Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 44

Sh@_n@ Level 410 Stories100 Comments100 Login
January 1, 2019 6 Mins Read
41 Comments

ސާރާ ހުރިތަނަށް ގަބުވެފައި އަމިއްލަ ދިފާޢުގައިވެސް އެއްޗެކޭ ނުބުނެ ހުރެވުނެވެ. ދެލޯ ފުރި ކަރުނަ ލޮލުން ފައިބަން ފެށިއެވެ. އެ ކަރުނަތަށް ފުހެލާނެހާ ހިތްވަރު ވެސް ސާރާއަކަށް ނުލިބުނެެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅި އައި ކޮޅަަށް ދުއްވައިގަތެެވެ. މަންޒަރު ބަލަން ކިތަންމެ ބަޔަކު ތިބި ނަމަވެސް ސާރާ އެކަމާ އަޅާވެސް ނުލިއެވެ. ރޮމުން ދުވަމުން ދިޔަ ސާރާ ފެނި ހޮސްޕިޓަލަށް ވަންނަން އައި އާމިރުއަށް ވެސް ލިބުނީ ކުއްލި ހައިރާން ކަމެކެވެ.
ސާރާ ދިޔަ ދިމާލަށް ބަލަން ހުރެ އެދިމާލަށް ދިޔައެވެ.އެހެންނަމަވެސް އެހާ އަވަހަށް ސާރާ އާމިރުގެ ލޮލު ކޮޅަށް ގެއްލުނެވެ. ވެދިޔަ ކަންތަށް އާމިރުގެ ސިކުނޑިއަށް ނަގާގަންނަން ގިނަ އިރެއް ނުނެގިއެވެ. ދެ އަތް މުއްކަވާލަމުން އަރުޝް އޮތް ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ.

އާމިިރު އެ ކޮޓަރިއަށް ވަތް އިރު އަރީޝާ ފޯނެއްގައި އިނެވެ. އާމިރު ވަނުމާއެކު އަރީޝާ ފަހުން ގުޅާނެ ކަމަށް ބުނެ ފޯނު ބޭއްވިއެވެ. އާމިރު މޫނުމަތީގައިވާ ރުޅިވެރިކަމުން އަރީޝާއަށް ކޮޅަށް ތެދުވުނެވެ. އަރުޝް އޮތީ ނިދާފަކަމުން އަރީޝާ ހިސާބަކަށް ހަމަ ޖެހުނެވެ.

” މިހާރު ކިހިނެއްވެފަ, ކާކު ދެކެ ރުޅި އައިސަ” އަރީޝާ ހަމަ ޖެހެމުން އެ ބުނި ގޮތުން އާމިރުގެ ރުޅި އިތުރަށް ގަދަވިއެވެ.
” އަހަރެން ނުދެކެން ތިހާ އަމިއްލަ އެދުން ބޮޑު އަންހެނެއް, އަމިއްލަ ފައިދާއަށް ދަރީގެ އުފާތަށް ފުޑުފުޑު ކުރާ އަންހެނެއް މި ނޫނިއްޔާ ނުދެކެން, އަދި އަހަރެން އެވަރަށް ބުނެފަ އޮއްވާ” އާމިރުގެ އަޑު ގަދަވަމުން ދިޔައެވެ.

” ކޮން ހަޅޭކެއް, ދެނެއް ސާރާ ނާންނާނެ, އޭނަގެ ސަބަބުން މި އާއިލާގަ އެހާ މައްސަލަ ޖެހިއްޖެ, ދެން ހަމަ ޖެހިގެން އުޅެވޭނެ, ސާރާ އުނދަގޫ ދެން ނުފޯރާނެ” އަރީޝާ އަރުޝްއާ ދިމާލަށް ބަލާލަމުން ބުނެލިއެވެ.

” އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން އަރީ ތީ ތިކަހަލަ މީހެއް ކަމަކަށް, އަރުޝް ހާދަ ދެރަވާނޭ, ސާރާ އަކީ އަރުޝްގެ ހުރިހާ އުފަލޭ, ކީއްކުރަންތަ އެ ދިރިއުޅުމަށްވަނީ، ތިޔަ ބުނާ ހައިފާ ކޮންތާކުން ރަނގަޅީ, އޭނަ އެހާ ރަނގަޅުވީމަ ދޯ އެހެން މީހެއްގެ ދަރިއަކަށް ބަލިވެ އެ އިނީ, ހަނދާން ކުރާތި, އަރުޝްއަށާއި ސާރާއަށް ދެރަ ގޮތެއް ވެއްޖިއްޔާ ދުވަހަކުވެސް އަރީޝާއަށް މާފެއް ނުކުރާނަން” އާމިރު އެހެންބުނެ ނުކުތެވެ.

