ހަވީރުގެ ހިތްގައިމު ވަގުތެވެ. ބޯކޮށް ވާރޭ ވެހޭތާ ކުޑައިރުކޮޅެއް ވެއްޖެއެވެ. ކާރޫބާރޫ ބޮޑު ހިސާބާއި ތަންކޮޅެއް ދުރުގައި ހުރި ގެއެއްގެ ކުޑަދޮރުން ބޭރު ބަލަން މަޑުކޮއްލައިގެން މެހެކް ހުރީ ހިޔާލް ތަކަކަށް ގެއްލިފައެވެ. އޭނާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ފުސްވަމުން އައެވެ. ދެލޯ އަވަހަށް މަރާލުމާއެކު އެސްފިޔަ ތަކުގައި ކަރުނައިގެ ފިނިކަން ހިފާލިއެވެ. އަދި އޭނާގެ ޙިޔާލުގެ އޮއެވަރު ޙަޔާތުގެ ކުރީ ދުވަސް ތަކުގެ ޞަފްޙާތައް އުކަން ފެށިއެވެ. އެއީ މީގެ […]