އެހެންނަމަވެސް އަހަރެންގެ ފިޔަވަޅުތަކަަށް ހުއްޓުމެއް އައީ ފަހަތުން މީހަކު ޖަނާންއޭ ކިޔާ ގޮވާލުމުންނެވެ. އަހަރެން ހައިރާންވެ ހުރެ ފަހަތް ބަލާލީ ކޮންމެވެސް ވަރަކަށް ކޮންމެސްތާކުން އެ އަޑު އިވުނުހެން ހީވެގެންނެވެ. އަހަރެން ބަލާލިއިރު މަންމަމެން ކައިރިއަށް ގޮސް ވާހަކަދައްކަން އިރުކޮޅަކު ހުރުމަށްފަހު އަހަރެންނާ ދިމާލަށް އެމީހަކު އާދެއެވެ. އޭރުވެސް އަހަރެންނަށް އެއީ ކާކުކަމެއް ނޭނގުނެވެ. ކޮންމެސްތާކުން ފެނުނު މީހެއްހެން ހީވިއެވެ. އެހެންނަމަވެސް މާ ރަނގަޅަކަށް ނޭނގުނެވެ. އެމީހަކު އަހަރެންނާ ހަމައަށް ވަކި ހިސާބަކުން އައީ ދުވެފައެވެ. އަދި […]
ގެއަށް އަައުމަށްފަހު މައި ވަރަށް ރުޔެވެ. އަހަރެން މައި ހުއްޓުވާކަށްވެސް މަސައްކަތެއް ނުކުރަމެވެ. މައި ހިތްހަމަ ޖެހޭ ވަރަށް ރޯން ފުރުސަތު ދިނީ އެކަނިވާން ބޭނުންވާނެކަން އެނގޭތީއެވެ. އަދި ހިތްހަމަ ޖެހޭ ވަރުވުމުން ހަމަޔަކަށް އެޅޭނެކަން އެނގޭތީއެވެ. ދުވަސްތައް ފާއިތުވަމުންދިޔައީ އެއްބަޔަކަށް އުފާވެރިކަން, އަނެއްބަޔަކަށް ހިތާމައާއި ހިތްދަތިކަން ގެންނަމުންނެވެ. މިއީ ދުނިޔޭގަ ކަން ހިނގަމުން އަންނަ ގޮތެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ދިރިއުޅުން ބާއްޖަވެރި ކުރެވޭތޯ މަސައްކަތްކުރެވެ. އަހަރެމެން އިންސާނުންނަށް އޮންނާނީ ގަދައަޅާ މަސައްކަތްކުރުމެވެ. ކާމިޔާބު ދެއްވާނީ […]
އަދި އުންމީދުން ފުރިގެންވާ ގޮތަކަށް ބުނެލިއެވެ. މިއަދު މިގޮތަށް ކަންތައް ވުމުން ދެރަނުވޭ, ކޮންމެ ކަމެއްވެސް ވާނީ އެެންމެ ރަނގަޅަށް، އަހަރެން އަބަދުވެސް ޖަންނަ އަށް ކޮންމެ ކަމެއްގަވެސް އެހީވާނަން, ” އަހަރެން ބޯ ޖަހާލީމެވެ. ލިބުނު ހިތްހަމަ ޖެހުމަކުންނެވެ. ފަހުން އަހަރެންނަށް އެނގުނު ގޮތުގައި މައި އަހަރެންގެ މަންމަ އާއި ބައްޕައަށް ވެސް އެވާހަކަތައް ކިޔައިދިނެވެ. މައިގެ އެދުމަށް އެއްވެސް ސުވާލެއް ނުކުރީއެވެ. އަހަރެން ދެރަވެދާނެތީއެވެ. އެެރެއަށްފަހު އަހަރެންނާ އަޝްފާންގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވިޔެވެ. […]
ކިޔުންތެރިންނަށް. “އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ” މި ވާހަކަ އަކީ އަޅުގަނޑު މިހާރު ގެނެސްދެމުންދާ “ނުހައްގު ލޯބި” މި ވާހަކަ ނިމުމުން ދެން ކިޔުންތެރިންނަށް ގެނެސްދޭނެ ވާހަކަ ކަމުގައި ދަންނަވަމެވެ. އަދި އަޅުގަނޑު ގެނެސްދެމުންދާ އެއްވެސް ވާހަކައަކީ ވަކި މީހަކަށް ނިސްބަތްކޮށް ގެނެސްދޭ ވާހަކައެއް ނޫންކަމުގައި ދަންނަވަމެވެ. ކޮންމެ ވާހަކައަކީވެސް އަޅުގަނޑުގެ އަމިއްލަ ހިޔާލަށް ލިޔާ ވާހަކައެވެ. އަދި ނޭނގިނަމަވެސް މީހެއްގެ ލައިފް އާ ގުޅުންހުރި ގޮތަކަށް ގެނެސްދެވިފައި ވާނަމަ މަޢާފަށް އެދެމެވެ. ބަޡަލާ: ސާރާ […]
