ހަމަ އެވަގުތު ކުއްލިއަކަށް ކޮޓަރި ދޮރުގައި މަންމަ ޓަކި ޖަހާލިއަޑަށް، ސިއްސައިގެން ގޮސް މެހެކް ގެ އަތުން ފޯން ދޫވެގެން ވެއްޓުނެވެ. ލޯ މަރާލުމާއެކު ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ. “ދަރިފުޅާ ދޮރު ހުޅުވަބަލަ”. މެހެކް ހުއްޓުން އަރާފައި އިންދާ މަންމަ ބުނެލިއަޑަށް އޭނާ އަވަސް އަރުވާލާފައި ވެއްޓިފައި އޮތް ފޯން ނެގިއެވެ. އޭރު ފޯންގެ ބެޓެރިއާއި މަތިގަނޑުވެސް އޮތީ މާ ދުރުގައެވެ. ވެއްޓުނު ގޮތުން ފޯން ސްކްރީންވެސް ކޮންމެވެސް ވަރަކަށް ވަނީ ތެޅިފައެވެ. ފޯން ފެނުމާއެކު އޭނާއަށް […]
މެހެކް އަނގަމަތީގައި ދެއަތް އަޅާލިއެވެ. “ސަޕްރައިޒް”. ނަސީރުބެ އާއި ޝިޔާމައްތަ އެއްއަޑަކުން ހެމުން ބުނެލިއެވެ. ހަމަ އަސްލުވެސް މެހެކް “ސަޕްރައިޒް” ވެއްޖެއެވެ. އޭނާގެ ކުރިމަތީގައި ހެވިލާފައި އެ ހުރީ އޭނާ ގެ ލޯބިވާ މަންމަ އެވެ. “މަންމާ” މެހެކް މަންމަ ގެ ގައިގައި ބައްދައިގަތެވެ. އޭނާ ހުރީ އުފަލުން ރޮވިފައެވެ. “މަންމަ ގެ ލޯބިވާ ދަރިފުޅާ” މަންމަ ލޯބިން މެހެކް ގެ ބޮލުގައި ފިރުމާލިއެވެ. ދަރިފުޅު މިހާރު ކުރިއަށް ވުރެވެސް ދޮން ވެއްޖެ ދޯ، އިސްތަށިގަނޑު […]
މެހެކް އެހެން އަހާލުމުން އެދެމަފިރިންނަށް އައި ބަދަލު ފެނި އޭނާ ވަރަށް ދެރަވިއެވެ. އޭނާއަށް އެހެން އަހާލެވުން އެއީ، ކުރެވުނު ކުށެއް ކަމަށް ޤަބޫލުކުރެވި އިސްޖަހާލެވުނީ ލަދުންނެވެ. އަދި އެފަދަ ގޮތެއް ވެދާނެކަމަށް އޭނާގެ ޅަ ސިކުނޑިއަށް ކުރިން ވިސްނިފައި ނެތީތީއެވެ. “އަހަރުމެންގެ އެއްވެސް ކުއްޖަކު މި ދުނިޔެއަކު ނެތް…” ނަސީރުބޭ ބުނެލިއަޑު އިވުނެވެ. މެހެކް އިސް އުފުލާ ބަލާލި އިރު ނަސީރުބޭ ލޮލުން ކަރުނަތައް ވިދަމުން ދެއެވެ. “ކައިވެނިކޮށްގެން އަހަރުމެން ދެމަފިރިން އުޅުނީ ވަރަށް ލޯބިން، […]
