އިރު އަރާ ގަޑިކަމަށް ވުމުން އުދަރެސް ވަރަށް ރީތިކޮށް ފެންނަމުންދެއެވެ. އެއްކޮޅުން އަނެއްކޮޅަށް ފަތަމުން ދިޔަ އަރުޝް އަޑިއަށް ފީނާލުމަށްފަހު ބޯ ފެންގަނޑުން މައްޗަށް ނެގިވަގުތު ގޮނޑު ދޮށުގައި ތެލި ދޮންނަމުންދިޔަ ކުއްޖާއަށް ހާއްސަ ސަމާލުކަމެއް ދެވުނެވެ. ކައިރިން ބަލާލުމަށްޓަކައި ފަތަމުން ދިހަވަރަކަށް ފޫޓް ދުރުގައި ހުރެ ބަލައިލިއެވެ. އަރުޝްގެ ހިތް ތެޅެންފެށީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެ. އެ ރީތި ދޮންމޫނަށް ބަލަހައްޓައިގެން އިނދެވުނެވެ. އެކުއްޖާގެ ސަމާލުކަން އޭނާ ކުރަން އިތް މަސައްކަތަށް ހުއްޓިފައި ވާއިރު މީހަކު […]
ރަށުގެ ފަޅު ތެރެއަށް ވަދެގެންއައި ލޯންޗު ޖެޓީ އާއި ކައިރިކޮއްލުމާއެކު އެންމެ ފުރަތަމަވެސް ކޮނޑުގައި ދަބަހެއް އަޅުވައިގެން ލޯންޗުން ފޭބި ޒުވާނާއަށް އެވަގުތު ބަނދަރުމަތީ ތިބި މީހުންގެ ނަޒަރު ހުއްޓެމުންދިޔައެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. ފެންނަ ފެނުމަށްވެސް މާލޭ މުއްސަނދި މީހެއްކަން އެނގެއެވެ. ހަމުގެ ކުލަ އަލި އެ ޒުވާނާގެ ލޮލުގައި އެންމެފަހުގެ ފެޝަންގެ އައިނެއް އަޅާފައިވާއިރު އަތުގައި ފެންވަރުގެ ގަޑިއެއް އަޅާފައިވެއެވެ. ގޮޅި ޖެހި ގަމީސް އަތުކުރި އޮޅާފައި ވުމުން ގަވާއިދުން ކަސްރަތު ކުރާކަން ފާހަގަވެއެވެ. […]
ސާރާ މަޑުހިނގުމުގައި ކުނި ގޯނި ކިހިލި ޖަހައިގެން ރަށުގެ ބޮޑުމަގުން ހިނގަމުންގޮސް ކުނި ގޮޑާ ހަމައަށް ގޮސް ކުނި އުކާތަނަށް ކުނިތަށް އަޅާލިއެވެ. އަދި ހިނގަމުން ވަކި ހިސާބަކުން މީހަކު ވަރަށް ބާރަށް ސާރާއޭ ކިއައި ގޮވާލިއެވެ. ސާރާގެ ހަށިގަނޑު ބިރުން ރޫރޫ އަޅައިގަތެވެ. މިއޮއްފަދަ ވިއްސާރަ ދުވަހުވެސް ސާރާގެ މޫނުމަތިން އޮއްދާ ހިއްލަން ފެށިއެވެ. ފަހަތަށް އެނބުރި ބަލާލާނެ ހިތްވަރުވެސް ނެތެެވެ. ކާކުކަން އެނގޭތީއެވެ. ސާރާއަށް ގުޑިލަންވެސް ނޭނގިފައި އިސްޖަހައިގެން ހުއްޓެވެ. ދެން ހަދަންވީ ގޮތެއް […]
ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރަމުންދާ ދުވަސްވަރެވެ. އެގޮތުން ރ. ފައިނަށް ހެނދުނުން ސުރެ ވެހެމުންދާ ވިއްސާރައަށް މެންދުރުވީ އިރުވެސް އެއްވެސް ބަދަލެއް ނާދެވެ. މީހުންތައް ވެހެމުންދާ ވާރޭގައި ހޭލަމޭލަޔަށް ކޮޅުކޮޅު މައްޗަށް ދުވަމުންދަނީ ވާރޭ ހުއްޓަންވާއިރަށް ފެންފޮދެއް ރައްކާތެރިކުރެވޭތޯއެވެ. އެއްބަޔަކު މަސައްކަތް ކުރަމުންދަނީ ފުރާޅު ސާފުކޮއް ތާނގިއަށް ފެން އެޅުމަށްޓަކައި ހޮޅި ގުޅޭތޯއެވެ. އަނެއްބަޔަކު ވާރޭއިން ގޭތެރެއަށް ފެން ތިކި ތަޅަމުންދާ ދިއުމުން ސަލާމަތްކުރުމަށްޓަކައި ދިމަދިމާލުގައި ބާލިދީ ފަދަ ތަކެތި ބަހައްޓަމުންދެއެވެ. އޭގެތެރެއިން އެއް […]