ކޮންމެ ގޮތެއްވިޔަސް އަޝްފާންނާ ކުރިމަތިލާން އަހަރެން ނިންމީމެވެ. ދުވަސްތައް ފާއިތުވަމުންދަނީ ހީނުކުރާހާ ހަލުއިމިނުގައެވެ. އަހަރެންގެ ހާލްވެސް މިހާރު ވަރަށް ބޮޑުތަން ރަނގަޅެވެ. އެހެންކަމުން އަހަރެން އަޝްފާންއާ ބައްދަލުކުރަން ނިންމީމެވެ. އަޝްފާން ބުނަން އުޅޭ ވާހަކަ އަޑުއެހުމަށް އަހަރެން ހުރީ ކެތްމަދުވެފައެވެ. މައި ކައިރި އަޝްފާންނާ ބައްދަލުކުރަންދާން ބޭނުންވާ ވާހަކަ ބުނުމުން މައި ވެސް ދާނަމޭ ބުންޏެވެ. އަހަރެންގެ ހިތަށް ހަމަ ޖެހުން ލިބުނީ މައި ވެސް އަހަރެންނާ އެކީ ދާނަމޭ ބުނުމުންނެވެ. ހުކުރު ދުވަހުގެ ރޭ އަޝްފާން […]
ކުއްލިއަކަށް އަހަރެންގެ ދެލޯ ބޮޑުވެގެންދިޔައީ އެތަނަށް ވަތް މީހާ ފެނިފައެވެ. އަހަރެން ހާސްވެ, ހިތުގެ ވިންދު އަވަސްވާންފެށީ ބައްޕަމެން އަޝްފާން ފެނި ސުވާލެއް ކޮއްފާނެތީއެވެ. އެހެންވެއްޖެނަމަ އަހަރެން ކިޔާނީ ކީކޭ ކަމެއް ހުދު އަހަރެންނަކަށް ވެސް ނޭނގުނެވެ. ކުއްލިއަކަށް އަޝްފާން ފުރަތަމަ ފެނުނު ދުވަހުންސުރެ މިއަދާ ހަމައަށް ހިނގި ހުރިހާކަމެއް އަހަރެންގެ ލޮލުގެ ކުރިމަތީ ސިފަވަމުންދިޔައެވެ. އަހަރެން ވެއްޓެން އުޅެނިކޮއް އެ ބާރުގަދަ ދެ އަތުން އަހަރެންނަށް ހިމާޔަތް ދިން ގޮތެވެ. އަޝްފާން ހޯދުމަށް އަަހަރެން އެފިހާރަ […]
އަހަރެންގެ ހިތުގައި އަތްއަޅާ ބާރުކޮއްލެވުނީ ހިތަށްވި ތަދެއްގެ ބޮޑުކަމުންނެވެ. ޤަބޫލް ނުކުރެވިފައި އެތައް އިރަކު ހުރެވުނެވެ.އަޝްފާން ހަމަ އަހަރެންނާ ވަކިވީބާއޭ ހިތަށް އަރަމުންދިޔައެވެ. އެންމެފަހުން އަހަރެން އެތާ އިތް ކުއްޖާއަށް އެހީމެވެ.”ސަމާސަ ކުރަނީ ދޯ، ކާކު ދެެއްކި ވާހަކައެއްތީ” އެކުއްޖާ ވަރަށް ހައިރާންވެފައި ބުންޏެވެ. “ކޮންކަމަކާ އަހަރެން ސަމާސަ ކުރަންވީ، އަހަރެންނަކަށް ނޭނގޭ ތީ ކާކު ކަމެއްވެސް، އަހަރެންކައިރީ އެހީތީ އަހަރެން މި ބުނީ އަހަރެންނަށް އެނގޭ މިންވަރަކަށް،” މިހެން ބުނެ އެކުއްޖާ ކުރަން އިން މަސައްކަތަށް […]
ވަރަށް ހިތްވަރުކޮށްފައި މައި އާ ދެމީހުން ފިހާރަޔަށް ވަނީމެވެ. އޭރުވެސް އަހަރެންގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. ފިހާރަޔަށް ވަދެ ފަރާތް ފަރާތަށް ބަލާލީމެވެ. އަހަރެންގެ ލޮލުން ކަރުނަ ނިރާލީ މިގަޑީގައިވެސް އަޝްފާން ނެތުމުންނެވެ. އަހަރެން ގޮތް ހުސްވެ ކަރު އެލުވާލެވުނެވެ. އަޝްފާން ހޯއްދަން އަހަރެން ވަކި ދާނީ ކޮންތާކަށް ބާއޭ ހިތަށްއެރިއެވެ. ނަން ފިޔަވައި އިތުރުއެއްޗެއް ނޭނގެއެވެ. އަހަރެންގެ ގައިން ވަރުދާހެންވެސް ބައެއް ފަހަރު ހީވެއެެވެ. އަހަރެންގެ އަރުތެރެއިން އެންމެ އެތިކޮޅެއްވެސް ދިރޭނީ އަޝްފާން އަހަރެންގެ […]
އަހަރެންގެ ހިޔާލީ ޙިޔާލްތަކުން ނިކުމެވުނީ އަހަރެންގެ ކަންފަތް ކައިރިން އަހަރެން އަޑު އެހުމަށް ބޭނުންވާ އެ އަޑު އިވުުމުންނެވެ. އަހަރެންގެ އަތްފައި ފިނިވެ ތެޅިތެޅި އޮތް ހިތަކާއެކު މަޑުމަޑުން އެނބުރިލީމެވެ. އެމޫނު ފެނުމާއެކު އަހަރެންނަށް ލަދުން އިސްޖަހާލެވުނީ ބޭއިޙްތިޔާރުގައެވެ. “ކޯއްޗެއް ތި ހޯދަނީ، ބޭނުން އެއްޗެއް އެބަހުރިތަ” އެ ޒުވާނާގެ އެ ސުވާލުން އަހަރެންނަށް ތެޅިގަނެވުނެވެ.ހީވީ ވައްކަމެއް ކުރަން އުޅެނިކޮށް ފަޅާއެރިހެންނެވެ. ” އާނ. އަހަރެން ހޯދަމުންމިދާ ފަރާތަކީ ރޭގަނޑު ހަތަރުދަމު އެ ޙިޔާލުތަކުގެ ސަބަބުން އަހަރެންގެ […]