އާމިރުގެ ޖުމްލައިން އަރީޝާ ހިސާބަކަށް ހާސްވިއެެވެ. އެހެންނަމަވެސް އެ ހާސްކަން ފިލުވާލީ ހަފީޒާއަށް ކުރާ އިތުބާރުންނެވެ. އާމިރު އެގޮތަށް އެ ބުނީ އެ ކަައިވެނި ކުރިޔަ ނުދޭންވެގެން ކަމަށް ވިސްނާ އަރީޝާ ހިތް ހަމަ ޖައްސާލިއެެވެ. އަދި އެ ތަނުން ނުކުންނަން ނެގި ފިޔަވަޅު ހުއްޓުނީ މީހެއްގެ ރުއިމުގެ އަޑުންނެވެ. ހައިރާންވެ ހުރެ ފަހަތް ބަލާލީ އެފަދަ މަންޒަރެއް ފެންނާނެ ކަމަކަށް ނޫނެެވެ. ތެދުވަން މަސައްކަތް ކުރަމުން ދިޔަ އަރުޝް ފެނިފައި އަރީޝާއަށް ވީ ގޮތް ބުނަންވެސް ނޭނގުނެވެ. އަރުޝް ކައިރިއަށް ގޮސް ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. އަރުޝްގެ ބޮޑުވެފައިވި ދެލޮލުން އަރީޝާއަށް ބިރުވެރި އިންޒާރެއް ދިން ފަދައެވެ. އަރީޝާގެ ލޮލުން އިސާހިތަކު ކަރުނަ ފައިބަން ފެށިއެވެ.

” އަރުޝް, ކިހިނެއްތަ ތި ވަނީ, ކޮންތާކަށް ދާން ތިއުޅެނީ، އަރުޝް ހަމަޖެހިބަލަ, ޑޮކްޓަރ… އަރީޝާ ބާރަށް ގޮވާލިއެވެ. އެއާއެކު ދެ ނަރުހަކާ ޑޮކްޓަރެއް އެތަނަށް އައެވެ.
” ޕްލީޒް އަހަރެންގެ ދަރިފުޅު… ” އަރީޝާއަށް އިތުރަށް އެއްޗެކޭ ބުނާނެ ހިތްވަރެއް ނުލިބުނެވެ. ދެންމެ އާމިރުއަށް ޖަދަލު ކުރި އަރީޝާ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އަރީޝާ ކައިރީ ބޭރުގަ މަޑުކުރަން ބުނުމަށްފަހު ޑޮކްޓަރުން އަވަސްވެ ގަތީ އަރުޝްއަށް ފަރުވާ ދެވޭތޯއެވެ. އޭރުވެސް އަރުޝް އެއް އަތް ބޮލުގައި އަޅައިގެން އެތަނުން ތެދުވަން މަސައްކަތް ކުރަނީއެވެ. އަރީޝާ ހާސްކަމާއެކު ދެކޮޅަށް ހިނގަމުން ވިސްނަމުން ދިޔައީ މިވީ ކިހިނެއް ކަމާމެދު އެވެ.
” އަނެއްކާ އަރުޝްއަށް އަޑު އިވުނީތަ؟ އެހެންކަމަށް ވަންޏާ އަރުޝް ދުވަހަކުވެސް އަހަރެންނަކާ ވާހަަކަ ނުދައްކާނެ, އަހަރެން ކިހިނެއް ހަދާނީ, ކީއް މިކުރެވުނީ” އަރީޝާ ދެއަތް މޮޑެމުން ހިނގަމުން ކިޔަމުންދިޔައެވެ.

އިރުކޮޅެއްނުވެ އާމިރު އަންނަތަން ފެނުމުން އަރީޝާ ހާސްވާގޮތްވިއެވެ އާމިރު އެހިސާބަށް އެރިވަގުތަކީ ޑޮކްޓަރުން އެ ތަނުން ނިކުތް ވަގުތެވެ. ޑޮކްޓަރުގެ މޫނުމަތި ފެނުމާއެކު ކޮންމެސް ކަމެއް ވެއްޖެކަން އާމިރުގެ ހިތް ބުނަން ފެށިއެވެ. އަރީޝާއާ ދިމާލަށް ބަލާލީ ޖަވާބު ބޭނުންވާ ފަދައިންނެވެ. އެހެންނަމަވެސް އަރީޝާއަށް އިސްޖަހާލުން ފިޔަވާ އިތުރު ކަމެއް ކުރާކަށް ނޭނގުނެވެ.

” އާމިރް, އަޅުގަނޑު ބުނީމެއްނޫންތޯ އަރުޝް ވިސްނަންޖެހޭ ވަރުގެ އެއްވެސް ކަމެއް ނުކުރާށޭ, ބޮލުގެ އޮޕެރޭޝަންއެއް ކޮއްފަ ހުރީމަ އަޅުގަނޑު އެހެން ދެންނެވީ, ސިކުނޑިއަށް ބާރު ބޮޑުވެ ކޯމާއަކަށް ދިއުމުގެ ފުރުސަތު އޮތީމަ, އިއްޔެވެސް އަޅުގަނޑަށް ފާހަގަވި އަރުޝްގެ މޫނުމަތީގައިވި ހިނިތުންވުން, އެކަމް މިއަދު” ޑޮކްޓަރު އެހެންބުނެ ޖުމްލަ މެދުކަނޑާލިއެވެ. އާމިރު އަރީޝާއާ ދިމާލަށް ބަލާލީ އަރީޝާ އެއްޗެކޭ ބުނާނެ ކަމަށެވެ. އެހެންނަމަވެސް އަރީޝާގެ ފަރާތުން ފެނުނީ ހަމަ ހިމޭންކަމެވެ.

