ނަތޫއަށް މިއިވުނީ ސިހުމެއް ގެނުވި ވާހަކަތަކެކެވެ. ޒީންގެ ބައްޕައަކީ ފަރީދު ނޫންކަމެވެ. ޒީންގެ މަންމަގެ ސިއްހީ ހާލަތުގެ ސީރިޔަސްކަމެވެ. ޒީންއަށް މިކަންކަން ފޮރުވަނީ ކީއްވެބާއެވެ.؟ ޒީންގެ ބައްޕަ ކޮބާބާއެވެ؟ ނަތޫ ވަރަށް ހައިރާންވެއްޖެއެވެ. ނަތޫ ޒީންއަށް މިކަން ސިއްރު ކުރާނެބާއެވެ؟ “ޖައުފަރް! ނަޖުމާ! ދެން އަހަރެން ދަނީ. ކޮންމެސްނަމަ މިކަން ސިއްރުކޮށްދެއްޗެ. ކޮންމެހެންވެސް ނަތޫ އުޅޭތޯވެސް މިއަހާލީ ސިއްރުން މިވާހަކަތައް ދައްކާލަންވެގެން.” ޒީނިޔާ އެހެން ބުނަމުން އެގެއިން ނުކުތުމަށް ހިނގައިގަތެވެ. “ޒީނިޔާ ބުނިއްޔާ އަހަރުމެން ބަލާނަން ތިކަން […]
ފަރީދު ކޮންމެސްވަރަކަށް ކިޔާލަދިނެވެ. ތެދެކެވެ. ތ އަތޮޅު ވިލުފުއްޓަކީ ވަރަށް ދުރެވެ. މާލެދިޔުމަށްޓަކާ ދުރުރާސްތާއެއް ކަޑައްތު ކުރަން ޖެހޭނެއެވެ. ފަރީދުގެ ވާހަކައިގައި ތެދުވެރިކަމެއް ވާނަމަ އެކަން ދެނެގަންނާކަށް އިޝާލަކަށް ނޭނގެއެވެ. ހާއްސަކޮށް ޒީންއަށް އެއްވެސް ވަރަަކަށް އެކަން ގަބޫލެއް ނުކުރެވެއެވެ. ޒީނިޔާއާ ފަރީދުގެ ވާހަކަތަކީ ޒީންއަށް އިތުބާރެއް ހުރިއެއްޗެއް ނޫނެވެ. އެހެން ދައްކާ ވާހަކައަކަށް އިތުބާރު ކުރެވޭނީވެސް ގާތްކަމެއް ބާއްވައިން ވާހަކަ ދައްކާނަމައެވެ. ހަވީރުގެ ވަގުތެވެ. އަހަރެން ފެންވަރައިގެން ނުކުމެ ކޮޓަރީ ލޯގަނޑު ކުރިމަތީ ހުރެ ފުނާއަޅަމުން […]
“ޒީން! އެއްކަލަ ވާހަކަ މިހާރު މަންމަކައިރި އެހީތަ؟ މިބުނީ ފޯނުކުރާ ވާހަކަ؟” ނަތޫ އެހެން ބުނުމުން އަހަރެން ފޫހިވިއެވެ. އެހެން ނަމަވެސް ދާދިފަހުން މަންމަމެނާއެކު ކާންތިބި ދުވަހެއްގައި އެވާހަކަ ދެއްކުމުން މަންމަ ވަރަށް ހާސްވެ ވާހަކަ އަހަރެން ނަތޫއަށް ކިޔައިދިނީމެވެ. “އެހެންތަ. އެކަމަކު ތިހާ ހާސްވީ؟… ހޫމ.. ޒީން! މަށަށް ހަމަ ހީވަނީ ކޮންމެސް އެހެންކަމެއް ތީގައެބަވާހެން. ދެން އެހެންޏާ އެހެން އަހާލައިގެން ކަމެއްވިޔަސް، ސިއްރުކުރަމުން ހާސްވުމުގެ ބޭނުމެއް ނެތް އަސްލު.. މަށަށް ވިސްނޭގޮތް މިބުނީ. ޒީން […]
ކުއްލިޔަކަށް ނަތޫ އަހަރެންގެ އަތުގައި ހިފައްޓާލިއެވެ. ނަތޫ ހުއްޓުމާއެކު އަހަރެން ސުވާލުގެ ނަޒަރަކުން ބަލައިލީމެވެ. އަދި ނަތޫ ބަލަމުން ދިޔަ ދިމާލަށް އަހަރެން ބަލާލީމެވެ. ވެގެން އުޅޭގޮތް އަހަންނަށް އެނގެއެވެ. ނަމަވެސް މީހަކު އެކަމާބެހޭގޮތުން ސުވާލެއް ކޮށްފިނަމަ، އެއަށް ދޭނެ ޖަވާބެއް އަހަންނަކަށް ނޭނގެއެވެ. ނަތޫ އެއުޅެނީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރަންކަން އަހަންނަށް ޔަގީންވެ. ޒީން! އަހަރެން ކުރިން ދުވަހަކުވެސް ދުށިން ކޮންމެސް މީހަކަށް ގުޅެން ބޫތު ކައިރިއަށް އައިސް އެމީހުން ތިއްބަ. ކުރިން […]
