަރެން އާދޭސްކުރީ ގަބޫލުކުރަން ދަތިވިޔަސް އެވާހަކަތައް ގަބޫލުކުރަމުންނެވެ. “ޒީން…. ޒީންގެ ބައްޕަ އާދިލް…..އާދިލްގެ ގާތިލަކީ……. އާދިލްގެ ބައްޕަ. އެއީ ޒީންގެ ކާފަ.” ކުރީގެ ހަނދާންތައް މަންމަ އަހަންނާ ހިއްސާކުރަމުން ދިޔައެވެ. އަހަރެންގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ކުއްލިޔަކަށް މަޑުޖެހިލީ ކީއްވެކަމެއް އަހަންނަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ މަންމަގެ ދުލުން އެކިޔާދޭ ވާހަކަތައް އަޑުއެހުމަށް އަހަރެން […]
ޒީނިޔާ މިހާރު ވިސްނަމުންދަނީ ޒީންގެ ހަޔާތާއި ގުޅުންހުރި ބައެއް ވާހަކަތައް ޒީންއަށް ކިޔައިދިނުމަށެވެ.ފަރީދުގެ ހަގީގަތެވެ. ޒީނިޔާއަށް ކުރިމަތިވި ކަޅު ދުވަސްތަކުގެ ވާހަކަތަކެވެ . ނާސިފްއަކީ ކާކުކަމެވެ. ޒީންގެ އަސްލު ބައްޕައަކީ ކާކުކަމެވެ. ނަޖުމާގެ އިތުރުން ފަރީދު ނަތޫދެކެ އެވާލޯބީގެ ހަގީގަތެވެ. މިއިން ކޮންމެ މީހަކީވެސް ސިއްރެއް ފޮރުވިފައިވާ ބައެކެވެ. އަދި އެއިން ކޮންމެ މީހެއްގެ ހަޔާތުގައި ދިމާވެފައިވާ ހާއްސަ ކަންކަމުގެ ވާހަކައެވެ. އެހެނަސް ޒީނިޔާ ވިސްނަމުންދަނީ އާއިލާގެ މި ސިއްރުތައް ފަޅާއެރުމުން ޒީންއަށް ވާނެގޮތަކާމެދުގައެވެ. އެވާހަކަތަށް […]
ކުއްލިޔަކަށް އަހަރެން ސެންޓްފުޅި ގޮދަޑި މައްޗަށް އެއްލައިލީ ކަމެއް ހަނދާންވުމުންނެވެ. ދިޔަގޮތަށް ގޮސް އަލަމާރިން އަހަރެން ނެގީ މިއަދު ކުޑަކުއްޖާ ގެނެސްދިން ޕާރސަލްގައިވާ ކަރުދާސްގަނޑެވެ. ފަތްޖަހާފައިވާ އެގަނޑު ހުޅުވާލަމުން އަހަރެން އެނދުގައި އިށީންދެލީމެވެ. ހަމަޖެހިލައިގެން އޭގައި ލިޔެފައިވާ އެއްޗަކަށް އަހަރެން ލޮލުގެ ނަޒަރު ހިންގާލީމެވެ. އަހަރެންގެ ހިތުން އިންތިހާއަށް ލޯބިވި ޒީންއަށް. ޒީންގެ މުޅި އުމުރުގައިވެސް ހެޔޮދުޢާ ސަލާމް. މިއަދަށްޓަކައި އިންތިޒާރު ކުރީތީ މަރުހަބާ. އުފާވެރި އުފަން ދުވަހަކަށް އެދެން. މިއީ ޒީންގެ ހާއްސަ ދުވަހުގެ މުނާސަބާތުގައި […]
ކޮޓަރިއަށްވަދެ ދޮރު ތަޅުލުމަށްފަހު ވަތްގަނޑެއްގެ ތެރޭގައި ކެވެލިކޮޅު ފޮރުވާލީމެވެ. އެއަށްފަހު އަހަރެން އަވަސްވެގަތީ ލިބިފައިވާ ގަނޑުގައި ލިޔެފައިވާ އެއްޗެއް ކިޔާލުމަށެވެ. ކަރުދާސް ގަނޑުނަގާ އަހަރެން ހުޅުވާލީމެވެ. ލިޔެފައިވާ އެއްޗެއް ކިޔުމުގެ ކުރިން އަނެއްކާވެސް ދޮރުގައި ޓަކިޖަހާލި އަޑުއިވުނެވެ. ވީފޫއްސަކުން އަނެއްކާވެސް އަހަރެން އެގަނޑު ފަތްޖަހާލާފައި ފޮރުވީމެވެ. އެޔާއެކު އަހަރެން ގޮސް ދޮރު ހުޅުވާލީމެވެ. ކުރިމަތީގައި ހުރީ ފަރީދެވެ. “ބައްޕާ.. ކިހިނެއްވީ؟” އަހަރެން އަހާލީމެވެ. “ބައްޕައާ މަންމަ މިދަނީ ބޭރަށް. ވަރަށް އަވަހަށް އަންނާނަން. އެބައިން ނާސިފް އައިސް. […]