ގަދަ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއިން ފެންގަނޑު ކަފަމުންދާ ” ނަސީބު” ދޯނީގެ މިސްރާބުހުރީ ކ.ހުރައަށެވެ. ކަނު އަނދިރީގެ ތެރެއިން ވެހެމުންދާ ބޯވިއްސާރައަށް ކުޑަވެސް ތުނިކަމެއް ނާދެއެވެ. ހަތަރު ފަޅުވެރިން ހަރަކާތްތެރި ވަމުންދާ، ވިއްސަކަށް ފޫޓުގެ އެކުޑަކުޑަ ރިޔަލު ދޯނީގާ ވެހެމުންދާ ވާރޭގެތެރޭ ފިކުރެއް ކުރަމުން އެދަނީ ކެޔޮޅު ސަމީރެވެ. ” ބަލަ ކެޔޮަޅާ! ކިހިނެތް ވެފަތިއިނީ. ކޮންކަމަކާ ތި ވިސްނަނީ. މަށަށް ހީވަނީ މިއޮޑީގެ މިސްރާބު ބަދަލުވަނީހެން. އާދަންބެއަށް އެއޮށްގެން ނިދެނީ. ދޭބަލަ މިވާއެއްޗެއް ބަލާލަން.” […]