“އަނެއްކާ، މިއަދު ކިޔަމުން އެ ދިޔައީ ކޮންމެސް ތާކަށް ދާ ވާހަކަ, ކޮންމެސް މީހަކު ހުއްޓުވާށޭ ކިޔާފަ, އެހެންވީމަ އަޅުގަނޑު މިދެންނެވީ, ދެރަވާ ކަހަލަ އެއްވެސް ވާހަކައެއް ނުދައްކާށޭ, މިވަގުތު އޮތީ ނިދާ އިންޖެކްޝަން ޖަހާފަ، އެ ނޫން ގޮތަކަށް ވާން ނެތީ, އަބަދު އެހެން ހެދުމަކީ ހައްލެއްވެސް ނޫން” ޑޮކްޓަރު އެ ހުރިހާ ވާހަކައެއް ދައްކާފަ ދިޔައިރުވެސް އާމިރުގެ ދުލަށް ބުނާނެ އެއްވެސް ބަހެއް ނައެވެ. އަރުޝް އެ ހުރިހާ ވާހަކައެއް އަޑު އެހީކަން އާމިރުއަށް ޔަގީންވިއެެވެ.

އަރީޝާއާ ދިމާލަށް ބަލާލި ވަގުތަކީ އަރީޝާވެސް އާމިރުއަށް ބަލާލި ވަގުތެވެ. އާމިރު ދުލުން އެއްޗެކޭ ބުނުމުގެ ބަދަލުގައި ދެ ފަރާތަށް ބޯ ހޫރުވާލީ ތި ކުރީ ވަރަށް ބޮޑު ކުށެކޭ ބުނާކަހަލަ ގޮތަކަށެވެ.

ދެލޮލުން ކަރުނަ ހިލުމާއެކު އަރުޝް އޮތް ކޮޓަރިއަށް ވަނީ އެ ކަރުނަތަށް އަރީޝާއަށް ނުދައްކަން ވެގެންނެވެ. ބޭކާރު ކަމެއްކުރަން ބޭނުން ނުވާތީއެވެ. އަރީޝާ ގޮވަ ގޮވަ އޮއްވާ އާމިރު އެތަނަށް ވަދެ ދޮރު ތަޅުލިއެވެ.

އަރީޝާ ދެއަަތް ދެއަތާ މޮޑެލަ މޮޑެލާ ހުރެވުނީ އަދިވެސް ގަބޫލް ނުކުރެވިފައެވެ. ދެވަނަ ފަހަރަށް ޓަަކި ޖެހުމަށް އަތް ހިއްލާލި ވަގުތު އަރީޝާއަށް ފެނުނީ މީހަކު ހައިފާ އުފުއްލާލައިގެން އަންނަ ތަނެވެ. ހޭނެތިފައިވާ ހައިފާ ފެނުމާއެކު އަރީޝާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ދަރިފުޅާއޭ ކިޔައި އެދިމާލަށް ދުއްވައިގަނެވުނެވެ. ޑޮކްޓަރުންނާއި ނަރުހުން ހައިފާއަށް ފަރުވާ ދިނުމަށް އެމަރޖެންސީ އަށް ވެއްދިއެެވެ.

އަރީޝާ ހަފީޒާއަށް ގުޅާ ގުޅާ ވަރުބަލި ވީ އިރުވެސް ހަފީޒާ ފޯނެއް ނުނަގައެވެ.
” ކިހިނެއްތަ ވީ އެކުއްޖާއަށް” އަރީޝާ އެތާ ހުރި ހައިފާ ގެނައި މީހާ އާ ސުުވާލުކުރިއެވެ.
” ކުއްލިއަކަށް ކުރިމައްޗަށް އެރީ” އެމީހާ ބުނެލިއެެވެ. އަރީޝާއަށް ފުންނޭވާއެއް ދޫކޮއްލަމުން އަރުޝް އޮތް ރޫމާ ދިމާލަށް ބަލާލީ ދޮރު ހުޅުވާތޯއެވެ. އެހާ ކައިރީގައި ދެ ތަން ހުރުން އެއީ ނަސީބޭ އަރީޝާ ހިތަށް އެރިއެެވެ. އަރީޝާގެ މޫނުމަތިން މާޔޫސްކަން ފެންނަން ހުއްޓެވެ.

” ހަފީ, ހަފީ ޕްލީޒް ފޯނު ނަގާބަލަ” އަރީޝާގެ ރުޅި ދިޔައީ ގަދަވަމުންނެވެ. އެއްކޮޅުން އާމިރުއަށް ވާހަކަ ދައްކަން މަސައްކަތް ކުރުމުން އާމިރު ދޮރު ތަޅުލުމުން އަރީޝާ މާޔޫސްވެފަ ހުއްޓާ, އަނެއްކޮޅުން ހަފީޒާގެ ހަބަރެއް ނުވުމުން އަރީޝާ ރުޅި ދިޔައީ ގަދަވަމުންނެވެ.
” އެކްސް ކިއުޒްމީ” ޑޮކްޓަރ ގޮވާލުމުން އަރީޝާ ދިޔައީ ސިއްސައިގެންނެވެ. ލިބެން މިއުޅެނީ ކޮންފަދަ ބޮޑު ހަބަރެއްކަން އެނގިއްޖެނަމަ އަދި ވާނެ ގޮތް ވެސް ނޭނގެއެވެ.

” ކޮބާތޯ ޕޭޝަންޓުގެ މީހުން, އަދި އަޅުގަނޑު ބޭނުން ޕޭޝަންޓުގެ ފިރިމީހާއާ ބައްްދަލް ކޮއްލަން” ޑޮކްޓަރގެ ޖުމްލައިން އަރީޝާގެ ހިތުގައި އެތަކެއް ސުވާލުތަކެއް ފުނި ޖެހުނެވެ.

