ހެނދުނު ހޭލި އިރު އީރަމްގެ ބޮލުގައި މަޑު ރިހުމެއްހުއްޓެވެ. ހޭލެވެމާއެކު ފުރަތަމަވެސް ފޯނު ބަލާލީ ނާއިލްފަހުން ރޭގައި ގުޅާފައި ނުވަތަ މެސެޖެއް ކޮއްފައި އިންތޯއެވެ. ބަދަލުގައި ހަނާ އާއި ލާމިހްގެ މިސްވެފައިވާ ކޯލުތަކެއް ހުއްޓެވެ. ފޯނު ރިންގްވިއިރުވެސް އީރަމްއަށް ނުހޭލެވޭނެހާ ނިދިގަދައީހެއްޔެވެ. ފޯނު ޗާރޖްއަށް ޖަހަމުން އީރަމް ތެދުވެ އެޅި ފުރަތަމަ ފިޔަވަޅާއެކު ފަޔަށް ބަލާލެވުނެވެ. ފައިތިލައިގައި އައްސާފައިވާ ފޮތިކޮޅު ނައްްޓާލިއިރު ލާމިހްގެ އޯގާތެރިކަން ފުރަތަމަ ފަހަރަށް އީރަމްއަށް އިހްސާސް ވިއެވެ. ރޭގައި ޝުކުރުއަދާކުރެވޭނެ ވަރަށް ވުރެ […]
އީރަމްގެ އަތުގައި ހިފައި ދަމަމުން އެގެއިން އެނިކުތީ ނާއިލް ނޫން ދެވަނަ މީހެއް ނޫނެވެ. އީރަމް ގެ ވޭނީ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމާއެކު ލާމިހް ލޯ ކުޑަކޮއްލަމުން ފަރުވާތެރިކަމާއެކު ބަލާލީ ވެގެން އުޅޭ ގޮތެއް އޮޅުންފިލާތޯއެވެ. އެއީ ހަމަ އީރަމް ނޫން އެހެން ކުއްޖެއް ނޫނެވެ. ބޮލުގައި ޖަހާފައިވާ ދަތި ނެއްޓި އެ ރީތި އިސްތަށިގަނޑުން މޫނުގެ ބޮޑުބައި ފޮރުވިފައިވި ނަމަވެސް ލާމިހް އަށް އެއީ އީރަމް ކަން ޔަގީންވިއެވެ. ނާއިލް ފޮށި އީރަމް ކައިރީ […]
“ނާއިލް ކީކޭތަ ބުނީ..” އީރަމް އަނގައިން ނުބުނެ ހުންނަން ފެެށުމުން ހަނާ އަހާލިއެވެ. އޭރު ހައިފާ ވެސް އިނީ ނާއިލް ބުނި އެއްޗެއްގެ ސަބަބުން އީރަމް އަށް އައި ކުއްލި ބަދަލުން ކަންބޮޑުވެފައެވެ. “ގެއަށް އަންނާށޯ..” އީރަމް ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން އެހެން ބުނި އިރު ކުރިން އެ މޫނުމަތިން ފެނުނު އުފާވެރިކަމާއި މަޖާކަން ކެނޑި ފެންނަނީ ހާސްކަމެވެ. ނާއިލް އެވަރަކުން އޭނާ ގެއަށް ގެންދަން އެއުޅެނީ ކީއްކުރަންބާއެވެ. “އެއި ކީއްކުރަން..” ހައިފާ އީރަމް އަށް […]
ލާމިހް ބަލާލިނަމަވެސް އެގަޑީގައި ވާހަކަދައްކާކަށް ހަނާ އަކަށް ނުކެރުނެވެ. އަނެއްކޮޅުން ނާއިލް ދެކެ ކިތަންމެ ފޫހިވިޔަސް ނުފެންނަކަމަށް ހަދާލާފައި ދާކަށްވެސް ހަނާއަކަށް ނުކެރުނެވެ. ލާމިހް އޭރު އިނީ ހަނާގެ ފަރާތުން އެއީ ކާކުކަން ހޯދުމަށް ކެތްމަދުވެފައެވެ. އެ މީހަކު ލާމިހް އަށް ބަލަހައްޓައިން ހުރި ގޮތުން އުނދަގޫވެސް ވިއެވެ. ގަދަކަމުން ހިނިތުންވެލަމުން ހަނާ ނާއިލްއަށް ގޮވާލިއެވެ. “ކިހިނެއްވީ ބޭރުގަ ތިހުރީ..” ހަނާގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުން އަތުގައި އޮތް ސިގިރޭޓްބުރި ނާއިލް ދައްކާލިއެވެ. ހީވީ އަނގައިން ބުުނަން […]