ޒީން! ޒިީންމަށާ އިންނާނަންތަ ކިޔަވާ ނިމިގެން.؟ އަސްލު އަހަރެން ހުރެފާނަން ކިޔަވާ ނިމެންދެން. މީވަރަށް ސީރިއަސް ވާހަކައެއް. އަދި ވަރަށް ގިނަ އަހަރު އެބައޮތް. އަހަންނަށް އުމުރުގެ ގިނަދުވަހު އެހާ އެއްކޮށް މިއުޅެވުނީވެސް ޒީންއާއެކީ.. ގިނަވަގުތު ހޭދަކުރެވެނީވެސް ޒީންއާއެކީ. މިވާހަކަ މިހާރު ދައްކާފަ ބާއްވަން ވަރަށް ފަސޭހަ. ތީ އަބަދުވެސް އަހަރެންގެ ދެގޮތެއް ނުވާ ބެސްޓް ފްރެންޑްވީމަ. ޒީން!…. ކީކޭ ބުނަނީ؟” އިޝާލް ލޯބިވާކަން ހާމަ ކުރީ ލޯބިވެއޭ ބުނުމަކާ ނުލައެވެ. ޖަޒްބތުގައި ޖެހެމުން ދިޔަ ހިތުގެ […]
އަހަރެންގެ އެންމެ ފަހުގެ ނިންމުން ނިންމީމެވެ. ތަޤްދީރު ކޮންމެ ގޮތަކަށް ދެއްކި ކަމުގައި ވިޔަސް ހިތްވަރު ކޮށްލާފައި ކުރިމަތިލާނީ އެވެ. ޢުމުރުން ތޭވީސް އަހަރު ވީއިރު މިއީ އަހަންނަށް ކުރިމަތި ލާން ޖެހުނު ވަރަށް ބޮޑު އިމްތިހާނެކެވެ. އެހެނަސް ދެން އަހަންނަށް ކުރިމަގެއް ނެތްކަހަލައެވެ. ކުރާނެ އެއްވެސް ކަމެއް ނެތެވެ. އަހަންނަކީ މިނިވަންކަން ގެއްލިފައިވާ އަންހެން ކުއްޖަކީމެވެ. އެއީ މީގެ އަށާރަ އަހަރު ކުރިއެވެ. އިޝާލްއަކީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެކެވެ. އޭރު އަހަރެންނަށް ވާނީ ގާތްގަނޑަކަށް […]
ކާމޭޒު ކައިރި އަހަރެން ސައިބޯން އިނީ މޫޑް އޮފްވެފައެވެ. އަހަރެންގެ މޫނުމަތީގައި ނެތް ތާޒާކަމެއް ވަކި މަންމަގެ މޫނަކުންވެސް މިއަދު ނުފެނެއެވެ. ބިސްގަނޑު އަޅަން ހުރި މަންމަގެ މޫނު ފެނުމާއެކު އަހަންނަށް އެކަން ޔަގީންވިއެވެ. މަންމަގެ ދުލަކު ބަހެއް ނެތެވެ. އެހެންޏާ ހަރަކާތްތެރިވާ މަންމަގެ ހަރަކާތްތައް މިއަދު މާ ކަންނެތެވެ. އަހަރެން މަންމައަށް ގޮވާލުމަށްފަހު ވެގެން އުޅޭގޮތް އަހާލީމެވެ. އެޔާއެކު މަންމަ އައިސް އަހަރެން ގާތު އިށީނެވެ. އަދި ވެގެން އުޅޭގޮތް މަޑުމަޑުން އޮޅުން ފިލުވައިދިނެވެ. ހަމައެވަގުތު، […]
ފުން ވިސްނުމެއްގެ ތެރެއަށް ގެއްލި އަހަރެން އިނީ އަތުގައިވާ ފޯނުގެ ކުލަ ސްކްރީނަށް ބަލާށެވެ. ދުރުން އަހަރެން ފެންނަ މީހަކަށް ހީވާނީ ހަމަ އެންމެ ރަނގަޅަށެވެ. އެއީ ހަމަ ރަނގަޅަށް ވެސް އަހަރެން އިނީ މާޔޫސްކަމާއެކު މަޑުމޮޅިވެފާކަމެވެ. ފޯނުގެ ސްކްރީން ބަލަމުން ދިޔަވަރަކަށް އަހަރެންގެ މުޅި ހަށިގަނޑަށް އުނދަގޫ ވާންފެށިކަން އަހަންނަށްވެސް އެނގުނެވެ. ހަމަގައިމުވެސް ފޯނު އަހަރެންގެ ލޮލަށް ދައްކަމުން ދިޔަ އެއްޗަކަށް ވުރެ ބޮޑަށް އަހަރެންގެ ސިކުނޑި އަހަންނަށް ވިސްނައިދެމުން ދިޔައީ މާޒީއެވެ. އެންމެ ކުޑައިރުއްސުރެ […]
ހާއްސަ ހައިސިއްޔަތަކުން އަހަރުމެން ހަތަރު މީހުން، ހަވީރުގެ ވަގުތެއްގައި އެގެއަށް ޒިޔާރަތް ކުރީމެވެ. އެ މަންމަ ގާތަށެވެ. އެކަމަކު މަގާމުގެ ގޮތުން އެއީ އަހަރެންނަށް މާމައެކެވެ. ހަގީގަތުގައި އަހަންނާ މާ ބޮޑު ގުޅުމެއް ނެތެވެ. މުސްކުޅިވެ ގައިބާރު ދެރައެވެ. ހިނގާލެވެނީވެސް އަސާއެއްގެ އެހީގައެވެ. ވަގުތުގެ ގޮތުން އެ ގޭގައި އަހަރުމެން ފިޔަވާ އިތުރު މީހަކު ނެތެވެ. އަހަރެމެން ވަރަށް އުންމީދާއެކު އެ މާމައަށް ހަދިޔާއެއްދިނީމެވެ. ޗާލު ރީތި ފޮތި ގަނޑެކެވެ. އަހަރެން އަހާލީމެވެ. މާމަ ސައިބޮއެފިންތަ؟ ހަވީރު […]