” ތީ ކޮންބޭފުޅެއްތޯ” ޑޮކްޓަރުގެ ސުވާލުން ޕޭޝަންޓުގެ ދައްތައެކޭ ބުނުމުން އަރީޝާ ކައިރީ އެތެރެއަށް ވަނުމަށް އެދުނެވެ.

އަރީޝާގެ ހިތް ނޭނގޭ ސަބަބަކާ ހުރެ ތެޅެމުންދަނީއެވެ. ވާން އުޅެނީ ވަރަށް ބޮޑު ކަމެކޭ ހިތް ބުނަނީއެވެެ. އެހެންނަމަވެސް ހިތްހަމަ ޖައްސާލަމުން ގޮނޑީގައި އިށީނެވެ. އޭރުވެސް މީހާ ދާ ހިއްލާކަން އަމިއްލަ މީހާއަށް އިހްސާސްވަމުން ދިޔައެވެ.

” ކިހިނެއްތޯވީ” ޑޮކްޓަރުގެ މޫނުމަތިން ފެންނަމުންދިޔަ ނުތަނަވަސްކަމުން އަރީޝާގެ ސުވާލުތަކަށް އިތުރު ސުވާލެއް އިތުރުވިއެވެ.
” އަސްލު އަޅުގަނޑު ވަރަށް ކަންތަށް ބޮޑުވެފަ މިހުރީ, އެ ވަރުގަ ވަރަށް ބަލައިގެން އުޅޭންވާނީ, ނަސީބަކުން ބޭބީގެ ހާލް ރަނގަޅު” ޑޮކްޓަރގެ ޖުމްލައިން އަރީޝާއަށް ހީވީ އަރީޝާގެ ބޮލުގައި މީހަކު ބާރު އެތިފަހަރަކުން ޖެހިހެންނެވެ. މޫނުމައްޗަށް އަނދިރިވެ، ގައިގެ ވަރުދެރަވާ ކަހަލަ ގޮތެއްވެސް ވަމުންދިޔައެވެ.

” ތިބުނީ ބަނޑުބޮޑޭތޯ, ޑޮކްޓަރ ރަނގަޅަށް ޗެކް ކުރުމަށްފަހު ބުނުއްވާ, އަރީޝާގެ އަޑު ތުރުތުރު ލަމުންދާކަން އަމިއްލަ މީހާއަށްވެސް އިހްސާސްވިއެވެ.

” ސަތޭކަ ޕަސަންޓް” ޑޮކްޓަރގެ ޖުމްލަ އަރީޝާގެ ކަންފަތަށް ފޯރީ ހޮނު ގުގުރީގެ ސިފައިގައެވެ.

އަދި މިވީ އެއްމަސް, ނޭނގެނީތޯ, ވެދާނެ ސަޕްރައިޒެއް ދޭން ވެގެން ކަމަށް ސިއްރުކުރީ, އެކަމް ވަރަށް ބަލައިގެން އުޅެންވާނީ, މީހާ ވަރަށް ވީކް ކޮށް ފެންނަނީ, ދުވަހުން ދުވަހަށް ޑޮކްޓަރަށް ދައްކާ ޑޮކްޓަރުގެ ލަފާގެ މަތިން ކަންތަށް ކުރަންވާނެ, އަދި ހާއްސަކޮށް ފުރަތަމަ ފަހަރު ވީމަ މި ބުނެލީ, ވަރަށް ބަލައިގެން އުޅެންވާނީ, މިހާރުދެން ބައްދަލު ކުރެވޭނެ”

ޑޮކްޓަރ އެހެންބުނުމުން އަރީޝާ އެއްވެސް ހަރަކާތެއްނެތް މީހެއް ފަދައިން އެތަނުން ނުކުމެވުނެވެ. ގެންނަންވީ ކޮން ހަރަކާތެއް ކަމެއްވެސް ނޭނގުނެވެ. އާމިރުގެ ކޮންމެ ޖުމްލައެއް އަރީޝާގެ ބޮލަށް އުނދަގޫ ކުުރަމުންދިޔައެވެ. ވާގި ދޫވާން ހީވުމާއެކު ޖެހިގެން އިން ގޮނޑީގައި އިށީނދެ މޫނު ފޮރުވާލިއެެވެ.

” އަހަރެންނަށް ކީއް މިކުރެވުނީ, އެކަން އާމިރުއަށް އެނގުނީ ކިހިނެއް, ހަފީ އަހަރެންނަށް ހަމަ އޮޅުވާލާ ފާނެތަ, ވެދާނެ ހަފީއަށް ނޭނގޭ ކަމަށް, ހަފީއެއް މަށަކަށް އޮޅުވައެއް ނުލާނެ, އެއީ އަހަރެންގެ ެުދުވަސްވީ އެކުވެރިޔާ, އޭނަގެ ގޮތް އަހަރެންނަށް އެނގޭ, އޭނަ އަހަރެންނަކަށް އެހެން ނަހަދާނެ” އަރީޝާ މޫނުމަތީ އަތް އަޅައިގެން އިނދެ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ބުނެލިއެވެ.