އީރަމް ހުރި ގޮތުން ހަނާއަށް ވެގެން އުޅޭ ގޮތް ނަގައިގަނެވުނެވެ. މަގު ހުރަސް ކޮއްލަމުން ގޭގެ ދޮރުމަތީ ހުއްޓިހުރި އީރަމްގެ ކައިރިއަށް ހަނާ އައިސް ހުއްޓިލުމާއެކު އީރަމް ލާމިހް މެން ތިބި ދިމާއަށް ބަލާލަމުން ބުމަ ހިއްލާލީ އެމީހުން ގެނައި ކީއްކުރަންތޯ އަހާލާފަދަ ގޮތަކަށެވެ. “ދޮންތަ އަންނަމުން ހުސެން އަށް ގުޅީމަ ބުނީ ލާމީ އާއި އެކީ ބޭރުގައޭ..އެމީހުން އަޔަސް އޯކޭހޭ އެހީމަ ދޮންތަ ބުނެފި އޯކޭއޭ..” ހަނާ ކަންތައްވީގޮތް އީރަމް އަށް އޮޅުންފިލުވައިދިނެވެ. ދުރުގައި ވާހަކަައްކަން ތިބި […]
އުއްމީދު ކޮއްގެން ހުރި ގޮަތަށް ހުރިހާ ކަމެއްވެސް ކުރިއަށްދިއުމުން ހަނާ އިނީ ހިތްހަމަޖެހިފައެވެ. އޭނާގެ އަތުގައި ލާމިހްގެ ނަމްބަރު އޮންނަތާ ކިތަންމެ ދުވަހެކެވެ. ލާމިހް ކަންތައްއެކުރީ ހަނާގެ ރޭވުންތެރިކަމުގެ ދަށުންނެވެ. ނަމްބަރުގެ ވާހަކަދެކެވުނީ ލާމިހް އަށް އީރަމްގެ ނަމްބަރު ހޯދޭނެގޮތެއް ފަހިކޮއްދިނުމަށެވެ. އީރަމް ލޯ އަޅާމުން ހިތްހަމަނުޖެހިފައި އިން ވަރު ހަނާ އަށް އެނގުނެވެ. “ހަނާ..ކީއްތިކުރީ..ކީއްކުރަން ނަމްބަރު ދިނީ..” އީރަމް ގެ އަޑުން ހަނާ ކުރި ކަމަކުން ހިތްހަމަނުޖެހިފައިވާ ކަން އިނގެއެވެ. “އީމް.. އެއީ ނުދަންނަ ބައެއް […]
ގޭގެ ދޮރު ހުޅުވުނު އަޑާއެކު ސޯފާގައި ޓީވީ ބަލަން އިން ލޫނާ ދޮރާ ދިމާއަށް ބަލާލިއެވެ. އޭރު ލާމިހް އެތެރެއަށް ވަންނަނީއެވެ. ލޫނާ ކައިރިން ލައިފައި ހިނގައިގަތް ލާމިހް އަށް އެތާ އިތުރު މީހެއް އިންހެންވެސް ހީނުވާކަހަލައެވެ. ކޮޓަރީ ތަޅުގައި ހިފާލުމާއެކު ލޫނާ ގޮވާލި އަޑު އިވުނެވެ. ލާމިހް ފަހަތަށް ބަލާލިނަމަވެސް އެ މޫނުމަތިން އެއްވެސް އަސަރެއްނުފެނެވެ. “މަންމަ ބުނި ލާމީ ބޭރަށޭ ދިޔައީ..ބޭރުން ކައިގެން ދޯތިޔައީ..” ލޫނާ އަހާލިއެވެ. ލާމިހް ބަނޑުހައިވެފައި ހުއްޓަސް ކާހިތެއް ނުވިއެވެ. […]
ތެދުވެ އެނދުގައި ހަމަޖެހިލަމުން ލާމިހް ފޯނު ނެގިއެވެ. އެކޮޅުން ވާހަކަ ދެއްކީ އަންހެންކުއްޖެކެވެ. އަހާލީ ވާހަކަދައްކަނީ ލާމިހް ތޯއެވެ. “ތީ ކާކު..” ލާމިހް އެހެން އަހާލީ އެ ކުއްޖަކަށް ލާމިހް އިނގޭއިރު ލާމިހް އެއީ ކާކު ކަން ނޭނގުމުންނެވެ. “މީ ހަަނާ..” ލާމިހް އަށް އެއީ ކާކުކަން ދެނެގަންނަން ވަގުތުކޮޅެއް ނެގިއެވެ. ހަނާ އެދުނީ ކޮންމެވެސް ގަޑިއަކު ބައްދަލުކޮއްލަދިނުމަށެވެ. ކީއްކުރަންތޯ ސުވާލުކުރުމުން ބައްދަލުވުމުން ހުރިހާ ވާހަކައެއް ކިޔައިދޭނަން ކަމުގައި ބުނެލިއެވެ. ލާމީހް އަށް ފަސޭހަ ވަގުތަކާއި ތަނެއް […]
ލާމިހްއައް ހީކުރެވުނީ ހުސެން ސަމާސާ ކުރަނީކަމަށެވެ. ހާސްކަމުގެ ތެރެއިން ހިނިގަނޑެއް ޖަހާލަމުން ހުސެންގެ މޫނަށް ބަލާލީ އެއީ ސަމާސާއެއްތޯ ޔަގީން ކުރުމުގެ ގޮތުންނެވެ. ނަމަވެސް ހުސެންގެ މޫނުމަތިން ފެނުނީ ހަމަ ކުރިންވެސް ފެނުނު ސީރިއަސް ކަމެވެ. ލާމިހްގެ އަނގައިން ވޭނީ އާހެއްގެ އަޑު އިވިގެންދިޔައެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. “ބަޓް ޝީ ލުކްސް ސޯ ޔަންގް” ލާމިހް އަށް އަދިވެސް ގަބޫލްނުކުރެވެނީއެވެ. މީހެއް ހުންނަ ގޮތަކުން ނުވަތަ މީހެއްގެ ސިފައަކުން […]