މެހެކް އަށް އެޒުވާނާ އާ ދިމާއަށް ބަލާލެވުނެވެ. ހަމަ އެވަގުތު، އެ ޒުވާނާގެ ލޮލުގައި މެހެކް އަޅައިގަތެވެ. އޭނާ ވަގުތުން އަތުގެ އެހީގައި އިސްތަށިގަނޑު މައްޗައް ނަގާ ރީތިކޮއްލުމަށް ފަހު، ކުޑަކޮށް ހިނިތުން ވެލިއެވެ. އަދި އޭނާގެ އަތުކުރި ގަޑިއަށް ބަލާލިއެވެ. ހީވާގޮތުން އޭނާވެސް، ހުރީ ކޮންމެވެސް ތަނަކަށް ވަރަށް އަވަހަށް ދާން ބޭނުންވެފައެވެ. ބަލާބެލުމަށް އޭނާ ވައްތަރީ ޕާކިސްތާނު ހިސާބު ފިރިހެނަކާއެވެ. ވާރޭ ކުޑަކޮށް ތުނިކޮއްލުމާއެކު، އޮޓޯ އެއް ލިބޭތޯ މެހެކް އާއި ސާދުނާ ގެ […]
ޗެކިިން ނިމުމާއެކު، ބޯޑިންގް ވުމުގެ އިންތިޒާރުގައި މެހެކް އާއި ސާދުނާ މަޑުކޮއްލައިގެން ތިއްބެވެ. ހުރިހާ ކަމެއްގައިވެސް މެހެކް އަށް ސާދުނާގެ ފުރިހަމަ އެހީތެރިކަން ލިބުނެވެ. އޭނާއަކީ އާއްމުކޮށް ބޭރުގަުމުތަކަށް ދަތުރުކޮއް ހަދާ ކުއްޖަކަށް ވުން އެއީ ނަސީބެކެވެ. ހުރިހާ ކަމެއްވެސް އޭނާއަށް ނުލާހިކު ފަސޭހައެވެ. ސާދުނާގެ ހިތްހެޔޮ ކަމުގެ ސަބަބުން މެހެކްގެ ނުތަނަސް ވެފައިވާ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. މެހެކް ކިޔަވަން ދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ބެންގަލޫރަށެވެ. ރާއްޖެއިން ސީދާ ބެންގަލޫރަކަށް ފްލައިޓް […]
“އެކަމް…އާހިލް، އަހަރެން…އަހަރެން އެބަޖެހޭ ވަރަށް އަވަހަށް ދާން”. މެހެކް އިސްޖަހާލަމުން ބުނެލި ޖުމްލައިން އާހިލް ސިހުނެވެ. “ކޮންތާކަށް؟”. ހައިރާން ކަމާއެކު އާހިލް އަހާލިއެވެ. “އި…އިންޑިއާއަށް، މި އަންނަ ހަފްތާގައި ފުރަން….، އަހަންނަށް ވަނީ މެޑިކަލް ދާއިރާއިން ކުރިއަށް ދާން ސްކޮލަރޝިޕެއް ލިބިފަ، 5 އަހަރަށް ޑޮކްޓަރުކަން ކިޔަވަން ދިއުމުގެ ފުރުސަތު، އަހަރެން މޮޅަށް ކިޔަވައިގެން އައިސް މި މުޖުތަމަޢަށް ޙިދުމަށް ކުރުން އެއީ މަންމަގެ އެންމެ ބޮޑު އުންމީދު”.މެހެކް ބުނެލިއެވެ. ދެން އައީ ހަމަ ހިމޭން ވަގުތުކޮޅެކެވެ. އާހިލް ހުރީ ފެންކަޅިވެފައެވެ. “އަހަންނަށް އިންތިޒާރު […]