“ކޮބާ ހައިފާ, އޭނަ ކައިރީ އަހަންވީ, އޭރުން އެނގިދާނެތާ” ކުއްލިއަކަށް ހައިފާ މަތިން ހަނދާން ވެގެން އަރީޝާ އެހެންބުނެ އެމަރޖެންސީ ރޫމަށް މިސްރާބު ޖެހިއެވެ. އެތަނަށްވަދެ ދަމާފައިވާ ފޮތިގަނޑު ކަހާލަން އަތް ނެގި ވަގުތު އިވުނު މީހެއްގެ އަޑުންނާއި ބުނެލި ޖުމްލައިން އަރީޝާއަށް އެއަތް ތިރި ކޮއްލެވުނެވެ.
” ހައިފާ ކީއްވެތަ ބުނާ ގޮތް ނަހަދަނީ, މި ތަނަށްތަ އަންނަން އެނގުނީވެސް، އަރުޝްވެސް މަސައްކަތް ކުރަނީ މިތާންގަ, އެމީހުންގެ ދަންނަ ބަޔަކަށް ތިކަން އެނގިއްޖިއްޔާ ލިބެން އޮތް މުއްސަނދި ކަންވެސް ދިޔައީ, އެހާވަރަށް ތިޔަ ދަރި ވައްޓާލާށޭ ބުނީމަވެސް އަޑެއް ނީވުނު, އަހަރެން މިހިރަ ހަލާކުވަނީ ކަލެއާ ހުރެ” ހަފީޒާގެ ކޮންމެ ޖުމްލައަކުން އަރީޝާގެ ހިތް ދިޔައީ ކަފާ ކުދި ކުދި ކުރަމުންނެވެ.
އެންމެ ގާތް އެކުވެރިޔާ އެފަދަ ދެރައެއް ދޭން އުޅެފާނެ ކަމަކަށް އަރީޝާ ހުވަފެނުގަވެސް ނުދެކެވެ. ނަމަވެސް ހަގީގަތުގައި އެންމެ ގާތް އެކުވެރިޔާ އޭނާގެ މުޅި ދިރިއުޅުން ހަލާކު ކޮއްލަން ނިންމި އިރު އެކަން ކުޑަކޮށްވެސް ކުރިން ރޭކާ ނުލީތީ ދެރަވިއެވެ. އެހެންނޫންނަމަ މިއަދު އަރުޝް އެހާލް ގައި ނޯންނާނޭ ހިތް ބުނެއެވެެ.

އިތުރަށް އެއްވެސް އެއްޗެކޭ ބުނާނެ ހިތްވަރު ނެތި އަރީޝާ އެތަނުން ނުކުމެގެން ދިޔައެވެ. ހޮސްޕިޓަލުންވެސް ނުކުމެގެން ދިޔަގޮތަށް ދިޔައީއެެވެ.އަރީޝާގެ ސިކުނޑީގައި އެނބުރެމުންދަނީ ކޮން ކަހަލަ ކަންތައް ގަޑެއް ކަމެއް ބުނެދޭކަށް ނޭނގެއެވެ. ބަލާމެލުމަށް އަރީޝާ ކަމަކާ ވަރަށް ފުންކޮށް ވިސްނަމުންދާ ކަން އެނގެއެެވެ.

އާމިރް އަރުޝްގެ މޫނަށް ބަލަހައްޓައިގެން އިން އިރު އާމިރުގެ ލޮލުން ކަރުނަ އަންނަމުން ދެއެވެ. އަރީޝާގެ ގޮތް ދޫނުކުރުމުގެ ސަބަބުން އަރުޝްއަށް އެ ލިބުނު ހިތާމަ އަރީޝާއަށް އިހްސާސްވާނެ ބާއޭ ހިތަށް އަރަމުންދިޔައެވެ.

އިރުކޮޅެއްނުވެ ދޮރުގައި ޓަކި ޖެހުމުން އާމިރު ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީ ޑޮކްޓަރު ހުރިތަން ފެނުމާއެކު އެއް ފަރާތް ވެލީ ޑޮކްޓަރ ވަނުމަށް ތަން ދެއްކުމުގެ ނިޔަތުގައެެވެ.

” އަރުޝް ގެއަށް ބަދަލް ކުރަންވީނުތޯ, އެގޮތަށް މިތާންގަ އޮންނަންޏާ ހާލް ގޯސްވެދާނެ, ވިސްނާ ކަންތަކާ ދުރުވާނެ ކަމަށް އަޅުގަނޑަށް ލަފާ ކުރެވެނީ ގެއަށް ބަދަލު ކުރެވުނީމަ, ބޭރަށް ގޮސްލާ އެހެން ހަދަނިކޮށް ސިކުނޑިއަށްވެސް ބޮލަށްވެސް ވަރަށް ލުއިވާނެ މިހެން އޮތުމުގެ ބަދަލުގަ, އެކަމް ތިފަރާތަށް ފެނިލައްވަންޏާ” ޑޮކްޓަރ ގެ ޖުމްލައިން އާމިރު ކުޑަކޮށް ވިސްނާލުމަށްފަހު ތިގޮތް ރަނގަޅުވާނެ ކަމަށް ފެނެޔޭ ބުނެލިއެވެ.

