ފޯން ނުނެގުމުން އާހިލް ގުޅާނެ ކަމުގެ އުންމީދުގައި މެހެކް މަޑުކޮއްލައިގެން ހުއްޓެވެ. ނަމަވެސް އާހިލްގެ އެއްވެސް ޚަބަރެއް ނުވިއެވެ. ގެއަށް ގޮސް ކޮންމެވެސް ކަމެއްގައި، އާހިލް އުޅެނީ ކަމަށް ވިސްނާފައި އޭނާ ޓެކްސީ އަކަށް ހަނާއަޅަނ ފެށިއެވެ. އޭނާ ބޭނުން ވަނީ އަވަހަށް ގެއަށް ދާށެވެ. ޓެކްސީ އެއް މަޑުކޮއްލުމާއެކު، އަވަސް އަވަހަށް ޓެކްސީ އަށް އަރާ އޭނާ ހަމަޖެހިލިއެވެ. އިރުއިރުކޮޅުން އަތުގައި އޮތް ފޯނަށް ބަލާލެވެއެވެ. ދެން ފުންނޭވާއެއް ދޫކޮއްލަމުން އޭނާ އަށް ދެފަރާތައް ބޯ ހޫރުވާލުވުނެވެ. […]
“ދަރިފުޅާ”. މެހެކް ފެނުމާއެކު ދުވަމުން ކަހަލަ ގޮތަކަށް އައިސް މަންމަ މެހެކް ގެ ގައިގައި އޮޅުލައިގަތެވެ. ” ދަރިފުޅާ ބޮޑުބޭބެ ގެ ގުދަން….”. އެހިސާބަށް ބުނެވުނު އިރު މަންމަގެ އަޑު ބެދެން ފެށިއެވެ. ” އެތަން އެއްކޮށް އަނދާ ހުލިވަނީ އެއޮއް.. އެންމެ އަގުބޮޑު މުދާ ރައްކާ ކުރާތަން ކަމަށް ވަނީ އެއީ”. މަންމަގެ ޖުމްލައިން ލިބުނު ސިހުމުން މެހެކް އަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އާހިލް ވެސް ހުރީ ދެ ލޯބޮޑުވެފައެވެ. “ކިހިނެއް އެތަނުގަ ރޯވީ؟” […]
” އާހިލް އަ..އަހަރެން ވެސް ވަރަށް ލޯބިވޭ އާހިލް ދެކެ. އަހަންނަކަށް ވެސް އާހިލް އާއި ނުލާ ކެތެއް ނުވާނެ. މެހެކް ފެންކަޅިވެފައި ހުރެ ބުނެލިއެެވެ. “ތި ދުވަސް ދެކެން އަހަރެން ވެސް ވަރަށް ބޭނުން”. އެކަމަކު.. މެހެކް ލޯމަރާލިއެވެ. އަހަރެން..އަހަރެން ބޭނުން މަންމަ މެންނާ އިހަށް ވާހަކަ ދައްކާލަން” ބުނާނެ އިތުރު އެއްޗެއް މެހެކް އަކަށް ނުވިސްނުނެވެ. އާހިލްގެ ހާލާއި މެދު ވިސްނާފައި އިވާން ގެ ވާހަކަ ބުނާކަށް މެހެކް ގެ ހިތެއް ނޭދުނެވެ. ” […]
އިވާން ގުޅާތަން ފެނުމުން މެހެކް ހާސްވާގޮތް ވިއެވެ. ޔަޤީނުން ވެސް އިވާން އެ ގުޅަނީ އޭނާ ނުގުޅައިގެން ލަސްވެގެންނެވެ. ” އެ..އެއީ ޑޮކްޓަރެއް” މެހެކް ބުނެލިއެވެ. އާހިލް ގާތު ސީދާ ތެދު ބުނަން އޭނާ ފަސްޖެހުނެވެ. އާހިލް ދެރަވާނެވަރު ހިތަށް އަރާފައެވެ. އާހިލްގެ ބަލިހާލު ހުރިގޮތުން އެފަދަ ވާހަކައެއް ދެއްކުން ރަނގަޅު ނުވާނެ ކަމަށް މެހެކް އަށް ވިސްނުނެވެ. ތުރުތުރު އަޅާ ހާލް އޭނާ ފޯން ނެގިއެވެ. ” އަދިވެސް ބިޒީތަ؟ އިވާން ލޯތްބާއެކު އަހާލިއެވެ. އިވާން […]
އެވަގުތު ކާފަ ފާހާނާއިން ނުކުންނަ އަޑު އިވުމާއެކު މެހެކް އަވަސް އަވަހަށް ކަރުނަ ފޮހެލިއެވެ. އާހިލް ވެސް މެހެކް އަތުން މަޑުމަޑުން ދޫ ކޮއްލިއެވެ. ” އަހާ ދަރިފުޅަށް ހޭލެވުނީތަ؟ މިހާރު ކިހިނެއް ދަރިފުޅާ؟” ކާފަ އާހިލްގެ ބޮލުގައި ފިރުމާލިއެވެ. ” އަލްޚަމްދްﷲ ރަނގަޅު. އަދި އަމުދުން މިހާރު މާ ބޮޑަށް ރަނގަޅު ކާފާ ” އާހިލް މެހެކް އާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ. “ކާފަ އަށް އެނގޭތަ އަހަރެން ގާތު މިހުރީ ކާކުކަން؟” އާހިލް އެހެން […]