ކައިރީގައި އިންމީހާ ފެނި މެހެކްއަށް ލިބުނީ ހައިރާންކަމެވެ. މެހެކްގެ މޫނަށް ބަލަހައްޓައިގެން އިނީ އާހިލްއެވެ. “އަ..އާހިލް މިތާ ކީއްކުރަނީ”؟. “މިއުޅެނީ އަހަރެންގެ ވަރަށް ގާތްމީހަކު މިތާ އެމަރޖެންސީ އަށް ގެނެސްގެން”… “ކާކު؟”. މެހެކް އަހާލިއެވެ. “އެއީދޯ، އެއީ….އޫމްމް…އެއީ އަހަރެން އެންމެ ލޯބިވާ ކުއްޖާގެ މަންމަ”. އާހިލްގެ ނަޒަރު ތޫނެވެ. މެހެކްގެ ލޮލުތެރެއަށް ޖަމާވި ކަރުނައިގެ އަސަރެއް މިހާރަކު ނެތެވެ. އެކަމަކު އާހިލްގެ ޖުމްލައަށް ފަހު،ދެމީހުނަށް ތިބެވުނީ އެކަކު އަނެކަކާ ދިމާއަށް ބަލަހައްޓައިގެންނެވެ. “މަންމަ ކިހިނެއް؟، އަހަރެން ހުރީމޭ […]
މެހެކް ހިތްބިރުގަންނަން ފެށިއެވެ. އޭނާ ބާރުބާރަށް އަތްދަބަހުގައި ހިފަހައްޓާލައިގެން ހަމައެހާމެ ހިނގުންވެސް ބާރުކޮއްލިއެވެ. “މަޑުކޮށްލެވިދާނެތަ؟”. ފަހަތުން ކައިރިކުރަމުންދިޔައީ ފިރިހެނެއްކަން އެނގުނެވެ. މެހެކް ހާސްވާންފެށިއެވެ. ނަމަވެސް ހިނގުމަށް ބަދަލެއްނުގެނެއެވެ. “މެހެކް”. އަނެއްކާވެސް އެއަޑުން ގޮވާލިއެވެ. ވަރަށް މަޑުމަޑުންނެވެ. ހަދާނެގޮތަކާމެދު މެހެކް ވިސްނާލިއެވެ. އޭނާ ހުއްޓުނެވެ. ފަސްއެނބުރި ބަލާލާހިތްވީ އެމީހަކު އޭނާގެ ނަމުން ގޮވާލީމައެވެ. ނޫންނަމަ އެބާރުހިނގުމުގައި އޭނާ އެދިޔަގޮތަށް ދިޔައީހީއެވެ. މެހެކް ހުއްޓި ފަހަތަށް އެނބުރި ބަލާލިއިރު ސައިކަލް ހުއްޓާލައިގެން، ހަރަމް ބަނދެލައިގެން ރީތިޒުވާނަކު އިނެވެ. މެހެކް ބަލާލުމާއެކު […]
މެހެކް ހިތްބިރުގަންނަން ފެށިއެވެ. އޭނާ ބާރުބާރަށް އަތްދަބަހުގައި ހިފައްޓާލައިގެން ހަމަ އެހާމެ ހިނގުންވެސް ބާރުކޮއްލިއެވެ. “މަޑުކޮށްލެވިދާނެތަ؟” ފަހަތުން ކައިރިކުރަމުން ދިޔައީ ފިރިހެނެއްކަން އެނގުނެވެ. މެހެކް ހާސްވާން ފެށިއެވެ. ނަމަވެސް ހިނގުމަށް ބަދަލެއް ނުގެެނެއެވެ. “މެހެކް” އަނެއްކާވެސް އެއަޑުން ގޮވާލިއެވެ. ވަރަށް މަޑުމަޑުންނެވެ. ހަދާނެ ގޮތަކާއިމެދު މެހެކް ވިސްނާލިއެވެ. އޭނާ ހުއްޓުނެވެ. ފަސް އެނބުރި ބަލާލީ އެމީހަކު އޭނާގެ ނަމުން ގޮވާލީމައެވެ. ނޫންނަމަ އެބާރު ހިނގުމުގައި އޭނާ އެދިޔަގޮތަށް ދިޔައީހީއެވެ. މެހެކް ހުއްޓި ފަހަތަށް އެނބުރި ބަލާލި އިރު […]