ހެނދުނު އަރައިގެން އައި އިރާއެކު އަރީޝާ ގޭތެރެ ފޮޅާ ސާފްކުރަން އާތިފާ އާ ހަވާލު ކުރިއެވެ. ބަލާބެލުމަށް ދުވަހަކީ ވަރަށް ބޮޑު ދުވަހެކެވެ. އާމިރު އަރުޝްއަށް ސައި ދޭން އުޅުމަށްފަހު ނުދެވިގެން ނިކުތްތަނުން ގޭތެރެ ފޮޅަންހުރި އާތިފާ ކުރެން އަހާލީ މި އުޅެނީ ކިހިނެއް ވެގެންތޯއެވެ. އާތިފާވެސް ނޭނގޭ ބުނެ ދެކޮނޑު ހިއްލާލިއެެވެ. އާމިރު ހުރީ އަރީޝާ ދުވަހަކުވެސް ނޫޅޭ ގޮތެއް ފެންނާތީ އަނގަ ނެގިފައެވެ. އަރީޝާ އަށް މިތަން ފެނުނު ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ. މާ ބޮޑު އަޅާލުމެއްވެސް ނުފެނެެވެ.

ވަގުތުތަށް ފާއިރުވަމުންގޮސް މުޅި ގެ ވަނީ ވަރަށް ފުރިހަމައަށް ޒީނަތްތެރި ކުރެވިފައެވެ. އާމިރު ކުރާ ސުވާލަށް އަރީޝާ ޖަވާބު ނުދޭތީ އާމިރު ހުރީ ރުޅި އައިސައެވެ. އެނގޭހާވެސް އެއްޗަކީ ބަޔަކު އަންނަކަމެވެ. އެކަން ކޮޓަރިއަށް ވަތްގޮތަށް އާމިރު އަރީޝާއަށް ބުނި ޖުމްލައިން އިނގެއެވެ.

” އާމިރު ބުނަން, އަަހަރެންނަށް އިތުރު ސުވާލު ނުކުރޭ, އަހަރެން ކުރާ ކޮންމެ ކަމަކީ އެންމެންނަށް ރަނގަޅަކަށް ކުރާ ކަމެއް, މިއަދު އަހަރެން ބޭނުންވާ ގޮތަށް ކަންތަށްވާން ދޫކޮއްލާ,ކުޑަވެސް އިތުބާރެއް އަހަރެންނަށް ކުރޭ, އަރުޝްއަށް ދެރަވާ އެއްވެސް ކަމެއް އަަހަރެން ނުކުރާނަން” އަރީޝާ އެހެންބުނެ ނުކުމެގެން ދިޔައެވެ.

އަރީޝާގެ ޖުމްލައިން އާމިރު ހުރީ ނަގަންވީ މާނަ އެއް ނޭނގިފައެވެ. އަރުޝްއަށް ވިސްނައިދޭން ހަދާނެ ގޮތެއް އާމިރުއަކަށް ނޭނގުނެވެ. އަރުޝް ގެޔަށް ބަދަލު ކުރީންސުރެ މީހަކާ ވާހަކަ ނުދައްކައެވެ. އަނެއްކޮޅުން ސާރާގެ ހަބަރެއްވެސް ގުޅާ ގުޅާ ނުވިއެވެ. ހަދަންވީ ގޮތެއް ނޭނގި އާމިރު ދެކޮޅަށް ހިނގަ ހިނގަ ހުއްޓެވެ.

އާމިރު އަރުޝްގެ ކޮޓަރިއަށް ދިޔައިރު ކޮޓަރިވެސް ވަނީ ޒީނަތްތެރި ކޮއްލާފައެވެ. ކޮޓަރީގެ ބޮޑު ހުސްތަނުގައި ސޯފާއެއްވެސް ވަނީ ބަހައްޓާފައެވެ. އޭރު އަރުޝްއަށް އޮތީ ނިދިފަ ކަމުން އާމިރު އަރުޝްއަށް ގޮވާކަށް ނޫޅެއެވެ. އިރުކޮޅެއް ނުވެ ވަދެގެން އައި ޝާމިންއާއި ހަމީދު ފެނިފައި އާމިރު ހައިރާންވިއެވެ. އެމީހުންނަށް އަރުޝް އޮތް ހާލް ފެނުމާއެކު ދުވެފަ އެދިމާލަށް ދެވުނެވެ. އަދި އެނދުމަތީ އަރުޝް ކައިރީ އިށީނދެ އަރުޝްއަށް ގޮވާލިއެވެ.

މަޑުމަޑުން ވަރުބަލިކަމާއެކު ދެލޯ ހުޅުވާލި އަރުޝްއަށް އެދެމީހުން ފެނުމާއެކު ކޮޅަށް ތެދުވަން އުޅެވުނެވެ. އެހެންނަމަވެސް ބޮލަށް ބަރުވެފާ ހުރުމުން އަނެއްކާވެސް އޮށޯތެވެ. އަރުޝްގެ ލޮލުން އުފާވެރި ކަމުގެ ކަރުނައައީ އެންމެ ގާތް ދެއެކުވެރިން ފެނިފައެެވެ.

“އަހަރެމެންގެ އަރުޝް ބޮޑު މީހަކަށް ވަނީދޯ, ރަން ކިޔާ ކުއްޖާ ކޮބާތަ” ޝާމިންގެ ޖުމްްލައިން އާމިރުއަށް ލިބުނީ ހައިރާންކަމެކެވެ. އަރުޝްވެސް ފާޑަކަށް އޮވެފަ އަނެއް ފަރާތަށް އެނބުރުނެވެ.