“އާ އެކޭތަ ތިބުނީ”. މެހެކް ބޯ ޖަހާލުމާއެކު އިވާން އަހާލިއެވެ. “އަހަރެން އުފަލުން މަރު ވެދާނެ އިނގޭ”. މެހެކް އެއްޗެއް ނުބުނެ އިސްޖަހައިގެން ހުރީއެވެ. “ޔަޤީންކަން މިހާރުވެސް ދީފާނަން. ދުވަހަކުވެސް ހިތަކު ނުޖައްސާނަން. އަހަންނަށް ދެވޭވަރުގެ ހުރިހާ އުފަލެއް ދޭނަން. މީ ވަޢުދެއް”. އުފަލުން ފޮޅިފައިހުރެ އިވާން ބުނެލިއެވެ. މެހެކް ވެސް ގަދަކަމުން ހިނިތުންވެލިއެވެ. ދެން އައީ ހަމަހިމޭން ވަގުތުކޮޅެކެވެ. “މިހާރު ވާރޭ ތުނިކޮއްލައިފިއެއްނު. ހިނގާ ދެން ގެއަށް ދަމާ. މަތިބަލާލާފައި މެހެކް ބުނެލިއެވެ. ” މެހެކް […]
އިވާން އާއި ވާހަކަ ދައްކާ ހިތެއް އޭނާ އެއްގޮތަކައްވެސް ނުވިއެވެ. މަންމަ އެގޮތަށް އިވާން އާއި މެދު ދެކުނީމަ ހެއްޔެވެ؟ ނޫނީ އާހިލް ފިޔަވައި އެހެން މީހަކަށް އެހިތުން ލޯބި ލިބުމުގެ ފުރުސަތު ނެތީ ހެއްޔެވެ؟ އޭނާގެ ހިތް ވަނީ ޖަވާބު ނޭނގޭ ސުވާލުތަކުން ފުރިފައެވެ. ބޯ ހާސްވާ ކަހަލަ އިޚްސާސެއް ކުރެވެން ފެށުމުން، އަވަސް އަވަހަށް އަތުގައި އޮތް ފޯން އެނދުކައިރީ ހުރި ކުޑަ މޭޒު މަތީގައި ބާއްވާލުމަށް ފަހު، ނީދޭތޯ އޭނާ ދެލޯ މަރާލިއެވެ. […]
“އާހިލް މިތާ ކީއްވެބާ؟” މެހެކް ހައިރާން ވެފައި ހުއްޓައި އޭނާ މެހެކް އާއި ކުރިމައްޗަށް ވާ ގޮތަށް އެނބުރިލިއެވެ. އެވަގުތު މެހެކް އަށް އެ މޫނު ފެނުނެވެ. އެހިނދު ބާރުބާރަށް ތެޅެމުން ދިޔަ އޭނާ ގެ ހިތް މަޑުމަޑުން ހަމައަކަށް އެޅެންފެށިއެވެ. އެއީ އާހިލް އެއް ނޫނެވެ. ފުރަގަހުން އާހިލް އާއި ވައްތަރުވީއެވެ. ފުންނޭވާއެއް ބޭރުކޮއްލުމަށް ފަހު މެހެކް ދެލޯމަރާލިއެވެ. މީހަކާއި މެދު މާ ބޮޑަށް ވިސްނޭނަމަ އެހެންވެސް ވެދާނެ ކަމަށް އޭނާގެ ހިތަށް ޤަބޫލްކުރެވުނެވެ. ހުރިހާ […]
ދުވަސްތައް ވެއަތުވަމުން ދިޔައެވެ. އެހިތާމަތަކަށް ދެ މަސްދުވަސް ފާއިތު ވަނީއެވެ. މެހެކް އަކީ މިހާރު ކުރީގެ އުފާވެރި މެހެކް އެއް ނޫނެވެ. ކެތްތެރިކަން ދެއްވާތޯ ކެނޑިނޭޅި އޭނާ ދުޢާ ކުރެއެވެ. އެންމެންނަށް ވެސް ހީވަނީ މަންމަ ދާ ދުވަސް ކައިރިވާތީވެ އެހިތާމައިގައި މެހެކް ހުންނަނީ ކަމަށެވެ. އާހިލް އަށް ގުޅިދާނެ ކަމުގެ ބިރަށް އޭނާ އާހިލްގެ ނަންބަރު ފޯނުން ޑިލީޓް ކޮއްލިއެވެ. އާހިލްގެ ފޮޓޯތައްވެސް ޑިލީޓް ކުރިއެވެ. ފޮޓޯތަކަށް ބެލޭތީއެވެ. އެ ސޫރަ ފެނި އަބަދު ރޮވޭތީއެވެ. […]