އާކިފް ގައިގަ ވަރަށް ބާރަށް އަހަރެން ބައްދާލީ ދުވަހަކުވެސް ދުރަށް ނުދާށޭ ބުނާފަދައިންނެވެ. ދުވަހަކުވެސް ފިރިހެން ކުއްޖަކާ ގާތް ނުވާއިރު އާކިފްގެ ގައިގައި ބައްދާލުމުން ހިމާޔަތް އަހަރެންނަށް އިހުސާސް ކުރެވުނެވެ. އާކިފް އަހަރެންގެ ބުރަކަށީގައި ލޯބިން ފިރުމާލިއެވެ. އަހަރެންގެ ހިތުގެ ވިންދު އަވަސްވާން ފެށުމުން ތްވާން އާކިފް އާ ދުރުވެލީމެވެ. އަދި ހިނިތުންވެލީމެވެ. އެރެއަށްފަހު އާކިފް އާއި އަހަރެންގެ ނަން ވެސް ލޯބީގެ ލިސްޓަށް އިތުރުވެގެންދިޔައެވެ. އާކިފްގެ ފަރާތުން އަހަރެންނަށް ލިބެމުންދާ ލޯތްބާ އޯގާތެރިކަމުގެ ސަބަބުން އަހަރެންގެ […]
އެމީހަކު ފެނުމާއެކު އަހަރެން ބިރުން އޮއްދާހިއްލަން ފެށިއެވެ. ކުރާނެ ކަމެއް ނޭނގި ދެއަތާ މޮޑެވެން ފެށުނެވެ. އެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނެއެވެ. ހަށަން ބަދެލައިގެން ހުރީއެވެ. މައި ދަމުން އަހަރެންގެ ކޮނޑުގައި ކުޑަކޮއް ޖަހާލުމަށްފަހު ރަނގަޅަށް ޓަކި ތަޅާލައްޗޭ މިހެން ބުނެ އެތަނުން ދިޔައެވެ. އަހަރެންނަށް ގޮތް ހުސްވި ކަހަލައެވެ. ބުނާނެ އެއްޗެއް ދުލާ ހަމައަށް ވެސް ސިކުނޑިއަށްވެސް ނައުމުން އިސްޖަހާލައިގެން ހުރުން ނޫން ގޮތެއް ނެތެވެ. އާކިފް އައިސް އަހަރެންގެ ކުރިމަތީ ހުރިގޮތަށް ހުއްޓެވެ. […]
ކުއްލިއަކަށް މެހްމާންއާ ސަލާން ކުރަންހުރި ކައިވެނީގެ ޖޯޑް ފެނުމާއެކު އަހަރެންގެ ފިޔަވަޅުތައް ހުއްޓި އަހަރެންގެ ދެލޯ ބޮޑުވިއެވެ. އާނ އެކެވެ. އެއީ ހަމަ އޭނައެވެ. އަހަރެންނަށް އޭނަ ނޯޅޭނެކަން ޔަގީނެެވެ. ލޮލޮން ފެންއައީ އުފަލުން ކަމެއް ނުވަތަ ދެރަވެގެން ކަމެއް ނޭނގުނެވެ. ބޭ އިޙްތިޔާރުގައި އެދިމާލަށް ދެވުނެވެ. އަދި އެމީހުންގެ ކުރިމަތީ ކަހަކަ ގޮތަކަށް މަޑުކޮއްލެވުނީ އަދިވެސް ގަބޫލް ނުކުރެވޭތީއެެވެ. ކަޅިޖަހާނުލާ ބަލަން ހުރެވުނީ ބުނާނެ އެއްޗެއް ނޭނގޭތީއެވެ. “އޭ ޖަންނަ. ހިނގާބަލަ ސަލާން ކުރަންދާން, ތިހެން […]
އަހަރެންނަށް ހީވީ އަހަރެން ލާން އުޅުން ނޭވާ ވެސް ހުއްޓުނުހެންނެވެ. އަހަރެންނަށް ކުއްލިއަކަށް ކޮޅަށް ތެދުވެ އާކިފްއޭ ބުނެލެވުނެވެ. އަހަރެންނަށް އާކިފްއޭ ބުނެވުނު ގޮތުން އާކިފް އަހަރެންނަށް ދުވަހަކުވެސް ނުބަލާ ގޮތަކަށް ބަލާލިއެވެ. އެހެންކަމުން އަވަހަށް އިށީނދެ ކަމެއް ނުވާ ކަމަށް ހެދުމުން ވެސް އާކިފްގެ ސުވާލުތަކާ ކުރިމަތިވިއެވެ. ” ކިހިނެއްވީ, އަނެއްކާ ފެންނަން ނުވާ ވަރުގެ މީހަކީތަ މީ, ކުއްލިއަކަށް ދެލޯ ބޮޑުވެފަ ތިހުރީ، އަހަރެން ނޫޅެމޭ ކަމެއް ކުރާކަށް” މިހެންބުނެ ދެ އަތުން މޭޒުގައި […]
އަހަރެންނަށް ހުއްޓުމެއް އައީ މައި އަހަރެންގެ ކައިރިއަށް އައިސް އަހަރެންގެ ލޯމަތީ އަތް ހިންގާލުމަށްފަހު ތީޔޭ މި ހޯދާ ޖަވާބަކީ ދެން ނިދާލާށޭ ބުނެ އަހަރެންގެ ގައިގަ ވިކާ ގަތްފަ ދިއުމުންނެވެ. އަހަރެންނަށް ހުރެވުނީ ދެެންމެ ކުރެވުނު ކަންތަކުން ދެން ހަދަންވީ ގޮތް ނޭނގިފައެވެ. މައި އަހަރެންނާ ދިމާ ކުރާނެވަރު ހިތަށް އެރުމުން ބޮލުގެ ތެރެއަށް އަތް މަހާލެވުނެވެ. އަދި ކަންތަކާ ޖެހުނީއޭ ހިތާ ހިތުން ބުނެލެވުނެވެ. އަދި އެނދުގައި ޖައްސާލީ ނިދޭތޯއެވެ. އެހެންނަމަވެސް މިރޭ ކަންތައްވީ […]