” ރަން ކިޔާ ކުއްޖާ މިހުރީނު” ވަދެގެން އައި ހަފީޒާ ހައިފާ އަތުގައި ހިފައިގެން ވަންނަމުން ބުނެލިއެވެ. އެމީހުންފެނި އާމިރުއަށް އާމިރުގެ އަތް މުއްކަވާލެވުނެވެ. ހިތާ ހިތުން އަރީޝާއަށް އެއްޗެހިކީ އިތުބާރަކީ މީހޭ ކިޔާފައެވެ. އަރުޝް އެހާލުގައި އޮއްވާ އެފަދަ ކަމެއް ރޭވީތީވެސް އާމިރު ރުޅިއައެވެ.

” ކޮބާ ރަން ކިޔަންވީނު” ޝާމިން މިހެން ބުނުމާއެކު ހަފީޒާ ހައިފާގެ ކޮނޑުގައި ކޮއްޓާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ވަގުތު 4

Next

ބުނެދެންހޭ.. ޓްރެއިލަރ

Next
January 1, 2019

ބުނެދެންހޭ.. ޓްރެއިލަރ

Previews
January 1, 2019

ވަގުތު 4

41 Comments!

  1. Sh@_n@ says:
    January 1, 2019 at 1:28 pm

    Hii readers. Here 44.miadhu haadha avahey up veeleh, party baahvaa varuge kameh, hehe. Any ways dhen othy last part. Aslu miadhu ehkoh fonuvan ulhuny. Ekm maa dhigu v ma 4nu stuck vaathy dhebai kohlee, dry edhuvahu dhen othy last partey bunevunyma, mi part vess kamudhaane Kama uhmeedhu kuran

    1. ifa says:
      January 1, 2019 at 7:26 pm

      thihedhy dhogu noon kamah vanya full koh liyefathaa eothy
      bahuge ithubaaraa myhunge loabi hoadhan kyvveba ehen baeh gothuga viyas up nukoh lasvany

    2. ishanee says:
      January 1, 2019 at 7:31 pm

      ifa thibuni bass kudakoh mind ga knock koffi. aslu shaana buni dho dhen innaany fahu partey. ehen kamah vanya phone slow vaathy vakin kuran jehunas ekko nimendhen kiyaalan libeyne goi hadhaidheyne nama evves shakuvaa ehnei

    3. aima says:
      January 2, 2019 at 12:16 pm

      yeah maves mikiyaaly fahubai kamah ??????????????????????????????????????????????????????????????????????????????????????????

  2. Xuu.. says:
    January 1, 2019 at 1:31 pm

    Hey mi first dhw,

    1. Sh@_n@ says:
      January 1, 2019 at 2:26 pm

      Yaa xuu

  3. Unknown says:
    January 1, 2019 at 1:43 pm

    isnt it 35?

  4. Maayu says:
    January 1, 2019 at 1:47 pm

    Shana.. dhe party ehkn baahvan v nu… Story nimaa party ar avahah up v ma baahvaa part… Btw story vvvvvv nice…Alah kanneyge commnteh mi kurevuny.. But vahaka kiyan feshunyysure.. Shana ge comment fenunyma hama comment kohly mi.. Whn last part up kurany???? All the best Shana…

    1. Sh@_n@ says:
      January 1, 2019 at 2:28 pm

      Thank you so maayu. Comment kohleema vvvv ufaavehje. Aslu vess party ? kuran feney

  5. ???? says:
    January 1, 2019 at 1:55 pm

    Wow v salhi.assu arush mamma e ulheny haifaa bust kohlaafa sarah aa arush aa marry kuruvan kanneynge.then let see cant wait please avahah up kohla dhehchey

    1. Sh@_n@ says:
      January 1, 2019 at 2:29 pm

      Hehehe let’s seee

  6. Xuam says:
    January 1, 2019 at 2:05 pm

    Wow….. Story varah varah habeys…??????

    1. Sh@_n@ says:
      January 1, 2019 at 2:30 pm

      Thank xuam❤❤❤

  7. Marry says:
    January 1, 2019 at 2:12 pm

    When is last part i am very curious please be soon

    1. Sh@_n@ says:
      January 1, 2019 at 2:31 pm

      Yess.avahah up kohdheynan❤❤❤

  8. Beryl Stone says:
    January 1, 2019 at 2:52 pm

    Masha allah…?????vrh vrh furihama mi prt vx…whn nxt????????????

    1. Sh@_n@ says:
      January 2, 2019 at 12:26 am

      Thanx dear??❤❤❤??

  9. Moon says:
    January 1, 2019 at 2:55 pm

    V v v v nice….?

    1. Sh@_n@ says:
      January 1, 2019 at 7:17 pm

      Thanx moon❤❤❤❤

  10. shaashaa says:
    January 1, 2019 at 4:20 pm

    mi partvex vreethi when next part vaahaka nimeyiru saaraa arush gulhuvahchey

    1. Sh@_n@ says:
      January 1, 2019 at 7:18 pm

      Let’s see dear

  11. Big fan of this story says:
    January 1, 2019 at 5:00 pm

    Keevve tha shana ge thihaa excuses ginae?
    Busy vegen lahun up kurevun gaboolu kurevey. Busy vegen vahaka kuru vun gaboolu kurevey.
    Ekm admin massalayaa hedhi up eh nuveyey. Phone stuck vaathee up eh nuveyey. Dhen mee kon kameh ??‍♀️
    Gaimu ehn writers ves ulhey.
    Adhi phone stuck vaathee dhe bayah bahaaliyyaa aneh bai inee type koh nimifa dho? Dhen kihaa dhuvaheh vaane baa ?
    Alhe busy yey bunyas gaboolu kuraanamey. We understand that much. Bahanaa nudhekkiyas okay vaane ❤️

    1. Sh@_n@ says:
      January 2, 2019 at 12:32 am

      Baeh kudhin nah heevedhaane bahanaa ey, admin mahsala eh kameh ehn mahsala eh kameh neyge fonuvaathaa Ethah ireh vaa iruvess up nuvany, abadhuvess bunan ehbai faharu v avas vey, aneh bai faharu lasveyey, miadhu shana ah libuny shockeh ehaa avahah up v ma, shana ah engeynee miadhuge part vess fonuvun ulhun haaleh, busy vegen Ney nubunaakah nun ehn bunny, egothah kanthah dhimaa v ma

  12. Anonymous says:
    January 1, 2019 at 5:30 pm

    wow mi part ves v salhi..yah u r right, hama party baavvaa varuge kamehh???…wen next part? m curiously waiting n wish u a v happy new year!??

    1. Anonymous says:
      January 1, 2019 at 5:31 pm

      mee aslu penguin ingeh….hadhan nethigen name nujehi??

    2. Sh@_n@ says:
      January 1, 2019 at 7:22 pm

      Its okey dear. Thank you so much

  13. Sis says:
    January 1, 2019 at 6:51 pm

    Wow Mi part vx varah reethi ingey… ???????? hama aslu vx thi ulheni party eh dheyntha shana sis? Sis ah vx invite kurahchey ingey.. ???. Eyrun sis vx dhaanan ?? hehe… ?? anyway when next part? Mifaharu thankolheh avahah up vaane dhw cos liye nimmaafa othy ma..#EAGERLY IN WAITING ❤️❤️❤️❤️❤️???????????

    1. Sh@_n@ says:
      January 1, 2019 at 7:30 pm

      Yaa, invite kuraanan?. An naathi ingey, any ways thank you so much dear, keep waiting ingey last part❤❤❤??

  14. Fathun says:
    January 1, 2019 at 8:27 pm

    Liye nihmaafa oyy ehcheh up kohlaane dhuvaheh nubunevunee keehve…?

    1. Sh@_n@ says:
      January 2, 2019 at 12:36 am

      Dear, hama lite ninmiyas nufonuveyne ehnu, adhi hama liyelaafa in naany, check kohlaafa fonuvan Mi madukurany

  15. toxic says:
    January 1, 2019 at 9:30 pm

    Negative comments ah reply nukuranee keevebaa?

    1. Sh@_n@ says:
      January 2, 2019 at 12:37 am

      Reply nukurany kee nun dear, duty ga v ma balaanulevuny

  16. g... says:
    January 1, 2019 at 10:21 pm

    episode ge adhadhu nubaehnu. 34 aa jehigen keevvebaa 44 ais eynee

    1. Sh@_n@ says:
      January 2, 2019 at 12:34 am

      Dear olhigen 34 jehifa e iny, 43 eee ragalhu goii

  17. star says:
    January 1, 2019 at 10:37 pm

    varah reethi mi part when next part

  18. poh says:
    January 2, 2019 at 1:57 am

    shanaakkoo ollhekky dhogellhy eke ?????????

  19. Reader? says:
    January 2, 2019 at 9:07 am

    Curiosly waiting 4 the next prt

  20. Naju says:
    January 2, 2019 at 12:44 pm

    Masha allah v v v furihama

  21. Story Reader says:
    January 3, 2019 at 11:27 am

    Vaahaka mihaaru liyenimifa inyya upnuvani khyve tha adhives? Khyve baa mihaaru lassvani mi??
    Anyways Mi part ves v salhi..Waiting waiting…

  22. Aki says:
    January 4, 2019 at 12:51 pm

    alhe koba tha vaahaka avahah up kohla dheebaa

  23. Anonymous says:
    January 4, 2019 at 1:46 pm

    Mi part ah comment kohfa huri readers ge negative comments thah kiyaalaifa hithah ery ehcheh bunelaany ey.. Cox Probably shaanaa is telling the truth.. Shaanaa e hadhanee mulhiakun dhogu vaahaka eh noon.. admin ves bxy koh ulhemun ves publish koh dheythy shukuru veri vaan vaanennu.. so does shaanaa.. admin ge ves massala eh aslaku nuonnaane.. readers vaahaka kiyan foohi viyas eyga kuraane kameh neiyy.. shaanaa akee ves insaaneh admin akee ves insaaneh.. dhemyhun ves amilla dhiriulhumuge masahkaiyy kuraa iru dhemyhun ves bxy vaane kan dhannan vaane.. shaanaa bunaa ehchehi understand vaa kamuga vanee nama mikahala haalaiyy thah ves understand vaan jeheyne.. hama hurelaifa shaanaa thi hadhanee dhogey thiee dhoguveriekey bunegen ves nuvaane.. we’re Muslims.. we should respect each other.. we should understand each other’s situations.. “don’t judge the books by its cover”.. ehaa faseyahin judge koh nimmaalumakee emme rangalhu gotheh noon.. faharuga shaanaa e hadhanee thedheh kamah ves vedhaane.. so???
    Btw mi part ves vrh furi hama ingey shaanaa.. good work dear.. ?☺️?

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 45←


All Right Reserved!